މާލޭގެ މަގުމަތީގައި އަންހެނަކު އުމުރުން ދުވަސްވީ ފިރިހެނަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ފޭސްބުކާއި ޓުވިޓާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ އަންހެން މީހާ މަގުމަތީގައި ހުރެގެން އުމުރުން ދުވަސްވީ މީހާގެ ލަދުވެތި ގުނަވަނުގައި އަތްލައެެވެ. އަދި އެއަށްފަހު އެމީހާގެ ޖީބުން އެއްޗެއް ނަގާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯގައި އެ ދެ މީހުންގެ މެދުގައި ކުރިން ހިނގާފައިވާ އެއްވެސް ކަމެއް ނުފެނެއެވެ. އަދި ވީޑިއޯ އަކީ ފުދޭވަރަކަށް ދުރުން ނަގާފައިވާ ވީޑިއޯއެއް ކަމުން، އެ ދެމީހުންގެ އަޑެއްވެސް އަރާފައެއް ނުވެއެވެ.

އެކަމަކު ބެލެވޭ ގޮތުގައި އެކަން ހިނގާފައި ވަނީ ދެމީހުންގެ ވެސް ރުހުމުގައި އެފިރިހެން މީހާ އަންހެން މީހާއަށް ފައިސާދޭ ގޮތަށެވެ. މިކަން ހިނގާފައި ވަނީ މަޖީދީ މަގު ސޮނީ ހާޑްވެއާ ކުރިމަތީގައެވެ. ވީޑިއޯ ކުރީ ކައިރި ގެއެއްގައި ހުރި މީހެއް ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދިއެއް ނުލިބެއެވެ.

ކައިވެނީގެ ބޭރުން ބަދު އަހުލާގީ އަމަލު ހިންގުމަކީއިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ނަމަވެސް މިފަދަ ކުއްތަކަށް އަރައިގަންނަ މީހުން ރާއްޖޭގައި ވެސް މިހާރު އިންތިހާއަށް ދަނީ އިތުރުވަމުންނެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުން ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޔާމިން

    އެޖެންޑާ 19 ތަފާތުވާނެ. ރައްވެހި ފަތިހަކަށް އަލިވިލޭއިރު ހުރިކަމެއްވެސް ހިގާނެ އެއީ ލާދީނީ ނަޝީދު އެބުނާ މިނިވަންކަމަކީ.

    257
    33
    • ޏަން

      މައްސަލަ އަކީ އެޖެންޑާ 19 އެއްނޫން... ޢަންނިއެއްވެސް ނޫން.... ޔާމީނެއް ވެސް ނޫން.... މައްސަލައަކީ އަހަރުމެން..... އަހަރުމެންނަށް ލިބިފައޮތް ދީނާ އަދި މިނިވަންކަމުގެ އަގު ވަޒަން ކުރަން ނޭނގުން.... ދިވެހިން ހަމަ ގަމާރީ .....

      79
      2
      • އޭނަ

        ދެން ކަލޭތީ ކޮންތާކު މީހެއްތަ؟

        3
        7
  2. ޙަސަނާ

    އެޖެނޑާ 19 ފަތހިހައްފޮޅެމުންދާ މަންޒަރު ތިފެންނަނީ...

    210
    23
  3. މީހާ

    ދެން މިއެންމެންގެ ހަށިތައް ކަލޭމެން ނުކުމެ ކަނޑައި ހުސްކުރަންވީނު؟ ކޮންފަދ..

    72
    12
  4. ބޯސާ

    ކެމެރާ މަނުން ގިނަކަމުން ރަށްވެހި ފަތިސް ޖެއްސޭކަށްނެތޭ!

    194
    14
    • Anonymous

      🤣🤣🤣

      23
      1
  5. ޓްރާންސްޕޯޓް

    ވެދާނެ ގާސިމު އަދި ނަހުލާ ކަމަށް، ވަރަށް ފަހުން ވެސް ދެކުނިން ޕަބްލިކްގަ ދޮން ދޭ ވީޑިއޯއެއް

    96
    26
  6. ފޫހި

    ދެން ވީޑިއޯ ކޮބާތަ؟؟

    70
    6
  7. މޯހަން

    ހަހަހަ

    32
    5
  8. ޟަނީ

    ޢެ މުސްކުޅި މީހާގެ ކުށެއް ނެތެއްނު ؟ ޢޭނަ ފޮޓޯ ޖެހީމަ ކަޑައެއް ނޫންތަ ؟؟

    49
    17
  9. Anonymous

    އެޖެންޑާ 19 ގައި ހުއްދަ ކަމެއް.

