ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވުރެ މި ސަރުކާރު ކޮރަޕްޓުކަން އެނގިގެން ހިނގައްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން އެންމެ ފަހުން ނިންމި ނިންމުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ އުމަރުގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓީއެމްއޭގެ މައްސަލަ ދިވެހި ސަރުކާރުން ނިންމި ގޮތާއި އަދި ގުޅުންހުރި ކުންފުނިތަކައް ދެމުން ގެންދާ ފައިސާގެ ބޮޑެތި ބަދަލު ތަކުން އެމްޑީޕީ އިސްވެ އޮވެ ހިންގަމުން އަންނަ މި ސަރުކާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ ވެސް ކޮރަޕްޓް ސަރުކާރެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

އުމަރު ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެނބި، މިސްރާބު ގެއްލިގެން ގޮސް ރައްޔިތުން ގާތުވީ ވައުދުތަކުގެ މަތިން ހަނދާން ނެތިގެންދާ ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ހިތި ނަތީޖާ ފެނިގެން ދާނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނެގޭ ވޯޓުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މިހާރު ރާއްޖޭގައި މި ތިއްބެވި ސިޔާސީ ލީޑަރުން އިންތިހާބު ކުރައްވައިގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް މޮޅެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނެތްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރާއްޖެ ދަތުރު ކުރަމުންދާ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

ޓާމިނަލް މައްސަލައިގައި ފިނޭންސްއިން ނިންމީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް، މިހާރު ބިމުގެ ކުއްޔާ އެއް ރޭޓެއްގައި އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދިނުމަށެވެ. އެއީ ލައުންޖު ޖާގަ ވެސް ހިމެނޭ ގޮތަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، ޖުމްލަ 6،300 އަކަމީޓަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ލޮލްލޮލް

  ހުވާ މިގޮލާ އަހަރުން ރަށަށް އެރީ ނެރު މެދަށް ފުންމާލާގެ ފަތާފަ. މީހުންގެ ލޯބި ހޯދާށޯ. ގަބޫލެއްވެސް ނުކުރެވޭ މިކަހަލަ ކާޓޫނެއް ރާއްޖޭގެ ހޯމް މިނިސްޓަރ ކަންވެސް ކުރިކަން.

  21
  90
  • Anonymous

   ކަލޭ ކާޓޫނު ވިސްނުން ގެންގުޅޭތީ މީހަކު ތެދުވާހަކައެއް ބުނީމަވެސް ކާޓޫނު ސްޓައިލަށް ރައްދުދެނީ!ހާދަ ހަޖަމްކުރަން ދަތިވީމައޭދޯ ތިޔަހެން ވާނުވާވާހަކަދެއްކޭނީ ! ކަލޭ ގަބޫލުނުކުރިޔަސް މިސަރުކާރަކީ މިހާތަނަށްއައި އެންމެ ކޮރަޕްޓް ސަރުކާރު

   61
   4
 2. Anonymous

  ތީތެދެއް!

  61
  7
 3. ޔާމިން

  2023 ވިހުގަ އަޅުގަނޑަށް ބައިވެރި ނުވެވޭނަމަ ރާއްޖެ މިހާރު ދިމާވެފައިވާ ހާލަތު ބަދަލް ކުރެވޭނީ އުމަރު ވެރިކަމަށް އަރުވައިގެން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންވެސް އުމަރު ހޮވާ މީއަޅުގަނޑުގެ ވަރަށް ބޮނޑު އެދުމެށްއަދި ވައުދެއް. ނަމަނަމަ މޑޕ އަށް ވޯޓު ނުދޭތި.

