ސްކޫލްގައި ގަނަގެ ޝިކާއަރަށްވި އޮސްޓްރޭލިއާއަށް ނިސްބަތްވާ އުމުރުން 9 އަހަރުގެ ކުއެޑެން ބޭލްސްގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކުރީ އޭނާގެ މަންމައެވެ. ގަނާ އާއި ހެދި ކުއެޑެން ބޭނުންވަނީ އަމިއްލައަށް މަރުވާށެވެ. ސްކޫލް ނިންމާފައި މަންމައާއެކު ކާރުގައި ކުއެޑެން ގެއަށް ދިޔައީ ރޮމުން ރޮމުންނެވެ. އޭނާގެ މަންމަ ފޭސްބުކްއަށް ލި ވީޑިއޯގައި ކުއެޑެން، އޭނާ އަމިއްލައަށް މަރުވާން ބޭނުންވާ ވާހަަކަ ބުނެއެވެ.

މިއީ އޭނާ އަމިއްލައަށް މަރުވާން ބުނި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާގެ މަންމަ ޔައްރަކާ ބޭލްސް ފޭސްބުކް ލައިވް މެދުވެރިކޮށް ވަނީ، އަމިއްލަ ދަރިންނާއި، އާއިލާ އަދި ރަހުމަތްތެރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށެވެ. އޭނާ އެ ވީޑިއޯ ހިއްސާ ކުރީ ބުލީގެ ސަބަބުން ކުއެޑެންއަށް ކޮށްފައިވާ އަސަރު ދައްކައި ދިނުމަށެވެ.

އެ ވީިޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު 16 މިލިއަން ފަހަރު މިހާރު އެ ވީޑިއޯ ބަލާފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޭލްސްއަށް ސަޕޯޓް ދަނީ ލިބެމުންނެވެ.

މީގެ ތެރޭގައި އޮސްޓްރޭލިއާގެ އެކްޓަރ ހަގް ޖަކްމަންވެސް ހިމެނެއެވެ. އޭނާ ޓްވީޓާ މެދުވެރިކޮށް، ބުނީ، ކޮންމެ ކަމެއް ދިމާވިޔަސް، އޭނާއަކީ ކުއެޑެންގެ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ކުއެޑެން އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން އޭނާ ވަނީފާހަގަކޯށްފައެވެ. އަދި އެކަކު އަނެކަކަށް އަޅާލައި، ގަނާ އާއި ދެކޮޅު ވުމަށް ޖެކްމެން އެދިފައި ވެއެވެ.

މީގެ އިތުރުން ކުއެޑެންއަށް އެހީތެރިވުމަށް ގޯފަންޑްމީ ޕޭޖްގައި ޔޫއެސްގެ ކޮމޭޑިއަން ބްރެޑް ވިލިއަމްސް ވަނީ 170،000 ޑޮލަރު އެއްކޮށްފައެވެ. އޭނާ އެ ފައިސާ ދޭނީ ކުއެޑެން އާއި އޭނާގެ މަންމަ ކެލިފޯނިއާގައި ހުންނަ ޑިސްނީ ލޭންޑަށް ދިއުމަށެވެ. އެކަމުގައި އިތުރު ބައެއް މަޝްހޫރު ތަރިންނާއި އަމިއްލަ ބައެއް މީހުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވެއެވެ.

އޭނާގެ އިތުރުން، ނޭޝަނަލް ރަގްބީ ލީގް އަންޑަޖީނަސް އޯލް ސްޓާ ޓީމުގެ ސަޕޯޓުވެސް އޭނާ ވަނީ ލިބިގެން ގޮސްފައެވެ.

ކުއެޑެން ނަމަކަށް ކިޔާ އެ ކުއްޖާއަކީ "އެޗޮންޑްރޮޕްލަސިއާ" ނަމަކަށް ކިޔާ ސިއްހީ މައްސަލައެއްގެ ސަބަބުން އެހެން ކުދިންނަށްވުރެ ކުރުކޮށް ހުންނަ ކުއްޖެކެވެ. އޭނާއަށް ކޮންމެ ދުވަހަކުވެސް ގަނާ ކުރެއެވެ. އޭނާއަށް ގަނާ ކުރާތީ އޭނާގެ މަންމަގެ ހިތްފަޅައިގެން ގޮސްފައިވާއިރު، އެ ސިއްހީ މައްސަަލައިން ސަލާމަތް ކުރެވޭތޯ އޭނާގެ އޮޕަރޭޝަންތަކެއްވެސް ކޮށްފައިވާކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  ރާއްޖޭގެ ސުކޫލުތަކުގައި ވެސް ބުލީކުރުން އިންތިހާ ދަރަޖައަށް ގޮއްސި. ކޮބާ އެޑިއުކޭޝަން މިނިސްޓަރު

  21
  1
 2. Anonymous

  ބުލީކުރުން ހުއްޓުވޭނީ އިސްލާމީ އަޚްލާގް ދަސްކޮށްދީގެން

  3
  1