މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


22:08

ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހިގެން އީރާނުން އަނެއްކާވެސް އިތުރު ހަތަރު މީހަކު މަރުވެއްޖެ ކަމަށް އީރާންގެ ހެލްތު މިނިސްޓްރީން އިއުލާން ކުރުމަށް ފަހު އެއީ އޮޅިގެން ދެވުނު މައުލޫމާތެއް ކަމަށް ބުނެފިއެވެ.

22:01

ބައެއް ގައުމުތަކުން އިތުރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ތިރީގައި އެވަނީ އިތުރަށް ބަލި ޖެހުނު މީހުން ފެނުނު ގައުމުތަކާއި އަދަދުތައް.

ޖަޕާން - 18 މީހުން
ޔޫއޭއީ - 02 މީހުން
ސިންގަޕޫރު - 03 މީހުން
ހޮންކޮންގް - 01

20:33

19:54

17:05

16:22

އީރާނުން އިތުރު 10މީހަކު ކޮވިޑް-19 ޖެހިއްޖެ. މީގެ ތެރެއިން މި ބަލި ހުރި އަށް މީހަކު ފެނިފައި ވަނީ، ކޫމް އިން. އަނެއް ދެ މީހުން ފެނިފައި ވަނީ ތެހެރާން އިން.

16:21

14:55

14:16

14:07

14:03

13:32

ދެކުނު ކޮރެއާ އިން އިތުރު 87 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން 229 މީހުން ޕޮޒިޓިވްވެފައިވޭ. އެހެންކަމުން އެ ގައުމުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 433 އަށް އަރާފައި.

13:28

12:42

12:34

12:09

12:02

11:43

ޖަޕާނުގައި ބަނދަރުކޮށްފައި އޮތް ކްރޫސް ޝިޕުން އޮސްޓްރޭލިއާގެ 6 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުން ބުނެފި.

11:41

11:41

10:28

ޖަޕާނުންވެސް އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

10:27

އިރާނަށް ދަތުރުކުރި ކެނެޑާގެ އަންހެނަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

10:26

ޓައިވާނުން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

10:25

ސައުތްކޮރެއާ އިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

08:25

08:24

ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު މިހާރު ވެސް 12071 މީހަކުގެ ހާލު ސީރިއަސް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 70000 ފަހަނައަޅައި ގޮސްފައި ވާއިރު މިހާރު ވެސް 56104 މީހަކު ބައްޔަށް ފަރުވާ ކުރަމުން އެބަގެންދެއެވެ. 18909 މީހަކު ބަލިން ރަނގަޅު ވެއްޖެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 2250 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މަދުވަމުންދަކަމަށް ޗައިނާ އިން މިދިޔަ ހަފްތާގައި އިއުލާން ކުރި ތަފާސް ހިސާބުތަކުން ދައްކަން ފެށުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެމުން ދިޔަ ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ މަންޒަރު ބަދަލުވާން ފަށާފައެވެ.

ދެކުނު ކޮރެއާ އިން އިއްޔެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި އަދި މިއަދު އީރާނާއި ލުބުނާނުން ކޮވިޑް-19 ފެނުމާއި ގުޅިގެން ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ ޚަބަރުތަކާއި އިތުރު ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް ހަމަ

    ކޮވިޑް-19 އަށް ވުރެ ސިޔާސީ ޕޯސްޓް މިހާރު މި ބުލޮގް އިން ގިނައިން މިފެންނަނީ؟ މީ ތެކްނިކަލް މައްސަލައެއްތޯ ނުވަތަ ވޯޓްލުން ގާތްވާތީ ވާންފެށިކަމެއްތޯ ސުވާލު އެބަ އުފެދޭ މިހާރު!