ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބޭ ހައްގުތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

"މަސަލަސް ރާއްޖެ" ގެ ނަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބުތަކަށް ހޭލުންތެރިކުރުވުމުގެ ގައުމީ ހަރަކާތް ފެށުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް އާ ހައްގުތަކެއް ލިއްބައިދީފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކަށް ބަލައިފި ނަމަ، އެކި ދާއިރާތަކުން ބަދަލުތައް އަންނަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިން ބާރު ވަކިވެފައިވާ ނިޒާމެއް މިވަނީ ގައުމުގައި ތައާރަފް ކުރެވިފައި. ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހައްގުތައް. އަޅުގަނޑުމެން އެންމެން ހަގީގަތުގައި ކުރަމުންދާ މަސައްކަތަކީ އެކަންކަން ކަށަވަރު ކުރުން،" ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތު ލިބިފައިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

"މުއައްސަސާތައް ތައްޔާރަށް ތިބީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް. އަޅުގަނޑުމެންނަކީ ވަކި މީހަކަށްވީތީ، ވަކި މީހަކު ކުރާ ކަންތައް ފޮރުވައިގެން ތިބޭނެ ބައެއް ނޫން. އެއަށް ވުރެ މާ ސާފު ސީދާކޮށް އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ބައެއް ވެސް މިތިބީ،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މިއަދު އަމަލު ކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އާންމުން ހޭލުންތެރިވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ލޯތައް ހުޅުވާލައި، ގައުމުގައި ހިނގާ ކަންތައްތަކާ މެދުގައި ވިސްނައި، އަޅުގަނޑުމެންގެ އަންނަން ތިބި ދަރީންގެ ހައްގުގައި ކަންކަން ރަނގަޅު ކުރުމަށްޓަކައި އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ކަންކަން ނޭނގޭ މީހުންނަށް ކިޔައި ދިނުމާއި އެހީތެރިވުމަކީ މުހިންމު ކަމެކެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ކުރިއަރައިގެން ދިއުމަކީ އެންމެން ބޭނުންވާ ގޮތެއް ކަމަށާއި ދިވެހިންނަށް ދަސްވާ އެއްޗެއްގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ، އެކަކު އަނެކަކު ދަންނަ ގާތް ރައްޓެހިން ކަމަށްވީ އިރު، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުތަކަށް ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް ފެށުމާ އެކީގައި އައްޑޫ ސިޓީ އާއި ކ. ކާށިދޫގައި މިއަދު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި، ދިވެހިން ފަހި މުޖުތަމައުއެއްގައި ދިރިއުޅުމަށް ބޭނުންވާ މައުލޫމާތާއި ޒިންމާތަކުގެ މައުލޫމާތު ދޭނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    މީނަ ދުނިޔޭގަ އެބަހުރިތަ؟

    57
  2. Anonymous

    އާނ!ކުރާ ވައްކަން ފޮރުވަންވެގެން މޮޅު ވާހަކަދައްކާ!ތިމާމެންނަކީ މާ ނަޒާހަތްތެރި ބަޔެކޭ ބުނުވަން 444ރ އޭކިޔާ ޑުރާމާ ކުޅޭ!ތީ އަހަރެމެން އިއްޔެއަކު މިއަދަކު ދުއް ބައެއްނޫން!ތީ އަހަރެމެން ވަރަށް ރަނގަޅަށް ދަސްވެފަތިބި ބައެއް! ގުނބޯހައްދަން ނޫޅޭ!

    68
  3. ހޯރަ ބޭ

    ސާބަހޭ ވަރު ގަދަ ވަރު ހުރި ސަރުކާރެއްތީ ސާބަސް

    47
    6
  4. މަހަށްދޭބަލަ

    ވިލާ އެއާއަށް ސީޕްލޭން އޮޕަރޭޓްކުރަން ހުޅުލެއިން ޖާގައެއް ނުދިން ނަމަ ތަމެން ރާއްޖޭގެ ދިވެހި ވިޔަފާރި ވެރިން ފުނޑާލާ އިންޑިއާ ގެ ވޯރާ ވިޔަފާރި ވެރިންނަށް ތަމެން ހުޅުލެއިން ޖާގަ ދިނުން ތަމެންގެ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ ނޫންތޭ ...