  29
  6
 4. ގިންތި

  ބަލަ ކަލޭމެންގެ މުއްލާ ރައްރަށައް ގޮސްއުޅެނީ ކިހިނެއްތަ

  16
  1
 5. ތިޖޫރީހުރިވަޅުގަނޑު

  އެ މްޑީޕީ އެކޭ ޕީޕީއެ މް މިހާރުގެ ލީޑާރޝިޕް އެކޭ ތަފާތެއް ނެތް އު މަރު އެކަނި މިހާރު ބާކީ ހުރީ ، ވާހަކަ ބަދަލު ނުވާ ، ގޮތުގައި ހުންނަ ވަރުގަދަ ލީޑަރެއް . ސެލިޔުޓް

  20
  8
 6. ވެރިން

  2023ގަ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ގޮތް މި ސަރުކާރުން ހަދާފިއްޔާ އުމަރު ކުރިމަތިލާފަ އޮތިއްޔާ މަގޭ ވޯޓު އުމަރަށް.

  31
  5
 7. މާރިޔާ

  މީކާކު...؟؟؟

  4
  20
 8. ވިސްނާ

  ޢުމަރުވިދާޅުވެލެއްވީ ތެދުފުޅެއް މިކަންއެގޭހެކިއެބަހުރި ނަމަވެސް ހިތާމައަކީ ހުރިހާކަމެއްރަގަޅު
  ކުރުމަށްއައިސަރުކާރުންކަމެއް އިސްލާހުނުވެ ގޯސްކޮށްދާތީ
  1 ވެރިކަމަށް އެތަށްދުވަސްތަކެއްވެ ކަނޑައެޅުއްވި ބޮޑުބަޖެޓުން ވެލައްވާފައިވާ ވަޢުދުތަކުންކަމެއް ޙާސިލްވާތަންނުފެނުން
  2 އަދުލުައިންސާފް ގާއިމްކުރުމަށް އަޑުއުފުއްލެވިބޭފުޅުން އިސްކޮށްތިއްބަވައިގެން 13އަހަރުގެ ޖަލުހުކުމުގެކުށްވެރިއަކު އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒްނުކުރައްވާ މިނިވަންކޮށް މަޖިލީހުގެރައީސްކަމަށް ހަމަޖެއްސުން
  3 މިހެންކިޔަމުން ވަރަށްދިގުކޮށްކިއި ބޮޑުއަދަދެއްއަރާނެތީ ކުރުކޮށްލީ ނަމަވެސް ރަގަޅަށް
  ވިސްނެވީމަ އެނގިލައްވާނެ

  15
  3
 9. ހައްގު

  މަގޭ ހިތެއް ނުބުނެ 2023 ވިންދެން މި ސަރުކާރު އޮންނަނެއެކޭ... އޭގެ ކުރިޔަށް ވެއްޓޭނެ އިރާދަ ކުރެއްވި އަހާ

  18
  7
 10. Anonymous

  އުމަރާ ތިހެން ދޭތެރޭ އަކުން ދަމަކުން ބަޑިއެއް ޖަހާހެން ބަސްފުޅު ވިދާޅުވާން ހުންނެވީމަ ކަޑައޭ. އަވަހަށް ކަޅުއޮއްފުންމި އަށް އަރާވަޑައިގެން ބޮޑުތަކުރުފާނު ގެ ޓީމާ ގުޅިވަޑައިގަންނަވާ. ލާދީނީ ކަލޭގެ ކިބައިން ޤައުމު ސަލާމަތް ކުރުމަށް މަޑިސީލަ ޓީމާ ގުޅެންވީ ޤައުމަށް ކިރިޔާ ވެސްހެވެއް އެދެންޏާ

  20
  1
 11. ހަސަން ތަކުރު ބިން ތިކި

  ހުރިހާ އޮޑި ފަހަރެއްގެ ހާލަތު ފެނިއްޖެ ހަމަ ފަރަށް އަރަނީ ނޫނީ ކޮރަޕްޝަން ފެހި ޖަހަނީ . ދެން ބޭނުންވަނީ އުމަރުގެ އޮޑީގައި ހުރި ވަރެއް ބަލާލަން

  10