ވަޒީފާގައި އުޅޭ ފަރާތްތަކަށް ދޭ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރަށް ލަފާދޭ ބޯޑުން ހުށަހަޅާފައި ވަނީ 6،400 ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބޯޑުން ވަނީ 6400 ރުފިޔާ މުވައްޒަފުންނަށް ދޭ ކުޑު އުޖޫރައެއްގެ ގޮތުގައު ހުށަހަޅާފައި ކަމަށާއި، އަވަސް މުއްދަތެއްގައި މިކަން ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައި ވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވެފައި ވަނީ ބޯޑުން މި އަދަދު ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައި ވީނަމަވެސް، އެއީ ވަޒީފާ ދޭ މީހުންނަށް ދެވޭ ވަރުގެ އުޖޫރައެއްތޯ ބެލުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ކަމަށެވެ.

މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ގޮވާލަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ.

މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނުރަބޯ

    ދެން އަތްޖަހާ ބާރަށް

    51
    1
  2. މުހައްމަދު

    އެކި ލެވެލް ތަކަށް ވަކިން އުޖޫރަ ހުންނަނަ ޖެހޭވަރު ކަނޑައަޅާނަމަ ހެސްކިޔާފަ ސަޅި!!

    ބައެއް ރިސޯރޓް ތަކުގައި އެއްލެވެލްގެ ސުޓާފުންގެ މުސާރައިގެ ފަރަގު ވަރަށް ބޮޑުކޮން ގެންގުޅޭ ރިސޯރޓްތަށް އޮބެތް!

    41
    3
  3. މެން

    ސިވިލް ސަރވިސް ހިމެނޭތަ؟

    44
    1
  4. އެމަންޖެ

    ވައުދު ބެޔައް ވަރަށް ވައުދު ތިޔަހުރީ ފުއްދިފަ.ދެން އިސްތިއްފާދީ، އޭރަށް ހުރިހާ ކަމެއްފުދޭނީ.

    26
    2
  5. ބުތު

    އެކމުން ތިބެފުޅުން ނުންތޯ އައްޖަހާފަ ބުނަނީ ބޮލަކަ އެއްމިޔަންޖެހޭ

    19
    1
  6. މަލިކާ

    ބިލުގެ ތަފްސީލު ބޭނުން

    17
  7. ޙާސަރު

    ވާހަކަތައް ހުއްޓުވަން ރޮކެޓެއް ޖަހާލީ

    22
    1
  8. ބްރޯ

    މިއިވެސް ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން ދައްކަމުންއައި ވާހަކައެއް. މިވާހަކައަކި އެމްޑީޕީން 2008 ގަ ވެރިކަމަށް އަންނަންވެސް ދެއްކި ވާހަކައެއް ދިވެހިން އުންމިދު ކުރީ 15000 ރުފި އެންމެ ދަށް މުސާރައިގެ ގޮތުގާ ހެދޭނެކަމަށް ނަމަވެސް އެވަރުހަދައިފިނަމަ ދެތިންމަހުގެ މުސާރަދިފަ ގިނަތަންތަން ޖެހޭނީ ތަޅުއަލުވަން. ވީމާ މިމީހުން މިހެދި 6400 . މިއީ މިހާރު ވެސް ގަިނަ ތަންތަނުން ދެމުންއަންނަ މިންވަރަށް ވުރެވެސް ކުޑައަދަދެއް . މިހެން މިވީ ދެކޮޅުނުޖެހޭ ވައުދު ކިޔާތީ މީތި ކަނޑަނޭޅިގެ މަޖިލީހަށް ގޮތްހުސްވިމަ އެމީހުން ބޮލުންނައްޓަ އެކޮނޮމިކް މިނިސްޓަރު ބޮލަށް މަޖިލީހުންކަނޑާލީ މިނިސްތަރު ކޮމިޓީ އެއްހަދާ ކޮމިޓީގެ ބޮލަށް ކަނޑާލި . ވީމާ ބުނެވެންއޮތީ ކުޑަމުސާރަ މިއޮތީ އަތަށް ގޮވާފައޭ.

    31
    1
  9. ކޮޑިވް19

    މަމެން އުއްމީދު ކުރިވަރައްވެސް ކުޑަވީ. 12000 ރ މީ މަދު މިން

    22
    2
  10. މާމިގިލި މީހާ

    ފަަޢްޔާޒު ކަލޭގެ މުސާޜަ ކިހާވަރަޜެށް ތަ ރަަޢްޔިތުން މަރަނީ މުސާޜަ ހުރިހާ މީހުން ނަށް ވެސް ހަމަހަމަ ކުރޭ

    28
    1
  11. ރިސޯރޓްބޯއީ

    ރެސޯރޓް މުއައްޒަފުންނަށް މަދުވެގެން 12000ރފ ކަނޑައަޅައިދިނުމަށް ގޮވާލަން. ހާއްސަކޮށް ދިވެހިންނަށް މުސާރައިގެ ގޮތުގައި 12000ރފ އެއީ ސާރވިސްޗާރޖްގެ އިތުރުން. އަމިއްލަ ގައުމުގަ އާއިލާއާ ދުރުގަ ކުޑަކޮށްޓެއްގައި ބަންދުވެފަ ތިބެގެން ކުރާ މަސައްކަތަށް ހޯދައިދޭނެކަމަށް ވީވައުދާ އެއްގޮތަށް މިބިލަށް ބަދަލުގެނެސް އެހައްގު ފުރިހަމަޔަށް ހޯދައިދޭނެކަމަށް ރައީސް ސޯލިޙްއާ މަޖިލިސްގެ ފަރާތުން އުންމީދުކުރަން.

