ހުޅުމާލޭގައި ބާބެކިއު ހެދުމަށް ހުޅުމާލޭ ރުއްގަނޑު ދެ ސަރަހައްދު ވަގުތީގޮތުން ހަމަޖައްސާފައިވާކަމަށް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ބާބެކިއު ހެދުމަށް ރުއްގަނޑު ދޭއް ސަރަހައްދު ވަގުތީގޮތުން ބޭނުން ކުރެވޭނެހެން އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސަރަހައްދުގައި ބޭބެކިއު ހެދުމަށްޓަކައި ބޭނުންކުރަންވާނީ ކޯލް އެކަނި އެޗްޑީސީން ބުނެއެވެ.

އަދި މި ސަރަހައްދުގައި މަސްކަނޑާ ހުޅުނބު ޖެހުމަކީވެސް މަނާ ކަމެއް ކަަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މާދަމާ އިން ފެށިގެން ބާބެކިއު ހެދުމަށް ރުއްގަަނޑު ދޭއް ސަރަހައްދު ބޭނުން ކުރެވޭނެ ކަމަށެވެ.

ހުޅުމާލޭ ބާބަކިއު ސަރަހައްދުގެ ގޮތުގައި ކުރިން ކަނޑައެޅި ސަރަހައްދަށްމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ހަފްތާ ބަންދު ދުވަސްތަކުގައި އާއިލާ އާއި ރައްޓެހިންނާ އެކު މަޖާކޮށް ބާބަކިއު ހަދާލާން ގޮސް އުޅޭ ސަރަހައްދެކެވެ.

އެ ސަރަހައްދު މިހާރު ބަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދު ބަންދުކޮށްފައިވަނީ، ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ގާއިމް ކުރުމުގެ މަސައްކަތަށެވެ.