އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ނ. ކުޑަފަރީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފިއެވެ.

ކައުންސިލް އިންތިހާބުގައި އެރަށަށް، ފަސް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. މީގެ ތެރެއިން ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައި ވަނީ، އެ ތިން ކެންޑިޑޭޓުންނާއި ވާދަކުރަން އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.

އެގޮތުން، ކުޑަފަރީގައި ކައުންސިލްގެ ރައީސާއި އަންހެން ދެ މެމްބަރުން ހޮވަން އިންތިހާބު ބާއްވަން ނުޖެހޭނެއެވެ.

އެރަށު ކައުންސިލް ރައީސް ކަމަށް ކުރިމަތިލާފައި ވަނީ، އަލީ ޝަމީމު އެކަންޏެވެެ. އެރަށު ކައުންސިލުން އަންހެނުންނަށް ހާއްސަކުރާ ދެ ގޮނޑިއަށް ކުރިމަތިލާފައި ވަނީ ދިމްޝާ އަބްދުލްމަޖީދާއި، ހުމާމް އަބްދުއްރަހުމާނެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ޓިކެޓު މި ތިން ބޭފުޅުންނަށް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލައެވެ.

އެ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދިއިރު، ދެން ހޮވަން ޖެހޭ ދެ މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވާނެއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ކުޑަފަރި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ނެގުމުން މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަހުމަދު

    އަބުދޯ އަބުދުއް ރަހީމު ސޭޓު އާއި ސޭހު މެން މިކުރަނީ ކޮންކަމެއް

    19
    3
  2. އަދުނާން

    ޖާބިރު ބުނި ޑީއާރުޕީ އިން ހުރިހާ ގޮޑިއަކަށް ކުރިމަލާނަމޭ! ޖާބެ ކިހިނެއް ތިހެދީ!

    23
    2
  3. ރާފިޔާ

    ތިގޮތަ އައްޑޫ ސިޓީ ހިތަދޫ ދާއިރާ ތިނެކުންވެސް އެބައުޅޭ ފާޑެއްގެ މީހަކު ހޮވިގެން އޭނަ މިދާއިރާޔައް ނެރުނީ އޭނަ ގޮތައް ނުކިޔަވާ ހުރި މަޖިލީސް މެންބަރެކޯ ލަދުން ބޯ ހަލާކު އަހަރުމެންގެ މައްްޗައް އިސްކުރެވޭ ވެރިން ނަކީ މިހާ ނާގާބިލު ބަޔަކައް ވަންޏާ ކިހާ ތަރައްޤީ އެއް ވާނެބާ

  4. ލިއުޝާ

    ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ރަށްރަށުގެ މެޖޯރިޓީ މޑޕ އަށް ނުދީ . ވަރަށް ހިތާމަވެރި ހަބަރެއް.

    10
  5. އޮޅުވާލަނީއޭ

    މިހާރު ރާއްޖޭގެ ރައްޔިތުންނަށް ވިސްނޭނެ ނޫންތޭ ކޯލިޝަން ހަދައިގެން ރާއްޖޭގެ ވެރިކަމަށް ރައީސް އިބޫ ގެނައި މީހުން އޭނާ ވެރިކަމަށް ގެނައީ އެއީ ރައްޔިތުންނަށް ހެވެއް އެދިގެން ނޫން ކަން

  6. ދޭބަލަ

    ކޮންމެ ކަމަކަށް ކޮމިޝަނެއް ރައީސް އިބޫ ހަދަމުންދާއިރު ވެސް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީ މެން ސަސްޕެންޑް ކުރުމަށް ފަހު އެމެން ޚިދްމަތުން މެދުކަނޑާލާ އެމެން ގެއަށް ފޮނުވާލާ ..