ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަށް ބަޔަކު ހަމަލާ ދީފީ އެވެ.

އޭނާއަށް ހަމަލާދީފައި ވަނީ ރޭގެ ވަގުތެއްގައި ޑިއުޓީއަށް ދިޔަ މަގުމަތީގައެވެ. އޭނާ އަށް ހަމަލާދީފައި ވަނީ ކޮން ބައެއްކަމެއް އަދި އެނގިފައެއް ނުވެެެއެވެ.

އޭނާއަށް މިހާރު ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ރައީސް އަލީ އާދަމް ވިދާޅުވީ، އެ ހަމަލާ ދޭން ޖެހުނު ސަބަބު އެނގިފައި ނުވާ ކަމަށާއި، އެ މީހާއަކީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރެއް ކަމަށެވެ. އަދި އޭނާއަކީ އެރަށަށް ނިސްބަތްވާ މީހެއް ކަމަށްވެސް އަލީ އާދަމް ވިދާޅުވިއެވެ. އެއީީ އުމުރުންް 60 އަހަރުގެ މީހެކެވެ.

"އޭނާ ޑީއުޓީއަށް ދިޔަ މަގުމަތީގައި ކޮންމެވެސް ބަޔަކު އޭނާއަށް ހަމަލާ ދީފައި ވަނީ، އަޅުގަނޑަށްވެސް މައުލޫމާތު ލިބުނީ ގާތްގަނޑަކަށް 12:00 ޖަހާ ހިސާބު". އަލީ އަދާމް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، ހަމަލާގައި ޒަހަމްވި މީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރޭ އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، ރޭ ދަންވަރުގެ ވަގުތެެއްގައި އެ މީހާ ހދ. ކުޅުފުއްޓަށް ފޮނުވާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަލީ އާދަމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަންސާރު

    ޙިތާމަވެރި ހާދިސާތައް

    17
  2. ހުސް މުޖުރިމުން

    ހައްޔައްޔަރު ކުރީމަ އެހަރީ ނިމިފައި އަނިޔާ ލިބުނު މަިހާއަަށް އިންސާފު ހޯދައި ދެވިފަ ދެން ަވަހަަށް ދަުކޮށްލާ ތިމަންހުރީ މަސްތުވެފައޭ ބުނޭ ދެންކިނބޫ ބުނާނެ މީ އެންމެ އޯގާ ތެރި ލަގަބް ލިބުނު ކަަށް

    10
  3. ޔާމިން

    ހިތާމަވެރި ހާދިސާތައް. ތިނުބައި އަމަލު ހިންގި ބަޔަކު ހޯދާ ހައްގު އަދަބުދީ.