ސްރީލަންކާއަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިން ހަމަލާތަކާއި ދިވެހިންނާއި ގުޅުމެއް އޮތްކަން ލަންކާ އިން އަންގާފައި ނެތް ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ސްރީލަންކާގައި 4 ދިވެހިން ހައްޔަރު ކުރިކަމަށް ބައެއް ނޫސްތަކުގައިވާ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ފުލުހުންނަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ފެބްރުއަރީ 20 ވަނަ ދުވަހު އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރުކޮށްފައެއް ނުވެއެވެ.

"އަދި 2019 އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ އިދާރާއަކުން މި ސަރވިސްއަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ." ފުލުހުން ވިދާޅުވިއެވެ.

ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ޤައުމީ ފެންވަރުގަ އާއި ބައިނަލް އަޤްވާމީ ފެންވަރުގަ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފުލުހުން ކުރަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ލަންކާގެ ނޫސްތަކުގައި މިއަދު އެގައުމުގެ ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 153 މީހުން ކަމަށާއި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ އިސްވެރިޔާ ޑީޢައިޖީ އަޖިތް ރޮހާނާ ބުނެފައިވަނީ އިންޓަޕޮލް އާއި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި ގުޅިގެން މި ހާދިސާ ވަރަށް ކައިރިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެކަމަކު އަބަދު ގުޅުން ބަދަހި ކުރަނީ އޯ

    14
    1
  2. ތުއްފާހު ބުނި ކަހަނބު

    ތެދު ވާހަކައެއް. ބުނަންތަ. ކިތަންމެ ވަރަރަކުން އުޅުނަސް. ކާފަރުން މުސްލިމުންނަކަށް ހެވެއް ނޭދޭނެ މީ ތާރީޚް ހެކިދޭ ތެދު ހަގީގަތް ހޮޅިންނަކީވެސް ދެކުނު އިންޑިއާ މީހުން. މަލަބާރިންނާ ބުންބާމީހުންނަކީވެސް އިންޑިއާމީހުން ކަންނައްނޫރު އަލީރާޖާ އަކީވެސް ގެރި މޯދީ ރަށުގެ މީހެއް

    7
    2
    • މީީީީހާ

      ވާހަކައެއް ދައްކާނެ ކަމެއްނެތް. ކަލޭވެސް ތީ އޭގެ މީހެއް.

  3. މީީީހާ

    އަންގާފަ ނެތިއްޔާ ބައިވެރި ނުވަނީތަ؟ ދިވެއްސަކު ބައިވެރި ނުވެސްވާނެ ދޯ؟ އެމީހުން ނުކުރާނެ ކަހަލަ ކަމެއްދޯ؟