ސެންޓްރަލައިޒްކޮށްގެން ވެރިކަން ކުރާ ރަށް އެކަނި ތަރައްޤީކުރުމުން އެންމެ ބޮޑު ނިކަމެތި ކަމެއް ލިބުނީ މާލެއަށް ކަމަށާއި، އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަނީ މާލެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބާއްވާ "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ތަރައްޤީގެ ނަމުގައި ކުރި ކަންކަމުން، ރައްޔިތުންނަށް ފައިދާއެއް ލިބިފައި ނުވާ ކަމަށާާއި، މާލެއަށް އެކަންކަމުގެ ސަބަބުން އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި މާލެ އެކަނި ތަރައްޤީކުރުމުން އަތޮޅު ތެރޭގެ ރަށްރަށު ތަރައްޤީއަށް އޮތް އުއްމީދު ކުޑަވެގެން ދިޔަ ކަމަށާ، އަތޮޅު ތެރޭގައި ސާފު ބޯފެނާއި ނަރުދަމާ ނެތް އެތައް ރަށެއް ހުރުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ މީހުން މާލެއައިސް، މާލެގައި އެތައް ޖީލެއްގެ ދިރިއުޅުން ބިނާކޮށްފައިވާ އިރު އެ ފަރާތްތަކުން އަނބުރާ އުފަން ރަށަށް ގޮސް އުޅޭނެ ގޯއްޗެއްހާއި މިންވަރުވެސް ނެތް އިރު އެ ފަރާތްތައް މާލޭގައި ތިބުމާއި މެދު ބަހުސްކޮށްގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަކީ ޤައުމީ މައްސަލައެއް ކަމަށެވެ.

އަދި މާލޭގެ މައްސަލަތަކަށް ހަލު ހޯދާ ދިނުމަށް ކުރާ ކަންކަމަކީ ލާމަރުކަޒު ކުރުމަށް ލިބޭނެ އުނިކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއވެެ.

"އާދެ ވޭތުވެ ދިޔަ ތަނުގައި ތަރައްޤީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ރަށްތައް ފަޅުވެގެން ދިއުން އެކަންޏެއް ނޫން. އެކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަން އޮތީ މި މާލެއިން. ތޮއްޖެހުމާއި އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެފައިވާ ވެރިކަން ކުރާ މި މާލެ އަށް އޮތް އެންމެ ބޮޑު ހައްލަކީ ލާމަރުކަޒު ކުރުން. އެންމެ އަސާސީ ޚިދުމަތް ލިބިގަތުމަށް ރާއްޖޭގެ ރައްޔިތުން މާލެއަށް ޖަމާވާތާ އެތައް އަހަރެއް ވެއްޖެ." ރައީސް ވިދާޅުވިއެވެ.

ސެންޓްރަލައިޒް ކޮށްގެން ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާ، ރާއްޖެ ތަރައްޤީ ކުރެވޭނީ ވަކި ވަކި ސަރަހައްދުތައް ރަނގަޅު ފެންވަރަށް ތަރައްޤީކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލްގެ ދައުރު ވަރަށް މުހިއްމު ކަމަށާ އެންމެ މުހިއްމު ކަމަކީ، ރައްޔިތުންނާއި ގާތުން ޚިދުމަތްކޮށް، ސަރުކާރުން ހިންގާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ބެލެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ކުރެވޭނީ ސަރުކާރާއި އެކީގައި މަސައްކަތް ކުރާ ކައުންސިލަކަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"މިހިނގާ އަހަރު ތެރޭގައި ރާއްޖެގެ އަތޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫޢު ހިންގަން ސަރުކާރުން ވަނީ ނިންމާފައި. ސެންޓްރަލައިޒް ގޮތަކަށް މަރުކަޒު ކުރެވިގެން މިފަދަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގުމަކީ ނާދިރު ކަމެއް. އެހެންކަމުން ކައުންސިލްތަކަށް މި ދެވުނު ބާރާއި އެކީގައި، މިފަދަ މަޝްރޫއުތައް ހިންގުމުގެ ފުރިހަމަ އިހުތިޔާރު ކައުންސިލްތަކަށް މިވަނީ ދޫކުރެވިފައި. އެހެންކަމުން ކުރިންވެސް މި ދެންނެވި ފަދައިން ސަރުކާރާއި އެކުގައި މި މަޝްރޫއުތައް ހިންގާނެ ބަޔަކު އަޅުގަނޑުމެން އެބަ ޖެހޭ ކުރިއަށް އޮތް އިންތިޚާބުގައި ޖެހޭ ހޮވަން" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާ، ލާމަރުކަޒީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބުނު ކުރިއެރުން ތަންފީޒްކުރުމަށް ސަރުކާރުގެ ދައުރު އަދާކުރެވޭނީ، އެމްޑީޕީއަށް ކައުންސިލް އިންތިޚާބުން ރަނގަޅު ނަތީޖާއެއް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސައިނާ

    ސެންޓުރަލް ކޮއް ނޫންގޮތަކައް ތަރައްގީކޮއްފައި އޮތް އެއްވެސް ގައުމެއް ދައްކަބަލަ..؟ ކޮން ގައުމެއްގަތަ މިހާތަނައް ފުރަތަމަ ކެޕިޓަލް ސިޓީ ތަރައްގީނުކޮއް ގައުމުގެ އެހެން ދިނާތައް ތަރައްގީވެފައިވަނީ..؟ ތިޔަ ދައްކަވަނީ މައުލޫމާތެއް ނެތި އުފައްދާފައިވާ ހުސް ޚިޔާލެއްގެ ވާހަކަ.

    62
    1
  2. ސަންތިމަރިޔަބު

    އެހެންވީމަދެއްތޯ ރާއްޖެތެރެ ތަރަަަށްގީނުކުރަށް ވަންވެގެން ތިޔައުޅުއްވަނީ (ހަމަ އެކަނި ސުރުހީކިޔާފަ ކޮމެންޓް ކުރީ)
    ހަމަހިނިއަންނަނީ

    50
  3. ބްރޯ

    އިބޫ މާލޭގަ ވަޒަންވެރިވެފަ އެހެން މިހުން ނާންނަށޭ ބުނުން ދެހަވަ ފަދަޔަކުން ވަހަކަ ދެއްކެވުމަކީ ކިހާޖޯކުކަމެއް އިބޫވެސް ހިންނަވަރަށް ކުކުޅުކާން ރުޖޫއުވަންވިނުން

    60
  4. ޖަސްޓް

    ރައީސް ޔާމީންގެ ވެރިކަމުން ރައީސް އިބޫގެ ވެރިކަމަށް ބަދަލުވުމުން ރައްޔިތުން ހީކުރި އެއްވެސް ރަނގަޅު ބަދަލެއް ނެތޭ ރައީސް އިބޫގެ ވެރިކަމުގައި ކުރެވިފައި ރައީސް އޮފީހުގައި ބޮޑެތި މުސާރަ ދޭ މަގާމް ތަކުގައި ސިޔާސީ މީހުން އެތަނުގެ ކޮންމެ ކުޑަ ދޮރަކަށް ލައިގެން ވެސް އުޅެނީ އެއް ކަމެއްވެސް ނުކުރެވިގެންނޭ ދިސް...

    56
  5. ބްރޯ

    ބަލަގަ ދުނިޔޭގަ ހުރިހަގައުމެއްގާވެސް ތަރައްގި ވަމުންދާނީ ވެރިކަންކުރާރަށް އެރަށް ތަރައްގިކޮށް ނިމުނީމަ ވެރިކަން އެހެންރަށަކަށް ބަދަލުކުރާނެ މިސާލަކަށް އިންޑިޔާ ބަލާބަލަ. ބޯގޯސް މީހުންވެސް ދުނިޔޭގަ އުޅެން އެބަޖެހޭ ވިއްޔަ.

    43
    1
  6. ޟަލީހާ

    ހުވަފެން ދެއްކުން.

    45
  7. އެނިމުނީއޭ

    މާލެއަށް އޮތް ހައްލަކީ ލާމަރުކަޒީ އުސޫލު ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ކަން ދަންނާނެއޭ އެނިމުނީއޭ...

    16
    1
  8. Hallo

    ފުރަތަމަ ބުނީ ރައްޔިތުންނައް ކަންތައްކޮއްދެވޭނީ ވެރިކަން ލިބިގެންނޭ ވެރިކަން ލިބުނީމަ ބުނީ ރައްޔިތުން މަޖްލިސްލިބިގެންނޭ މަޖްލިސް ލިބުނީމަ ތިބުނަނީ ކައުންސިލް ލިބުނީމައޭ ކައުންސިލް ލިބުނީމަ ބުނާނީ ބަރުލަމާނީގެނެސްގެންނޭ ބަރުލަމާނީ ގެނެވުނީމާ ބުނާނީ ދީންބަދަލްކޮއްގެންނޭ ރައްޔިތުންނޭ މިވާގޮތްވިސްނަވާ މިމީހުންގެ އަތްދަށުން މިގައުމުސަލާމަތްކުރައްވަން ވޯޓްދެއްވާތި މިފަހަރު

    23
  9. ފެއްސޭދެން

    މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް އެއިން ރާއްޖޭގެ އިގްތިސާދަށް ފައިސާ ވަންނާނެ އެންމެ މަޝްރޫއު އެއްވެސް ނެތޭ މުޅިން ވެސް ހުރީ ކޫސުނި ރިކަރަންޓް ޚަރަދު ބޮޑު ވާނެ މަޝްރޫއު ތަކޭ މާލެ ސަރަހައްދުން ފަޅު ހިއްކައިގެން ބިން ބޮޑު ކޮށް އަދި ބިން ތައް ކުއްޔަށް ދޫކޮށްގެން ދައުލަތުގެ އާމްދަނީ އަށް މަހަކު 100 ބިލިއަން ރުފިޔާ ލިބޭނެ ފޯރމިއުލާ އެއް ރައީސް އިބޫގެ ސަރުކާރުގައި އޮންނަ އިކޮން ކައުންސިލަށް ނޭގުން އެއީ ކަން ކުރަން ނޭގުން އެއީ ގަމާރު ވުން އެއީ މަބޮޑޭ ހެދި ދަ ރާއްޖެތެރޭ މީހުން ތިބޭ ގޮތަށް ތިބުމޭ ދެން ރަނގަޅުވާނީ ސަލާމް ބުނެލާ އެއް ފަރާތަށް ޖެހިލިއްޔާއޭ މަމެން ބުނަން ނެތީމޭ..

    13
  10. ކަމެއްނުކުރެއޭ

    މި އަހަރު 500 އަށް ވުރެން ގިނަ މަޝްރޫއު ހިންގާނެ ކަމަށް ރައީސް އިބޫ ވިދާޅުވި ނަމަވެސް މާލެ ސަރަހައްދުގެ ތިލަފުށި އަދި ގުޅިފަޅު ހިއްކަން އެމްޓީސީސީ އަށް ނުދީ ބޮސްކާލިސް އަށް ދިނުމުން އެމެން މަސައްކަތެއް ވެސް ނުފެށިއޭ ދެން ފެންނާނީ އެމެންނަށް ބަދަލެއްގެ ގޮތުން 500 މިލިއަން ޑޮލަރު ދައުލަތުގެ ޚަޒާނާ އިން ނަގާފައި ދޭ ތަނޭ ރައީސް އިބޫގެ ވެރިކަމުގައި ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާ ދަވާލައިގެން ބަދަލު ދިނުމޭ ކެމްޕެއިނަށް ޚަރަދު ކުރާ މީޙުންނަށް މިނޫން

    11
  11. ޙަމޭ

    ތަރައްގީ އާއި ބީޜައްޓެހި ބަޔަކު ތިވާހަކަ ދައްކާ، ފައިދާގެ ގޮތުގައި ބަދަލުދެމުން ވެސް ދަނީ ބޮޑު އަދަދުން. ތަރައްގީއަށް ކުޜާނެ އާކަމެއް ފެންވަރެއް ނެތީމަ، އަސަރާއެކު ތިކަހަލަ ވާހަކަ ދައްކާނެ

    13
  12. ޑޭވިޑް

    ޅާމަރުކަޒުވާންވެގެން ތެދުވި ރަށްރަށް ތަޅާފަޅުކޮށް މީހުންތަށް ގެނެސް މާލޭގައި ވަޒަންވެރިކުރުވާފަ މިކިޔަނީ ކީކޭބާ! ގަމާރުން ކައުންސިލްތަކަށްހޮވާ އެމީހުނަށް އެކަށީގެންނުވާ މަސްއޫލިއްޔަތު ހަވާލު ކުރާނީ ވެސް ގަމާރުން! ޙުރިހާ ކުނިއަގައެއްތިތަޅަނީ ދެވަނަދެކަމަކުނޫން! ޜައްޔިތުންނަށް ހެޔޮއެދޭނަމަ ވޭތުވެގެން މިދިޔަ ދޮޅު އަހަރު ކުރެވުނީ ކޮންކަމެއް!

    11
  13. ވިސްނާ؟؟

    ވެރިކަން ލިބުމުން މާލެއައް ލިބުނީ ނިކަމެތިކަން

    14
  14. ފޫތާ

    އެމްޑީޕީ އަކީ ގައުމަށްއޮތް ހަމައެކަނި ލަދަކީ

    17
  15. ދަވްތޫރް އަބުދުލް އަޒީޒް

    ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަކީ ޤައުމީ މައްސަލައެއް ކަމަށެވެ ގައުމީ މަސް އަލަޔަކައް ހަދައިގެން ތިޔަ އުޅުން ވަނީ ހަމަ ސަރުކާރު ތަކުން ގެންގުޅޭ ނަސްލީ އިމްތިޔާޒެއްގެ ސަބަބުނަ މާލެ ފިޔަވާ ހުރިހާ މީހުން އުޅޭ ރައްތަކުން ގޯތި ހިލޭ ދޫކުރާއިރު މިމާލޭގެ ރައްޔިތަކަށް ޒުވާނަކައް ބިންކޮޅެއް ނުދީ ބިން ތައް ހިސޯރުކޮއް ބާއް ވައިގެން މުސްސަދި ވިޔަފާރިވެރިން ނައް ބިންތައްދީގެން ބޯހިޔާވެހިކަމުގެ ނަމުގައި ފުލެޓް ގެސްޓް ހައުސް އަޅައިގެން ވިޔަފާރި މިކުރަނީ ސީދާ ސަރުކާރުން އެއީ ފަސޭހަކަމާއެކު ސީދާ ވޯޓައް ނުފޫޒް ފޯރުވަން ކުރާކަމެއް ދެން މިކިޔަނީ އެއްރައް ތަރައްގީ ކުރަނީއޭ އަދި އެއްނެތް ސަރުކާރަކުން ގެދޮރުއަޅާފައި ކުއްޔައްދީފައެއް މުޅިންވެސް ބޭރުގައުމުތަކުން ނާއި ވިޔަފާރި ވެރިން ލައްވާ އަޅުވާފައި ރައްޔަތުން ނައް ބޮޑު އަގުގއި ދެން ތަރައްގީ މާލެޔައް އެކަންޏޭ ބުނާ އިރު ކާކައް ތޯ މިއޮޅުވާލަނީ ކޮންމެ ގައުމެއްގަވެސް ވެރިރައްް ތަފާތުވާނެ ކިޔަވައިގެން ތިބޭ ބަޔަކު ދައްކާކަހަލަ ވާހަކަތަ މިދައްކަވަނީ ޖަޕާނުގައި ކިތައް ޓޯކިޔޯ އޮވޭތޯ ސުރީ ލަންކާގައި ކިތައް ކަލަންބޯ އޮވޭތޯ އެމެރިކާގައި ކިތައް ވޮޝިންޓަން ޑީސީ އޮވޭތޯ ކީއްވެގެންތޯ އެމެރިކާސަރުކާރުން ރައްފުއްތައް އުވާލާފަ ހުރިހާ ރަށެއް ވޮޝިންޓަން ޑީސީޔައް ނުހަދަނީ

  16. ކައްޕިތާން

    ކައުންސިލްތަކަށް ލިބުނު ކުރިއެރުން ތަންފީޒްކުރުމަށް ސަރުކާރުގެ ދައުރު އަދާކުރެވޭނީ، އެމްޑީޕީއަށް ކައުންސިލް އިންތިޚާބުން ރަނގަޅު ނަތީޖާއެއް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ. މިހެން ވިދާޅު ވުމީ ވޯޓައް ނުފޫޒް ނުފޫޒް ފޯރުވުމެއްނުންތޯ އަދި ރައްޔަތުން ނައް ބިރުދެއް ކުމެއް ނުންތޯ ވޯޓް އަކީ އަމިއްލަ ޢިޙްތިޔާރުގައި ހިތުން ރުހުމުން ދޭން ޖެހޭ އެއްޗެއް ރައީސް ވިޑާޅުވީމާ ވަކިބަޔަކައް ވޯޓްދޭން މީ ކިހާލަދުވެތިކަމެއްތޯ އަދި ރައްޔަތުންނައް ސަލާން ޖަހައިގެން ބިރުދައްކައިގެން ވޯޓް ހޯދުން އެއީ ކިހާ ލަދުވެތި ކަމެއް ނުންތޯ

    12
  17. ....

