ރޭ ބޭއްވި އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް" ކެމްޕެއިން ޖަލްސާ އަށް މާލެއިން މީހުން ނިކުތް މިންވަރު މަދުވި ކަމުގައިވީނަމަވެސް މާލޭގެ 18 ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެއިން މީހުން ޖަލްސާއަށް ނިކުތް މިންވަރު މަދުވި ކަމުގައިވީނަމަވެސް، އެއީ އެމްޑީޕީ އަށް އިންތިހަބު ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވާނީ ވަރަށް ޔަގީން ކަމާއި އެކު މާލޭގެ 18 ގޮނޑިވެސް ކާމިޔާބު ކުރާނީ އެމްޑީޕީ އިން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އެކިއެކި އިންތިހާބަށް ބަލާއިރު މާލެއިން ވަނީ ބޮޑު ކާމިޔާބީ އެއް ލިބިފައި. އާންމުކޮށް ކައުންސިލް އިންތިހާބުތަކަށް ހުރިހާ މެންބަރުންގެ ވޯޓެއް ނުލިބޭނެ. މިހާތަނަށް އެމްޑީޕީގެ ހުރިހާ އިންތިހާބީއަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް މާލޭއިން ބޮޑު ކާމިޔާބީއަކާއި އެކު 18 ގޮނޑިވެސް ލިބޭނެ ކަމަށް ޔަގީންކަން އެބައޮތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ މާލޭ ރައްޔިތުންގެ ހުވަފެންތައް މި ސަރުކާރުގައިއިވެސް އެމީހުން ހިތްހަމަ ޖެހޭ މިންވަރަކަށް ކާމިޔާބު ވެފައި ނުވާކަން ފާހަގަކޮށްފައެވެ. ނަޝީދު ވިދާޅުވީ، އެއީ ރޭގެ ޖަލްސާގައި މީހުން ބައިވެރިނުވި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމައްސަލަތަކަށްވެސް އަދި އެދެވިގެންވާ ހައްލެއް ލިބިފައި ނުވާކަމަށެވެ.

އެގޮތުން މާލޭގެ އިމާތްރާތްކުރާ ތަންތަނުން ފެންބޭރުކުރުމަށް ހޮޅި އަޅާފައި ހުންނަ ހުރުމާއި، އަސްކެނިތަކުން ހިނގާފައިދާ މީހުން ގަޔަށް ފެން ފޭބުމާއި، މަގުތަކުގެ ފެންހިންދުމަށް ދިމާވާ ދަތިތައް ފަދަ މައްސަލަތައް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކެނޑިޑޭޓުންނާއިވެސް ވާހަކަދައްކައިގެން ރައްޔިތުންގެ ހުރި މައްސަލަތައް ސަރުކާރުން އަޑުއަހައި އެކަންކަން ހައްލުކުރުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފެށުމަށް އެމްޑީޕީގެ ކެމްޕޭން ފަށަން މާލޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެތައް ސަތޭކަ ހުސްގޮނޑިއެއް ހުރުމުން އެކަން ގިނަ ބަޔަކު މީސް މީޑިއާގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޖިނާ

    ދެން ބުނޭ އެމްޑީޕީއަށް ވޯޓުލާ މީހުން މަދުވިޔަސް އިންތިހާބު ކާމިޔާބު ކުރާނަމޭ
    ޖަލްސާއަށް މީހުން ނުދިޔައިމަވެސް އިނގެންވެއްޖެ ދޯ މިހާރު ތަރުހީބެއް ނެތްކަން،

    88
  2. ލައެލާ

    ތިއޮތީ ފެއިލް ވެފަ ދެންވެސް އިސްލާހު ވޭ

    88
  3. ކަޓްމޭން

    ޕްލޭނެއް އެބައޮތް، އުފާވެރި، ތަހުޒީބު ސިޓީއަކަށް މާލެ ބަދަލުވާނެ ކަމަށް އަނަސް ބުނި ނަމަވެސް އަނަސް އަށް އެކަން ނުކުރެވޭނެއޭ މާލެ ސަރަހައްދު ތަރައްގީ ކުރެވޭނީ ގަޓް ހުރި ފިރިހެންވަންތަ މީހުންނަށޭ އެއީ ސީދާ ޖެންޓުލްމެން ސްޓައިލްޑް ޖޮބް އެކޭ އެކަން ކުރެވޭނީ މަމެން ޕިންކީންގެ ގަޓް ރައީސް ގެ ދަށުން މަސައްކަތް ކުރި ގަޓް މުއިއްޒު އަށް ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ތަމެންނަށް ކުރެވޭނީ ރިހާކުރު ކައްކާ ތަނެއް ހެދުމޭ ތަމެން ދެން އުޅޭނީ ކޮމިއުނިކޭޝަން ކަޓޭ އާއި ގުޅިގެން ކަޓް ކާންއޭ އިނގޭތޭ ކަޓްކާ ދޯ ކަޓްކާދޯ ކަޓްކާދޯ...

