ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ފެށުމާއި ގުޅިގެން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ އެމްޑީޕީއިންކަމަށެވެ. އަދި އެނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށްކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެދަރިއަށް އެމްޑީޕީއަކުން ދެރައެއް ނުދޭނެކަމަށް އަދި އެދަރި ދޫކޮށެއް ނުލާނެކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ޤާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާޢީދުނުކުރާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް"، ޝާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރިގަދަކޮށް މިރޭ ފަށާފައިވާއިރު، އެމްޑީޕީއިން ވަނީ މިއިންތިޚާބުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ބުނެފައެވެ.

ރަށްވެހި ފަތިސް ކެމްޕޭނުގެ ތަސައްވަރާއި ސިޔާސަތަކީ އެމްޑީޕީ އުފެދުނިއްސުރެ ދައްކަމުން އައި ވާހަކަ ކަމަށާއި، މި ކެމްޕެއިންގެ ދަށުން ބާރު އަޅާނީ ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލަ އަށް ނިންމާ ބަޔަކަށް ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ކައުންސިލްތަކުގެ ކަންކަން ނިންމާނީ ހަމައެކަނި ގޮތް ނިންމާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނޫންކަމަށާއި، ރާއްޖޭގެ ކަންކަމަށް ގޮތް ނިންމުމުގެ އެންމެ ފުރިހަމަ ބާރު އޮންނާނީ ރައްޔިތުންނަށް ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޑިކްޓޭޓަރ ހުސެންހަލީމް

  ލަދު ހަޔާތްކުޑަކަން.. ކަލޭތީ ތިވާހަކަދައްކަން އެންމެ ރަނގަޅުމީހާ.. ވޯޓު ދޭން ނުޖެހޭ އެއްސަބަބު ކަލޭ ތީ. މުޅި ދައުލަތުގެ ލާރި ކަލޭގެ ތި ތަޅާ ބުރުވަނީ. އަދިވެސް އެހެންމީހުން ގަޅިހެއްދުމުގަ.

  40
 2. ހެޔޮވިސްނުން ދެއްވާށި

  އެމް.ޑީ.ޕީ އަށް ވޯޓް ދެވޭކަށެއްނެތް ނަސީދު އެމް.ޑީ.ޕީ ގެ އިސްމީހާގެ ގޮތުގަ ހުއްޓައެއް. ނަސީދު ނޫންގޮތެއް ބޭނުންވޭ. ނަސީދުއަށް ބާރުލިބޭފަދަކަމެއް ކޮށްފިނަމަ އަޅުގަނޑުމެންގެ ދަރީން ކަރުނައަޅާ ރޯން ޖެހޭހާލަތަށް ޤައުމު ގެގޮސްދާނެކަމުގެ ބިރު ހީވޭ.

  39
 3. ސަންތިމަރިޔަބު

  އެއީ ކަދުރު ރުކަކަށް އަރާ ހިބަރު ވަދު ނޫކާތީތޯ؟
  ހަމަހިނިއަންނަނީ

  37
 4. ކަލޯ

  ސަބަބުތައް ބައިވަރު.
  ސިވިލް ސަރވަންޓުންގެ އޯޓީ ކަނޑާލާފަ އެމީހުންނަ ށް ހައްގު އުޖޫރަ ނުދީ ބަންދު ދުވަސްތަކުގައިވެސް މަސައް ކަތް ކުރުވުން.
  ސިވިލް ސަރވިސްގެ އޯވަޓައިމް އާ އިތުރު އެލަވަން ސް ކަނޑާލިޔަސް މަޖްލީހުގެ މެންބަރުންގެ އެއްވެ ސް އިނާޔަތެއް އުނިކޮ ށްފައި ނުވުން.

  45
 5. ނުދޭތި

  ރައްޔިތުންނޭ މިފަހަރު އެމްޑީޕީއައް އެއްވެސްބޭފުޅަކު ވޯޓުނުދެއްވާތި މުޅިޤައުމުކައިހުސްކުރާނީ ވޯޓް ދީފިއްޔާ

  15
 6. އައްޑޫ ލެއި

  އެމްޑީޕީ އަށް ވޯޓް ދޭންޖެހޭ ސަބަބެއް ބުނެބަލަ ބުރާންތިޔާ

  16
 7. ދދދދދދ

  ވޯޓަށް ނުފޫޒު ފޯރުވަނީނު ޖީވަންޓޭ. އަހަރުމެން ވޯޓު ދޭންޖެހޭ މީހަކު ކަނޑައެޅުންވެސް ކަލޭމެން ކަމަކަށް ވީތަ؟ މިހިރަ ނުލަފާ މުސްކުޅިޔާ ދެކިބަލަ ނިކަން.

  12
 8. ގަންޖާ

  ޕީޕީއެމްއުން މީދަލެއް ނެރުނަސް ވޯޓުދޭނީ ޕީޕީއެމްއަށް

  14
 9. ވަޙްޝީކާޕެޓް

  ނެތްތަ ދިރުވާލާނެ ކާޕެޓެއް

  13
 10. އިބްރާހިމް

  - މަހަށް ހަމައަގު ލިބުނީތޯ؟
  - ބޯހިޔާވަހިކަމަށް ހައްލު ލިބުނީތޯ؟
  - ގޭދޮށު މަސްފަކްޓރީ އަޅައި ނިމުނީތޯ؟
  - ރިސޯޓް މުވައްޒަފުންނަށް އިނާޔަތްތަށް ހަމަޖެހުީތޯ؟
  - ޓީޗަރުންގެ މުސާރަ ބޮޑުކުރިކުރީނުން އެކަކަށް ނުއުފުލޭވަރު ކުރީތޯ؟
  - ........

  19
 11. ޣޮ

  ޝާހިޛު ޕަޕެޓް ދުއްލިސާނު

 12. މޖ

  ޕްރިޕެއިޑް ވޯޓް