އަވައްޓެރި ސްރީލަންކާގައި "އީސްޓާ ސަންޑޭ" އާއި ދިމާކޮށް މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާގައި ދިވެހިންގެ އަތެއް ވާ ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

ލަންކާގެ ފުލުހުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ބެލި ބެލުމުން "އީސްޓަރ ސަންޑޭ"ގެ ބޮމުގެ ހަމަލާތަކުގައި ހަތަރު ދިވެއްސެއްގެ ބައިވެރިވުން ވާކަމަށް ވަނީ ހޯދިފައެވެ.

އަދި މިހާރު ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަމުގައި ދިވެހިންގެ ހަތަރު މީހުންގެ ދައުރު އެކި ގޮތްގޮތުން ވާކަމަށާއި އެގޮތުން ބޮން ގޮއްވި މީހުންނަށް އެހީތެރިވުމުގަ އާއި މިކަން ރޭވުމުގައިވާކަން ހޯދިފައިވާކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ ލަންކާގެ ދަ އައިލެންޑް ނިއުސްގައި ބުނެފައި ވެއެވެ.

އެގައުމުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝައްކު ކުރެވޭ މީހުން އައިސްފައި ވަނީ އައިސިސް ޖަމާއަތާއި ގުޅިގެންނެވެ. އަދި އެ މައްސަލާގައި މިހާރު ލަންކާގެ ޖަލުގައި ބަޔަކު ތިބި ކަމަށާއި، އެމީހުންނަކީ ސީރިއާއިން ބަޑި ޖެހުމުގެ ތަމްރީން ހަދައިފައި ތިބި ބަޔަކު ކަންވެސް މިހާރު ހޯދިފައިވާކަމަށް ލަންކާ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އީސްޓާ ސަންޑޭއާއި ދިމާކޮށް ލަންކާގައި ތިން ފައްޅިއެއްގެ އިތުރުން ތިން ހޮޓަލަކަށް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަބޭ

    ދިވެހިންގެ އަތެއް ނޫން ވަނީ. ފަޔެއް.

    11
    1
  2. ޖަހާބެރު

    ދިވެހިންނޭ ވިދާޅުނުވޭ... މުޅި ޤައުމު!!!

    7
    1
  3. ދދދދދދ

    އޭރު ހައްޔަރުކުރި އެމްޑީޕީ މީހުން އެއީ ބައިވެރިންތާ! އެ އެއްޗިހިން ނުލާ މި ސަރަހައްދަކު ތިޒާތު ކަމެއް ހިނގާނެތަ.

    12
    3
  4. އޮރިން

    ދެން ތިޔަހެންކިޔާލަ ކިޔާލަ ތިބޭ.. އަދި 10ވަރަކަށް އަހަރު ފަހުން ތިހެން ލިއުނު ނަމަ.. 1988 ގަ މި ޤައުމު ފުނޑާލާ އެތަށް ދަރިންނެއް މެރީ ތި ލަންކާ އޮރިން..

    25
    5
  5. މާރިޔާ

    އަންނިގެ އަތެއް ވުނވެސްގާތް.

    16
    4
  6. މުހައްމަދު މުދުހިޝް Mudhish

    ދިވެހިންގެ އަތެއް ވެއޭ ބުނީމަ ހުރިހާ ދިވެހިންނަށް އެ ނިސްބަތްވަނީ. ބުނޭ ދިވެހި ބައެއްގެ އަތެއްވެއޭ.