އަންނަ އެޕްރިލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފޯމް ހުށައަޅުއްވައިފި އެވެ.

ޑރ.މުއިއްޒުގެ ފަރާތުން އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. މާލެ ސިޓީގެ މޭޔަރަކަމަށް ޑރ.މުއިޒް ވާފަކުރައްވާނެ ކަން ހާމަކުރެއްވީ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމްއެވެ. އެހެންނަމަވެސް އެކަމާއި ގުޅެގޮތުން މިހާތަނަށް ޑރ.މުއިޒް ރަސްމީ ސިފައެއްގައި ވާހަކަދައްކަވާފައެއް ނުވެއެވެ.

ޑރ.މުއިޒް ކައުންސިލަށް ވާދަކުރައްވާކަން ޕްރޮގްރެސިވް ކޯލިޝަންއިން އިއުލާންކުރުމާއި އެކު އެމްޑީޕީއިން އައީ އެކަމަށް ފާޑުކިޔަމުންނެވެ. ޕްރޮގްރެސިވް ކޯލިންގެ ކައުންސިލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ.މުއިޒް ވަނީ އެމަނިކުފާނު މޭޔަރު ކަމަށް ވާދަކުރައްވާތީ ގިނަ އިލްޒާމުތައް އެމަނިކުފާނުގެ ބޮލުގައި އަޅުވަމުންދާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި، އިސްލާމް ދީނަިއ ގައުމު ހިމާޔަތް ކުރަން ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ.މުއިޒް އަކީ ފާއިތުވި 2 ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރގެ މަޤާމް އަދާކުރެއްވި ފަރާތެކެވެ. އަދި މާލޭގައި އެކި ހިސާބުތަކުގައި ޕާކުތައް ތަރައްޤީކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ކުރި މަސައްކަތްތައް ވިލަރެސްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑރ.މުއިޒްއެވެ.

އަދި މާލެގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ހެއްލެއް ހޯދުން ފަދަ މަސައްކަތްތައް ކުރުމުގައި ވަރަށް ކައިރިން ޑރ.މުއިޒް މަސައްކަތް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހުމަދު

  ކާމިޔާބީ އަށް އެދެން

  15
  1
 2. ޚަލޯބެ

  ސާބަހޭ މުއިއްޒު. މަނިކުފާނާށް ޝުކުރިއްޔާ!

  16
  1
 3. އަޙްމަދު

  މަދުހަބާ މުޢީޒް މާތް ﷲގެ ހެޔޮރަޙްމަތުން ކާމިޔާބަށް އެދެން.އާމީން

  14
 4. ޔާމިން

  މަރުހަބާ. ޑރ.މުޢީޒް މާލޭގެ ހާލަތު ރަގަޅު ކުރުމަށް މިފަހަރު ޑރ. މުޢީޒް ހޮވާ.

 5. މަރުޙަބާ

  މާލޭގެ މޭޔަރުކަމައް ކުރިމަތިލާ އެންމެޤާބިލް އެއްކެންޑިޓޭޓް ޑޮކްޓަރ މުޢިއްޒުހޮއްވަވާދެއްވާ