މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.

00:13

23:37

23:25

އިޓަލީވިލާތުން އަނެއްކާވެސް އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އިޓަލީވިލާތުން ވަނީ 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. އިޓަލީވިލާތުގެ 10 އަވަށަކުން މިހާތަނަށް ބަލި ފެނިފައި ވާއިރު 30000 މީހުން ވަނީ ކަރަންޓީން ކޮށްފައި. ދިހަ އަވަށުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައި.

ކޮވިޑް-19 ޖެހިފައިވާ އިޓަލީ މީހުންގެ ތެރެއިން ދެމަފިރިއެއްގެ ހާލު ސީރިއަސް.

23:22

22:42

އިޓަލީވިލާތުން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އިޓަލީވިލާތުން ވަނީ 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. އިޓަލީގެ ލަމްބާޑީ ރީޖަންގައި ހަލުވިކަމާއިއެކު ކޮވިޑް-19 ދަނީ ފެތުރެމުން.

22:14

21:59

21:46

21:23

ސިންގަޕޫރް އިން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ސިންގަޕޫރް އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައި.

އޮސްޓްރޭލިއާ އިން ވެސް ދެންމެ ވަނީ އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ބުނެފައި. އޮސްޓްރޭލިއާ އިން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައި.

ޔޫއޭއީ އިން ވެސް ވަނީ އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. ޔޫއޭއީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި.

21:09

18:27

18:27

18:26

18:26

18:25

ކޮވިޑް 19 ޖެހިގެން ޗައިނާ އިން 29 އަހަރުގެ ޑޮކްޓަރަކު މަރުވެއްޖެ. މިއީ ކޮވިޑް 19 ޖެހިގެން މަރުބި އުމުރުން އެންމެ ހަނގު މީހުންގެ ތެރޭގައި ހިމެނޭ އެކަކު.

18:23

އިޓަލީން އިތުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިތަނުން އެކަކު ގަޔަށް ބަލި އަރާފައި ވަނީ މީހެއްގެ ގައިން. މިއީ އެގައުމުގައި އެކަކު ގައިން އަނެކަކު ގަޔަށް ބަލި އެރި ފުރަތަމަ ފަހަރު.

18:21

ޖަޕާނުން އިތުރު 9 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ.

17:34

15:42

އީރާނުން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ.

14:35

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަށް ބަޔަކު ހަމަލާ ދީފީ.

14:13

ޗައިނާގައި ކޮވިޑް-19 ޖެހިގެން އިުތުރު ތިން މީހަކު މަރުވެއްޖެ. މިއާއެކު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 118އަށް ވަނީ އަރާފައި.

11:07

10:47

ދެކުނު ކޮރެއާ އިން އަނެއްކާވެސް އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިފަހަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަސްކަރިއްޔާގައި މަސައްކަތް ކުރާ ތިން މީހަކު ކަމަށް ދެކުނު ކޮރެއާ އިން ބުނޭ.

08:32

އީރާނާއި އިރާޤު ގުޅޭ ސަރަހައްދީ އިން އިރާޤުން ބަންދުކޮށްފި. އިރާޤުން މިފިޔަވަޅު އެޅީ އީރާނުން ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން. ކޮވިޑް-19 އަށް އީރާނުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެމީހަކު މިހާރު ވަނީ މަރުވެފައި.

08:28

ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ޓެކްސްގެ ޖެނެޓިކް އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ "ގްރެފެކްސް" އިން ބުނެފި.

08:08

މިއަދު ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ޖެހޭ މީހުން ކަށަވަރު ކުރުމުގައި ޗައިނާ އިން ގެންގުޅޭ އުސޫލު މިއަދު އަނެއްކާވެސް ބަދަލު ކުރި ޚަބަރު ފާހަގަ ކުރެވެއެވެ. އެއާއިއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އާދަޔާއި ހިލާފަށް މަދުވެފަައެވެ.

ނަމަވެސް ދެކުނު ކޮރެއާ އިން މިއަދު ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި އެކު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން ވިއެޓްނާމް އިން ވެސް ވަނީ ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ރާއްޖެ އިން ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު މިއަދު އެންމެ ފާހަގަ ކުރެވުނު ޚަބަރަކީ ލަންކާގައި މިދިޔަ އަހަރު އޭޕްރީލް މަހު ދިން ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކުރި ޚަބަރެވެ. ނަމަވެސް ފުލުހުން ވަނީ އެޚަބަރު ދޮގުކޮށްފައެވެ.

ދެން ފާހަގަ ކުރެވުނު އަނެއް ޚަބަރަކީ ރައީސް ޞާލިހް އަނެއްކާވެސް ރިޔާސީ ކޮމިޝަނެއް އުފެއްދި ޚަބަރެވެ. މިއީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އުފެއްދި ތިން ވަނަ ރިޔާސީ ކޮމިޝަނެެވެ.