ލޯކަލް ކައުންސިލް އިންތިޚާބު ފެށުމަށް އެމްޑީޕީގެ ކެމްޕޭން ފަށަން މާލޭގައި ބާއްވާ ރަސްމީ ޖަލްސާގައި އެތައް ސަތޭކަ ހުސްގޮނޑިއެއް ހުރުމުން އެކަން ގިނަ ބަޔަކު މީސް މީޑިއާގައި ފާހަގަ ކުރަމުން އެބަގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ކުރީގެ ރައީސް ނަޝީދާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެގެން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާ އަށް ހާޒިރުވެފައި ވަނީ މަދު އަދަދެއްގެ ބައެކެވެ.

މިޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވާއިރު މިއީ އެމްޑީޕީން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި މާލޭގައި ބާއްވާ ފުރަތަމަ އާއްމު ޖަލްސާއެވެ.

ޖަލްސާއަށް މަދު އަދަދެއްގެ މީހުން ހާޒިރުވި ނަމަވެސް އެމްޑީޕީން މި ޖަލްސާ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެތިން ހަފްތާ ވެއްޖެއެވެ.

އެމްޑީޕީގެ މުހިއްމު ޖަލްސާއަކަށް ފިނި ތަރުހީބެއް ލިބިފައި ވާއިރު ފާއިތުވި 15 މަސް ދުވަހު ރައީސް ޞާލިހްގެ ސަރުކާރަށް އެކަށީގެންވާ ވަރާއި ގާތައް ވެސް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާކަން ގިނަ ބަޔަކު ގެންދަނީ ފާހަގަކޮށްފައެވެ.

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް މިރޭ ރައްދު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 500 މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވި ގޮތައް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ޖަލްސާ މިރޭ ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ކާލަނީއޭ

  ފެނަކަ އިން އަންގާނެ ކަން އެެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ މިއިން އެގިގެން މިދަނީ އެމްޑީޕީގެ ވެރިކަމުގައި ބާރާއި ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ނެގުމުގެ ކަންކަން އިންތިހާ އަށް ގޮސްފައިވާއިރު މިފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ޓަކައި މިހާރު އެމެން ވާނީ އިލެކްޝަންސް ކަމިޝަނަށް އަންގާފައި ކަން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގެ ބޮޑުންނަށް މިލިއަނުން ޑޮލަރު ސީޕްލޭން ޓާރމިނަލް ދޭތީވެ އިންޑިއާގެ ކުންފުންނަކަށް އެޓާރމިނަލް ކުރިއަށް އޮތް 100 އަހަރަށް އެމެން ދިނީމަ ވެސް ޕޮލިސީ ސެކްރެޓަރީ މެން ގޭގައި މަޑުކުރަން ރައީސް އިބޫ އަށް ނުކެރުނޭ ކޮބާތޭ ކޮރަޕްޓް ފްރީ ވެފައި މިސަރުކާރުން ނެތޭ ގައުމުގެ ޚަޒާނާ ދޮވެލަނީއޭ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ނަމުގައި...

  79
  5
  • ކެކެކެ

   ކުރީ ސަރުކާރުން ބަހައްޓާފަ ހުރި ހުސް ގޮނޑި.

   40
   4
  • ދޮގެއް؟

   ރިޔާސީ އިންތިޚާބުގަ ލިބުނު ވޯޓުގެ އަދަދު ތިފެންނަނީ. ވެރިކަން ފޭރިގަތީ ވައްކަން ކޮށްގެން.

   51
   1
 2. ޔޫކާންޓް

  އެތައް ސަތޭކަ ހުސްގޮނޑިއާއި އެކު "ރަށްވެހި ފަތިސް" ފަށައިފި ނަމަ މަމެން އުއްމީދު ކުރަމޭ ރައީސް އިބޫ އަށް ވިސްނޭނެ ކަމަށް މިކަމުން ސަބަބަކީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ވެސް ކޮރަޕްޝަންގެ މަގުން ކަންކަން ކުރަމުން ދާއިރު އެމެން ޚިދްމަތުން އެއް ފަރާތް ނުކޮށް އެމެން ގޮވައިގެން ރައީސް އިބޫ ދަ ރާއްޖެތެރޭ ރަށްރަަށަށް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ދިއުން އެއީ ދެން ރައީސް އިބޫގެ ވެރިކަން ހީރޯ އަކުން ޒީރޯ އަށް ދަށަށް ދާނެ ކަމެކޭ ޔޫ ކާންޓް ބީ އަވަރ ހީރޯ ބޭބީ ޔޫ ކާންޓް ބީ އަވަރ ހީރޯ...