    26
    1
  5. މާމުލޭ

    މީދެން އުޅޭމީހެއްތަ ނޫނީ މޮޑެލްކުރާ މީހެއްތަ؟

    35
  6. ބެއްޔާ

    ވަކި މީހަކު ކުރާ ކަމެއް ފޮރުވައިގެން ނުތިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވެފައިތީ ދަންނަވަމެވެ. މަޖްލިސް ރައީސް އަމިއްލަ ބޭނުމަށް ދައުލަތުން ވައްކަންކޮށްފައިވާތީ ދައުވާކުރަން ފޮނުވަންކެރޭނެތޯ؟؟ އަދުލު އިންސާފާއި ހަމަހަމަކަން ހުރި މިންވަރު ރައްޔިތުންނަށް ދައްކަންވީނޫންތޯ؟؟

    36
  7. އެސޮރު

    ކޮސްވާހަކަ ނުދައްކާ ކަލެޔައްވެސް ކަމެއްވަންޔާ އިސްތިއުފާދީ.

    38
  8. ދޭބަލަ

    ތަމެން ދެން މަމެންގެ ވެރިކަމުގައި ސީޕްލޭން ޓާރމިނަލް ވެރިކަން ނިމެން އޮތްވާ ދޭން އުޅުނޭ ބުންނަސް އެކަން ގަބޫލު ނުކުރާނެ މަމެން ގޭގައި ގެންގުޅޭ ބުޅާ ވެސް އިނގޭތޭ ތަމެން ހަދާނީ ރޯ ބުހުތާނު ދޮގު ކަން ...

    25
  9. ފައިސަލް ޔުނިވާސިޓީ

    ދައުލަތުގެ ޚަރަދުގައި ފައިސަލް އާއި އެޑިޔުކޭޝަންގެ ސްޓޭޓްމިނިސްޓަރ ރާއްޖޭން ބޭރަށް ކުރާ ދަތުރު ތަކުން އެހީ ހޯދައިގެން ދައުރު ނިމެންވާއިރަށް ހުޅުމާލޭގަ ފައިސަލް ފައުންޑޭޝަން އިން ފައިސަލް ޔުނިވާސީ އެޅުމަށް ތައްޔާރު ވަނީ......... ދައުލަތަށް ދޭ އެހީ މިހާރު ދަނީ އެ ދިމާއަށް ------- ހުޅުމާލެއިން މިހާރު ވަނީ ބިން ހަމަ ޖެހިފަ........

    23
    1
  10. ހެޔޮގޮތް

    ތިން ބާރު ވަކިވެފަތީ އޮތީ މަނިކުފާނު! ޚަބަރުތައް ލިބޭ ގޮތުން މަނިކުފާނުވެސް ހުންނެވީ އެމް.ޑީ.ޕީ ބްލެކް މެއިލް މަޅިއެއްގައި ޖެހި ފިތިފަ، ދެން ކިހިނަކުންތޯ ތިކަން ކުރާނި!

    29
  11. އިބުރާ

    ސާބަހޭ ވަރު ގަދަ ވަރު ހުރި ސަރުކާރެއްތީ ސާބަސް ވަކި މީހަކު ކުރާ ކަމެއް ފޮރުވައިގެން ނުތިބޭނެ އަމިއްލަވާހަކަވެސް ދައްކަބަލަ މިގައުމު މިފަނާވަނީ އެޖެންޑާ-19 ރަޔަކާހެދީ މިހާރު ދުނިޔެ މިފަނާވަނީ ކޮވިޑް-19 ހެދީ ދެންވެސް ރައިޔަތުންނަށް ވިސްނޭނީ ކޮންއިރަކުންބާ ؟

