ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަދަލުވުމަކީ ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއްފަހަރާ ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ޖަލްސާގެ ތެރެއިން، ގދ.އަތޮޅުގައި ބޭއްވި ޖަލްސާގައ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަކީ ވެސް ލިބުނު ނިއުމަތެއް ކަމަށެވެ.
އެކަމުހެ ސަބަބުން އަނިޔާވެރިވުމަކީ ކޮބައިކަން މިދިޔަ އަހަރުތަކުގައި ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އަހަރެއްވީއިރު ރައީސް ޔާމީންގެ ވެރިކަމުގައި ދިމާވި ބިރުވެރިކަމާއި އަނިޔާ ހަނދާން ނެތިފައިވާ ކަމަށާ، އެ ދުވަސްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އާދެ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް އެކިއެކި ގޮތްގޮތަށް، އެކި އެކި އިމްތިހާންތައް ކުރިމަތި ކުރައްވާ. ހަމަ އެފަދައިން އެކި އެކި ނިއުމަތްތައް ވެސް އަޅުގަނޑުމެންނާއި ކުރިމަތި ކުރައްވާ. އެ އިމްތިހާންތަކާއި ނިއުމަތްތަކަކީ އަޅުގަނޑުމެން ހީނުކުރާ ފަދަ ގޮތްތަކަށް އަންނަ ކަންކަމަށް ވެސް ވެދާނެ. އަޅުގަނޑު ދެކޭ ގޮތުގައި، 2012 ވަނަ އަހަރު ފެބްރުއަރީ ދުވަހުގެ 7 ވަނަ ދުވަހު ހިނގައި ދިޔަ ކަންކަމަކީ މިއަދު އަޅުގަނޑުމެން ފަހަތަށް ޖެހިލައިފި ނަމަ އަޅުގަނޑުމެންނަށް ދިމާވި ވަރަށް ބޮޑު ނިއުމަތެއް." ފައްޔާޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމް ފާއިތުވި އަހަރުތަކުގައި ފުނޑާލާފައިވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެކަމުގެ ފުރިހަމަ ޒިންމާ ނިމިދިޔަ ސަރުކާރުން ނަަގަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން ވެރިކަން ކުރަން ބޭނުން ވަނީ ބާރުތައް ޖަމާކޮށްގެން ނޫން ކަމަށާއި، އެމްޑީޕީގެ ބާރަކީ ރައްޔިތުންގެ ލޯތްބާއި ރުހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވަނީ އެމްޑީޕީން ވެފައިވާ ބައެއް ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރަށް ވަގުތު ދެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ވެފައިވާ ވައުދުތައް އަދި ނުފުއްދޭ ކަމަށާއި މިފްކޯ ރަނގަޅުކުރުމުގެ މަސައްކަތްކޮށް، އެކަމަށްޓަކައި ކުރަން ޖެހޭ އިންވެސްމެންޓްތައް ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"މަސްވެރިންނާއި ދޭތެރޭ ހުރި ވައުދު އަދިއެއް އަޅުގަނޑުމެންނަކަށް ނުފުއްދޭ. އެއީކީ އެއްދުވަހަކުން ވާނެ ކަންކަމެއްވެސް ނޫން."
ލާދީނީ އާއިލާއަކައް އުފަން ލާދީނީ ފައްޔާޒް ތިމާމެންގެ އަގީދާ އޮތީ ކޮންތާކު ތޯ ރައްޔިތުން ކައިރީ ސުވާލު ކޮއްބަލަ ޖަވާބް ލިބޭނެ
ޖުމަލަކޮށް ދައްކާފަ ހުރި ވާހަކަތަށް ރަނަގަޅުކަމަށް މިބަލަނީ އެކަމަކު ސުވާލެއް އެބައޮތް، އެއީ ލާދީނީ ފިކުރު ފެތުރުމުގައި މިއަދު މިވަނީ ކިތައް ދަރަޖަ ކުރީގަތޯ؟
އަހަރެމެން މިކަން ނިންމާނީ ރާއްޖެ ސެކިއުލާ ކޮށްފަ
ކަލޭ ކިތައްމެވަރަކަށް، ރ.ޔާމީނު ސަރުކާރު ކުށްވެރިކޮށް މިއަދުގެ ސަރުކާރުބޮލަށް ޖަވާހިރު އޮއްސާފަ ވާހަކަދެއްކިޔަސް މިގައުމުގައިތިބި ހެޔޮނުބައި ވަކިކުރަންއިނގޭ ރައްޔިތުން ގަބޫލެއްނުކުރާނެ، ކަލޭހުރި މަގާމުން ކަނޑާލާނެތީ ބިރުން ރޭގަނޑަކީ ދުވާލެއްކަމައްވެސް ބުނަން ތައްޔާރުގަ ތިހިރީ، މިސަރުކާރުން ވަކިބައެއްގެ އަންބޮނޑިއަށް ބަރުކޮށްފައި އާ ޓާމިނަލް ވިއްކުމުގެ ޖަރީމާހިންގާ މަޝްވަރާގަވެސް އެކިފަހަރުގަ އެކިގޮތްގޮތަށް މަޝްވަރާދޭ ޢައްދާރު ތިޔައީ، މިހާރު އީސީގައި ތިބި ޢައްދާރު މެމްބަރުން ޚާއްސަކޮށް އީސީ ޝަރީފުއާއި ފުވާދުތައުފީގު ތިއްބާ ސައްޙަވޯޓެއް ނެގޭނެކަމަށް ގަބޫލު ނުކުރެވޭނެ!!!
