މާލެ ހަލާކުކޮށްލީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޑރ.މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް ބާއްވާ "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ "ހޮޅި" މުއިއްޒު ކަމަށާއި އެކަން މާލޭގެ ރައްޔިތުން ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.

އަދި މާލޭގެ ރައްޔިތުން ކައިރިއަށް ނުކުމެ ވޯޓުދޭން ބުނަން މުއިއްޒް އަށް ކެރިވަޑައިގަތީ ލަދު ހަޔާތެއް ނެތުމުން ކަމަށް ވިދާޅުވެ، މުއިއްޒްގެ ހައިސިން މިނިސްޓަރުކަމުގައި އަމަލު ކުރެއްވި ގޮތަށް ރައީސް ނަޝީދު ވަނީ ހަޖޫޖައްސަވާފައެވެ.

"މި މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އޭނާ ވަޒީރުކަމުގައޭ ކިޔައިގެން ކުރި ކަންކަން އަޅުގަނޑުމެންގެ ހިތުން ފިލައިގެން ދާނެތަ؟ ކުޑަވެސް ލަދެއް ހަޔާތެއް ހުރި ނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ. ކުޑަވެސް ގޮތެއް ހުރި ނަމަ." ނަޝީދު ވިދާޅުވިއެވެ.

މުއިއްޒް އަކީ ލާމަރުކަޒީ ނިޒާމް ފުނޑާލަން ފާއިތުވި ސަަރުކާރުން ކުރި މަސައްކަތްތަކުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށާ، މިއަދު ލާމަރުކަޒީ ނިޒާމުގެ މަޤާމަކަށް ކުރިމަތިލައްވަން ލަދުގަންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަކީ މާލޭ މީހެއްކަން ފާހަަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މާލޭ މީހުން މުއިއްޒުއަށް ވޯޓުދީފާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔަ އިރު އުސޫލުން ބޭރުން އެތައް ބަޔަކަށް ފްލެޓްތައް ދިނީ މުއިއްޒްގެ ބައިވެރިވުން އޮވެގެން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

"މުއިއްޒުގެ އައުވާނުންނަށް 7000 ފްލެޓް ބަހާލި ގޮތް އޯކޭ އެއް ނޫނޭ. ގާތްތިމާގެ އެންމެންނަށް ހުރިހާ ފްލެޓެއް ވަށަފަރުގާ ތިއްބާ ދީފާ ދެންއައިސް އަޅުގަނޑުމެން ގާތުގައި ވިދާޅުވަނީ މިތަނުން ވޯޓެއް ދޭށޭ. ނުދޭނޭ. ނުލިބޭނޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ޕީޕިއެމް އިން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރައްވަން އުޅޭތަން ނުފެންނަ ކަމަށާ، އެކަން ކުރައްވަނީ މުއިއްޒު އެކަނި ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން ހިންގި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ސަރުކާރުން ގެނައި ތަރައްޤީ ރަނގަޅު ކަމަށެވެ. ކަމު ނުދަނީ އެ ތަރައްޤީގެ ތެރެއިން މިދިޔަ ސަރުކާރުން ވައްކަން ކޮށްފައިވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރި ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދެން ނިންމީ މިދިޔަ ސަރުކާރުން ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ރަދީފް

    އިިންޝާﷲ މުއިއްޒު މާލޭގެ މޭޔަރަށް ހޮވޭނެ! އަނަސް ބޮޑުތަނުން ބަލިވާނެ!

    118
    4
  2. އަހުމަދު ހުސައިން އަލީ

    ލަދއް ހުރިނަމަ ކަލޭ ތިތާގަ ހުްނާކަށް ވެސް ނުކެރުނީސް. ހޮޅި ނަޝީދު.
    . ..

