ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ވައިގަދަ ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރުނީ މިއަދު 10:30 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. ރާއްޖެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންއެވެ. ބައެއް ރަށްތަކުގައި ރެއިން ފެށި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ރަށުތެރޭ ފެންބޮޑުވެފައެވެ.

ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު