ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެނޑިޑަސީ ފޯމް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފިއެވެ.
މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ނިންމާފައި އޮތީ ފޯމު ބަލައިގަތުން މިއަދު މެންދުރު ގަހު 15:00 އާއި ހަމަޔަށް ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް މީގެ އިރުކޮޅެއް ކުރިން އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެވަގުތު މިއަދު ހަވީރު 16:00 އާއި ހަމަޔަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިކަން ކުރާ އަދި، އެންމެ ގިނަ ކެނޑިޑޭޓުން އިންތިހާބަށް ނެރޭ ޕާޓީ އެމްޑީޕީ އިން ވަނީ 200 އަށްވުރެ ގިނަ ކެނޑިޑޭޓުން އިންތިހާބުގައިވާ ވާދަކުރުމަށް އެދި ފޯމް ހުށަހަޅައިފައި ނުވާކަމަށެވެ.
އެހެން ނަމަވެސް އެމަސައްކަތް މިއަދު 15:00 ގެ ކުރިން ކޮށް ނިމޭނެ ކަމަށް އެމްޑީޕީ އިން ވަނީ ހާމަކޮށްފައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީ، ޕީޕީއެމް، ޖޭޕީން ވަނީ ޕްރައިމަރީއެއް ބާއްވައި، ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައަޅައިފައެވެ.
އެމްޑީޕީ ގެ ފޯމް ހުށަނާޅާ ކުދިންކޮޅަށް ފުރުސަތު ދެނީ ދޯ
ޖަހާލަތު ޕާރޓީ ކުދިންކޮޅުގެ ފޯމު ނުލިބިގެން ދޯ؟ގަޑިހަމަވިއަސް އެކަކުވެސް ބާކީ ނުވާނެ ކަން އެނގޭތީ ،،،،، ހާސްވާނެ ކަމެއްނެއް ކުދިންނޭ ތިމަރަ ތިކަން ހަމަޖައްސާނެ....
ޓަސް... އެމްޑީޕީ އަށް ވަގުތު ދިނީ އީސީ ސަރީފް ދެފުއް ކެހެރި..
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިކަން ކުރާ އަދި، އެންމެ ގިނަ ކެނޑިޑޭޓުން އިންތިހާބަށް ނެރޭ ޕާޓީ އެމްޑީޕީ އިން ވަނީ 200 އަށްވުރެ ގިނަ ކެނޑިޑޭޓުން އިންތިހާބުގައިވާ ވާދަކުރުމަށް އެދި ފޯމް ހުށަހަޅައިފައި ނުވާކަމަށެވެ.
212 ފޯމު ލެވެއްދެން ލަސްކުރާނެ. މޑޕ ގެ 212 ކެޑިޑޭޓުންގެ ފޯމު ކޮޅު ހަވާލުކުރި އިރަކުން ވަގުތު ހަމަވާނީ
މިހާރުވެސް މޑޕ މެ މްބަރުންނަށް ގޮނޑިތައް ދިނަސް ހައިރާނެއް ނުވާނަން.
މިގައުމުގަ އެެއްވެސް ކަމެއް ނުނިމޭ ވަގުތު އިތުރުނުކޮށް.
މިކޮޅުންވެސް ދިމާވި ގޮތަކީ މެންދުރު ފުރުނީ ކަނޑު ގަދަކަމުން ގަޑި އަކައް ނުދެވުނު ދެން އެމްޑީޕީ ބޮޑުމީހަކައް ގުޅީ ދެންބުނީ ކޮންޕާޓީއެއްގެ ފޯމްތަކެއްހޭ މަބުނީ އެމްޑީޕީ ފޯމްތަކެކޭ ބުނީމާ ބުނީ މަޑުކޮށްލާށޭ މި ގުޅަނީއޭ އިރުކޮޅެއްނުވޭ ބުނެފި ހިފައިގެން ދާށޭ މިހާރު ތިއާ ހަވާލުވާނޭ ކިހާ ސަޅި މީޕާޓީވީމާ ވާފަސޭހަޔަކީ