މިއަދުން ފެށިގެން އައިޖީއެމްއެޗުގައި ކޮވިޑް 19އަށް ޓެސްޓު ހެދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް 9 އަށް ޓެސްޓް ކުރެވޭ ކިޓްތައް ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެލތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް، ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ 10 ކިޓް ހަދިޔާކޮށްފައިވާ ކަމަށެވެ.

"އަަޅުގަނޑުމެންވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި. އަދި އެ ބަލި ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފައި. ވަރަށް ރަނގަޅަށް ތައްޔާރަށް އަޅުގަނޑުމެން މިތިބީ" އަމީން ވިދާޅުވިއެެވެ.

ކޮވިޑް 19 އަށް ރާއްޖޭގައި ޓެސްޓްކުރަން ފެށުމާއި ގުޅޭ ގޮތުން ޑަބްލިއު އެޗޯއިން ރާއްޖެއަށް ކަނދައަޅާފައިވާ މަންދޫބު އަރްވިން މާތޫރް ވިދާޅުވީ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެ އަށް ކޮވިޑް 19އިގެ ޓެސްޓް ކިޓުތައް ރާއްޖެއަށް ގެނައުމަކީ އުފާކުރައްވާ ކަމެއް ކަމަށާ، ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައިވެސް ޑަބްލިއުއެޗްއޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އަރްވިންދް ވަނީ ރާއްޖެ އަށް ކޮރޯނާ ވައިރަސް އަޔަ ނުދިނުމަށްޓަކާ ސަރުކާރުން އަޅަ ފިޔަވަޅުތަކަށް ތައުރީފްކުރައްވާފައެވެ.

ކޮވިޑް 19 އަށް ރާއްޖެއިން ޓެސްޓް ކުުރުމާއި ގުޅެގޮތުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ދާއިމީ ގޮތެއްގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެ މަގު ފަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށާ، ކުރިން ކޮވިޑް 19 އަށް ޓެސްޓް ކުރަން ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ފަހު އޭގެ ނަތީޖާ ހޯދަން ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭކަމަށެވެ.

ރާއްޖެއިން ވެސް ބައެއް މީހުންނަށް ކޮވިޑް 19 ޖެހުނު ކަމަށް ބެލެވޭތީ ޓެސްޓްކުރި ނަމަވެސް، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި އެއްވެސް މީހަކު ނެތެވެ.

ޗައިނާގެ ވޫހާން އިން ފެނުނު ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1107 އަށް ވަނީ އަރައިފައެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 40000އަށް ވުރެ ގިނަ މީހުންނަށެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ޗައިނާ އިން ބޭރުގައި މި ބަލި ޖެހިގެން މިހާތަނަށް 1،100 އަށް ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ކަމަށް މީޑީއާތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރައްޔިތުން

    ސާބަސް!

    13
  2. އަމީނު ބިން މަލީހް

    ކޮބާ އަލީ ވަހީދު ފެނިއްޖެތަ؟ ފެނިއްޖެތަ؟

  3. މާހާ

    މާދަން ކަރާ އަރާފަ ބުނާނެ ތިމަންނައޭ މިކަންވެސް ކުރާ

    8
    1
  4. ށަންގު

    މީސަަުު''މީސަރުުާކާާަރަަްށްް ލިބުނު އެއްމެބޮޑު ކުރިއެރުން ދޯ ރަޔިތުން

  5. Anonymous

    ސާބަހޭ އަމީން. މިސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރައްވާ ބޭފުޅާ.
    އެކަމަކު އަދިކިރިޔާ ތޯ. މިވަރު ވީތީވެސް ޝުކުރު ކުރަންޖެހޭ.

    7
    1
  6. އެމަންޖެ

    ތީ ވަރަށް ބޮޑުވަރު.

  7. ނަސީދު

    10 ކިޓޭ.ެ

  8. ފޮނިކަލޯ

    އަޅުގަނޑު ހީކުރީ އިންޑިއާ ސަރުކާރުން ދިން ހަދިޔާ އެއްކަމަށް

  9. ދިވެހިދަރި

    ތިވަރު ވާހަކަ އެއްބުނަންވެސް މިނިސްޓަރުތަ އަރަން މިޖެހެނީ، ހަމަދެއްކެންވެގެން. ބަލަ އެހެން ގައުމުތަކުގަވެސްތިކަން ކުރޭ 3އިރު ކާބޭހެއްހެން މިނިސްޓަރު ޓީވީ އަކަށް ނާރާ...