ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އާއިލާއާ ބޮޑު އަރާރުން ގަނޑެއް ސޯޝަލް މީޑިއާގައި ހިނގައިފިއެވެ.

ދުވަސްތަކެއް ވަންދެން މި ޒާތުގެ ޓްވީޓެއް ނުކުރައްވާ ހުންނެވުމަށްފަހު ދުންޔާ ކުރެއްވި ޓްވީޓުން ފެންނަނީ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. ޓްވީޓްގައި ވިދާޅުވީ ކޮންމެ ރައީސްއަކުން ވެސް އަނެއް ރައީސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާ ކަމަށެވެ. މިއީ ހުއްޓުމެއް ނެތް ކަމެއް ކަމަށެވެ.

މިކަމާ އެންމެ ފުރަތަމަ ދުންޔާ އަށް ރައްދު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ ފަޒީ އަހުމަދެވެ. ރައީސް ނަޝީދާވެސް ދެބެންގެ ދެދަރި ފަޒީ ދުންޔާގެ ޓްވީޓަށް ޖަވާބު ދެއްވާ ވިދާޅުވީ ހުރިހާ ރައީސުން ދުންޔާގެ ޓްވީޓަށް ނުގެނެވޭނެ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއްވެސް ރައީސަކު ޖަލަށް ލާފައި ނުވާ ކަމަށާއި ހުދު ރައީސް މައުމޫންގެ ވެރިކަމުގައިވެސް އެއްވެސް ރައީސެއް ޖަލަށް ލާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީގެ އެ ވާހަކައަށް ރައްދު ދެއްވާ ދުންޔާ ވިދާޅުވީ ރައީސް ނަޝީދު، ރައީސް މައުމޫނަށް ޓޯޗާކުރެއްވި ކަމަށެވެ. ފުލުހަށް ވެސް ގެންދެވި ކަމަށެވެ. އަދި ދުންޔާ ވަނީ އެކަން ހަނދާން ނެތުނީތޯ ސުވާލު ކުރައްވާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެވެސް އަނބިކަނބަލުން ނަޒީ ދޫ ނުދެއްވާ ދުންޔާއަށް ރައްދު ދެއްވިއެވެ. ވިދާޅުވީ އެކަން ހަނދާން ނުނެތޭ ކަމަށެވެ. ނަމަވެސް ކޮމިޝަންތަކާއި ޖަލުތަކަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

ދުންޔާގެ ޓްވީޓަށް އިތުރަށް ރައްދު ދެއްވީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދެވެ. ރުޅިއައިސް ހުރެ މީރާ ކުރެއްވި ޓްވީޓުގައި ވަނީ ރައީސް މައުމޫނަކީ ޖަލުގައި އެތައް ބަޔަކަށް އެތައް އަނިޔާތަކެއް ދިން ބޭފުޅެއްކަން ވިދާޅުވެފައެވެ. ނަމަވެސް އެ އަނިޔާތައް ކުރިއޭ ކިޔާފައި ރައީސް މައުމޫނު ޖަލަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޒުވާބު ހޫނުވެ، ދަރިކަނބަލުންގެ ޓްވީޓުތައް ފެނި ބައްޕާފުޅު އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތެވެ. ރައީސް ނަޝީދު ވިދާޅުވީ އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ ރައީސް މައުމޫންގެ އާއިލާއިން ދެއްކުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ވަނީ މުޅި ޖީލަކަށް އެއްކޮށް އަނިޔާ ދީފައި ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެ ބޭފުޅުން އަނގަ މަޑުންލައިގެން ތިއްބެވުން ކަމަށެވެ. އަދި އެމަނިކުފާނުގެ [ރައީސް ނަޝީދުގެ] ދަރިން ރުޅި ނޭރުވުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދަކީ ރާއްޖޭގައި މީގެކުރިން އެންމެ ވަރުގަދަ އަދި އެންމެ ދެކޮޅުވެރި ސިޔާސީ ލީޑަރުންނެވެ. މި ދެބޭފުޅުން އެއްގަލަކަށް އެރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކެނެރީ

    އެއްގަލަކަށް ތިޔަ ދެމީހުން ނާރާ. ތިޔަދެމީހުން އެއްބައިވީ އެނޫންގޮތެއް ނެތިގެން ޔާމީނާ ދެކޮޅަށް. އެއީ ދިވެހިރާއްޖޭގެ ސިޔާސީ ހަގީގަތް. އަބަދުވެސް ބަޔަކު އެއްބައިވަނީ އެހެންމީހަކާ ދެކޮޅަށް.

