ފެމިލީ ކޯޓުގައި މިއަދު 62 ކައިވެނި ކުރާ ގޮތައް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ރީތި ތާރީހުތަކުގައި ދިވެހިން ކައިވެނި ކުރުމަކީ މީގެކުރީއްސުރެ އުފެދިފައި އޮންނަ ސަގާފަތެކެވެ. އެގޮތުން ރީތި ތާރީހެއް އަތުވެއްޖެ ނަމަ، ފެމިލީ ކޯޓަށް އަބަދުވެސް ބާރު ބޮޑުވެއެވެ. އެގޮތުން މިއަދަކީ ވެސް (20-2-2020) އެ ކޯޓަށް ވަރަށް ބާރު ބޮޑު ދުވަހެއް ކަމަށްވެއެވެ.
ފެމިލީ ކޯޓުން ބުނީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ އިން ކައިވެނިކުރާ އެއް ދުވަހަށް މިއަދު ވާނެ ކަމަށެވެ. ފެމިލީ ކޯޓުން އެގޮތަށް ބުނި އިރު، މި މަހުގެ ދެ ވަނަ ދުވަހަކީ ވެސް (2-2-2020) އަކީ ވެސް އެ ކޯޓަށް ބާރު ބޮޑުވެގެން ދިޔަ ދުވަހެކެވެ. އެ ދުވަހު 41 ކައިވެނި ކުރިއެވެ.
ފެމިލީ ކޯޓުން ދުވާލަކު އެވްރެޖްކޮށް 10 ނުވަތަ 15 ކައިވެނި ކުރެއެވެ.

ނިމިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުމަލަ 6509 ކައިވެނި ކޮށްފައިވާއިރު 5117 ވަރި ކޮށްފައިވެއެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި ކައިވެނީގެ ނިސްބަތުން މީހުން ގުޅޭ އަދަދަށްވުރެ ވަރި ގިނަ ކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރީ

    އަހަރެއްގެ ތެރޭގަ 6509 ކައިވެނި. 5117 ވަރި. ބާކީ 1392 ސިއްރުން ކައިވެނީގެ ބޭރުން ވަގު އަނބީން ނާއި ވަގު ފިރީން ގެންގުޅުން. ދުނިޔެއެއްވާ ނެތް

    13
  2. އަހުމަދު

    މިއަދު ވަރިކުރާ މީހުންގެ އަދަދު ކިހާވަރެއް ވާނެބާ؟ ރީތި ތާރީޚްގައި ވަރިކުރުމަކީ ވެސް ފަޚުރެއް ކަަމުގައި ދެކޭ މީހުން އުޅުން އެކާށީގެންވޭ... ރީތި ތާރީޚަކުން ހަޔާތް ބާއްޖެވެރިވޭތޯއޭ ބޭނުންވަނީ ރަނގަޅު ހެޔޮލަފާ ދިރި އުޅުމެއް.... ތާރީޚަކުން ކުރާނެ ކަމެއް ނެތް ކުރެވޭނެ ކަމެއް ވެސް ނެތް....

    16
  3. ޢަލިބެ

    ވަކި އަކުރުތަކެއް ތާރީޚަށް އައިމަ ކައިވެނިކުރީމަ ވަނީ ކޮންމޮޅެއްބާ؟ އެކުގައި ގިނަދުވަސް ހޭދަވެ ބާއްޖަވެރިކަމާއެކު ދިރިއުޅުމަކަށް ވަކި ތާރީޚެއްގައި ކައިވެނިކުރުމަކީ މުހިންމުކަމެއްނޫން

  4. ?

    ފެމެލީ ކޯޓުން ދުވާލަކު 10 ކައިވެނި ކުރާ އިރު އަނެއްކޮޅުން 10 ވަރިވެސް ވާނެ.. ???
    ރީތި ތާރީހުގަ މެރީ ކުރީމަ އެ ވީތަ؟ އެ ވަރިހަމަ ދޯ ކޯޓުން ނުކުއްނަ ގޮތައް އަނެއްކާ އަލުން ޗުކީ ކިޔާ ވަދެ ވަރި ވިޔަސް.. ??

    15
  5. ބުއްދި

    މިހިރީ މީސްތަކުންގެ ބުއްދި އޮޅިފައިހުރިވަރު! އަހަރެމެން މުސްލިމުން ކާވެނިކުރާއިރު ވަކި ދުވަހެއް ބަލަންޏާ ދުވަސްތަކުގެ ތެރެއިން މާތްދުވަހެއް ބެލުމެއްނޫންބާ ރަނގަޅީ!؟ ތާރީޚަކުން ކޮންކަމެއް ވަނީ؟ ޢަމުދުން ކުޑަކުޑަކޮށް ލިޔެފަ އޮންނަ ތިޔަ ތާރީޚަށް ބަލާނީ ކާކު ކޮންދުވަހަކުން؟

  6. ކަލޯ

    އަދި އެބަައާދޭ 22.02.2020 މިވެސް ހަމަ ރީތީ..... ކިއުހަދާލަން ރަގަޅު

    6
    2
  7. ދިދަ ދަނޑި

    ފެމިލީ ކޯޓުގައި މިއަދު 62 ކައިވެނި... ތިޔަ ކޯޓުގައި މިއަދު ކިތައް ވަރި ވާނެބާ ؟ އެމަޢުލޫމާތުވެސް ހޯދާލާފަ ހަބަރު ކޮށްލަބަލަ