    62
    1
  4. Anonymous

    ކޮސް ވާހަ ކަ ދައް ކަމުންގޮސް މީނަ މިހިރީ ދެދުނިޔެއިން ގެއްލިފަ.

    73
    2
  5. ޚަބަރުދާރު

    ނަމަނަމަ ވޯޓުން ވައްކަން ނުކުރާތި!

    71
  6. 2023ޔާން

    ކައުންސިލް2020ޔާން

    55
  7. އޮބްޒާވާރ

    ތިކ ކަމުގައި އެއްވެސް ޝައް ކެއްނެތޭ، ރަތްޔިތުން ވޯޓް ނުލިޔަސް ވަގު ވޯޓުން އަދި ވަގަށް ވޯޓް އަޅާގެން އަދި ވޯޓް ގުނުމުގައި އޮޅުވާލައިގެން ނަމަވެސް ކަލޭމެން ތި ކަން ކާމިޔާބު ކުރާނެ، ތިޔައީ ކީ އަހަރެމެނަށް އާ ކަމެއްނޫން، ވޯޓް ލާދުވަހު ފޮށި ކައިރީގައި ތިބޭނީ ހުސް ކަލޭމެންގެ މީހުން، ފޮށި ބަންދު ކުރާއިރު ތިބޭނީ ކަލޭގެ މީހުން، ވޯޓް ފޮށި އެއްތަނުން އަނެއްތަނަށް އުފުލާއިރު ތިބޭނީ ކަލޭމެންގެ މީހުން، ވޯޓް ފޮށި ކަނޑާ އިރު ކައިރީގައި ތިބޭނީ ކަލޭގެ މީހުން، ވޯޓް ގުނާއިރު ކައިރީގައި ތިބޭނީވެސް ކަލޭގެ މީހުން. މިހިނގާ ވެރިކ ކަންވެސް ފޭރި ގަތީ މި ކަހަލަ މަ ކަރާ ހީލަތުން، ތިޔައީ ރޯމާދުވާލު ދިވެހި ފައިސާއިންނާއި ޑޮލަރުން އެއްވެސް ޖެހިލުމެއްނެތި ވައް ކަން ކުރާ މީހުން، ދެން ކުދި ކުދި ކަރުދާސް ކޮޅުތަ ކަ ކުން ވައް ކަން ކުރަން އެއްވެސް ޖެހިލުމެއް ވާނެތަ. ތިޔަ ކުރާ ވައް ކަމަށް އައްސަރިބަހާއި ސާބަސްދެން.

    57
  8. Anonymous

    މީހުން މަދުވިކަން ޤަބޫލް ކުރެވޭ.
    އެކަމަކު ވޯޓުން މޮޅުވޭ ހާހާހާ. ކިހިނެއް. އޮޅުވާލައިގެން ތޯ؟

    69
  9. Anonymous

    ވޯޓަށް މަކަރު ހެދުމުގެ ޕްލޭނެއް މިހާރުއްސުރެވެސް އޮތްކަން

    70
  10. ޖިހާދު

    އަންނި ކަލޭތިބުނާގޮތައް ﷲއިރާދަނުކުރެއްވިއްޔާ ތިގޮތަކައް ނުވާނެ ތިއީހަމަބަލިކަށިއިންސާނެއް ގަދަބަސްނުބުނޭ ﷲގެ އިރާދަފުޅުން އެމްޑީޕީއާއި އެބައިމީހުންގެ ބައިވެރިންބަލިކުރައްވާފާނދޭވެ. އާމީން

    80
  11. Anonymous

    މާތްﷲ އިރާދަފުޅާއި ނިންވަރުފުޅުން އެމްޑިޕީއަށް ނާކާމިޔާބު މިންވަރު ކުރައްވާށި. އެއީ ލާދީނިއްޔަތަށް ގޮވާލާ ބަޔެއް