    20
  2. ދަލޭކާ ދިޔެ

    އަހަރެމެނަށް ހެޔޮ އައްނިގެ ދަރިން ރުޅިއައިގެން ރޯވިޔަސް. ޢައްނި އަކީ މިގައުމައް ހުރި ބޮޑު ވަބާއެއް..?

    202
    9
  3. Anonymous

    ދުންޏާ ނިކަން ޠާހިރު ވެއްޖެއެނޫން

    67
    18
  4. ހިމޭން

    ދުންޏާ މާ ހަނދާންބަލި މަޢުމޫނު އަނިޔާދިނީ ހަމަ އެކަނި ނަޝީދަކަށް ނޫން.. އަނިޔާއަކީ ހަމައެކަނި ޖަލަށް ލުމެއް ވެސް ނޫން.. އެއްލޭ ހިމގާ ކޮއްކޯފުޅަށް މަޢުމޫނު ކުރި އަނިޔާއަށް ކެތްނުވެގެން އިތުރު ގޮތެއް މެތީމަ ޖަލަށް ގެންގޮސްލީ ޤާނޫނީ އިމުގެ ތެރެއިން.. ރައީސް ޔާމީނުގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމަށް ކުޅުނު ގޭސްގަނޑުގޭ މޭސްތިރި ސީދާ މަޢުމޫނު އެމްޑީޕީއަކަށް އެކަމެއް ނުވާނެ.. ހުރިހާ ކަމަކަށަ ކެތްކުރި އެކަމު މަޢުމޫނުގެ އަނިޔާއެހިސާބަށް ދިޔައީމަ ރައީސް ޔާމީނުގެ ކެތްތެރިކަން ކޮޅުންލީ.. ނަޝީދަކަސް އެބުނަނީ ތެދެއް މަޢުމޫނު ދަރިން އަނިޔާގެ ވާހަކަ ނުދައްކާ ހިމޭނުންތިބުން ރަނގަޅީ

    79
    10
  5. އަފީ

    މިގައުމުގެ ރައްޔިތުންނަށް އެންމެ އަނިޔާވެރިވި 3 ރައީސުންނަކީ
    1. ކެނެރީގޭ ނަސީދު
    2. އިބުރާހިމް މުހައްމަދު ސޯލިހު
    3. މައުމޫން އަބްދުލް ގައްޔޫމް

    156
    11
    • އަޙުމަދު

      ތިބޭފުޅާވެސް އެއްޗެކޭބުނެލީދޯ؟

  6. އިބްރަތް

    އަލްހަމްދު ﷲ އެބަރަނގަޅުވެ މަކަރާ ހީލަތުން ގައުމުގެ ވެރިކަން ފޭރިގަނެގެން މިހާރު އެތެޅެނި ގާސިމް. މައުމުނު އިމްރާނު ބޭރުކުރަން ވެގެން ސޯލިހް އަޑީގަ ހުރެގެން ނަސީދު ލައްވާ ހަޖާނު ހަދުވާފަ ސޯލިހު މީހުންކުރިމައްޗަށް ނިކުމެ ކޯލިޝަނެ ނުރޫޅޭނެޔޭ މިކިޔަނީ ލޯކަލް ކައުންސިލް އިނތިހާބް ނިމެންދެން ބަލަންތިބެ އިންތިހާބް ނިމުމާ އެކު ވަރިކުރާނެ ދޮންބިލަތް އެއޮތީ ބުނެފަ މޫނު އަަޅާނެ ވާހަކަ މީ ވަރަށް ވާހަކަ

    76
    5
  7. ދިވެހިސޮރު

    އެބަ ރަނގަޅުވޭ ..މަނުދެކެން 30އަހަރު ގެ ސިޔާސީ މޮޔައެއް ރައީސް މައުމޫން ނޫނީ...ކީޢްވެ ނަޝީދު އުނގަށް ވެއްޓި ވަޑައިގަތީމަ