    101
    13
  10. ޣަނީ

    ކަލޭމެން ޖެހޭދޯ ހުރިހާކަމަކާ ބެހި ގަންނަން

    40
    18
  11. މަލާ

    ކަލޯގެޔާ އަލިވިލެނީ ތޯއްޗެއް... 😂😂😂

    89
    4
  12. އޭނަ

    މިއީ މިމުޖުތަމަޢުގެ ފޭރާންވީދިފައިވާމިންވަރު ހާމަވާކަންކަން. މިފަދަ ދަށުދަރަޖައިގެ ޢަމަލުތަށް ހިނގާލެއްގިނަ.

    52
    3
  13. ސޭކްސްތާން

    ތިޔައީކީ މިހާރު އެއްވެސް މައްސަލައެއް ނޫން ފަތިހަށް އިރުއަރާފަ އޮތީ. ލާދީނީ ބައިގަނޑު ތިކަންް ބޮޑުކަމަކަކަށް ނަހަދާނެ.

    53
    6
    • ބޯގޯސް

      fatihakaSq wirewq ނާރާނެ

  14. ބޯގޯސް

    ފިލްމު "ރަށްވެހި ފަތިސް" ގެ މަންޒަރަކަށްވާނީ

    62
    5
  15. ބޯހަލާކު

    އަންހެނަކު ފިރިހެނެއްގެ ގަޔަށް ބޮލައް އަރައިގަތީމަ މިމީހުންނަށް ނުވޭ މައްސަލައަކަށް. އެކަމަކު ފިރިހެނަކަށް އޮޅިގެންވެސް އަންހެނެއްގެ ގައިގަ އަތްލެވިއްޖެޔާ އެދެން ދުނިޔެ ގިޔާމަތްވީ..

    69
    11
  16. އަލިބެއްޔާ

    މިނިވަންކަމަށް އަރައިނުގަނޭ..

    18
    4
  17. ބެލިމިހާ

    ވީޑިއޯގަ ފެނޭ ފިރިހެންމީހާ އަންހެންމީހާގެ އުރަމަތީގައިއަތްލާތަން. ހަބަރުގަ އެވާހަކަނެތީކީއްވެ؟

    36
    1
  18. ބޯހަލާކު

    ކޮއިރަކުތޯ އަންހެނަކު ގަދަކަމުން ފިރިހެނެ އްގެ ނުރުހުމުގައި ގަދަކަމުން ގަޔަށްބޮލަ ށްއެރީ އަނަހެނަކަށް އެގޮތަށް ފިރިހެނެއްގެ ނުރުހުމުގައި ގަޔަށް ބޮލަށްއެރޭނެތޯ ބޯހަލާކު

    19
    9
  19. ކާޅު

    ތި ވާނީ ހަވަރު ތުންފުހިން ކުރި ކަމަކަށް

    18
    1
  20. ހާޜ

    އުމުރުގެ ފަހުބަޔަށް އަޅާފައި ތިބޭ ބައެއް ފިރިހެނުންގެ އަނބިން ، އެމީހުން ބޭނުންހާ މުއްސަނދިކަމުގަ ނޫޅޭވޭތީ، ނުވަތަ އަންހެނުންގެ މުޅި އާއިލާ އެކީ ހައްޖަށް ފޮނުވާވަރުގެ މުއްސަނދިކަމެއް ނެތީމާ، އެކަހަލަ އަނބިން ފިރިންނަށް ދޭންވާ އަސާސީ ހައްގުތައްވެސް ނުދެނީ. މިއީ މިހާރު އާންމުވެއްޖެ ކަމެއް. މިހެންވީމާ ބައެއް ފިރިހެނުން ހަމއިން ނައްޓައިގެން ގޮސް އަތްފައިން ގޯސްހެދޭ ހިސާބަށް ދަނީ. މިއީ މިކަމާ މިހާރު ވާހަކަދައްކަން ވެއްޖެ ކަމެއް.

    16
    7
  21. ޔާމިން

    ފަތިހުގަޑިގާކޮޅުވާނެ ވަރލަންޖެހޭ

    5
    3
    • ޅޮލޮ

      ލޮލް!

  22. ހަބީބު.ކީކަހާނީ

    އިސްލާމީ ޝަރީއަތަކީ ތިހުރިހާ ބައްޔެއްގެ ފަރުވާ ބޭކާރު ވާހަކަ ނުދައްކާ

    20
  23. އިސްލާޙު

    މިކަހަލަ ކަންކަން ސިޔާސީ ކުރާމީހުންގެ ހުރިނުބައިކަމާއެވެ! އަދި ދުވަހެއް އެބައޮތްކަން ހަނދާން ކުރައްވާށެވެ! އަމިއްލަ ނަފްސު އިސްލާޙުކުރައްވާށެވެ!

  24. Anonymous

    ލާރިދީގެެންވިއްޔާ ހިލޭއަންހެނަކައްނުވާނެ ހިލޭއަންހެންހެނަކައްނުވައްޔާ މައްސަލަޔެއްނޫންކަމައް ކޮންމެވެސް ރައީސަކުބުނިކަމައްވަނީ