އައްޑޫގެ މޭޔަރުކަން ލިބިވަޑައިގަންނަވައިފި ނަމަ، މޭޔަރު ކަމާއި ހަވާލުވާތާ 100 ދުވަސް ތެރޭގައި، ފޭދޫގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިއްކާފައިވާ ބިމުން، ފޭދޫގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ޕީޕީއެމް ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ލަތީފް އިތުރަށް ވިދާޅުވީ އައްޑޫގެ ތަރައްޤީ އަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ސިޔާސީ ފިތުނަ ފަސާދަ ފެތުރުން ކަމަށެވެ. ރައްޔިތުން އެދޭ ތަރައްޤީ ލިބޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ހަރުދަނާ ޚިދުމަތްތެރިންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީގެ ކަންކަން ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސިސްޓެމެޓިކްކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ކުރަން މަޤާމަށް ވަޑައިގަންނަަވައިފި ނަމަ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިވިލް އޭވިއޭޝަން ދާއިރާ އައި ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ލަތީފް އައްދޫސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ އިގްތިސާދު ހިންގާގޮތަށް ލޯހުޅުވިފައިވާ، ސިޔާސީ ފިކުރަށް ގޮސް ހުސްވެފައި ނެތް މީހަކަށް ކަމަށް ޤަބޫލު ކުރެވޭތީ، ލިބިފަިއ ހުރި ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ހިތަދޫ އަށް އުފަން މުހައްމަދު ލަތީފަކީ ވިޔަފާރީގެ ދާއިރާއިން މާސްޓާސް އައި ފައިނޭންސް އެންޑް އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ވިޔަފާރީގެ ދާއިރާ އިން 23 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފައިވާ ލަތީފަކީ، ސިވިލް އޭވިއޭޝަން ދާއިރާގައިވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިވިލް އޭވިއޭޝަން ދާއިރާ އާއި ވިޔަފާރީގެ ދާއިރާގައި މަތީމަޤާމްތައް ފުރުއްވުމުގެ އިތުރުން، ސިޔާސީ ދާއިރާގެ ހަރަކާތްތައް ވެސް ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ ވަރަށް ގާތުން ތަޖުރިބާކުރައްވާފައެވެ.

ފެށުނީއްސުރެ ޕީޕީއެމްގައި ޚިދުމަތް ކުރައްވަމުން އައި ލަތީފް އަކީ ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީގެ މެމްބަރެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލުއިސް

    ލަތީބެ ހަމަ ފައްކާ، އެކަމަކު ލަތީބެއަކީވެސް ވަކި ފިކުރެއްގައި ޖެހި ގަރަބުވެފައިވާ މީހެއް. އެހެންނޫންނަމަހީ ތައު ތިބެނީ ކޮންމެ ސިޔާސީފިކުރަކަށްވެސް އޯކޭއޭދީ.

    12
    5
  2. ޢުސްތާޒް

    ލަތީބެ އަށް ތިކަންވާނީ، ވޮލީބޯޅަ އެސޯސިއޭޝަނަށް ބަލާލީމަވެސް އެގޭނެ އަދި މޯލްޑިވިޔަން ގެ ކަންކަމަށް ބަލާލީމަވެސް އެގޭނެ. ތީވާ ބޭކަލެއް.

    14
    2
  3. އަހުމަދު ނަޢީމް

    ލަތީފު އަކީ އަޅުގަޑު ޤަބޫލު ކުރާގޮތުގައި ޤައުމު ދެކެ ލޯބިވާ، އައްޑުއަށް ނިސަބަތްވި، ރަގަޅު ދިވެހި ޒުވާން ދަރިއެއްކަން ފާހަގަ ކުރަން! ވަޢުދު ހިފަހަޢްޓަން ވަރަށް ސަމާލުވާ އިތުބާރު ކުރެވޭ ޝަޚުސިއްޔަތެއް!

    23
    5
  4. ސައްދާމް

    ލަތީބެ އަށް ތިކަންވާނީ ސިޔާސީ މާބޮޑަށް ނުކުރޭ. ބޭނުމީ ތަރަށްގީ، ހަމައެކަނި ރައީސް ޔާމިންގެ ވެރިކަމުން އެކަން ފެންނާން އޮތީ.

    22
    3
  5. Anonymous

    ލަޠީފު އަކީ މިގައުމުދުށް އެއްމެ ބޮޑަށް ރައްޔިތުންނަށް ފައިދާލިބޭނެ މަގުފަހިކޮށްދިނުމަށް އިސްކަންދީގެ ވެރިކަންކުރިެއްވި ސުޕަރ ތަރައްގީގެބާނީ ރައީސު ޔާމީނުއަރިއަހުން ދަރިވަރުވެފައިވާ ބޭފުޅެއް، ވަޢުދުތައް ފުއްދައިދިނިމުގާވެސް ރ.ޔާމީނުވެސް ފަދައިން ލޮލަށްފެނި އަތުންހިފޭގޮތައް ތަރައްގީތައް ދައްކާނެކަމަށް ޔަގީންވޭ، ނަމަވެސް ހިތާމައަކީ މިހާރު އީސީގައި ތިބި ޢައްދާރު މެމްބަރުން ޚާއްސަކޮށް އީސީ ޝަރީފުއާއި ފުވާދުތައުފީގު ތިއްބާ ސައްޙަވޯޓެއް ނެގޭނެކަމަށް ގަބޫލު ނުކުރެވޭތީ!!ބޮޑު ކިއުލައިނެއްގައި ގަދައަވީގައި ދާހިއްލާ ބަނޑުހައިހޫނުގައި އެތްއްއިރެއްވަންންދެން ކޮއްޅަށްތިބެގެން ވަރުބަލިވެގެންތިބެ ވޯޓެއްލަނީ އެމީހަކު ބޭނުންމީގަކު ހޮވުމުގެ ބޭނުންވާ ބޮޑުކަމުން، އެހެންނަމަވެސް ނަތީޖާ ނެރެދޭ މީހުންގެ ތެދުވެރިކަމެއްނެތްކަން ޔަގީންވާ ބޮޑުކަމުންނާއި ފާއިތުވެދިޔަ ދެއިންތިޚާބުތަކުގެ ކަންހިންގާފައިވާ ބޭއިންސާފު ޖަރީމާތައް ތަޖުރިބާއަށްބަލާފައި މިލޯކަލް އިންތިޚާބަށް ވޯޓްލާންދާންވެސް މިތިބީ މާޔޫސްވެފައި