    116
    5
  8. ނަތީޖާ

    ކެނެރީގޭ ނަޝީދު ކިތައް ފަހަރުތޯ ބުނީ ރައީސް މައުމޫން ޖަލަށް ލާނަމޭ. ކިތައް ކޮމިޓީތޯ ހެދީ ޖަލަށް ލުމަށް. ރައީސް މައުމޫން ވެރިކަން ކުރެއްވީ މިހާރު މިއޮތް ގާނޫނު އަސާސީއަށްވުރެ ބާރުގަދަ ގާނޫނުއަސާސީއަކުން ކަމަށްވާތީ ގާނޫނީ ހަމަތަކުން ޖަލަށްލާނެ ފުރުޞަތު ނުލިބުނީ. މީ ހަގީގަތަކީ. ކިތަންމެ ބާރަށް މިހާރު ޓްވިޓް ކުރިޔަސް ރާއްޖޭގައި ނުކުތް ނޫސްތަކުގައި މިހަގީގަތްތައް ލިޔެފައި ފެންނަން އެހެރީ. ދެއްކި ވާހަކަތަކުގެ ރެކޯޑިންގތައް އާކައިވްގައި އެހުރީ.

    18
    1
  9. ބަބުރު

    އެކި ކުލަ ނަގައިގެން ކުލަ ޖައްސާށެވެ. ވަކި ކުލައެއް ޖެހިގެން ދޭތެރެ ނުޖައްސާށެވެ. ވަރަށް ވާހަކަ.

    13
  10. ޢަލީ127

    ބުއްޅަބެއްޔާ އާއި ކެނެރީ އާއިލާ އިންވަނީ މުޅި ޤައުމު ހަލާކުކޮށްލާފައި...

    22
    2
  11. ހޫދު

    އާމުގޮތެއްގަ ބަލާއިރު ތިރީސް އަހަރުގަ ކަންތަދިމާވެފަ ތިބީއެމީހުންގެ ވެސްސަބަބެއް އޮވެގެން މިއީހަގީ ގަތަކީ..ނިކަންބަލާ އިރާގު ރައްޔަތުން ވެސްއާހިރުގަބުނީ ހަމައެހެން ...މިއީވަކިކޮޅަކަ ބުރަވެގެން ބުނިވާހަކައެއްނޫން... އަދިސަޕޯޓުކުރަނީއެްއެއްވެސް ނޫން...

    10
  12. ހުސެން

    ތަޅައިގަނޭ ،ގަދަ ވާ ބަޔަކު ގަދަވީ އެ ނިމުނީ.

    15
  13. ޖިންނި

    އަންނި އާއި އޭންގެ ޢާއިލާ މި އިސްލާމީ ރާއްޖޭގަ ނުހުރުއްޕާން ކުރަން ނުހުރެ ސެކިއުލަރ އިނގިރޭސި ވިލާތަށް ގޮސް ފުފިބަލަ ، މުސީބާތެއް މީ މި ރާއްޖެއަށް ޖެހިފަހުރި

    20
  14. އެމްއެމްއައި

    ކެނެރީ ބުއްޅަބެ ކަލޭގެ ދަރިން ރުޅި އައިސް ފުފި ދުނިޔޭން މޮޔަވިޔަސް އަވާރާ ވިޔަސް ދީވާނާ ވިޔަސް އަހަރުމެންނަށް ކަހެރުވަކެއްގެ ބޭރު ތޮށިގަނޑޭވެސް ހިތަކަށް ނާރާނެ. ކަލެޔަކކީ އަހަރުމެންގެ މައްޗަށް ފާކުރައްވާފައިވާ ދުނިޔެ މަތީގެ އަޒާބެއް.

    16
  15. ހުސޭނުބޭ

    ވީމާ ފަޒީ އަޙުމަދަކީ ހަމަ ފައްކާ ދޮޅުރޯނާއެއް! މައުމޫނު ވެރިކަމުގައި ޖަލަށްލާން ހުރީ ނާސިރު! ހުރީ އަތުޖެހޭ ހިސާބަށްވުރެ ދުރުގައި! އަތުޖެހުނުނަމަ ނޮޅައިލީސް! ދެން ބުއްޅަބޭގެ ވެރިކަމުގައި ހުރީ މައުމޫނު! އޭރު ޑީއާރުޕީ ވަރަށް ވަރުގަދަ! ޖަލަށްލާން ވަރަށް ގިނަ މަންތަރު ހެދި! 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއޭ ކިޔައިގެންވެސް ވަރަށް ތެޅުނު! ވީކަމެއްނެތް! އޭރު އެކަން ވާކަށް ނެތް! މިހާެު ނަޝީދު ބޭނުމިއްޔާ މައުމޫނު ޖަލަށްލުމަކީ ދާދި ފަސޭހަކަމެއް! އެހެންވެ މައުމޫނުވެސް ނަޝީދު ކުރިމަތީގައި ކުޑަކުޑަވެގެން ކުޑަކަކޫޖަހައިގެން އެ އިންނަނީ!