    109
    3
  3. ޟ

    ޢަންނި ހަލާކު ކޮއްލި ސަލްޓަން ޕާކް އަލުން ދިރުވީ މުއީޒު، މިހާރު އަނެއްކާ ސަލްޓަންޕާކް އާއި ރަސްފަންނު ތިޔަހަލާކު ކޮއްލަނީ

    108
    3
  4. އ. ޖ. އ

    ސޭޑް ސްޓޯރީ.. ބަޓް ޓްރޫ... 😢😢😭

    12
    70
  5. ހިޔަމަ

    ޢަހަރެމެން ނަކީ ވަކި ބައެއްގެ އައުވާނުން ނެއްނޫން

    74
  6. އަލީމުހަންމަދު

    ހަޔަތާ ގޮތާފުތެއް ނެތަސް 8500 ފުލެޓުގެ 70ފަސެނޓު އެމްޑީފީ އަށް ނިސްބަތްވާ މީހުންނަށް ދިނީމަވެސް މިސަރުކާރުން އެތަންތަން އެއުޅެނީ ހަވާލުކުރަން ނުކެރިގެން. ބޭނުންވާ ބަޔަކަށް އެތަންތަން ބަހައި ނުލެވިގެން. ވީއިރު ކެނެރީކޮރޮފް ދޮންބެގެ އޮތީ ކޮން އިޚުލާސްތެރިކަމެއް.

    88
    3
  7. .......

    އަމިއަލަ މީހާ މަނާކުރި އެންޓި ކެމްޕޭންް އަމިއްލައަށް ކުރަނީތޯ....؟

    76
    2
  8. ދިވެހި ފޭރާން

    ލަދު ހަޔާތް ކުޑަކޮއްވެސް ނެތީމަ ދެން އަގައިން ހިފެހެއްޓޭތޯ ބަލާނެ.

    80
    2
  9. ނޭފަރޭ

    ޢަންނި ކަލޯ ޗަހުރީ ރީތިކޮށް މޮޔަވެފޭ، ކައުންސިލް އިންތިހާބުން ބަލިވާނެކަން އިނގޭތި މިހާރު ތިއުޅެނީ މުއިއްޒު ދެކެ ބިރުން، ކަލޭ ދައްކާ ވާހަކަ މިހާރު ކުކުޅުހާވެސް ގަބޫމް ނުކުރާނެ.

    89
    1
  10. ޙައިރު

    ބުރާނޗާ! މުއިއްޒަކަށް ނޫން ހޮޅި ކިޔަންވީކީ.....ތިމާގެ ހޮޅި ވާހަކަތައް އަޑުއަހަން ޖަލްސާއަށް ފުރަމާލޭގައި ދިރިއުޅޭ ޕާޓީގެ މެންބަރުންކޮޅު ނައިވާހަކަ ދައްކަބަލަ!

    88
    2
  11. މުބީނު މާރނީ ނިއުޔޯކް/އެމެރިކާ

    މުއިޒް ގެ ޝަރިއްޔަތް ހިންގާ ޖަލަށް ލެވެން ޖެހޭނެ. ޓިނު ވަގައްނެގި ޔާމިނުގެ އައުވާނު ވަނީ 19 އޭނާގެ ގާތް ތިމާގެ މީހުނަށް ފްލެޓް ދީފައި. މީނާ އަށް ވެސް ޝަރިއްޔަތް ހިންގަންޖެހޭގެ. ޛަލަށް ވެސް ލާން ޖެހޭނެ.

    8
    89
    • ހަސަނު

      ތީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުތަށް ؟ ހިތުން މިވެސް ރޯނުއެދުރެއް

      2
      1
  12. އެމްޑީޕީ ބުރޯ

    ސާބަހޭ ރައީސް ނަޝީދު މަނިކުފާނަށް އަޅުގަނޑު ސެލިއުޓް ކުރަން! މަނިކުފާނު ތިޔަ ސާބިތުކޮށްދެވީ މަނިކުފާނަކީ އަޅުގަނޑުމެން މާލޭގެ ނިކަމެތި ރައްޔަތުންގެ ހިތުގެ ރައީސްކަން! އަޅުގަނޑުމެންގެ ހައްގުތަށް ފޭރިގަނެގެންއުޅޭ ރާއްޖެތެރޭ ބުރާންތިންނަށް ހީވާކަހަލަ އަޅުގަނޑުމެންގެ ހައްގުގަ ބަސްބުނާނެ މީހަކު ނުވާނެޔޭ! މަނިކުފާނު ތި ކުރަށްވާ ބުރަ މަސަތްކަތައްޓަކާ ހިތުގެ އިޙްލާސްތެރި ކަމާއިއެކު ސުކުރުދަންނަވަން! 👏👏👏

    5
    136
    • Anonymous

      އިސްލާމްދީނާ ދެކޮޅު މީހަކަ ށް ވީމަދޯ

      20
      2
  13. ގާޒީވަގަށްނަގާ ( ގުޔިއުނދުޅި ) އަށް

    މާލޭ ސަރަހައްދުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް ނުހިންގި ދެއަހަރާއި ގާތަށް ދާއިރުވެސް އެހެން މީހުންނާއި ގެޅިގަނެވޭތޯ ތިއުޅެނީ.
    މިހިރަ ބުރާންޗާ މީހުނާ ނުގެޅި ކަމެއް ކޮށްދެވޭތޯ ބަލާބަލަ.
    މާލެ ވަށައިގެން ބަލައިލިޔަސް ފެންނާނީ ރައީސް ޔާމީންއާއި އެކު މުޢިއްޒު ހިންގާފައިވާ ތަރައްޤީ އުސް އިމާރާތާއި ބުރިޖާއި ހުޅުމާލެއަށް ދާން އޮންނަ ހައިވޭ އާއި މާލޭ ތާރުމަގާއި ހުޅުލޭގައި ހަދައިފައިވާ ބޮޑު ރަންވޭއާއި މިހެންގޮސް ކިޔާނެ ކަމެއްނެތް.
    ވީމާ މުޢިއްޒުއަކީ ހަމަ ރަންގަނޑެކޭ.
    އަހަރެމެންނަށް ފެންނަނީ ދެއަހަރުވާއިރު މާލެތެރޭ ޕާކުގަނޑެއް ނޭޅިގެން އުޅޭތަން.

    114
    2
  14. Anonymous

    މިމުޅި ރާއްޖޭގެ ހަލާކަކީ ކެނެރީގޭ ކެރަފާބުއްޅަބޭ. މުއިޒް އަކީ މާލެ އާއިމުޅިރާއްޖެ އަ ށް ރ ޔާމީން ގެނެސްދެއްވި ތަރައްގީ ގެމޭސްތިރިއެއް ހިކްމަތް ތެރި އިހްސާންތެރި ހީވާގިބޭފުޅެއް. .

    97
    2
  15. ނާނު

    މިކަލޭގެ މިދައްކާ ވާހަކަ ނިސްބަތްވަނީ ހަމަ މީނައަ ށް އަނެކުންގެ އަގު ވައްޓާލަން ކިތައްމެ ހުތުރު ނަންތަކެއް ބޭނުން ކުރިޔަސް ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަ ށް ވެސް އެނގޭނެ ކެނެރީގޭ މޮޔަސޮރާ މުއިއްޒު އާ އެއްވަރުނުވާނެ ކަން ތަޢުލީމީ ގޮތުން އަޚްލާޤީ ގޮތުން ހިންގުމުގެ ގޮތުން ވެސް ، އެހެން މީހުނަ ށް ހުތުރު ނަންތައް ބޭނުންކުރި ވަރަކަ ށް ތިމާގެއަގުވެއްޓެމުން ދާތަންފެންނަނީ ސޮނި ބާލަ މުން އެހެންމީހުނަށ ށްހުތުރު ނަން ބޭނުން ކުރި ވަރަކަ ށް ތިމާގެ އަގު ވެއްޓެ މުންދާ ތަން ފެންނަނީ ވަކަރުގޭ ސޮރު

    26
    1
  16. Anonymous

    އަޅުގަނޑަށް ހީވަނީ މާލެ ވަރަށް ބޮޑަށް ތަރައްޤީ ކުރައްވަފަހެން އޮތީ މުއިއްޒު. މިހާރު އެތަންތަން އެދަނީ ވީރާނާ ވަމުން. މުޢިއްޒު ހެއްދެވި ތަންތަން ވީމާ އެހެން މީހަކު އިސްކޮށް ހުރިއްޔާ އެތަންތަން އެހެން އޮވެ ވީރާނާ ވުމުގެ ފުރިސަތުބޮޑު. ޙުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް. މުޢިއްޒު ހަމަގައިމުވެސް އަލުން އެތަންތަން ސާފުކޮށް ބަލަހައްޓާ އެތަންތަން ދަމަހައްޓަން މަސައްކަތް ކުރާނެކަމަށް ފެނޭ. އަނަސްމެންގެ އުފެއްދުންތެރިކަމެއް ނުހުރެދާނެ. އެހެންވެއްޖެނަމ އެއީ ތަރައްގީގައި ގެއްލޭ 5 އަހަރު.

