ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) ޖެހިގެން ޗައިނާއިން އިތުރު 109 މީހަކު މަރުވެއްޖެއެވެ.

މިއާއެކު ޗައިނާއިން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2350 އަށް އަރާފައެވެ. އަދި ވައިރަސް އަށް ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 76،288 އަށް އަރާފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ވައިރަސް ފެތުރެން ފެށިފަހުން މިހައިތަނަށް ލައްކަ އަކާއި ގާތްކުރާ އަދަދަކަށް މީހުން ވައިރަސް އަށް ވަނީ ޕަޮސިޓިވް ވެފައެވެ. އަދި ކޮންމެ ދުވަހަކުވެސް ވައިރަސްގެ ޝިކާރަ އަކަށްވެ މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ހުކުރު ދުވަހު އެކަނިވެސް ޗައިނާ އިން ކޮވިޑް 19 ޖެހުނު 397 މީހުން ވަނީ ފެނިފައެވެ.

އެއާއި އެކު ޗައިނާގައި ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 2345 އަށް ވަނީ އަރާފައެވެ.
ޗައިނާ އިން ވަނީ ކޮވިޑް 19 ޖެހުނު މީހުން ގުނުމުގައި ކުިން ގެންގުޅުނު އުސޫލަށް ބަަލުތަކެއް ގެނެސްފައެވެ. އެއާއި އެކު ޗައިނާއިން މި ބަލި ފެނުނު މީހުންގެ އަދަދުތަކާއި މެދު ނިއުސް އެޖޭސީތަކުން ގެންގުޅެ އަދަދުތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައެވެ.

ޗައިނާގެ ހުބޭ ޕްރޮވިންސްގައި ވެސް ބުރާސްފަތި ދުވަހު ކޮވިޑް 19 ޖެހުނު 411 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާގެ ހޫބޭގައި މިހާރުވެސް 42،000 އަށް ވުރެ ގިނަ މީހުން އެނދުމަތިކޮށްފައި ތިބި އިރު ބއޭގެ ތެރއއިން 2018 މީހުން ތިބީ ނާޒުކު ހާލަތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗައިނާގައި މި ބަލި ޖެހޭ މީހުންގެ 2 އިންސައްތަ އަށް ވުރެ ގިނަ މީހުން މަރުވަމުން ދާއިރު ފާއިތުވި ދުވަސްތަކުގައި މި ބަލި ކޮންޓްރޯލް ކުރެވުނު މިން ވަރަށް ބޮޑުތަނުން މައްޗަށް ޖެހުނެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އަނެއްކާވެސް ބަލި ފެނުނު މިންވަރު މިވަނީ އިތުރުވެފައެވެ.

ޗައިނާ އޮފިޝަލުން ބުނާ ގޮތުން 6 ޑޮކްޓަރުން މަރުވެ، 3000އަށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިންނަށް ވަނީ ކޮވިޑް 19 ޖެހިފައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 11000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.