    15
  16. ކުޑަސިއްތި

    3 ނޮވެމްބަރ1978 ގައި 19ދިވެހިން ޝަހީދު ކުރީ ސިއް ކަ އިސްވެހުރެ ކޮންސަބަބަ ކާ ހުރެތޯ ؟ އެހިސާބުން ރ.މައުމޫނަށް ރައީސެއްގެ ހައިސިއްޔަތުން މަޖުބޫރު . ބޮޑުހުޅު މައްސަލާގަވެސް ތިއަންނި އަދުބުދޭންޖެހޭ . ° މިޤައުމުގަ އަންނިއަށްވުރެ ކުރިންދުނިޔެއަށް އައިސްގެން އަޅުގަޑުމެންވެސް އެބައުޅެމު ދުވަހަ ކުވެސް އެއްވެސް ރައީސަ ކު އަނިޔާއެއް ނު ކުރޭ

    13
  17. ބޯކިބާ

    މާލޭގެ ދެގަބީލާއެއްގެ މެދުގަ ޒުވާބެއް ހިނގިއޭކިޔާފަ މަހަށްނުގޮސް އެކަމަކާއިގެން އަހަރެމެން އުޅުނު ޒަމާން ފާއިތުވެ ހިނގައްޖެ، އަހަރެމެނަށް ހެޔޮ ކަލޭމެން އެއްބަޔަކު އަނެއް ބަޔަކަށް ކޮންމެ ސަކަރާތެއް ޖެހިއަސް.

    14
  18. ޖަމީލުބެ

    އަންނިގެ ވެރިކަން ވެއްޓުނީ މައުމޫނު ޖަލަށްލާން މަގު ކޮށަނިކޮށް.

    13
  19. ތާކް

    ހުރިހާ ދާއިރާތަކުން ހުރިހާ މުއައްސަސާ އަކުން ބެލިޔަސް މި ފެށިގެން އުޅެނީ ސިއްރު އަދި ފާޅުގަ އަނިޔާ އެކި މީހުންނަށް ސީދާކޮށް އަދި ނުސީދާކޮށް ދޭ ސރު ކާރެއް

    14
  20. ބޮއި ކެކޭ

    އެބަ ރަނގަޅުވޭ މިހާރު ތިތިބީ އަމިއްލަ ބޮން އަމިއްލަ އަތަށް ގޮވާފަ.....

    13
  21. ޚަރާބު no

    މައުމޫނޭ ކިޔައިގެން ވާހަކަ ދެއްކޭވަރުގެ ކެނެރީ އެއްނޫޅޭނެ، ތީ އެއްވެސް ބައެއްނޫން

    17
    2
  22. ސަމްޕަތު

    މައުމޫނުގެ އަނިޔާ މުޅި ރާއްޖޭގަ.
    ދުންޔާ ކޮބާލަދު?

    6
    12
  23. ގާހަކަ

    ބަލަކަލޭގެދަރި އެދޭތެރެއައް ކޮންމެހެން ވަންނަންޖެހޭތަ ރުޅިނާރުވާށޯ އަމިއްލައައް ވަނީމަދޯ ރުޅިއެރުވީ

    20
    1
  24. ރޭސް

    ދެބޯގެރީގެ ރޭސް ކާކުބާ މޮޅުވާނީ

  25. ޔުމްނާ

    މިހާރުދެން ލާދީނީ ވާހަކަ މާގިމައިން ދައްކަތީ ތާއީދު ކުޑަވީމަ ބޮޑުތާގަ އެ ޖެހުނީ!

  26. Anonymous

    އެއްގަލަކަށް އެރީއެއްނޫން ޙަސަދަ ފިލުވާލަން ކުރިކަމެއް އަންނިގެ ކިބައިން މޮޅުތަކެއް ލިބޭނެކަމަށް އިންތިޚާބަށްފަހު ކޯލިޝަން އުވާލާނެ.

  27. އެމަންޖެ

    ނަޝީދާ އެނަގެ އާއިލާ އަކީވެސް މިގައުމައް ޖެހިފައިވާ ބޮޑު ވަބާއެއް.