ގެސްޓް ހައުސްއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެެވެ.

މީސް މީޑިއާގައި ބުނެފައި ވަނީ، މާލޭގެ ގެސްޓްހައުސްއަަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އެ ޕޯސްޓާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، ސިފައިންގެ ބޭކަލަކު މާލެ ސިޓީ ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަަމަށް ބުނެ ދެކެވެމުން ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަަށެވެ.

"އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން އެމްއެންޑީއެފްއަށް އަންގާފައެއް ނުވޭ". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކެއް މިއަދު މީސް މީޑިއާއަށް ތިލަވިިއިރު، ސިފައިންގެ މީހަކު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލާގައި ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ސިފައިންގެ މީހާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަޔާން

    ދޮގުކުރާނެ ކަމެއް ނެތް!! މާރިއާ ގެ ހަގީގަތް ވެސް ބަލަން ވެއްޖެ

    4
    2
  2. ޕާންޑޭ

    އެޖެންޑާ 19 ތަފާތުވާނެ