ޑީކޯވެގެން ގދ ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 51 އަަހަރުގެ ފިރިހެނަކު މާލެ ގެނެސްފިއެވެ.

އޭނާ މާލެ ގެނެސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ ޑީކޯވެގެން އިތުރުފަރުވާއަށް މާލެ ގެނެސްފައި ވަނީ، އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް އެހީތެރިކަމާއެކު އެ މީހާ ތ. ވޭމަންޑޫ އަށް ގެންގޮސް، އެރަށުގައި އޮންނަ ސީއެމްބިއުލާންސްގައި މިއަދު މެންދުރު 14:55 އެހާކަން ހާއިރު މާލެ ގެނެސްދީފައިވާކަމަށް އެެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޑީކޯވި ދިވެއްސަކު މިއަދު މާލެ ގެނެސްފައިވާއިރު، އައްޑޫ އަތޮޅު ކަނޑަހެރެ މަންތާ ޕޮއިންޓުގައި ފީނަން އުޅުމުގެ ތެރޭގައި ޑީކޯވި ފަތުރުވެރިޔާ އަށް ފަރުވާ ދިނުމަށް މީގެ ދެ ދުވަސް ކުރިން ބަނޑޮހަށް ގެންދިޔައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައިވެސް މީހުން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މިންވަރު ވަނީ އިތުރުވެފައެވެ.

އަދި މިދިޔަ ހަފްތާ ތެރޭގައި ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ދެ ދިވެއްސަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު