ކުރީގެ ހައުންސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ހިދުމަތްތައް އެމްޑީޕީއިން ބަލައިގަންނަކަން ރޭ ފެނިގެންދިޔަކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޖަމިޅޤ މިހެން ވިދާޅުވީ، ރޭ އެމްޑީޕީއިން ކާނިވާ ސަރަހައްދުގައި އެ ޕާޓީއިން "ރަށްވެހި ފަތިސް" ނަމުގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާ ދެއްވާ އެމްޑީޕީގެ މެމްބަރުން މުއިއްޒުއަާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

"ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނުނު. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނު. މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ޚިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފި. މޭވާ އަޅާ ގަސް އެނގިއްޖެ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިގޮތަށް ވިދާޅުވިއިރު، ރޭގެ ޖަލްސްގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑރ. މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަމަނިކުފާނު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ "ހޮޅި" މުއިއްޒު ކަމަށާއި އެކަން މާލޭގެ ރައްޔިތުން ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.

އަދި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލަށްވައިގެން ނުކުމެ ވޯޓުދޭން ބުނަން މުއިއްޒް އަށް ކެރިވަޑައިގަތީ ލަދު ހަޔާތެއް ނެތުމުން ކަމަށް ވިދާޅުވެ، މުއިއްޒްގެ ހައުސިން މިނިސްޓަރުކަމުގައި އަމަލު ކުރެއްވި ގޮތަށް ރައީސް ނަޝީދު ވަނީ ހަޖޫޖައްސަވާފައެވެ.

"މި މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އޭނާ ވަޒީރުކަމުގައޭ ކިޔައިގެން ކުރި ކަންކަން އަޅުގަނޑުމެންގެ ހިތުން ފިލައިގެން ދާނެތަ؟ ކުޑަވެސް ލަދެއް ހަޔާތެއް ހުރި ނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ. ކުޑަވެސް ގޮތެއް ހުރި ނަމަ." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުދިމު

    ތިޔައީ ލަދުހަޔާތް ހުރި މީހެއްތޯ އަހާލާލަންބޭނުން! މިހިރަ ކިޔޭނުކިޔޭއެއްޗެއް ނޭގޭ މީހާގަޑާ މުއިއްޒު ކަލެޔާ ބެހުނުތަ މުއިއްޒޭ ކިޔައިގެން ހަޅޭފަޅޭތިލަވަނީ! ބަލިވާނެކަން ޔަގީންވެ ޖަލްސާއަށްދިޔަމީހުން މަދުވީމައި ރުޅިބައިލަންވީ މުއިއްޒުއަށްތަ! ވާހަކަ ނުދައްކައި މަޑުންހުރޭ

    35
    2
  2. 🤪ޖާބިރު.

    ޖަމީލޫ. ޕީޕީއެމް ކަލޭ ބަލައިނުގެން ކަލޭ އެއްލާލީމަ އަމިއްލަ އައް މަތިން ބައިން ޖެހިގެން ޕީޕީ އެމްގެ ރިޔާސީ ކެންޑިޑޭޓު ކަށަވަރުކުރެވޭތޯ ތިމަސައްކަތްކުރަނީ. ޗިޗީ. ސިޔާސީ ގޮތުން އުމަރެކޭ ޖަމީލެކޭ ތަފާތެއްނެތް. އަމިއްލަ އައް ގައި ދޮރު މަތި ބޮޑު ވެގަނެގެން އުޅުނަސް ތާއީދުކުރާނެ ބަޔަކު ނެތް.

    3
    34
    • އައްގަބޭ

      ޖާބިރު އައް އޮލިގެން ތިއުޅެނީ ޑރ.ޖަ މީލް އަކީ އަބަދުވެސް ޕީޕީ އެ މް ފިކުރުގެ ބޭފުޅެއް

      7
      2
  3. ޅާލާ

    ކެނެރީގޭ ބުއްޅަބެ ނުދައްކާނެ ހަމަ ވާހަކައް..

    34
    1
  4. އުމަރު

    ނަޝީދުއަށް. ކަލޭގެ ލަދެއް ހަޔާތެއް ހުރިނަމަ މަޑުން ގޭގައި އޮވެބަލަ. ކަލޭގެ މުސީބާތް ބޮޑުވެ، މި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނަގާލައި ޒުވާން ޖީލެއް ހަލާކުކޮށްލި މީހެއް ކަލޭތީ. އަނގަ ނުތަޅާ ގައުމު ދޫކޮށް ދޭބަލަ.

    39
    1
  5. މޯދީ

    މީ މަތިންބައިން ޖެހިގެންއުޅޭ ގޮލައެއް.. ...

    6
    2