‏ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފިއެެވެ.

ހެރިޓޭޖް މިނިސްޓްތީން ވިދާޅުވީ، އެ މިސްކިތް ރާވައި އަލުން ބަހައްޓާފައިވާކަމަށާއި، އަދި މިސްކިތުގެ ވަޅު ބެހެއްޓުމުގެ މަސައްކަތުގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާޙިދު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ކަޅުވަކަރު މިސްކިތް ރާވައި ބެހެއްޓުމުގެ މަސައްކަތް ނިންމާލީ މިދިޔަ ހަފްތާ ކަމަށެވެ. އަދި އެ މިސްކިތު ވަޅު މިއަދު ބަހައްޓާފައިވާކަމަށާއި، ކުރިއަށް ދެން އޮންނާނީ އެ މިސްކިތުގެ އެތެރޭގެ ލައިޓް ހަރުކުރުން ފަދަ ކުދިކުދި މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި، އަންނަ އާދީއްތަ ދުވަހު އެ މިސްކިތް ދޮންނާނެއެވެ.

އެ މިސްކިތް ހުޅުވާނެ ތާރީހެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، އެ މިސްކިތް މި މަހުގެ ފަހުކޮޅު ހުޅުވާނެއެވެ. އަދި މިސްކިތް ހުޅުވާދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައި ރޭވުމުގެ މަސައްކަތް ފަށާފައި ވަނީ މިިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ މިސްކިތް މިހާރު ބަހައްޓާފައި ވަނީ، ޗާންދަނީ މަގު ކުރިން ދިރާގު ހުރި ސަރަހައްދުގައެވެ.

މިސްކިތް ބެހެއްޓުމުގެ ސިވިލް މަސައްކަތް ކުރުމަށް ވަނީ އަމީން ކޮންސްޓްރަކްޝަން އިންނެވެ.

ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާކުކުޅު

    ތިހުރިހާމީހުން ފިތި ބާރުވެގެން ތިއީ ކޮން ފަދަ ކަމެއް ފޮޓޯ އަކަށް އަރަން އުޅުއް ވިޔަސް ތިއީދޮޑުވަރު ތިގޮތައް ތިބެއެއްނު ފޮޓޯނަގަންވީ އަސްްލު ތީހަމަ ފޮޓޯ ނަގާއިރު ތިބެންޖެހޭ ގޮތްދޯ މަވެސް ބަލާނަން ދެން ފޮޓޯއެއް ނަގާއިރު ތިގޮތަށް ކޮންމެވެސް ދޭތެރެ ޔަކުން ބޯ ނޫނީ ފައި ވިޔަސް އަތްނަމަވެސް ކޮށްޕާލެވޭތޯތިފޮޓޯބަލާފަ ނުހޭންހުއްޓަސް ހަމަ ހިނިއަންނަނީ މަޖާދޯ އަދި އަލަށް ރާއްޖޭގައި ބަހައްޓާ މިކިތެއްދޯ