    27
  12. މުސިންބި

    އަންނި ކުރާ ލާދީނީ ކަން ކަން ކަލޭ ފޮރުވައިގެން ތިހުރީ،، ތިކިޔަނީ،، މުސިންބި، ދޮންކަލޯ މި ޤައުމުގައި ރަތްލާ ޖެހި ދިވެހިން އެއުޅެނީ ފާޅުގަ އިންޑިއާ ގެ އަޅުކަންކުރާ ގެންގުޅޭ ބުދު ކަުގަ އެލުވައިގެން . ރޮމާ ދުވާލު ތަންތަނުގަ އެ ބުދު ތައް އިސްތިހާރުކޮށް ވިއްކަމުން އެދަނީ،، ކޮން ކަމެއް ކަލޭ ނުފޮރުވަނީ،،

    22
  13. ޖަހާންގީރު

    ތި ހުރެވެނީ ހިޔަންނަކުން ހިޔަނި އެޅިފަ ދެން ތީގަ ކޮން އޮއްޓަރެއް ހުންނާނީ މުޅިން ބޭކާރު މީހެއް

    23
  14. 19 ނަވާރަ

    ތިން ބާރު ވަކިވެފައިވާ ނިޒާމެއް މިވަނީ ގައުމުގައި ތައާރަފް ކުރެވިފައި. ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހައްގުތައް. އަޅުގަނޑުމެން އެންމެން ހަގީގަތުގައި ކުރަމުންދާ މަސައްކަތަކީ އެކަންކަން ކަށަވަރު ކުރުން،" ފައިސަލް ވިދާޅުވިއެވެ.ކަނޑަ އެޅިގެން ދޮގެއް

    24
    1
  15. ޙަޖާމުބެ

    ތިޔަބައިމީހުންގެ ގޮތާއި ފޮތް މިދިޔަ ދޮޅު އަހަރެއްހާދުވަހު ދަސްވެއްޖޭ! ތިޔައީ ބުނާބަހާއި ކުރަަ ކަމާއި ދިމާނުވާ މުނާފިގު އިއްތިހާދެއް! ޜައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއް. ތިޔަބައިމީހުން ނުތަކާވަރުގެ ބޮޑު މުސާރަނަގައިގެން އަރާމާއި އުފަލުގައި. މާލޭގެ ދަތުރުވެރިންގެ މާރުކޭޓުން އެކަނިވެސް ފުދޭ! ސިޔާސީ މަގާމުތަކަށް އަންނަންޖެހޭނީ ރައްޔިތުންނަށް އުފާވެރި ކަން އިތުރު ކޮށްދިނުމަށް!ތިޔައީ ބަލާވެރިކަމެއް!

    24
  16. އެމް ޝަމް

    ރައިސް ޢާއި ނ.ރައީސް އެއް އެބަހުރިތަ؟ ތި ދެ ބޭފުޅުން މަޖްލިސް ގަ ތިބި އިރު މީޑިއާ ގެ ފަލަ ސްރުހީ އިން ނުގެއްލޭ. މިއަދު މީޑިއާ އަކަށް މާމުހުއްމު ބަޔަކަށް ނުވޭ...

  17. ހުސޭނުބޭ

    މަތީ މަޤާމުތަކުގައި ތިބޭ ބޮޑެތި ވަގުންގެ އަތްމަތީ ބަހަކީ ތިއީ! ތިއީ ވާނެކަމަށް ވަންޏާ އަޅެ ނަޝީދު ޓީއެމްއޭ އަތުން ނެގި 13 މިލިއަން ޑޮރަރުގެ މައްސަލަ ހިންގާބަލަ! މަހުލޫފް އެމްޕީއާރުސީން ދަމާގަތް ޑޮލަރުތަކުގެ މައްސަލަ ކޮނެގެން ނަގާބަލަ! ރިހެން ގޮވާއިރު މިހާރުވެސް އިބުރާ އެހެހުރީ ދައުލަތުން ޞަދަގާތުގެ ގޮތުގައި ދޭ 200 މިލިއަން ރުފިޔާ ހޯދުމަށް ފޫގަޅާފައި!

