މިއަހަރުގެ ތެރޭގައި ސަރުކާރުން 500އަށްވުރެ ގިނަ މަޝްރޫއު ހިންގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ މައްސަލަތައް ހައްލުކޮށް، އަތޮޅުތެރެއިން ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އަތޮޅުތެރެ ތަރައްްގީ ކުރުމަށްޓަކައި މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުން މުހިއްމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ނަރުދަމާއާ ފެން ލިބެން ހުރީ އެންމެ 41 ރަށުގައި ކަމަށާއި އެއީ "ލަދުވެތި" ވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. ރޭގެ ޖަލްސާގައި ރައީސް ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުން ގާތުގައި ވައުދުވި ގޮތަށް ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މި ފިކުރަކީ މިއީ ދެވަނަ އެހެން ޕާޓީއެއްގެ ވިސްނުމެއް ނޫން. މިއީ އެމްޑީޕީގެ ވިސްނުމެއް. ދެން އޮތީ ތަންފީޒް ކުރުމުގެ މަރުހަލާ." ރައީސް ވިދާޅުވިއެވެ.
ސިޔާސީ ކަންތައްތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށްޓަކާ އަންހެނުންނަށް ވަކި އިންސައްތައެއް ދީ، ކައުންސިލްތަކުގެ ދައުރު އިތުރު ކުރީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.
މި ސަރުކާރުން ރައްޔިތުންނަށް 500 ހުވަފެން ދައްކައި 500 ބިލިއަން ރުފިޔާ ކާލަނަ ތައްޔާރުވެއްޖެ! އޭތް ސޯލިހްބޭ! މާޗްމަހު ކަލޭގެ އުފެއްދި ބްރިޖް ކޮމިޝަނަށް 1 އަހަރުވާނެ! ކޮބައި ކިތައް ބުރިޖް އެޅިއްޖެ! ވިލިމާލެ-ގުޅޫފަޅު--ތިލަފުށި ބުރިޖް 2 އަހަރުން ނިންމާމެކަމަށް ކިޔާފައި ކޮމިޝަނުގެ ކޮންމެ މީހަކަށް މަހަކު 50000 ރުފިޔާ ދީފައި އުފެއްދި ކަމިޝަނެއް އެއީ! ކޮބައިތަ ނަތީޖާ!
?????????????
ތިޔަވިދާޅުވާ މަޝްރޫޢުތައް ހިންގަމުންދަނީ ރ.އިބޫގެ އަނގައިންނާއި ހިތުންތަ؟؟؟ލޮލަކަށް ނުފެނޭ ދޮތެ؟؟ މިގައުމުގެ ހުރިހާ ދިމާލަކުން ފެންނަނީ ތަރައްގީގެބާނީ ރ.ޔާމީނު ސަރުކާރުން ކޮށްފައިވާ ތަރައްގީތައް އަދި އެތަރައްގީތައް މިހާރުގެ ސަރުކާރުން ފަނާކުރަމުންދާތަން، ރ.އިބޫ ލޯކަލް އިންތިޚާބަކަށް ތިޔަގޮތަށް ކެމްޕެއިން ކުރުމުކީ ތިމަންނަގެ ހައިސިއްޔަތާއި ފުށުއަރާ ކަމެއްކަންވެސް ހަމަ ނެއެގެނީބާއޭ ހިތަށްއަރާ؟؟ ކިތައްމެ ޒީރޯ ޓޮލެރެންސްވިޔަސް
ހިތާމަހުރި ކޮންމެ އިންތިހާބަކާ ދިމާކޮށް ހޮޅިވާހަކަ ފަތުރަމުން ތިޔަގެންދަނީ ބިރެއް ލަދެއްނެތި މިހާރުވެސް އެތައް ދޮގެއްހަދައިފި ރައްޔިތުންނަށް ލުއިފަސޭހަ ހޯދާދިނުމުގެ ބަދަލުގައި މިހާތަނަށް ކުރާކަމަކަށް ފެންނަނީ ދޮގުވާހަކަފަތުރާފަ ނަންބޯޑްތައް ބަދަލުކުރުމާ ކުލަތާދަވާދު ލައިގެން އުފަލާމަޖާކުރުން ދެކުރާކަމަކީ ތާކުންތާކުނުޖެހޭ މީހުން ސަރުކާރަށް ވައްދައިގެން ކުރިންތިބި މީހުން ބޭރުކުރުމާ އެލަވަންތައް ކަނޑައި ރައްޔިތުންތަކެއް މަގުމަތި ކުރުން ހަނދާން ކުރައްވާތި ކަންޒުކަހަނބުގެ ދުވެލީގައި ދަތުރުކުރަމުން ގޮސް ކޮންމެސްދުވަހަކުން ޖެހޭނީ ހަމަ ނިންމަން އެދުވަސް މަރުގައިމު ފަދައިން ހަމައަންނާނެ
ގޭގައުތަ ހިންގަނީ ތިބުނާ މަސްރޫޢުތައް.