  142
  5
 3. ބްރެތްއަވޭ

  އެތައް ސަތޭކަ ހުސްގޮނޑިއާއި އެކު "ރަށްވެހި ފަތިސް" ފަށައިފި ނަމަ މިއިން އެގިގެން ދަނީ ރައީސް އިބޫގެ ވެރިކަމުން ރައްޔިތުންނަށް އެއް ކަމެއް ވެސް ކޮށް ނުދޭ އިރު ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ބޮޑުން ތައް ކޮރަޕްޝަންގެ އުސޫލުން ކަންކަން ކުރަމުން ދާއިރު ރައީސް އިބޫ އެކަމަށް ފިޔަވަޅު ނާޅާ އެމެން ގޮވައިގެން ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ދިއުން އަވޭ...

  75
  3
 4. ގާބޯ

  އަދި ފަތިސް ނުވަނީ. ކަލޭމެން ހާދަ ގަމާރޭ.

  129
  2
 5. ދޮންބެ

  ފުރަތަމަ މިނިމަމް ވޭޖް ޕުލީޒް

  97
  3
 6. ޔޫކާންޓް

  ރަށްވެހި ފަތިސް މުޅިން ހުސް ގޮނޑި އާއި އެކު ފަށައިގެން ރައީސް އިބޫ އަށް ވެސް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ސަރުކާރަށް ތާއީދު އޮތް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ރައީސް ގާތު އެގޮތަށް ވިދާޅުވުން އެއީ ރޯ ބުހުތާނު ދޮގު ކަން އެދަނީ ފަޅާ އަރަމުން ކާންޓް....

  91
  2
 7. ޣަނީ

  ޕީޕީއެމް އަށް ތިވަރުވެސް ނުވާނެ

  25
  181
  • ޢަހުމަދު

   ޥަރަށް ހިތަށް އަސަރުކޮއްފި ދޯ.

   1
   1
 8. ސާހިދު

  މިހާރު ރައްުޔެތުންނައްވެސް ގައުމަށާ މިނިވަންކަމާ ދީނައް މިސަރުކާރުގަ ވަމުންދާގޮތް ވަރައްރަންގަޅައް އެބައިންގޭ ގައުމުގެ މިނިވަންކަމާ އިސްތިގުލާލް ގެއްލުވާލުމުގެކުރިން ރައްޔެތުން އެބަޖިހޭ ސަރުކާރު ޒިއްމާދާރު ކުރުވަން ކެރިގެން ނިކުމެ ހައްގުބަސްބުނަން

  116
  5
 9. މުހައްމަދު

  އެއީ ހުސްގޮޑިއެއްނޫނޭ، ބޮޑު މަންޒަރު ފެންނަގޮތް

  107
  1
 10. އަޒާ

  އެންޑީޕީ ކުދިންނަށް އަދި އިރު ނާރަނީ...

  125
  5
 11. Anonymous

  އެތައް ސަތޭކަ ހުސްގޮނޑި އާއި އެކު ރައީސް އިބޫ އިސްވެ ހުރެ ރަށްވެހި ފަތިސް ފަށައިފިނަމަ މިކަމަކީ އެއީ ރައީސް އިބޫ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރަން ޖެހޭނެ ކަމެކޭ ކާންޓް

  79
  4
 12. ދިއްދޫ

  މަސައްކަތް ތެރިންނާކުޅެން އުޅެންންޏާ އަދިވެސް ހަމަ އޭގެ ހިތި ފެންނަމުންދާނި. ޙަރަދު ކުޑަކުރަން ކަމަށްބުނެ ނިކަމެތި ރައްޔަތުންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ މަގާމުތައް އުފެއްދީ ރައްޔަތުން ކަރަށް ފައިންއަރައިފަ. ވީވައުދު ތަކުގެ މާނަ އޮޅުވާލާ ރައްޔަތުންނަކީ ތަންދޮރު ނުދަންނަބެއް ކަމަށްހީކޮށް އުޅުނީ. މެޖޯރިޓީ ދިނީމާ ވެސް ދެންވެސް މަސައްކަތްތެރިން ވީ ބޭކާރު. ޥޯޓް ދެވުނީތީ އެކަމާ ހިތާމަކުރަން ޖެހިއްޖެ. އަހަރެމެން ގެނައިވެރިކަމަކަށް އަހަރެމެން ފާޑު ކިޔާނަން. އެއްޗެކޭ ބުނާއިރަށް ކުރީ ސަރުކާރުގަ މާގޯހޭ ގޮވާނެ. ބަލަގަ ކުރީސަރުކާރު ކަމުނުގޮސްގެންނު މިސަރުކާރު ގެނައީ.

  90
  2
 13. ރައްޔިތުންގެ ވިންދު

  އެމްޑިޕީއަށް ވައްސަލާމް

  107
  4
 14. ވަންޓަޗް

  އެތައް ސަތޭކަ ހުސްގޮނޑިއާއި އެކު "ރަށްވެހި ފަތިސް" ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެން ދަނީ މިހާރު ރައީސް އިބޫގެ ވެރިކަމުގެ ތަރި އޮއްސެން ފަށައިފި ކަން ރައްޔިތުންނަށް މިހާރު އެގިގެންދެއޭ ..

  76
  3
 15. ވަންޓަޗް

  މިހިސާބަށް މިއައީ ވޭން ހުރި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ..

  80
  3
 16. Anonymous

  އެތައް ހާސް ހުސް ގޮނޑި ތަކާއި އެކު ރައީސް އިބޫ އާއި ކެނެރީގެ ނަޝީދު އެކަނި ތިބެގެން އެމެންގެ ދަ ބަލާބޮޑު ފަތިސް ކެމްޕެއިން ފަށައިފިނަމަ އެއީ މަމެން ޕިންކީންނަށް ލިބިގެންދާ ވޭކް އަޕް ކޯލް އެކޭ

  66
  3
 17. ގޮނާރޮކް

  ރައީސް އިބޫގެ ސަރުކާރުން ކޮށްފައިވަނީ 2 އަހަރު ވީއިރު ވެސް މުޅިން އަންހެން ދުޅައިގެ ކޫސުނި ކަންކަމޭ ..

  88
  2
 18. ޑޯންވޮނާ

  މުޅިން ހުސް ގޮނޑި ތަކާއި އެކު ދަ ގްރޭންޑް ކެޕިޓަލް މާލޭގައި ހިންނަވަރު އިބްރާހިމް ބާއްވާ ޖަލްސާ އަށް ރަށްފުށުން މާލެ އަށް އަރާ ތިބި ހަކެނައިން ދިއުމުން އެއީ މަމެން އުފާ ކުރާ ކަމެކޭ

  67
  2
 19. ޑޯންވޮނާ

  އެތައް ސަތޭކަ ހުސްގޮނޑިއާއި އެކު "ރަށްވެހި ފަތިސް" ފަށައިފި ނަމަ މިއިން އެގިގެން ދަނީ އެއީ މާލެ ސަރަހައްދުގެ ރައްޔިތުން އެއްވެސް ތާއީދެއް ނުކުރެއޭ

  66
  2
 20. ވެއްޖެއޭ

  އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ހުސް ގޮނޑި ތަކުގައި ހަންޑިން ބައިތިއްބައިގެން އެމެން ރަންރީނދޫ ބޮޑޭ ވެއްޖެއޭ...

  21
  1
 21. ޗާބޫކުން

  މާލެއަށް އޮތް ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މާލެ އަށް އެއް ކަމެއްވެސް އަދި މާލެ ސަރަހައްދު ތަރައްގީ ކުރަން ގަލެއް ވެސް ބޭއްވުނު ސަރުކާރެއް ނޫނޭ ޅީމާ...

  21
 22. ނިމުނީއޭ

  މާލެއަށް އޮތް ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަން ދަންނާނެއޭ އެނިމުނީއޭ...

  16
 23. ސޯޓަށް ސީ

  ކޮބާ އަލީވަހީދު ސަސްޕެންޑު ކުރާކަށް ނުވޭތޯ އަދިވެސް

  21
 24. ފެއްސޭދެން

  މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް އެއިން ރާއްޖޭގެ އިގްތިސާދަށް ފައިސާ ވަންނާނެ އެންމެ މަޝްރޫއު އެއްވެސް ނެތޭ ނެތީމޭ..