    26
    2
  17. ފަރީ

    އައްމަޓަ، މިދިޔަ ސަރުކާރުން ގެނައި ކޮންކްރީޓް ތަރައްގީ ރަނގަޅޭތަ އެބުނީ؟ ހޫނ ދެން ސަމާސާ ނުކުރޭ އިނގޭ.

    10
    1
  18. ގލޅ

    ހޮޅި ނަސީދު ބުންޏަސް ޑރ.މުޢިއްޒު މާލޭ މޭޔަރު ކަމުގެ
    މަގާމް ދިފާއު ކުރައްވާނެއެވެ މާލެ މުޢިއްޒުކުރުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައެވެ މޑޕ އަށް ކުރެވޭނެ
    ތަރައްގީއެއް ނެތެވެ މާލެ ތަރައްގީވާނީ ތަރައްގީ ދަންނަމީހަކު މޭޔަރު ކަމަށް އައުމުންނެވެ އެއީ މުޢިއްޒެވެ.

    24
    2
  19. ހިބަރުވަދު

    ހޮޅި ނަޝީދު ރަނގަޅުވީސް ވެރިކަންލިބި މިވީ މުއްދަތުގައި އެންމެ ހޮޅިއެއް ނަމަވެސް ނަގާފަ ތިކަހަލަ ހޮޅި ވާހަކަ ތިހާ "ބިޔަ ބޮޑު" ލަޝްކަރެއް ކުރިމަތީގަ ދެއްކިނަމަ. ނުވިތާކަށް މަގުމަތީގަ ހޮޅި އިތުރަށް ގިނަވެ ހޮޅީގެ ސައިޒުވެސް ފަލަކޮށްފަ މިހާރު ހުންނަނީ. މީހުން މަދުން ތިޔަތަނަށް ދިއުމަކީ މުއިއްޒުގެ ކުށެއް ނޫން ހަމަ ރުޅިއައިސްގެން ކުރިމަތީގަ ތިބި މީހުން ކުޅުން ފޯކޮށްލީ ޕޯޑިއަމަށް އަރާ! އާއިލާއާ ދަންނަ ރަށްޓެހިންނަށް ބައިއަޅައި މުޅި ބައިތުލްމާލު ހަފުސްކުރުމުން ހެޔޮވިސްނޭ އެމްޑޕީ މީހުންވެސް ބޮޑުކޮށް ނޫނެކޭ ބުނީމަ މުއިއްޒު ނުޖެހޭ އެކަމުގެ ޒިންމާ ނަގާކަށް އެނގިއްޖޭ! ފަހަތު ގޮނޑިބަރީގަ ކާކީ ކުލައިގެ ގަމީހެއް ލާފަ އިން #ޓީއެމްއޭ ވަގު އެއީ ޒިންމާނަގަން ޖެހޭ އެކަކު މުއިއްޒު އާ ކޮން ކަމެއްތަ!

    27
    1
    • ބޮޑުމީހާ

      މީ 100 ގެވަހަކައެއް! މުއިއްޒު ނުޖެހޭ ޖަލސާއަށް މީހުން ނުދިޔައިމަ އޭގ ޒިންމާ ނަގަކަށް ލޮލް ލޮލް

      11
  20. ޢެންޓި

    އެންޓި ކެމްޕޭން ނުކުރާށޭ !

    19
    1
  21. ހުސޭނުބޭ

    ކަލޯޔަށް ހުރިހައި ބާރެއް ލިބި ޓީއެމްއޭ އަތުން 13 މިލިއަން ޑޮލަރު ކައިލެވުނުއިރުވެސް ހަމަ މުޢިއްޒަށް ހަސަދަވެރިވަނީ! ތިހެން ޕޯޑިއަމްކައިރީގައި ހުރެގެން ކަލެޔަށް ސޮނި ފުހެވިދާނެ! މުއިއްޒު ކުރި މަސައްކަތާ ގާތްކުރާ ވަރަކަށްވެސް މަސައްކަތެއްނުކުރެވޭނެ!