އާނ ގޭގެ ވެސް އެންމެ އެތެރެ ކޮޓަރީގަ އެ ޕްރޮޖެކްޓްތައް ހިންގަނީ....
ކޮންތާކު ކޮންތާކު އަމިއްލަގޭތެރޭގަތަ؟ ކަލޯ
ފެނުން މައްޗަށް އަދި ނާރާ ތިޔަ ބުނާ މަޝްރޫއު ތަކެއް މިހާރުތި މަޝްރޫއު ފެނޭތޯ އިނދެ އިނދެ ތާއްޔާ ޖެހެން ފަށައިފި. ????
އެމްޑީޕީން ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑިތަކެއް ހުހަށް ހުރެއްޖެނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެހެން ނޫންތޭ ވާނީ ތަމެންގެ ވެރިކަމުގައި ތަމެން އަމިއްލަ އަށް ޒީރޯ ޓޮލެެެރެންސް ލޭބަލް ޖަހައިގެން ތިބެ ތަމެންގެ އަމިއްލަ ކުންފުނީގެ ނަން ބަދަލު ކޮށްގެން ކަޓް ކަނީއޭ ސީޕްލޭން އޮޕަރޭޓް ކުރާ އިންޑިއާގެ ކުންފުންނަކަށް މުޅި ވެލާނާ އެއާރޕޯރޓް ވިއްކާލައިގެން ތަމެން އަނބުރާ ގޭސް ގަނޑު މަމެން ދަންނަމޭ އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް ދޭބަލަ...
ޕްރޮޖެކްޓް ނަންބަރ...
1. 10 މަދިރި މަރާލުން...
2. ކަކުނި ހަރަކަށް ވެލި އަޅާލުން..
3. ފާރެއްގަ ކުލަ އުނގުޅާލުން ފަދަ މެގަ ޕްރޮޖެކްޓް ދެއްތޯ؟؟؟
ތިވިދާޅުވި 500 މަޝްރޫއުގައި ހިމެނޭ އެއްމެބޮޑުމަޝްރޫ މިނޫހުގެ ފަލަސުރުހީއަކުން އެހެރީފެންނަން ރައިސް ނަޝީދުއާއި ރައިސް މައުމޫނު ފެންނަ ފޮޓޯއަކާއިއެކު
ހެޔޮ އެއްމަޝްރޫއެއް ނުހިނގާ ނުކައިހުރެ ގައުމު ބަނޑަށް ޖެހުނަސް. މަވޯޓް ދޭނީ ހަމަ ތިޔަ ވިދާޅުވާ ރީނދޫލަށް!! ވ. ސާފު ދޮހ
ބައިލިބޭދޯ؟
ގުނަން އެނގެނީ 500އާ ހަމަޔައް އިތުރައް ދަސްކުރަންވީ އެންހާހާ ހަމަޔައް
ވަރަށްބޮޑު ތެދުފުޅެއް، ކޯޓު ތައް މެދުވެރިކޮށް އެޕްރޮޖެކް ތަކަށް ލާރިވެސް ދީ ނި މިއްޖެ. ބާކީ އަދި ޕްރޮޖެކް ޓެއްގެ ޕޭ މެންޓް ކަންތައް އެބަހިންގާ.
މަންުކޮލެޖް އިބްރާވެސް އިންވޮއިސް އެއް އެބަތައްޔާރު ކުރޭ ޕޭ މެންޓް ނަގަން.
ނިދާ ކޮޓަރިތެރޭ އެނދުމަތީތޯ ތިޔަ ހިރިހާ މަސްރޫއެއް ކުރިޔައްދާނީ އިއްޒަތްތެރި ރައީސް.