ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއްގައި ނޫން ކަމަށާއި އެހެން ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ދައުލަތުގެ އޭރެއްގެ އާމްދަނީ ހުރި މިންވަރަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު މިރޭ ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތަކަކީ އެމްޑީޕީ ވެރިކަމުގައި އޮތުމުން ކުރިއަށްދާކަމެއް ނޫންކަމަށާއި އެކަން ގަބޫލު ކުރައްވާ ކަމަށެވެ. "މިދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތް ދައުލަތުގެ އޭރުގެ އާމްދަނީ ހުރި މިންވަރަކުން ކުރިއަށްދާނެ. އެހެން ސަރުކާރެއް އޮތް ނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެ. އެމްޑީޕީން ވަނީ ޓެކްސްގެ ނިޒާމެއް ގާއިމްކޮށްފައި. އެހެންވެ ދައުލަތުގެ އާމްދަނީ ވަނީ އިތުރު ކުރެވިފައި." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިހާރު ރާއްޖެ އަށް އަލިވިލެމުން މިދަނީ އަދި މިހާތަނަށް ދިވެހިން ދެކެފައި ނުވާތަނަކަށް ކަމަށެވެ. "ދިވެހިންނަށް އަލިވިލެމުން މިދަނީ އަދި ނުދެކޭ ތަނަކަށް. ތިމަންނާމެންގެ ދިރިއުޅުން ތަނަވަސް ކުރެވޭނެ ތަނަކަށް. ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ތަނަކަށް. މިއީ އެމްޑީޕީގެ ފަތިހެއް. މިއީ އަޅުގަނޑުމެންގެ ފަތިހެއް. މިއީ ތިބޭފުޅުންގެ ފަތިހެއް. ތަރައްޤީގެ އެންމެ ބޮޑު ފަތިހަށް އަލިވިލެން މިދަނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދެވޭނީ، އަދި ތައުލީމާއި ސިއްހީ ޚިދުމަތް ވެސް ލިބޭނީ ލާމަރުކަޒީ ނިޒާމުން ކަމަށެވެ.
މިއަދު ރާއްޖެ ވަނީ ބަދަލުވެފައި ކަމަށާއި ދިން މިންވަރު ގަބޫލު ކޮށްގެން ތިބޭނެ ޖީލެއް މިއަދަކު ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަމަލު ކުރަމުން މިގެންދާ ޤާނޫނު އަސާސީ އެކުލަވާލެވެމުން ދިޔައިރު ބާރުތައް އޮތް ޕާޓީއިން ބާރުތައް ދޫކޮށްލަން ދެކޮޅު ހަދަމުން ދިޔަ މަންޒަރު ފެނިގެން ދިޔަ. ވާދަވެރިން ވާހަކަ ދައްކަމުން ގެންދިޔަ މުނާފިގު ގޮތް އެންމެނަށް ވެސް ފެނުނު. އެބޭފުޅުން ބާރުތައް ހިފަހައްޓަން އުޅުނު. ނަމަވެސް މި ރީނދޫ ލަޝްކަރު ކޮންމެ ދުވަހަކު ކަރަންޓް މުގުރަކަށް ގަރުނަގޭހަކުން ފަހަތައް ނުޖެހި ކުރި މަސައްކަތުން ޤާނޫނު އަސާސީގެ އަށްވަނަ ބާބު ލިޔެވުނީ." ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް އިން ވަނީ ލާމަރުކަޒީ ނިޒާމް ހަލާކު ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުން މިރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވެވިއެވެ.
"ލާމަރުކަޒީ ނިޒާމް ފަސް ފަހަރަށް ބަދަލު ގެނެސް ދަތް އުފުރައި އެތައް ފަހަރަކު އުލު ބޭނދި. ޤާނޫނު ބަދަލުކޮށް ހުރިހާ ބާރެއް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށްލި." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު މިހާރު ވެސް އެމްޑީޕީއަށް ކާމިޔާބު ވެއްޖެ ކަމަށާއި ޕީޕީއެމްއަށް ކައުންސިލް އިންތިޚާބުން ލިބޭނެ އެއްޗެއް ފެންނަން ނެތް ކަމަށެވެ.
ޓާމިނަލް ވަގު
ވަގުންގެ ސަރުކާރު!! ޓީއެމްއޭ ޓާމިނަލް ވަގު!! ބޮޑު ވަގު!! ދައުލަތުގެ މާލިއްޔާ ބަދަލުދީ ހުސްކުރާ ވަގުންގެ ސަރުކާރު!! ހައްދަވައިގެން ކޮށްދެވޭ ކަމެއް ނެތް!! ކޮރަފްޝަނާ ވިޔާނުދާ އަމަލަުތައް ހިންގާ ލާދީނީ ސަރުކާރު!! މިނިސްޓަރުން ކޮށްފައިވާ މުޑުދާރު ޢަމަލުތައް އެހެރަ ލީކްވަނީ އޯޑިއޯގެ ޒަރިއްޔާއިން!! އެޅުނު ފިޔަވަޅެއް ނެތް!! ޒީރޯ ޓޮލަރެންސޭ ކިޔާ ދައުލަތުގެ މާލިއްޔާ ދަވާ ހުސްކުރަނީ!! ރައްޔިތުން ނިކުމެ މިމީހުން ހަމަމަގަށް އަޅުވަންޖެހޭ!!
ދީވާލްޕާ ބުނީ ބްރިޖް އޯކޭއޯ ވައްކަން އޯކޭއެއްނޫނޯ އެކަމަކު13މިލިއަން އޯކޭއޯ
ނަސީދުނެތަސް މޑޕ ވެސް އޮންނާނެ. މޑޕ މެމްބަރުން ނަސީދަކަށް ކުޑަކޮށްވެސް ތާއީދެއްނުކުރޭ. ހެސްކިޔާހަ ރުޅިއާދޭ.
މިމީހުން އުޅެނީ ނަމުގަ ބާރުބަހައިގެން. މިހާރުވެސް ކޮންމެ ކައުންސިލަކަށް ކައުންސިލަރުންނަށް ޕްރެޝަރުކުރަން ސިޔާސީ އިސްމީހަކު ލާގޮތަށް އޮތީ ހަމަޖައްސާފަކަމަށް ޚަބަރުލިބޭ. އޭރުން އޮންނާނީ ލާމަރުލަޒީ ވެފަ ރަނގަޅަށް.
އަދި ކިރިޔާ ލާދިނީ ކަލޭގެއަ ށް ތެދެއް ހެދުނީ.
އެހެން ބަޔަކު ވެރިކަމުގައި ތިއްބަސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނެ - ނަޝީދު
ކައުންސިލް އިންތިހާބު ޔާމީން އިންޝާﷲ..........
ވެލާނާގެއިން ވައްކަންކުރި ބޮޑު ވަގަކަށް ސީޕްލޭންޓާމިނަލްގެ ޑީލުގައި 13 މިލިއަން ޑޮލަރު ދިރުވާލުމަކީ އެވެސްކަމެއްނޫން!
ކޮންކުއްޖެއްތަ؟ވެލާނާގެ ތަޅުދަނޑި ވަގައްނެގީ ކާކައް އިނގެނީ
ތިއެއް ނޭގުނު. ވެރިކަމަށް އަދެވުމާއެކު ހުރިހާ މަސްރޫއެއް ހުއްޓުވާލީ . އެކަމުގެ ސަބަބުން ތރައްޔިތުންނަށްބޮޑު ގެއްލުންވި.