    27
    1
  22. ޏ

    ހޮޅިނަޝީދުގެ ހޮޅިވާހަކަ މާލޭގެ ދިރިއުޅޭމާލޭމީހުންގަބޫލެއްނުކުރާނެ ރާއްޖެއިންބޭރުގަ ދިރިއުޅޭމާލޭމީހުން އެއްތަށިން ބޮއިއުޅޭމީހުން ގަބޫލުކުރާނީ ތިއޮތީހާމަޔަށްފެންނަށް މާލޭމީހުންމިހާރުތިބިގޮތް މާލޭމީހުނަށް އެގޭމިސަރުކާރުން ފެންފޮދެއް ހިއްދާލާނެ ހޮޅިކޮޅެއް ނޭލިގެންއުޅޭބައެއްކަން . ކުރީސަރުކާރުގެ ތަރައްގީގެހުރިހާކަމެއްރަގަޅުކަމަށް ވާނަމަ މުއިއްޒުއަކީ ތަރައްގީގެ ބައިވެރިއެއް . ދެންޖެހޭނީ އަގައިން ހިފަހައްޓަން ޖަވާބު ލިބޭނީ ކަރުގަ ބުނޑުގަހިތިރަހަލާވަރުގެ ވޯޓްގެ ނަތީޖާއިން . ލަލަލަ ކެނެރީ ބުއްލަބެ .

  23. އިދުރީހު

    ކެނެރީގޭ ހޮޅިދައްޖާލު ދިވެހިންނައް ހަރާންކޯރުވެ ގިނަބަޔަކު މަގުފުރައްދާފަތިހިރީ

  24. އަހްމަދު

    ތަރައްގީއަކީ އަމިއްލައެފުމުންފޯވެފަތިބޭބަޔަކަށް ގެނެސްދެވޭނެއެއްޗެއްނޫން ރައީސްޔާމީނަކީ ރައްޔިތުންނައްބޭނުންވެފައިވާ ކަންކަން އެގިގެންރާއްޖޭގެވެރިކަމަށް ވަޑައިގެންނެވިބޭފުޅެއް އެހެންވެރައްޔިތުންބޭނުންވާކަންކަން ކޮށްދެއްވަމުންގެންދެވީ އެމަނިކުފާނުދެވަނަ ދައުރަކަށް އިންތިހާބުނުވީ އިންޑިއާމެދުވެރިކޮށްތިޔަބައިމީހުން ރިސްވަތުމުޑުދާރު ޢަމަލުހިންގައި ވޯޓުއޮޅުވާލުމުން އެހެންނޫންނަމަ ޒުވާނުންގެސަހަރުއޮންނާނީ ޒުވާނުންގެ އުންމީދުތަކުން ފުރާފުރިހަމަވެނިމިފައި ތިމަނިކުފާނު ތިޔަވިދާޅުވާ އިންޑިޔާއަކީ މިތަނައްތަރައްގީގެކަމެއްކޮށްދެވޭނެ އަދިކޮށްދޭނެބައެއްނޫން ރައްޔިތުންނައް ކަމެއްކޮށްދޭންބޭނުންނަމަ ކަންކުރެވޭވަރުގެބަޔަކާ ވެރިކަންހަވާލުކޮށްފަ އެއްފަރާތްވާންވީ

  25. ޙާލަތު

    ކެނެރީ ލާދީނީ ގަންޖާ އޭ ގޮވިއްޔާ ޤަބޫލުކުރަން ފަސޭހަވާނެ މާބޮޑަށްވެސް.... މި ސަރުކާރަށް ހޮޅި ނޫން އެހެން ޙައްލެއް ދެއްކިފަ އޮތްނަމަ ތާހިރު ތިޔަ ކެނެރީ ލާދީނީ ގަންޖާ އެހެން މީހުނަށް ހޮޅިއޭ ގޮވަން.

  26. ޙޮރަ

    މޭސްތިރި އަކީ ޝިފާ މުޅި މާލެ ހަލާކު ކޮށްލައިފި

    2
    1
  27. ވަހީދު

    އަނަސް އަކީ މުޢިއްޒާއި އަޅާ ބަލާއިރު ޅަ ކުއްޖެއް. އިހުސާން ފިހާރަ ހިންގޭތީ ރެއާއި ދުވާލު މަސައްކަތް އެކުރަނީ. ހަޤީޤަތުގައި މާލޭގެ ކަންކަން ހަމަ ޖެއްސުމަށް އަނަސް އަކަށް ވަގުތެއް ވެސް ނުވާނެ.

  28. ރަދީފް

    ހޮޅި ނަޝީދު!