  18. ތިމާމެންގެފެންވަރުން ވާހަކަދައްކަބަލަ

    ވަކިކަމެއް ސިއްރު ނުކުރާނެކަން އެނގެޔޭ ޗެނަން 13 ގެމަޑީސީލަ ޕުރޮގްރާމް ބަލާލީމަ ރައްތަތުނަށް މަޑިސީލައިން މިލާދީ ނީސަރުކާރު ކުރާކަން ތައްރައްޔަތިނަށް އަޑުނުއިވޭނަމަ ތިބައި ގަނޑުކުރާހުރިހާ ވައް ކަންތައް ކިހިނެއްތަ ރައްަޔަތުނަށް އެނގޭނީ ތިމާމެބަރަހަނާ ވީމަ ދެްންކިހިނެއްތަ ސިއްރުކުރަން ބޭނުން ވިޔަސް ސިއްރުކރާނީ ކާކުތަ ވައްކަންކޮށްފަ ކުރީމޭބުނާނީ ތިމާތިމަ ޤާމަށްކުފޫހަމަ ނުވާކަން ތިވާހަކައިންވެސް އެނގެނީ ބުނެލާކޮން މެބަހަނުން ބޭޒާރުވުން ނޫކަމެއްވޭތަ ދެންވެސް ވައްކަން ނިކޮށް ރައްޔަތުނަށް ކަމެއް ކޮށްދެވޭތޯ އުޅުނިއްޔާ މާތާހިރުވާނެ.

  19. ރައްޔިތުމީހުން

    ކޮބާ ތަ؟ ކޮބާ ތަ؟

    ތިން ބާރު ވަކިނުވި ތާކު ރައީސް ވެސް ރައީސް އަށް ނުވި..

  20. ޢަލީ

    ތިންބާރު މިއޮތީ ވަކިވެފަތޯ؟

  21. ރައްޔިތުން

    ކޮބާ ދެން އަންނި ގެ ހިޔާނާތް ތަކުގެ މައްސަތައް ނުބެލެނިޔޯ. މިލިޔަނުން ބަދަލުގެ ނަމުގާ ބެހި ފައިސާއަކީ. ދައުލަތުގެ ފައިސާއިން ކުރާ އަނިޔާ ދަތުރު ތަކޯ.

  22. މިއަދު

    މިއޮތީ 3 ބާރުވަކިވެފައިވާ ވެރިކަމެއްނަމަ 3 ބާރު އެއްވުމުން ވާނެގޮތްވެސް ތަޖުރިބާކޮށްލަންބޭނުން
    އެއީ ގައުމުގެރައިސް މަޖިލިހުގެ ރައިސް އަދި އުއްތަފަފަޑިޔާރަކީ އެކަކުކަމަށްވުންބާ

  23. ނަސީރާ

    ތި ބުނާ ހިންހަމަޖެހުމެއް ރައްޔިތުންނަކައް ނުލިބޭ.. ރައްޔިތަކު ދެކެ ލޯބިވާ އިޚްލާސްތެރި އެންމެ ވެރިޔެއްވެސް މި ގައުމަކު ނެތް.. ތިބީ ރޯނު އެދުރުންނާއި ލާދީނީ ވަކަރުގޭ ދަރީންނާއި ވައްކަން ކުރާ ބޮޑެތި ވަގުން..

  24. ސަޓޯ

    އަޅުގަނޑު އެންމެ ލައިކްވާ ނައިބު ރައީސް ދަންނަވަންތޯ 3 ބާރު ވަކިވެފާކަމެއް ނޭނގެ މުޅި އޮޑީގަ އޮތީ އަންނިގެ ދެފައި.. ބޮޑު ނޮހޮރޮއްޕާނެއް...

    7
    1
  25. ދީވާން

    މަސަލަސް މީގެއަސްލުމާނައަކީ މެޓާދީގެން ކުޑަކުދިންހުއްޓުވުން ރައްޔިތުންނައްކުރާ މަލާމާތެއްތަމީ އީސީ ރައްޔިތުންނޭ ހޭއަރާ ކުރިޔައްވުރެންގިނައިން މިފަހަރު މެޓާބަހާނެ