ފަޔާޒު މެނަށް މިވެރިކަން ނިއުމަތަކަށް ވެދާނެ،އެކަމަކު އަހުރަމެން ގިނަދިވެހިއްނަށް މީ ހަމަ ބޮޑު މުސީބާތެއް.ގިލަން ވެރިކަމެއް.
މަލީހު ގޯސްވީ ފާޑެއްގެ ސުރުޙީއެއް އަޅައިގެން.... މީނަ ވީމަ އޯކޭ ދޯ..... ހުސް ދެފުށްކެހެރިން
ކޮބާހޭ މިނިމަމް ވޭޖް؟ އެވެސް ވަކި ބަޔަކަށް؟
އެއީ ނިއުމަތަކަށްވީ ކަމަށް ގަބޫލްކޮށް އެކަމުގެ ފައިދާ މިހާރުތިޔަ ދަވާލަނީ. މިވެރިކަން ބަދަލްވުމުން ދެން ކޮންތާކަށްބާ ފިލަންދުވާނީ.
މިހާރު ނިއުމަތެކޭކިޔަސް އޭރު ނިޔުމަތެއް ކަމަށް ގަބޫލު ނުކޮށް މުޅިގައުމުގަ ޖަރީމަހިން ގީ ސުކުރު ނުކުރެވިގެންދޯ.އޭގެ ސަބަބުން މުޅި ގައުމަށް ވީ ގެއްލުން އަދި ޓޫރިޒަމަށް ކުރި އަސަރު...ސަގާފަތް.... ދަސްކުރަން ވީ އެއްވެސް ކަމެއް މިއުމަތެއްނުން ގޮތަކަށް ނުވާނެ އެކަން ބަލައިގަތުމުގެ މައްސަލައެއް އަބަދުވެސް ޖެހެނީ އެއީ އަމިއްލަ އެދުން ކުރިޔަށް ނެރެވޭތީ.ކޮންމެ މީހަކަށް ވެސް ހީކުރެވެނީ ތިމާއަށްމިވެނިކަމެއް ވެގެން ނުވާނެ ކަން.ވިސްނާލަން ބޭނުން ނުވޭ.
ތިޔަ އިއުތިރާފު ވެވުނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ ރައްޔިތުންނަށް ލިބޭނެ ނިޢުމަތެއްކަމަށް. ޚުދު ތިމާމެންވެސް ގަބޫލުކުރޭ އެމްޑީޕީއަކީ ދިވެހިރައްޔިތުންގެ ހަލާކުކަން. ސީދާ ގޮތުންނާއި ނުސީދާގޮތުން ތިމާމެންގެ ދުލުން އެވާހަކަތައް ތިޔަ ކިޔައިދެވެނީ. ލާދީނީ މީހުންގެ ދުލުން ހަގީގަތް ބޭރުކުރައްވާ ކަލާނގެ ކުޅަދުންވަންތަކަމާއެވެ.
ދެދުނިން ވެސްނިއުމަ ހޯދާމީހުންކަން އަމަލުންއެބަ ދައްކާ ދެއްތޯ.................
7 ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ ނިއުމަތަކަށްވީ ހަނައެކަނި ފައްޔާޒަށް..
އެހެންނޫންނަމަ ތިޔަ މިނިސްޓަރުކަން ކަލެޔަކަށް ނުލިބުނީސް ވިއްޔަ... އެވާހަކަ ދޯ ތިޔަ ބުނެވުނީ..
2023ޔާން
"މަސްވެރިންނަށް ވެފްއިވާ ވައުދު 1 ދުވަހުން ނުނިންމޭނެ." އެއް ދުވަސް ތަ މިވީ! މިހާރު ދެވަނަ ދައުރަށް ކެންޕެއިން ފަށާފަ އޮތީ. އެއްމެ ދުވަހެކޯ!
ނިއުމަތަކަށްވެގެންތަ ގައުމުގަ ހުޅުޖަހާ ކޯޓު ތަކާ ފުލުހުންގެ މަރުކަޒު ތައް އަންދާ އަޅިޔަށް ހަދާލީ! ބޮޑު ދަތްޖާލު ގެ ބަހަށް.!!
