ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތުގައި މިހާހިސާބަށް އާދެވިފައި ވަނީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފެށުމަށް މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވޭން ހުރި ގިނަ މަސައްކަތްތަކެއް ކޮށްގެން މިހާހިސާބަށް އާދެވުނުއިރު މިއީ އެމަނިކުފާނު އެންމެ ދެކެން ބޭނުންވި ދުވަހެވެ. "މިއަދަކީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އެންމެ ދެކެން ބޭނުންވި އެއް ދުވަސް. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިރޭ މިފަށަަނީ ކެމްޕޭން. މިއީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަންވީ ވަގުތު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދިޔައިރު ރަނގަޅުކޮށް އިތުބާރު އުފައްދަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ފާހަގަ ކުރެވުނު ކަމަށާއި ޕާޓީގެ ލީޑާޝިޕުން އެކަންކަން އިސްލާހް ކުރަމުން ގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިހާރު މާލީ ގޮތުން ކައުންސިލްތައް ވަނީ ފުދުންތެރިކަން ކުރެވިފައި ކަމަށާއި އަންހެނުން ބާރުވެރި ކުރުވުމަށް ކައުންސިލްތަކުގެ ވަކި އިންސައްތައެއް މިވަނީ އަންހެނުންނަށް ދެވިފައި ކަމަށެވެ. އެކަމުގެ ނަތީޖާ ފެންނަމުން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ކައުންސިލްތަކުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ މޮނީޓަރ ކުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫޢު ހިންގުމަށް ވަނީ ނިންމާފައި. ސެންޓަލައިޒް ކޮށްގެން މިފަދަ މަޝްރޫޢުތައް ހިންގުމަކީ ނާދިރު ކަމެއް. ކައުންސިލްތަކަށް ދިން އިހްތިޔާރާއި އެކު މިފަދަ މަޝްރޫޢުތައް ހިންގުމުގެ އިހްތިޔާރު ވަނީ ކައުންސިލްތަކަށް ދެވިފައި. އެހެންކަމުން ސަރުކާރާއި ގުޅިގެން މި މަޝްރޫޢުތައް ހިންގާނެ ކައުންސިލްތަކެއް އިންތިޚާބު ކުރަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވިތަނުގައި މަރުކަޒީކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ނަތީޖާ ފެންނަން އޮތީ މާލެ އިން ކަމަށެވެ. މާލެ ތޮއްޖެހި އިޖުތިމާޢީ އެތައް މައްސަލަތަކެއް ދިމާވެފައި ވާއިރު އެކަމަށް އޮތް ހައްލަކީ ވެސް ލާމަރުކަޒީ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިރޭ ވެސް ވިދާޅުވީ ލާމަރުކަޒު ކުރުމުގެ ފިކުރަނީ އެމްޑީޕީގެ ފިކުރެއް ކަމަށާއި ލާމަރުކަޒީ ނިޒާމް ތަންފީޒު ކުރެވެނީ "މިފިކުރާއި ވިސްނުން ހިތުތެރޭގައި ގަބޫލު ކުރާބަޔަކަށް." ކަމަށެވެ.
އެހެންވެގެންތަ މާލެ ސަރަހައްދު ތަރައްގީ ކުރަމުން ތިގެންދަނީ
ރަށްވެހި ފަތިސް މުޅިން ހުސް ގޮނޑި އާއި އެކު ފަށައިގެން ރައީސް އިބޫ އަށް ވެސް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ސަރުކާރަށް ތާއީދު އޮތް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ރައީސް ގާތު އެގޮތަށް ވިދާޅުވުން އެއީ ރޯ ބުހުތާނު ދޮގު ކަން އެދަނީ ފަޅާ އަރަމުން ނޫންތޭ ކާންޓް....
މިހިސާބަށް މިއައީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށޭ ޑާންސް...
ކަލެ ކުރިކަމެއް ދެނަހުރި މީހެއް މިގައުމުގަ ނެތް. ނަމެއްގަ ހުރިމީހެއް
މިހިސާބަށް މިއައީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެކަމެއް މިއަދު ގަބޫލު ނުކުރާނަމޭ ރަ ހީރޯ...
މިރޭގެ ލަދަކީވެސް ވަރައް ވޭން ދެނިވި ލަދަކައް ވެގެން މިދިޔައީ.
ތިނަދޫ މީހުން ބުނާ ކަހަލަ ނޫނަސް ގައުމު މިއޮތީ ކަނަކު އަތްދަށު ކޮށްފާ. މިގައުމުގާ ދެންހުރި މީހާ އަކީ މެރިޓައިމް ކިޔަވާފ ައެކޮނޮމިސްޓަކަށް ވެގެން އުޅޭ މީހެއް . ދަންނަކަމެއް ނުދަންނަ ކަމެއްވެސް ނޯންނާނެ . ކިޔޭ ނުކިޔޭ އެއްޗެއްވެސްނޭގޭނެ އިއްޔެ އެބުނީ ކަނޑުބޯޓުްން ފަތުރު ވެރިން އުފުލަވާހަކަ 3 ދުވަހު ކަނޑުަގަރަޅާ ތަލަން މިފެންވަރުގެ މިހުނާ ގައުމުހަވާލު ކުރުމުން މިހާރު މިވަނި ހަތަރު އުދަރެސް ފެނުޖެހިފާ.
