ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ އެ ޕާކު ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ކުރިން ބާބަކިއު ހަދަން ބޭނުން ކުރި ސަރަހައްދުގައި ކަމަށެވެ. އޭރުން ދެ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުން އައިސް އުޅެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ޕާކު ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ބާބަކިއު ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ހުޅުމާލޭގައި ގާއިމްކުރާ ޕާކުގައި ސްކޭޓު ކުރެވޭ ގޮތަށް އޮންނަ ސަރަހައްދަކާއި، ބޯލިން ކުޅެވޭނެ ތަނަކާއި، އިށީނދެލައިގެން ތިބެވޭނެ ބައެއް ސަރަހައްދުތަކުގެ އިތުރުން، ބާބަކިއު ހެދޭނެ ސަރަހައްދެއް ވެސް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައިވެއެވެ.

އެޗްޑީސީން ވަނީ އެ ތަން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދު ޕާކެއްގެ ގޮތުގައި ގާއިމްކުރުމުން ކޮންމެ އުމުރުފުރައެއްގެ ބަޔަކަށް ވެސް އެތަން ބޭނުން ކުރެއެވެ.

މިހާރު ބްރިޖަކުން ގުޅާލުމަށް މަސައްކަތް ކުރަމުން އަންނަ ހުޅުމާލޭގެ ދެ ފިޔަވަހީގެ މެދުގައި ކުރިންވެސް ރީތި މޫދެއް އޮވެއެވެ. ނަމަވެސް މިހާރު ފެން ދައުރުނުވާތީ އާއި ކުނިބުނި ގިނަވުމުގެ ސަބަބުން އެތަން ވަނީ ތަޣައްޔަރުވެފައެވެ. މި މަޝްރޫއު ނިމޭއިރު އެތަން ފެންނާނީ ސާފު މޫދެއްގެ ގޮތުގައި ކަަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަނިއްޔާ

    ތިގޮތަށް ހަދާ ކޮންމެ ޕާކެއްގަ އޮންނަނީ ހުސް ބޮންދުން، ދިވެހިންނަކަށް ނެތް އެއްތަނެއްވެސް

    10
  2. ވަހީ

    އައްޗިިީޑި! ތީ މި ވަނދު ސަރުކާރު ހެދި ތަނެއްނޫން! ތީ ޔާ މީނު ހެދި ތަނެއް!

    19
    2
  3. ރައްޔިތުމީހުން

    ޕްލޭން އޮތީ ކުރިން ވެސް ތިހިން ނޫން ތޯ.. ކުރިޔަތް އޮތް އެތަކެއް އަހަރުގަވެސް ކުރިން ޕްލޭން ކޮށްފަ އޮތް ކަމެއް އޮތީ..

    މި ސަރުކާރަކީ ހަމަ އެކަނި އަތްޖަހަން އޮތް ބައެއް

    15
    1
  4. އިންމަބެ

    ޝުކުރިއްޔާ ރައީސް ޔާމީން!!!

    26
    1
  5. މާރިޔާ

    ކަމެއް ނުކޮއްދެޔޭ ކިޔާތި އަދިވެސް.

    2
    22
  6. ބޯކިބާ

    ތިހުރިހާ ބޭކާރު ހަރަދުކޮށްފަ ފުލެޓުގެ އަގުހެދީމަ ދެކޮޓަރީގެ ފުލެޓެއް 2 މިލިއަންރުފިޔާއަށް އަރައޭ، ފުލެޓު މާލޭމީހާއަށްދެނީ 5 ލައްކައަށޭ، ބާކީ ފައިސާ ދައްކަން ޖެހެނީ ހަޒާނާއިންނޭ، އާހިރުގަ ރައްޔިތުންގެ ފައިސާއިން ވަކިރަށެއްގަ ދުވާލަކު އެކިވައްތަރުގެ ޕާކު ހަދަނީއޭ.

  7. ލޯންގޭ

    ތި ފޮޓޯގަ ހިޔަނި ދިމާނުވޭ ގަހުގެ.ހެެހެހެ.