    19
    3
  6. ދޮންސޮޮރު

    ވޯޓްހުރީ ހިތަދޫގަ ފޭދޫމީހުން ކިތަންމެ ވޯޓެއް ދިނަސް ނޯ ޗާނސް!

    4
    16
  7. އަފީ

    އައްޑޫ ރައްޔިތުން ވޯޓް ދިނުމުގައި ޕާޓީ ފިކުރަށްވުރެ ބޮޑަށް ބަލަންވީ އައްޑުއަށް ތަރައްގީ ގެނައުމަށް ކިޔަވައިގެން ހުރި ވިޔަފާރީގޮތުން އައްޑު ތަނަވަސް ފަސްގަނޑަކަށް ހެދޭނެ ވަރުގެ ތަނަވަސް ސިކުޑިއެއް ހުރި މީހަކަށް! ހަމަގައިމުވެސް މިކަމަށް އެންމެ ކޮލިޓީ މީހަކީ ޕޕމ ޓިކެޓް ގައި ވާދަކުރާ މުހައްމަދު ލަތީފް ކަން ޔަގީން.

    22
    3
  8. ޜުކުނު

    ޙާރު ކަލޭގެ ވޯޓެއް އަމްދަ ކުން ބޭނުމެއްވެސްނޫން، އިންޝާﷲ ހެންސަމް ލަތީފް އިންތިހާބު ކާމިޔާބު ކުރާނެ.

    18
    4
  9. އައްޑޫސިޓީ

    ކަލޭނުދޭތި މަގޭވޯޓް އަދި ސިޓީއިން ގިނަވޯޓް ދޯގެން ހޮވާނީ ލަތީ.

  10. ނަފާ

    ވޯޓުލިބޭނެ.

    12
    3
  11. ޝޭޚްރުޝްދީ

    ތި ގޯތި ގެދޮރުގެ ވާހަކަޔަކީ ދެން އެންމެންވެސް ވިންކުރަން ދައްކާވާހަކައެއް . ބޮޑުގުޅަ

    2
    8
  12. ލިއުށާ

    އޭނައަކަށް ނުވާނެ މޭޔަރު ކަން ކަހަލަ ބޮޑު މަސައްކަތެއް.. އައްޑޫ އެއާޕޯޓު ވެސް ނުހިންގުނު އޭނަ އަކަށް.. ވޮލީ ބޯޅަ އެސޯސިއޭޝަން ވެސް ނުހިންގުނު... ގައުމީ ފުޓުބޯޅަ ޓިމްގެ ކަންތައްވެސް ރަނގަޅަކަށް ނުބެލެހެއްޓުނު... ނުވީ ތާކަށް އަމިއްލަ އާއިލާއަށް ވެސް ހެވެއް ފަސޭހައެއްނެތް މީނަގެ ފަރާތަކުންނެއް... ދެން ކިހިނެއް މޭޔަރުކަން ކުރެވޭނީ؟؟އައްޑޫ ރައްޔިތުން އިނދަޖޭހޭނީ މީނައަށް މޭޔަރުކަން ދީފިއްޔާ

    4
    13
  13. ވަޢުދު

    އަމިއްލަ މިލްކެއްތޯ ފޭދުއަކީ ތިހާޔަޤީން ކަމެއްތިދިނީ ދެން ކޮންކަމެއްތޯ ތިވަޢުދު ތައްއަޑުއަހައަހާ ދެކަން ފަތްބައްވެއްޖެ މިހާރު ކޮންމެ އެއްޗެއް ދިނަސް މިފަހަރު ބުނެވޭނީ މޑޕ
    އަށް ސޮރީއޭ

  14. ޙަންނާނު

    ޢައްޑޫ އެއާޕޯޓްގެކަންކަން ލަތީފްކުރިގޮތް ވަރައްކައިރިންފެނުނު މީހެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ ކުރުމުއްދަތެއްގެތެރޭ ގަންއެއާޕޯޓް ކަންކަންބަދަލުކޮއް އެއާޕޯޓް ވެލާނާއެއާޕޯޓްއެކޭ އެއްގޮތައް އައްޑޫ އެއާޕޯޓެކަންކަން ރަންގަޅުކޮއް ތަރައްގީގެނެއުމައް ޕްލޭންއެއް އެކުލަވާލާމަސަތްކަތްތަކެއްކުރިކަން ފާހަގަކުރެވޭ

    4
    1
  15. ޛޫނބެ

    މިހާރު 100 ދުވަސް ގުނާކަޢް ނޭގެ

  16. އެމަންޖެ

    ކަލެޔައް ކިހިނެއް އެތަނުން ގޯތި ދެވެނީ އެއީ ކަލޭގެ ހަރުމުދާތަ...މި ސަރުކާރުވެސް ވެރިކަމަށް އެރީ ތިޔަކަހަލަ އަންގަތަޅާފަ ވާކަމެއް ހަރަމުން ހަރާމް.

    2
    2