މިހިސާބަށް މިއައީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފަ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެކަމެއް ގަބޫލެެއް ނުކުރާނަމޭ ..
ވޭންހުރި ބޮޑެތި މަސައްކަތް ކޮށްފައި ޖަލުގައި ހުރީކާކު ކަން ދިވެހި ރައްޔިތުން ނަށް އެނގޭ.
ޕޯޑިއަމް ތަކުގައި ދައްކާ ވާހަކަ އާއި ބަހާއި ޢަމަލު ދިމާނުވަނި ކާކުކަން ވެސް ވ.ސާފު.
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަަހަށް ދޭބަލަ...
މިހިސާބަށް މިއައީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ...
ރައީސް އިބޫގެ ސަރުކާރުން ކޮށްފައިވަނީ 2 އަހަރު ވީއިރު ވެސް މުޅިން އަންހެން ދުޅައިގެ ކޫސުނި ކަންކަމޭ އެމެން ކަމަކު ނުދެއޭ .
މުޅިން ހުސް ގޮނޑި ތަކާއި އެކު ދަ ގްރޭންޑް ކެޕިޓަލް މާލޭގައި ހިންނަވަރު އިބްރާހިމް ބާއްވާ ޖަލްސާ އަށް ރަށްފުށުން މާލެ އަށް އަރާ ތިބި ހަކެނައިން ދިއުމުން އެއީ މަމެން އުފާ ކުރާ ކަމެކޭ ...
އެތައް ސަތޭކަ ހުސްގޮނޑިއާއި އެކު "ރަށްވެހި ފަތިސް" ފަށައިފި ނަމަ މިއިން އެގިގެން ދަނީ އެއީ މާލެ ސަރަހައްދުގެ ރައްޔިތުން އެއްވެސް ތާއީދެއް ނުކުރެއޭ ...
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ހުސް ގޮނޑި ތަކުގައި ހަންޑިން ބައިތިއްބައިގެން ވެއްޖެއޭ...
މާލެއަށް އޮތް ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މާލެ އަށް އެއް ކަމެއްވެސް އަދި މާލެ ސަރަހައްދު ތަރައްގީ ކުރަން ގަލެއް ވެސް ބޭއްވުނު ސަރުކާރެއް ނޫނޭ ތެޅީމާ...
ހޮޅި ވާހަކައެއް. ޥޭންހުރި ކަންކަންވެސް ކިޔާލަދިންނަމަ.
ވެރިކަމަށް އެރިއްސުރެ ރައްޔިތުންނޭ ވޭނުގަައި އުޅެމުންދަނީ. މުޅި ޤައުމު ގައި ހިތާމަވެރި ޙާދިޘާތައް ނުހިނގާ ދުވަހެއް ދައްކަބަލަ. ނާޤާބިލް ލާދީނީ ސަރުކާރު
މާލެއަށް އޮތް ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަން ދަންނާނެއޭ އެނިމުނީއޭ...
ވޭންހުރި ބުރަމަސައްކަތް ތައް ކުރީ ބާޤީ ލުތުފީ ފޮރުވާށާއި ލާދީނިއްޔަތު ފަތުރަން.
ވޭން ހުރި މަސައްކަތުން މި ހިސާބަށް އާދެވުނީމާ ދެން އޮންނާނީ ޕާޓީ މީހުންނަށް ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި އަދަދު ތަކުން ބަދަލް ދީފަ.
މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް އެއިން ރާއްޖޭގެ އިގްތިސާދަށް ފައިސާ ވަންނާނެ އެންމެ މަޝްރޫއު އެއްވެސް ނެތޭ ނެތީމޭ..
މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މާލެ ސަރަހައްދުގެ ތިލަފުށި އަދި ގުޅިފަޅު ހިއްކަން އެމްޓީސީސީ އަށް ނުދީ ބޮސްކާލިސް އަށް ދިނުމުން އެމެން މަސައްކަތެއް ވެސް ނުފެށިއޭ ދެން ފެންނާނީ އެމެންނަށް ބަދަލެއްގެ ގޮތުން 500 މިލިއަން ޑޮލަރު ދައުލަތުގެ ޚަޒާނާ އިން ނަގާފައި ދޭ ތަނޭ ރައީސް އިބޫގެ ވެރިކަމުގައި ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާ ދަވާލައިގެން ބަދަލު ދިނުމޭ ކެމްޕެއިނަށް ޚަރަދު ކުރާ މީޙުންނަށް މިނޫން
ސެންޓުރަލް ކޮއް ނޫންގޮތަކައް ތަރައްގީކޮއްފައި އޮތް އެއްވެސް ގައުމެއް ދައްކަބަލަ..؟ ކޮން ގައުމެއްގަތަ މިހާތަނައް ފުރަތަމަ ކެޕިޓަލް ސިޓީ ތަރައްގީނުކޮއް ގައުމުގެ އެހެން ދިނާތައް ތަރައްގީވެފައިވަނީ..؟ ތިޔަ ދައްކަވަނީ މައުލޫމާތެއް ނެތި އުފައްދާފައިވާ ހުސް ޚިޔާލެއްގެ ވާހަކަ.ލާމަރުކަޒީއަކީ ރާއްޖޭގެ ހަލާކު.. އެއީ ބޮއްސުންލުމެއް.. ލާމަރުކަޒީވެގެންގޮސް އަވަދިވިތަސް ތަރައްގީއެއް ނުކުރެވޭނެ..
ރައީސް އިބޫގެ ސަރުކާރުން މިއަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ތައް ހިނގާނެ ކަމަށް ވިދާޅުވުމުން މަމެން ގާތަށް އަންނަނީ މަލާމާތުގެ ހިންނެކޭ އިޓް..
މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ރާއްޖޭގެ އިގްތިސާދަށް ވަންނަ ފައިސާ ގެ %95 އެއީ މާލެ ސަރަހައްދުން ރާއްޖޭގެ އިގްތިސާދަށް އިންޖެކްޓް ކުރާ ފައިސާއޭ އެކަން އެނގިތިބެ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްސް ތައް މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ނުހިއްކާ ތިމާވެއްޓޭ ކިޔާ ތިމާވެށީގެ އަލިފުބާ ވެސް ނޭގޭ ބަޔަކު ޕްލާސްޓިކް ފްރީއޭ ކިޔާ އަނގަ ގެޅުމުން ވަނީ އިގްތިސާދަށް
މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މިއަހަރު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑު ތަން ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެއޭ ގެންނަންވީއޭ...
މަޝްރޫއު ތައް ހިނގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށޭ މަމެން ކަން...
އާން ވައްކަންކުރުމާއި މަކަރުހެދުމުން ޕީއެޗްޑީ ނަގާފަ
ވިދާޅުވީ ހަމަ ތެދެއް އެއީ މިހާރު ރައްޔަތުން މިބައިތިއްބަނީ މަންމަގެ އުގުންފެށިގެން ގޮސް ކައްވަޅައް ދަންދެން މިޖެހެނީ 6% ޖިޒީދައްކަން އެއްވެސް ކަމަކާ ނުލާ ކިރުދޫނިތަކެއްހެން މިނިވަންކަމާއެކު އުޅެއުޅެ ތިއްބާ 1978 އަހަރު އައި މޮޅު ސަރުކާރަކުން މިތިބީ ގޯދިގެދޮރައް އަޅުވެތި ކޮއްފައި ދެން އެދިގު އަހަރުތައް ނިންމާ މިނިވަން ކަމާ ޑިމޮކްރަސީ އޭ ކިޔާފައި އައި ސަރުކާރަކުން މިދައްކައް ޖެހުނީ ޖިޒީ އެހެންވީމަ މިތިބީ ވަރައް އުދަގުލުން އުޅެފައި މިނިވަން ވެފައި ތެދެއް ވެރި ކަމުގައި ތިބޭ ބަޔަކު މިތިބެނީ ރައްޔަތުން ކުރާ މަސައް ކަތުން ނިގާ ޖިޒީގެ ފައިސާއިން މުސާރަޔާ އިނާޔަތާ ނަންގަވައިގެން އަރާމާއުފަލުގައި ރައްޔަތުން ނައް ހުވަފެން ދައްކާލަ ދައްކާލަ
ފޮރުވިފައިވާ އެޖެންޑާ “ލާ ޤައުމީ! ލާދީނީ ނިޒާމް!
ވޭން ހުރި ބޮޑެތި ކޮންކަމެއް؟ އަނެއްކާ ކުއްޖަކު ވިހެއީތަ؟
އަދި ފަހުން އަޅާން އޮތްވޭނަށް ކަލޭމެނަށް ކެތެއް ނުކުރެވޭނެ. އިސްލާމް ދީނަށާއި މުޖުތަމައުގެ އަޚްލާޤް ހަލާކުކުރީ ތިޔަބައިމީހުނެވެ.
މަނިކުފާނު ގުޅިފަޅު މީހު ނަށް 3 އޮކްޓޫބަރ 2019 ވަ ނަ ދުވަހު 21 ދުވަހުތެރޭ ނިނންމަ ން އެތަށްބައެއްގެ ކުރިމަތީ ވީ ވަޢުދު ވީ ބިލާހަކަށް ލަދުގަބޭތަ
ބަ އެއްގެ ހަށްޤު ހޯދާ ނުދީ ތިހެ ން ހު ން ނަ ން