  21
  1
 25. ކަމެއްނުކުރެއޭ

  މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މާލެ ސަރަހައްދުގެ ތިލަފުށި އަދި ގުޅިފަޅު ހިއްކަން އެމްޓީސީސީ އަށް ނުދީ ބޮސްކާލިސް އަށް ދިނުމުން އެމެން މަސައްކަތެއް ވެސް ނުފެށިއޭ ދެން ފެންނާނީ އެމެންނަށް ބަދަލެއްގެ ގޮތުން 500 މިލިއަން ޑޮލަރު ދައުލަތުގެ ޚަޒާނާ އިން ނަގާފައި ދޭ ތަނޭ ރައީސް އިބޫގެ ވެރިކަމުގައި ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާ ދަވާލައިގެން ބަދަލު ދިނުމޭ ކެމްޕެއިނަށް ޚަރަދު ކުރާ މީޙުންނަށް މިނޫން

  16
 26. ޜަސްފެހި

  ލާދީނީ ލާގައުމީ ލާއިންސާނީ ބަޔަކަށް 100 % މުސްލިމުގައުމެއްގަ އަބަދަކު އިބިލީހުގެ ރަސްކަމެއް ނުލިބޭނެ.. ތިޔަބައިގަނޑު ފެއްސިގެން ދާނީ އަމިއްލައަށް ފޭހުނު އިލޮށިން... ޢިބިލީސް އަންނިއަށް ސަނާކިޔާމީހުން ނެތިގެންދާނެ މިފަސްގަނޑުން..ވ ސަލާމް

  18
 27. ނުފެނެއޭ

  ރައީސް އިބޫގެ ސަރުކާރުން މިއަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ތައް ހިނގާނެ ކަމަށް ވިދާޅުވުމުން މަމެން ގާތަށް އަންނަނީ މަލާމާތުގެ ހިންނެކޭ ކަންކަން

  14
  1
 28. ގެއްލުމޭ

  މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އިގްތިސާދަށް

  14
  1
 29. ހުސް

  ކަލޯގަޔާ ހުރިހާ ގޮޑިޔެއް ލިބުނީ ދެން އްނެއްކާވެސް ކޮމިޝަނެއްހަދާ ޖަލްސާ އަަސް ނުދާމީހުން ހޯދާ ވަޒީފްއިން ބޭރުކަން ކިބޫ މެން ވޯޓް ވަގަށްނަގާގެން ވެރިކަމަށް އައިސް ގައުމު ދިރުވާލް ހުސް ވައްކަން

  17
  1
 30. ލުކްވެލް

  މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މިއަހަރު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑު ތަން ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެއޭ ގެންނަންވީއޭ...

  14
  1
 31. ޔަގީނޭ

  މަޝްރޫއު ތައް ހިނގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށޭ މަމެން ދެކެނީ ކަން...

  15
  1
 32. މަނިކު

  އެމްޑީ ޕީޔަކީ ލާދީނީ ޕާޓީޔެއްކަން ނޭގޭއެށްވެސް މީހަކު މިގައުމަކުނޫޅޭނެ އެހެންވެ ޖަލްސާޔައް ދީންދެކެ ކުޑަވެސް ލޯބެހުރިއްޔަކާނުދާނެ އެމަނޒަރު މިރޭތިފެނުނީ

  18
  1
 33. އ. ޖ. އ

  ތާއީދު ނެތީމާ ވާނީ އެހެންނު

  18
  2
 34. މުހައްމަދު

  ޕޯސްޓަރަށް ބަލާލާ ފަތިސްވާއިރު އިރު އެހުރީ ރަށްތަކުގެމަތިން އަރާފައި. މިއީ އެކުދިންނަށް ފަތިސްވާގަޑި. މިއީ ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއް.

  17
  1
 35. އަލިހޮއްކޮ.

  އެއްވެސް އިރެއްގައި ރިޔާސީ އިންތިޚާބު ނިންމާ ޖަލްސާއާ އެއްވަރަށް މަޖިލިސް އިންތިޚާބު ޖަލްސާތަކަށް މީހުން ނުދޭ. މަޖްލިސް އިންތިޚާބު ޖަލްސާތަކާ އެއްވެސް ކައުންސިލް އިންތިޚާބުތަކަށް މީހުން ނުދޭ. ވޯޓުލާ މީހުންގެ އަދަދުވެސް ހަމަ މިގޮތަށް މަދު. މިއީ އަބަދުވެސް ކަން ހިގާ ގޮތް.

