ކުރިއަށް އޮތް ދެމަސްދުވަހު ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް ބާރަށުގެ ދާއިރާގެ ކުީގެ މެންބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ޝުޖާ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން ޖަލަށް ލުމާއި ގުޅިގެން އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާ ވިދާޅުވީ، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ސިވިލްސާވިސް މުވައްޒަފުންނަށް މުސާރަދެވޭ ވަރަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ސަރުކާރު އޮތީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރެެއްގެ އަސަރުކޮށް ފައިސާ ވަނުމަށް ސަރުކާރަށް އޮތް ހުރިހާ ދިމާއެއް ބަންދުވެފައި ކަމަށެވެ. އަދި އަމިއްލަ ކުންފުންޏެއް އޮތް ކަމުގައި ވިނަމަވެސް ހުރިހާ ކުންފުންޏެއްގެ ތެރޭގައި އޮތީ ކޮރަޕްޝަން ގިނަވެ، އެކަމުން ސަލާމަތް ނުވާ މިންވަރަށް ހާލަތު ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޒުވާނުންގެ ކިބައިން އިވެމުން ދަނީ މި ސަރުކާރު ވެރިކަމަަށް އައުމަށް އެންމެ ގިނައިން ވިއްކަމުން ދިޔައީ މިނިމަމް ވޭޖު ކަމަށް. އެކަމަކު އެކަންވެސް ފެނިގެން މިދަނީ ބިލާހަކަށް ވެގެން ދަނިކޮށް. މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށްޓަކާއު ރައްޔިތުންގެ މަޖިލީހަށް މައްސަލަތަކެއް ވައްދައިގެން އަޅުގަނޑުމެން އިހުތިޖާޖު ކުރަން ފެށީމާ އަނެއްކާވެސް މިއުޅެނީ މޮޅު ވާހަކަތަކެއް ދައްކައިގެން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މި ސަރުކާރުގައި ދައުލަތް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކަމަށާއި މި ސަރުލާރުން މަސައްކަތް ކުރަމުން އަންނަނީ ނާގާބިލު ބަޔަކު މަގާމުތަކަށް އިސްކޮށްގެން ކަމަށެވެ. ރައްޔިތުން އެކަން ގަބޫލު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވަނީ އެމްޑީޕީ ނޫން ގޮތެއް އިހްތިޔާރު ކުރުމަށް ހުރިހާ ޒުވާނުންގެ ކިބައިން އެދިފައެވެ. އަދި ތަރައްގީ ބޭނުން ކަމުގައި ވާނަމަ އިދިކޮޅަށް ވޯޓުދީ މިއަންނަ ލޯކަލް ކައުންސިލް އިންތިހާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ށށ

    ދެން ޔާމީން ފޮރުވާ ފަ ހުރި ތަނުން ނަގާ ފަ ކަލޭ ދޭން ވީ ނޫން.....
    ޔާމީން ގެ ގުންޑާ
    ޔާމީން ގެ ޕަޕެޓް..

    14
    46
    • ރަޒީން

      ހިންގަން ނޭގުނީމަ ދެން ތިޔަކިޔަނީ ޔާމީނު ފޮރުވީއޭ.. ކަލޭމެންނައް ވާނީ ހަމަ ތިހާކައްވަރު..

      10
      2
  2. ސިވިލްސާވަންޓް

    އެންމެ ހެޔޮ އެދޭ އެންމެ ސާލިހު ޕީޕީއެމްގެ ބަޖެޓުން ދޭންވީނުން މުސާރަ.

    13
    41
  3. ނަރެލް

    މުވާސަލާތީކުންފުނި ދިރާގުން ފައިސާނަގައިގެން ސިވިލްސާވިސް މުއައްޒަފުންނަށް މުސާރަދިން ކަން މިހާރު ޝުޖާއު ހަނދާންނެތީތަ

    12
    15
  4. އ. ޖ. އ

    މި މީހުންނަށް ތަޅާ ބުރުވަނީކަން ނޭނގެނީތަ

    4
    1
  5. ރައްޔިތުމީހުން

    މިވާހަކަ ވަރަށްގިނަ ކޮޅު ކޮޅުން އެބަ އަޑު އިވޭ.. ކޮންމެސް ވަރެއްގެ ހަގީގަތެއް ވޭ

    9
    3
  6. ވަގު

    ކައި ހުސްކޮއްފަ ފޭބީމާ ދެން ނުހުންނާނެތާ ....

    5
    8
  7. ނަމަ

    ޝުޖާ އުބާ ބަޖެޓު މިބަލަހައ އްޓަނީ އަނެ އްކާ

    3
    1
  8. ކާފޫރު ތޮޅި އަލިބޭ

    އެކަކު ވެސް ހާސްވާނެ ކަމެ އް ނެތް؟ ރޯދަ އަށް ކަދުރު ބޯޓު އެކޮޅުންވަނީ ފުރާފަ އި

    5
    1
  9. ދޮންކެޔޮ ބުރޯ

    އެހެންތާވާނީ، ސުޖާމެންގެ ވެރިކަން ނިންމާލިއިއރު ހަޒާނާވަނީ ފެންފޮދަކާނުލާ ދިރުވާލާފަވިއްޔާ، އއުމަރު ބުނިހެން ތިޖޫރި ހުރިތަނުގަ ވަޅުގަނޑުވެސް ނެތްވިއްޔާ

  10. މައިޒާން

    ކަލޭމެން ވެރިކަމުގަ ތިބި އިރު އިނދިކޮޅުންވެސް ތިހެން ކީ. އެކަމަކު ހަމަ ކޮންމެ މަހަކުވެސް މުސާރަ ދިން. މިހާރު ކަލޭމެން އިނދިކޮޅުގަ ތިބެގެން ވެސް ތި ކިޔަނީ އެހެން.
    ވީމާ އަހަރެމެން އާންމުން ނުސިހޭނެ.

    1
    2