    9
    1
  12. މަރޭ މިތުރާއިއްބެ

    ކުޑަފިހާރައެއްގައިންނަނީހަކައް ދޭންވާރުކަނޑައަޅަންޏާ އެފިހާރަޔައްސޭލްނަންނަންވާރު ބުނަންވާނެ އެވަރުނުވަންނަންޔާ ދެންއެސްޓީއޯއިން ކޮންމެމަހަކު މުދާކޮޅެއްދީގެންއެވަރުމުސާރައެއް 2މީހަކައްދެވޭނީ އަދި ކުއްޔައްދޭފަރާތަެްވެސްކުއްޔައްދެވޭނެ ވަރެއްކަނޑައަޅަންވާނެ އެހެންނޫނީ މިހާރުތިނަގާ ޓުކުސްތައްދައްކާފުދޭނެއެއްޗެެއްނެއް ދެންދޭއޮތީ ލާގެންހުރިޖަނގިޔާ މިހާރުވެސް ހަތަރުއިސްޓިކާބޮލުގައެބައޮވޭ ކޮބާކަރަންޓުބިލް ފެންބިލް

  13. ބްރޯ

    އިބޫ ސާލިހް ކިޔާނެ ކަމެއްނެތް އެމްޑީޕީ ގެ ވައުދުތަކަކީ އަދި އެޖެންޑާ 19 ގަ ވަނީ މުޅިންވެސް ދިވެހިގައުމަށް ގެއްލުންހުރި ކަންކަން . ވިމާ ރައްޔިތުންނަށް އޮޅުވާލުމަށް ވެވުނު ވައުދުތައްމަތިން ހަނޑަންކުރައްވަ އަވަހަށް އިސްތިއުފާ ނުދެއްވައިފަިަނަމަ ގައުމުގެ އިގްތިސާދުހަލާކުވެ ބަގުރޫޓް ވުމާ މިހާރު ވަރަށް ގާތަށް ވަނި އާދެވިފަ. ގައުމުދެކެ ކިރިޔާވެސް ކުލުނައެއް ހުރިނަމަ އަވަހަށް މަގާމަ ދޫކޮށްލެއްވުމަސްފަހު އެއްކައިރިއަށް ޖެހިވަޑައިގަންނަވާ އެކޮނޮމިކާ އެކައުންޓްސް ކިޔަވައިގެން ތިއްބެވި ގައުމުގެ ދަރިންނާ ގައުމު ހަވާލުކުރައްވާ

    9
    2
  14. އަލިބިޔާއްކަލޯ

    ތިވަރު ކުޑަތަންކޮޅެއްބޮޑު
    150 ޑޮލަރު މިހާރު އޯކޭވާނެ
    އެދެންފަހުން ރަނގަޅުވާނެ އޯކޭއި
    ކޮވިޑު 19 ގެ ވައުދު ފުރިހަމަވާނެ ފަހުންރަނގަޅުވާނެ
    ދެން ރަންރީނދޫ ގަދަފަދަ ލަޟްކަރުކުދިން
    އައްޖަހާ އައްޖަހާ އައްޖަހާ އައްޖަހާ އައްޖަހާ

    9
    1
  15. ޙަމަ ހަމަ ހަމަ ޔޯ

    ސިޔާސީ މީ ހުންގެ މުސާރައާއި މިނިވަން މުއްސަސާތަކުގެ މުސާރަވެސް މީގެތެރެއަށް ވައްދަން ޖެ ހޭނެ. ސަބަބަކީ، މާތްވެގެންވާ ޤާނޫނު އަސީސީ ފުޅުގައި ވިދާޅުވާ ގޮތުގައި އެންމެން ހަމަ ހަމަ ހަމަ ޔޯ!!!

  16. ޙަމަ ހަމަ ހަމަ

    ސިޔާސީ މީ ހުންގެ މުސާރައާއި މިނިވަން މުއްސަސާތަކުގެ މުސާރަވެސް މީގެތެރެއަށް ވައްދަން ޖެ ހޭނެ. ސަބަބަކީ، މާތްވެގެންވާ ޤާނޫނު އަސީސީ ފުޅުގައި ވިދާޅުވާ ގޮތުގައި އެންމެން ހަމަ ހަމަ ހަމަ ޔޯ!!!

  17. ާއަހުމަދު

    ތިމުސާރައިން ތަނެއްކުޔައްހިފައިގެން އާއިލާ ގޮވައިގެން އިޅެފަ ޗުއްޓީގަ ބޭރައްގޮސްފަ ބާކީވެސް ވާނެ