    88
  12. ޔޫސުފް

    މީހުން ނު ނިކުތަސް ވޯޓު ނުދިނަސް ގޮނޑި ތައް ކާމިޔާބު ކުރާނެ ކަމަށް ބުނާ ނަމަ ކޮންމެހެން ވޯޓު ލުމުގެ ވެސް ބޭނުމެއް ނެތެވެވެ. ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ގޮސް އަނގަޔާ އަތާ ދިމާ ނުވާހިސާބަށް ދާންކައިރިވެފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީ މަކަރުވެރި ގޮތަކަށް ބަދަލު ދިނުމުގެ ޕާޓީގެ ބޮޑުން ނަގައި ވަނީ ހުސްވެފައެވެ. އަދި ލޯނެއް ގެ ގޮތުގައިވެސް ފައިސާ އެއް ދޭނަމަ ޕާޓީގެ އިސްވެރިން ގެ ކުންފުނިތަކަށް ނޫނީ ނިލިބެއެވެ. އަބަދުވެސް އެމްޑީޕީ ގެ އާއްމު މެންބަރުންނަށް ލިބޭނީ ކެޔޮވަށް ކާލާފަ ތޮށި ގަނޑު ކަމާއި، ކުކުޅުބިހުގެ ވެސް ތޮށި ކަމަށް އެ ޕާޓީ ގައި ގިނަދުވަސް ވަންނަދެން ހަރަކާތްތެރި ވެފައިވާ މީހަކު އަޅުނޑު ގާތު ބުންޏެވެ. ނަމަވެސް ވޯޓުލާ ދުވަހު " ދެސުންކައިގެން ބުށިބުދުން " ވެސް ތިބެދާނެތާ އެވެ.

    42
    2
  13. ޑްރެކިޔުލާ

    ރައްޔިތުންނޭ ކިތަންމެވަރަކައް ބެހިޔަސް އެމްޑީޕީއައް ވޯޓްނުދޭތި އެމްޑީޕީއައްވޯޓްދިނުމަކީ ޤައުމުގެ ދެބައިކުޅައެއްބައި އންޑިޔާއަައް ވިކްކާލުންކަން ހަދާންބަހައްޓަވާތި މިހާރުވެސް އެއޮތީ އައްޑޫއިންބޮޑު ބިމެއްދީފަ

    42
  14. ފ

    އަދިވެސް މިކަލޭގެ ގަދަބަސްބުނަނީ ބޮޑުލާދިނީ

    41
  15. ސޯލިހު

    ހުރިހާ ފަހަރަކު ކަލޭ ތިޔަހީކުރާ ގޮތަކަށްވެސް ކަންތަކެއް ނުވާނެ. އިރާދަ ކުރެއްވިއްޔާ މިފަހަރު ކާމިޔާބު ވާނީ ރައީސް ޔާމީނުގެ ޕާރޓީ އަށް. ޢެންމެންގެ ދުޢާ މާތްރަސްކަލާނގެ އިޖާބަ ކުރައްވާށި. އާމީން.

    45
  16. ޕޮސް

    ޖަލްސާއަށް ނުކުތް މީހުންމަދުވިޔަސް މާލޭގެ ހުރިހައި ގޮނޑި އެއް ކާމިޔާބުކުރާނަމޯ އެބުނީކޭކޭތަ އަރެމެން ރައްޔަތުންގެ ވޯޓު މިފަޖަރުވެސް ފޭރިގަންނަ ވާހަކަ ނޫންބާ ކެރަފާ ދެއުޅި އެބުނީ ރައއޔަތުން ނޭ ދައްޖާލު ދުޢާދަސްކުރޭ އަވަހަށް.

    38
  17. Alibe

    މިކަލޭގެ މިހާރު މިހުރީ ދުނިޔެއިން މޮޔަވެފަ.

    39
  18. ބައްސާމު

    އެއީކިހިނެއް! ވޯޓުގަނެގެން ނުވަތަ ނަތީޖާ އޮލުވާލާގެންތަ!

    12
  19. މުދިމު

    ތިޔައީ ލަދުހަޔާތް ހުރި މީހެއްތޯ އަހާލާލަންބޭނުން! މިހިރަ ކިޔޭނުކިޔޭއެއްޗެއް ނޭގޭ މީހާގަޑާ މުއިއްޒު ކަލެޔާ ބެހުނުތަ މުއިއްޒޭ ކިޔައިގެން ހަޅޭފަޅޭތިލަވަނީ! ބަލިވާނެކަން ޔަގީންވެ ޖަލްސާއަށްދިޔަމީހުން މަދުވީމައި ރުޅިބައިލަންވީ މުއިއްޒުއަށްތަ ވާހަކަ ނުދައްކައި މަޑުންހުރޭ

