ށ. ފުނަދޫގައި ދެ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެރަށު ކައުންސިލް ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ، މޫދަށް ކުއްޖަކު ވެއްޓި ގެނބިގެން ނިޔާވި ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ނިޔާވީ މިއަދު އަސަރު ނަމާދު ނިމުނު ހާއިރު ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އެއީ ތަންކޮޅެއް ގޮނޑުދޮށުގައި ހުރި ގެއެއް، އަޅުގަނޑަށް މައުލޫމާތު މި ލިބެނީ އޭނާ މަންމަ ވުޟޫ ކުރަން ވަން ގަޑީގައި ބޭރަށް ނުކުތް ކަމަށް، ކޮއްކޮ ނެތޭ ގޭތެރޭ ތިބި ކުދިން ބުނީމަ، ދުވެފައި ދިޔައިރު، މޫދުގައި އޮތް ކަމަށް،ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިއޮތް ކަމަށް". ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެ ކުއްޖާއަކީ އުމުރުން އެއް އަހަރާއި ނުވަ މަހުގެ ކުއްޖެއްކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ،އެ ރަށުގައި ކުއްޖަކު ގެނބިގެން ނިޔާވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބިފައިވާ ކަމަށެވެ.

އަދި މި މައުލޫމާތު ލިބިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލިޔާކުއްޖާ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

    196
    2
    • ކުމާރުގޮހޮރު

      އެވަރު ކުއްޖެއްގެ ކޮން ފާފައެއްތޯ އޮންނާނީ.

      36
    • -_-

      އެވަރު ކުއްޖަކު ފާފަ ހުންނާނެތޯ.

      33
    • ހޫދު

      މިމައްޔިތާގެ ފާފައެއް ޒައްރެއްގެ މިންވަރަށް ވެސް ނޯންނާނެ...

      35
  2. ނަޖީ

    ކީކުރަން ފުލުހުންގެ ބަހެހޯދަނީ އެމީހުން ބުނެފިއްޔާ މަރުނުވާކަމަކައް ވާނެތޯ

    15
  3. މަ

    إنا لله وإنا إليه راجعون

    To Allah we belong and to Allah we will return

    23
  4. ލިއުޝާ

    ވަރަށް ހިތަމެވެރި. އާއިލާއައް ކެތްތެރިކަން ދެއްވާށިއެ . އާމީން.

    26
  5. ޢަޒްރާ

    އުމުރުން 2 އަހަރު ނުވާ ކުއްޖަކައް ކޮންފާފައެއްތޯ ކުރެވިފަ އޮންނާނީ

    27
    2
  6. ކާކު

    ޢާއިލާއަށްކެއްތެރިކަން ދެއްވާ، އެތުއްތުތުއްތު ފުރާނަޔަށް ރަޙްމަތްލައްވާށި. ތިޔަފަދަގޮތަކަށް ތުއްތު ކުއްޖަކު ވަކިވެގެންދިޔުމަކީ އަސަރުކުރާކަމެއް.

    26
  7. ބަލާތި

    މިއިން އަންގާ ދެނީ ތަމެންގެ ވެރިކަމުގައި ރަށްރަށުގެ ކައުންސިލް ތަކުގެ ފަރުވާ ކުޑަ ކަމޭ ތަމެން ދެން ކިއެއްކުރަންތޭ ރައީސް އާއި އެކު ރަށްރަށަށް ދަނީ ހަމަ ފޮޓޯ ނަގަ ނަގައިގެން މަޝްހޫރުވުމަށޭ ދަނީ އެނޫން އެއްވެސް ކަމެއް ކުރަނީ އެއް ނޫނޭ ދެން ވެސް ބަލާތި ކޮމިއުނިކޭޝަން ނަމުގައި ކުންފުނި ހަދަ ހަދައިގެން ތިޔާ ކަމުގައި ވެސް ކަޓެއް ޖައްސާލެވޭތޯ...

    5
    8
    • ހަމަ huvaaaa

      Are you saying nobody died like that during previous govenments? Stop making tragedies like this political. Please.

  8. ކަޅުހޮއްކޮ

    އެތުއްތު ފުރާނައައް ސުވަރުގޭގެ މަތިވެރި ނިޢުނަތްދެއްވަވާ އަދި ޢާއިލާއައް ކެތްތެރިކަން ދެއްވަވާށި. އާމީން

    20
  9. ސައްޔާހު އައްބާސް

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

    10
    2
  10. ކޮތަރު

    ދެއަހަރުނުވާ ތުއްތު ކުއްޖެއްގެ އޮންނާނީ ކޮން ފާފައެއްތޯ؟ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން.

    22
  11. Anonymous

    ފުރާނައައް ސުވަރުގޭގެ މިންވަރުކުރައްވާ ށި! ޢާމީން ?

    22
    1
  12. Anonymous

    ޥަރަށް ދެރަވެއްޖެ

  13. ސަމީ

    ޢާއިލާއަށްކެއްތެރިކަން ދެއްވާ، އެތުއްތުތުއްތު ފުރާނަޔަށް ރަޙްމަތްލައްވާށި.

  14. Anonymous

    ތިޔަ ކުއްޖާ 1 އަހަރާއި 9 މަސް ވީއިރު ތިޔަ މޫދު ތިޔަ ތަނުގައި ނެތީތޯ.

    1
    4