ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕީޕިއެމް އަށް ވޯޓުލާ ހުރިހާ ފަރާތްތަކުން، 2 ޖެހުމުގެ ކުރިން ވޯޓުލާ ނިންމަން ޖެހޭ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ދޭއްގެ ކުރިން ޕީޕީއެމްގެ ސަޕޯޓަރުން ވޯޓު ނުލައިފި ކަމަށްވާނަމަ އިލެކްޝަނުން ވޯޓު އޮޅުވާލުމަށް ކަންތައްތަކެއް ކޮށްފާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އިންތިހާބުގައި އޮޅުވާލުމަށް މަސައްކަތްކޮށްފާނެ ކަމަށް ޝައްކު ކުރެވޭ ކަންތައްތަކެއް ފެންނަ ކަމަށާއި ވޯޓު ފޮށިތައް ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވައްކަން ކުރާ މީހުންނާއި ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"ފޮށި އެބަ ޖެހޭ ދެ ފަރާތަކުން ނޫން ހަ ފަރާތުން ބެލޭނެ ވަރަށް އަޅުގަނޑުމެން އެބަ ޖެހޭ މިކަމުގެ އިންތިޒަމްތަކާއި ތައްޔާރީތައްވާން. އަދި ހަމައެހެންމެ އަޅުގަނޑު ވަރަށްް ޚާއްސަ އިލްތިމާސެއް، ޕާޓީގެ ލީޑަރޝިޕް އަދި ސްޓިއަރިން ކޮމިޓީއަށްވެސް އެނގިވަޑައިގަންނަވާނެ، ގޮތްނޭނގޭ ކަންތައްތަކެއް އިންތިޚާބުގެ ތެރޭގައި ހިނގާފާނެ ކަމުގެ ޝައްކުތަކެއް އަޅުގަނޑުމެންނަށް މިހާރު އެ ވަސް އަޅުގަނޑުމެންނަށް އެބަ ދުވާ." ޝުޖާ ވިދާޅުވިއެވެ.

އިލެކްޝަނުން އިންތިހާބު އޮޅުވާލަނީ ކިހިނެއްކަން ޝުޖާއު ހާމަނުކުރެއްވި ނަމަވެސް ޝުޖާއު ވަނީ ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރާކަން ހާމަކުރައްވާފައެވެ.

ޝުޖާއު މިފަދައިން ވިދާޅުވިއިރު، 2018އިގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށާ، އެކަން ކުރީ އީސީގެ މެމްބަރުން ބޮޑެތި އަދަދުތަކުން ރިިޝްވަތު ނަންގަވައިގެން ކަމަށް ޕީޕީއެމްއިން ތުހުމަތު ކުރެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިދާދާ

    ޕީޕީއެމް ކުދިންނަށް ބޮޑަށް އިނގޭނީ ވޯޓު އޮޅުވާލަން ކުރެވޭނެ ކަންކަން، ކާކު އަނގޮޓި މަތިން ހަނދާން ހުރީ ހަހަ

    2
    10
  2. އިންޝާﷲ

    އިންޝާﷲ

    2
    1
  3. އ. ޖ. އ

    ކޮބާ ސަޕޯޓަރުން... އެއީ އާއިލާ ކުދިން ކޮޅު ދޯ ކެނޑިޑޭޓުންގެ