ވެރިކަން ބަދަލުވުމަކީ ދިވެހިންނަށް ލިބުނު ނިޢުމަތެއް، އެހެންނޫން ނަމަ މިއަދު ދިވެހިންގެ އެއަރޕޯޓެއްނެތީސް މިނިވަންކަމެއްވެސް ނެތީސް އެހެންނޫންނަމަ މިއަދު ދިވެހިންތިބީހީ ބާރުގަދަ ގައުމެއް ގެ ބެލުމުގެ ދަށުގައިކަން ޔަގީން ނަމަވެސް މީގެ ހިތާމަ އަކީ ޖެހިގެން އައި 8 ވަނަ ދުވަހު ދައުލަތުގެ ޢިމާރާތް ތަކުގައި ހުޅުޖަހައި މުޅި ޤައުމު އަލިފާނަށް ހަދާލި ބަޔަކައި ވެރިކަން ހަވާލުކޮށްގެން އެމީހުން ދައްކާ ހުވަފެން ބަލަން މިއަދު ދިވެހިން ތިބެން ޖެހިފައިވާ ކަން، ގައުމު ބަނޑަށް ޖެހޭއިރު މަނިކުފާނު ތިއުޅުއްވަނީ ބޭބެމެން ކޮށްކޮ މެންނަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ މާލިއްޔާ ބަހާލުމުގަ އަވަދަނެތި ދެއްތޯ؟
ފައްޔާޒު އަށް ހައްހައް ހައްހައްހައްހައްހާހެހޭ
ދެންބުނެ މުރާއްޖޭގައި ހުޅުޖަހާފަ އެވެސް ނިއުމަތެކޭ ރައްޔަތުން ނޭ މިލާދީނީ ރީނދޫ ބައިގަނޑު ނޭވާހޮޅި ޔަށްއެޅިގެ އެތެޅެނީ މިފަހަރު ވޯޓުން ވާނެ އެބައިގަނޑުގެ އަސްލު ސައިޒު ދައްކާލަން
ނިޢު މަތް ގާއިގެ އޮޅާއިގެން ފަޔާޒު އޮވޭ ބޮޑު މުސާރަނަގާއިގެން.
ވަގުތުނޫހުން މި މީހުން ދައްކާ މިކަހަލަ ވާހަަކަ ގެނެސް ނުދީބަލަ.
މިމީހުން ދައްކާ މިކަހަލަ ވާހަކަ ކިޔާފަ ރުޅ އައިސް ލޭ މައްޗަށް ދިއުން ނޫން ކަ މެއްނުވޭ.
ކޮންމެ މީހަކު ބުންޏަސް އެއީ ނިޢުމަތެއް ނޫން. އެކަމުން ގަވްމާ ރައްޔިތުންނަށް ލިބުނު ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެ.. ދުވަހަކުވެސް އެދުވަސް ހަނދާންނުނެތޭނެ.. ކޮންމެ ފަރާތަކުން ހޮވުނަސް ގަވްމުގެ ރައީސުން ވެރިކަމުން ދުރުކުރަންޖެހޭ ގޮތަކީ އެއީއެއްނޫން.. ފައްޔާޒު ހބލވެފަތަ އެހެރީ.
ޢަސްލުވެސް ދިވެހިރަައްޖެއަށައި އިސްލާ މް ދީނަށް ލިބުނު ނިއު މަތެއް ނަސްރެއް
ކަލޯ ފައްޔާޒޫ މަނިފާނު ތިވާހަކަ ވީދާކުދިކުދި ކުރާން އިސްލާމީ މަރުކަޒު ކުރިމައްޗަށް ދޭބަލަ އޭރުން އަސްލު ތަމަޅަ ކެރަފާ ރީނދޫ ޓައިގަރުންގެ ލާމަރުކަ ޒީ ބޮޑު ބާގަޑުހުންނާ ނެފެންނަން ކުރިމަތީން އޭރުން އަސްލު ބަޑިބުރާސް ފަތީގެ ބޮޑުމަން ޒަރު ސިފަވެގެންދާނެ ފައްޔާޒު ބުނަންތަ ރަނގަޅުވާހަކައެއް ކަލޭމެންގެ ފެންވަރުން ފައްޔާޒު ވާހަކަދައް ކަބަ ރައްޔަތުން ގުބޯހެއްދިޔަސް ދެން ވާނެފައިދާއެއް ނޯނާނެ ތިތިބީ ހަމަރަނގަޅަށް ވެސް ފެއިވެފަ ރައީސްޔާމީންގެ ތަރަށްގީގެ ތެރެއަށް ބޯކޮށްޕައިގެން ތިބެ ރައްޔަތުން ގުބޯހެއްދީމަ އިތުރަށް ރައްޔަތުން ރުޅިގަދަވުނޫން ކަމެއް ނުވާނެ މާމަސްހޫރުވާ ންއުޅެގެން ތިމާމެންގެ ސޯޓު ބޭލޭއިރުވެސް ތިމާމެންނަށް ނޭ ގޭދޯ!
ތިޔަވެސް ތިޔަހުރީ ގަނެލާފަ ދެން ލަލަލާ.