ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުގައި ވިޔާނުދާ ކަންކަން ކުރައްވާ ބޭފުޅަކު ހުންނަވައިގެން ނުވާނެ ކަމަށާއި އެންމެ ރީތި ގޮތަކީ މަޖިލިހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި، ޕީޕީއެމް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ކިތަންމެ ކުޑަ އަދަދަކުން ނަމަވެސް ދައުލަތަށް ހިޔާނާތްތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ނަޝީދު އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް 444ރ. ހަރަދު ކުރެއްވިކަން ސާބިތުވުމުން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނަށް އެންގެވި މައްސަލައިގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ނަޝީދު، 440ރ. ދައުލަތަށް ދައްކަވަން އޭސީސީން އަންގާނީ މާލިއްޔަތު ގާނޫނާ ހިލާފުވެގެން ކަމަށްވާ އިރު، އެފަދަ ކަމެއް ސާބިތުވުމުން މަޖިލިހުގެ ރައީސްގެ މަގާމުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ި މީހުން ބޭނުންހާ ކަމެއް ކުރަން، ބޭނުންހާ ގަނޑެއް ގަންނަން ފުރުސަތު ދީގެން ތިބެވޭކަށް ނެތް. ހަތަރު ލައްކަ ރުފިޔާއެކ،ޭ 440 ރުފިޔާއެކޭ ޚިޔާނާތްތެރިވީމަ އެއްގޮތް. އަޅުގަނޑު ގަަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހެރީ މިއަދު އިސްތިއުފާ ދެއްވަން ޖެހިފައި. އެއީ ދައުލަތުގެ މާލިއްޔަތު ގާާނޫނާއި ޚިލާފްވެގެން ކަމަށް އަޅުގަނޑު މި ގަަބޫލުކުރަނީ އޭސީސީއަށް އެމަނިކުފާނު 440 ރުފިޔާ ދައްކަން އަންގާނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ފައިސާ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަންނަވާފައިވާތީ އެކަމަށް ވެސް އަބްދުއްރަހީމް ވަނީ ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން އޭސީސީގެ ރިޕޯޓްތައް ބަލައިގަންނަނީ އެމްޑީޕީއާ އިދިކޮޅު ފިކުރު މީހަކާއި މެދު އޭސީސީން ރިޕޯޓެއް އެކުލަވާލުމުން އެކަނި ކަމަށެވެ.

444 ރުފިޔާގެ މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުވާ ކުރަން ގޮވާލައިފި

ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އޭސީސީން އަންގާފައި ވަނީ އިއްޔެއެވެ.

ނަޝީދު އެމްޑީޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަން ކުރައްވާ އަމިއްލަ ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލިހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރު ކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ބުނީ، މިދިޔަ އޮކްޓޯބަރު 31 ގައި ގއ. ވިލިނގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ކޫއްޑޫ އިން މާލެ އައި މަޖިލިހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސްރީނާ

    ނަޝީދު މިޤައުމުން ބޭރުކުރިއަށް އަލުން އަނބުރާ އެ ޔާމިނެއް ނާރުވާނަން ވެރިއަކަށް

    20
    28
    • ލޮލް

      ދެން ނުރޮއި ހުއްޓާލާ.. ނުރޮއިވެސް ތިވާހަކަ ބުނެވިދާނެ..

      6
      10
  2. ޔާމިން

    ނަޝީދު އެކަނިތަ އިބޫވެސް ވެ ރިކަމުގަ ހު ރުން ރަގަޅެއްނޫން ބާލުވަންޖެހޭ އެބަ ހަމަ އެއްކަލަ ދެމީހުން.

    13
    8
  3. މުބީނު މާރނީ (ނިއުޔޯކް އެމެރިކާ)

    19 ކަލޭގެ ތިމާގެ މީހުންނަށް ކަލޭ ފްލެޓް ދީފަ އެބަހުރި ނުހައްގުން. ނަޝީދު މިކަން ދަންނާތީ ދޯ މޭ ކަރަނީ.

    12
    10
  4. ނަރެލް

    ރައްޔިތުންގެ ވޯޓުން ފެއިލްވާމީހުންނަށް ގައުމުހިންގުމުގެ މަސްއޫލިއްޔަތެއް ނުދެވޭނެ ބަސްކިޔަން ތީ ކާާކު

    12
    8
    • ރައްޔިތުމީހުން

      ކޯލިށަން ވޯޓް.. އެމްޑީޕީ ނޫނީ ނަޝީދު އަށް އެކަނި ލިބުނު ވޯޓެއް ނޫން ދެއްތޯ..

      ހޮވޭ އިރަށް ހަނދާން ނެތޭނެ..

  5. ނަމަ

    އަބްދު އްރަހީމް ދުލަ އް އަ އިހާ އެ އްޗެ އް ގޮވުން ވެސް ރަންގަޅެ އް ނޫންތާ ތަލިން ކުޅު ހިކުން ނޫން ކަމެ އް ނުވޭ ވި އްޔަ

  6. މީހާ

    ތިދެން ކާކު. ގަޔަށް ހިނި އަރައިގެން ނޫޅެ. ތިވަރަށް އެކްޓްނުކޮށް ކަލޭ ދޭބަލަ ހިންދީ ސިނަމާއަށް ފިލްމު ކުޅެން.. ތިވައްތަރަށް ރޯނެ މީހަކު ނުވެގެން އެމީހުން އެބައުޅެ. .. އަހަރުމެން ކަލޭ ދައްކާ ވާހަކަ ކައުންޓެއް ނުކުރަން. ފެއިލްވެފަ ތިބޭމީހުން ދައްކާ ވާހަކަ ބަޔަކު ބަލައެއްނުގަންނާނެކަލެއަށް. ދެން ހުރޭ މޮޔަ ހަސަނު މޮޔަ ގޮވަގޮޔާ. .