  1
  1
 36. ހުސްބުޅި

  ޕީޕީއެމުން ނިކަން ޖަލްސާއެއް ބާއްވާފައި ދައްކާލަބަލަ ތަންފުރާގޮސް ތިބެނީ ކިތައް މީހުންތޯ؟

  2
  1
 37. ކުރފި

  މި ސަރުކާރު އައި ފަހުން އޮތީ ހުސް ކުޑަކުދިން ނާ ބެހުމާ ރޭޕޮކުރުމުގެ ކުޅި ގަނޑު ސަރުކާރުން މިކަން ހުއްޓުވޭ ކަމަކަށް ނުވޭ ހުރިހާ މެޖޯރި ޓީއެތް ނަގައިގެން ހުރިހާ ވެރިން އެތް ވަރަކަށް ކާލަ ކާލަ ތިބެނީ ހަރަދުކުޑަކުރަން ށޭ ކިޔާފަ ފެލަނީ ރައްޔިތުމީހާ... ވާގޮތް ވަރަށް ސާފު...

  3
  1
 38. ޙަސަނާ

  ތިފެންނަނީ 3 ބާރުމުށުތެރެއައްލައިގެން ނަސީދާއި އޭނާގެބައިވެރިން މިގަުމުގަ އިސްލާމްދީން ނިކަމެތިކުރަން ކުރާމަސައްކަތުގެ ހެޔޮއަސަރު ލަޑައެޅިގެން ނަސީދުގެ ހަސީލްތްއެގި އެގި ތިބެ އޭނަފަހަތުން އަތްޖަހަމުން ނުދުވާނެ ދީންދެކެލޯބިވާ އެއްވެސްދިވެއްސަކު ޔާﷲދިވެހިރައްޔިތުން މި ނަސީދުގެ ވަކިދަށުންސަލާމަތކުރައްވާންދޭވެ.އާމީން.

  4
  1
 39. އަފީ

  ރަށްވެހި ފަތިހުގެ ބޮޑު މަންޒަރު ރޭގެ ޖަލްސައީން ކެނެރީގޭ ނަސީދަށް އޮންނަނީ ފެނިފަ!

  13
  1
 40. ޅޮސް

  އިސްލާމް ދީނުގެ ޢަޤީދާގައި ދެމިތިބޭބަޔަކު މި ބައިގަނޑަކަށް ވޯޓެއް ނުދޭނެ.

  6
  1
 41. އިންސާފު

  އަލީ ވަހީދު މެންކަހަލަ ނާގާބިލް ބޭފުޅުންނަށް ވަޒީރުކަން ދިނީމަ ވާގޮތް ތިފެންނަނީ.. މީގެ ކުރިން އަޅުގަނޑަކީވެސް މޑޕ ޖަލްސާ އެކޭ ބުނީމަ އޮފްޑޭ ނަގައިގެން ޖަލްސާ އަށް ދާ ރިސޯޓު މަސައްކަތް ކުރާ މުވައްޒެފެއް. މިހާރު ތިކަހަލަ ޖަލްސާ ޓވ ވެސް ބަލައިނުލަން.

  4
  1
 42. ނަށީދު

  އަދިވެސް ދީނަށް ފުރައްސާރަކޮށް މީހުންގެ ދަރިންފޭރި އިސްލާމްދީނާ ބީރައްޓެހި ގާނޫނޫ ހެދޭތޯ ބަލާ
  އިލްމުވެރިޔަކު ބުނެފައިވޭ ނަބިއްޔާ ސ.އ.ވ އަށް ފުރައްސާރަ ކުރާ ހިސާބުން އެބަޔަކު ބަލިވެއްޖެ އޭ
  އެއީ އިރަށް ކޫޅުޖެހުން ކަހަލަ ކަމެކޭ
  ބޯހަލާކު

  7
  1
 43. ކައުންސިލަރު

  ހުންނާނީ ރާކަނިމަސް ކެވިފަ. ދުވަހެއް ދުވަހަކަށް ދާނީ ހަނިވަމުން ކުޑަވަމުން. ގޮސް އޮބާ ދާނީ. ރައްވެހިފަތިސް އަލިވިލޭނީ ރައީސް ނަޝީދާއި އިބޫ ސޯލިހު އެކަނި ކައިގެން. ދެން ތިބި މީހުން އޯކޭ ބަނޑަށް މަރުވިޔަސް.