ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުއެވެ.

ފުލުހުން ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މާލެ އިން އައްޑޫ ސިޓީއަށް ފުރަން ދިޔަ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވާ ކަމަށެވެ.

އެ މީހާއަކީ ކޮން އުމުރެއްގެ މީހެއްކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ވަަރަށް ގިނަ އޮޕަރޭޝަންތައް ހިންގައެވެ. އަދި އެފަދަ މައްސަލަތަކުގައި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހައްޔަރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ކީއްވެ މީހާގެ ވަނަވަރާ އެހެން މައުލޫ މާތު ގެނެސް ނުދެނީ. ތި މީހުން ރައްޔިތުން ނަށް އިގެންޖެހޭ.

    13
    1
  2. ބަނާ

    ފުލުހުން ތަ ތިއަތުލީ،އެގިފައިވާގޮތުން އޭވިއޭޝަން ސެކިއުރިޓީ އިން ހޯދުމައްފަހު ޕޮލިހާ ހަވާލުކުރީ.ނޫހުގަ އެއްޗެއް ލިޔެލާއިރު ހޯދި މީހުންގެ ވާހަކަ ވެސް ލިޔެލަން ރަނގަޅު ދޯ.އެއްބަޔަކަށް ކްރެޑިޓް ދިނުން ރަނގަޅެއްނޫން???

    10