    ވެރިމީހާގެ ބުއްދި ތާށިވެފަ ވާ މިންވަރު ހާމަ ވުމުން ހިތާމަކުރަން....ނިކަމެތި ކަމަކީ ގެދޮރާ ބިމުންް އެކަނި އަންނަ ނުވަތަ ކުރިމާ ހާލަތެއްތޯ...އަޅުވެތި ކަމަކީ ނިކަމެތި ކަމެއް ނޫންތޯ...މާލޭ މީހުން ރަށުގަ ތިބެގެން ބޭސްފަރުވާ ކަންކަމާއި ތަޢުލީމުގެ ކަން ކަން ލިބިގަންނަ ފަދައިން ރާއްޖެތެރޭ މީހުންނަށް އެކަންކަން އެފަދައިން ނުކުރެވުމަކީ ނިކަމެތި ކަމެއް ނޫންތޯ....ކުރާހާ މަސައްކަތެއްގެ ނަފާވެރިކަން އަމިއްލައަތުންގޮސް މާލެވެރިންނަށް ވެދުމަށް އަރުވަން މަޖްބޫރުކޮށްފަ އޮތް އޮތުން އެއީ ނިކަމެތި ކަމެއްނޫންތޯ...
    ލޮލަށް ރީނދޫފެން އެޅި ހިތައް ރީނދޫހުން ޖެހި ސިނކުޑީގަަ ރީނދޫ ބަރަނި އޮޅިގެންތޯ ހަގީގަތް ދެނެގަންނަން ނޭނގިގެން ތިއުޅެނީ....ރައީސަކަށްހުންނަ މީހަކު ރައްޔިތުން ތަފާތުކުރާ މަންޒަރު ބަލައެއް ނުގަނެވޭނެ އެއްވެސް ރައްޔިތަކަށް...

    13
    1
  18. އިބްރާހިމް

    ފޭކް ވާހަކަނުދައްކާ. ރައީސް ޔާމީނު ތަރައްޤީކުރީ މާލެ ހިމެނޭގިތަށް މުޅި ރާއްޖެއެވެ. އެމްޑީޕީން މުއްސަދިކުރީ އެމްޑީޕީގެ މެމްބަރުންގެ ޖީބުތަކެވެ. މާލެ ހިމެނޭގޮތަށް ރާއްޖޭގެ އެއްވެސް ރަށެއް ތަރަށްޤީ ނުކުރޭ. ލާދީނިއްޔަތު ފަތުރައި ރާއްޖޭގެ އަގު ބޭރުދުނިޔޭގައި ވައްޓަނީ

  19. ކަހަނބު

    ނިކަމެތިކަން ލިބުނީ މާލެއަކަށް ނޫން. ނިކަމެތިކަން ލިބުނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް. ހުރިހާ ސަރުކާރަކުން މަސައްކަތް ކުރަނީ ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން. ކޮންމެ ރައްޔިތަކުޖެހެނީ ކޮންމެ ކަމެއްގަވެސް މާލެއަށް ބަރޯސާވާން. ކޮންމެ ސަރުކާރެއްގަވެސް ވެރިންނަށް މޮޅުވަނީ، ރައްޔިތުން ހަނާވަނީ.

  20. ބްރޯ

    މިކަހަލަ ޖާހިލުން ނުވަތަ އޮޅުވާލަން މަސައްކަތް ކޮށޤ ވާހަކަދައްކާމީހުންނަކީ ކުފޫ ހަމަނުވަމީހުން ،މިހާރު މިހުރީ މުރައްކަބު ޖާހިލަކު ގައުމުގެވެރިކަމަށް ގެނެވިފާ.