    14
  20. ފިކުރު

    ބާހާވަރަށްހިފާތިއެކަމަކު ނަމަނަމަ ވޯޓު ނުދޭތި ހެޔޮނުވާނެ އާދޭސް ކުރަން އިހަށްނުވި ރައްކަލެއް ފަހަކުން ނުވާނެ މީއީ ފަހުބުރު އެމީހުން ބަހަން ހުންނާނީ ހައްތާވެސް ރައްޔަތުން އެއްޗެހި އެމީހުންގެ ލާރިޔެއް ނުހުންނާނެ ކޮމެމީހަކު ބެހިޔަސް އެއީހަމަ ރައްޔަތުންގެ ލާރިރައް ޔަތުންނަށް ހައްގުވާނެ އެލާދީނީ ބައިގަޑު ކޮންތަނަކުން ހޯދި ލާރިޔެއްތަ އެބައި ގަނޑު މުޅިރާއްޖެ ފަނާކޮށްފަގޮސް ރާއްޖޭ ބޭރުގައި އުޅެފައައިސް ރާއްޖޭގައި ހުރިއްޔާ ހުރިލާރިޔެއް ބަޑުދަށު ލައިގެން އެރީނދޫ ގުންޑާތައް އެލާރިތަކު ގައި ބަގުޑިބައްދައިގެ ންއެތިބީ ކޮންމެ ފަހަކު ވޯޓު އޮޅުވާ ލަންވެގެން ލާރިޔަކީ ހުރިހައި ރައްޔަތުން ގެލާރި ލާރީގައި ހިފިޔަސް ވޯޓުދޭކަށެއް ނުޖެހޭނެ އެއީ ވަކިމީހެއްގެ ލާރިޔެއް ނޫން އެއީ މުޅި ރައްޔަތުންގެ ލާރި ރައްޔަތުންގެ ހައްގެއް އެމްޑީޕީން ބަހާލާރީގައި ހިފިޔަސް އެބައިގަނޑަ ށްވޯޓުނުދޭތި ދީފިނަމަ ފަހުން ދިންމޮޔަ ހީވެ ރޯންޖެހޭނެ ހަމަޔަޤީން

    12
  21. ފައްލަންބޭ

    ހޯހޯ ދެން މާލެ ރައްޔިތުން ގުނބޯއެއް ނުހެއްދޭނެ. ވަރަށް ސަލާމް!!!!

    14
  22. ލޯކޭ

    ދެން ހެވޭ! ތިޔޮތީ ހޮވިފަ!

  23. ޢަލީކޮއި

    ދެން ލިބޭނީ އަނދަގޮޑި

  24. ހުސެން

    ނަގާ ކަލޭ ނަގާ، 2023 ގައި ކަލެޔާއި ތި ޕާޓީ ގެ ތަރި އޮހި ދެނެއް ނާރާނެ

  25. ޔާމިން

    އިލެކުޝަން ކޮ މިޝަން ގަނެލީދޯ. އީސީ ސަރީފޫ އިސްތިއުފާ.

  26. Anonymous

    އިންޝާﷲ ބޮޑު ތަނުން މިފަހަރު ކަލޭމެން ބަލިވާނެ. މަކަރާއި ހީލަތް ނަހަދައިފި ކަމުގައި ވާނަމަ

  27. ހަސަންކޮއި

    އީސީގައިމިހާރުތިބިހަތަރުމާމުލުން
    ތިބެގެންއިންސާފުންއެއްވެސްކަމެއް
    ނުދާނެ

  28. މޮޔަ އަންނި

    ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ރައްވެހިފަތިސް ޖަލްސާއަށް އޮތީކޮރޯނާވައިރަސް ޖެހިފަ..

  29. ސިކަންދަރު

    ބަލަ އިމާރާއް ކުރާތަންތަނުން ހޮޅިއަޅައިގެން މޫދައް ފެން ބޭރުކުރަނީ މިމާލޭގެ ފެންގަނޣު ތަގައްޔަރުކޮއް ލޮނުކުރަން އެއީ ވޯޓާ ސަޕުލައި ފެނއ ވިއްކަން ރާވައިގެން ހިންގާޖަރިއްމާއެއް ސީދާ ސަރުކާރުތަކުން ދެއިމާރައް ކައރި ކައިރީގައި ހުއްޓަސް އެދެބައި މީހުން އެއްލައިނު ބޭނުން ކުރުން މަނާކޮއް ރުފިޔާ ނަގާފައި އަނެއް އިމާރާތުމިހުން ލައްވާވެސް ހޮޅިލައިން އަޅުވަނީ ސިޓީކައުންސިލުން ރުފިޔާ ނަގަން ވެގެން ހުރިހާ ކަމަކައް ފައިސާނަގާ ލާރީގަ ބޫތް ކެއީމަ ވާނެ ގޮއް ތިޔަވަނީ