ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ރުޅިގަދަވެ އަވަގުރާނަ ގޮވައިފިއެވެ.

ދުންޔާ ކުރެއްވި ޓްވީޓުން ފެންނަނީ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. ޓްވީޓްގައި ވިދާޅުވީ ކޮންމެ ރައީސްއަކުން ވެސް އަނެއް ރައީސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާ ކަމަށެވެ. މިއީ ހުއްޓުމެއް ނެތް ކަމެއް ކަމަށެވެ.

ދުންޔާގެ މި ޓްވީޓަށް ނަޝީދާއި އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތްތައް ވަނީ ރައްދު ދެއްވާފައެވެ. މި ޓްވީޓު ފެނި އެންމެ ގަދައަށް ލޭ ކެކިގެން ދިޔައީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާގެއެވެ. އޭނާ ވަނީ ރުޅިގަދަވެފައި ހުރިވަރުން ދުންޔާއާ ދިމާލަށް އަވަގުރާނަ ގޮވާފައެވެ. އަދި އެ ޓްވީޓު ދުންޔާ ކުރުމުން އޭނާގެ ލޭ ކެކިގެން ދިޔަ ކަމަށެވެ. އަދި ދުންޔާ އެފަދައިން ޓްވީޓުކުރީ މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށްވެސް މީރާގެ ޓްވީޓުގައި ބުނެފައިވެއެވެ.

ދުންޔާ ކުރި ޓްވީޓާއި ގުޅިގެން ރުޅިގަދަވެފައިވާ މީރާ ވަނީ އެތައް ބަޔަކަށް ބޭއިންސާފުން ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ކުރި ކަމަށް ބުނެފައެވެ. އަދި އެމީހުންނަށް މައުމޫންގެ ވެރިިކަމުގައި ކަންކުރި ގޮތަށް ރައީސް މައުމޫނާއި މެދުވެސް ކަންތައް ވެގެން ދިއުން ބޭނުންވާ ފަދަ މޭރުމަކުން މީރާ ވަނީ ވާހަކަދައްކާފައެވެ.

މީރާގެ މި ވާހަކަތަކާއި ގުޅިގެން ބައެއް މީހުން ވަނީ މަޖިލިސް ރައީސްގެ ދަރިކަނބަލުންގެ އެއްވެސް އަދަބު އަހުލާގެއް ނެތް ކަމަށް ބުނެ ފާޑުކިޔާފައެވެ. މީރާ ވަނީ އެމީހުންނަށްވެސް ރައްދު ދީފައެވެ. އަދި ބުނީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށް ނުލި ނަމަ އެ ދުވަހު މީރާ ގާތުގައި އޭނާގެ ބައްޕަ ހުންނަވާ ރަނގަޅު އަހުލާގު އޭނާއަށް ދަސްކޮށް ދެއްވީސް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޖަލަށް ދާން ޖެހުނީ އެމަނިކުފާނާއި މެދު ނަފްރަތު ވެފައި ތިބި އެތައް ބައެއްގެ ސަބަބުން ކަމަށް މީރާ ބުނެފައިވެއެވެ.

ދުންޔާގެ ޓްވީޓަށް އެންމެ ފުރަތަމަ ދުންޔާ އަށް ރައްދު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ ފަޒީ އަހުމަދެވެ. ރައީސް ނަޝީދާވެސް ދެބެންގެ ދެދަރި ފަޒީ ދުންޔާގެ ޓްވީޓަށް ޖަވާބު ދެއްވާ ވިދާޅުވީ ހުރިހާ ރައީސުން ދުންޔާގެ ޓްވީޓަށް ނުގެނެވޭނެ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއްވެސް ރައީސަކު ޖަލަށް ލާފައި ނުވާ ކަމަށާއި ހުދު ރައީސް މައުމޫންގެ ވެރިކަމުގައިވެސް އެއްވެސް ރައީސެއް ޖަލަށް ލާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީގެ އެ ވާހަކައަށް ރައްދު ދެއްވާ ދުންޔާ ވިދާޅުވީ ރައީސް ނަޝީދު، ރައީސް މައުމޫނަށް ޓޯޗާކުރެއްވި ކަމަށެވެ. ފުލުހަށް ވެސް ގެންދެވި ކަމަށެވެ. އަދި ދުންޔާ ވަނީ އެކަން ހަނދާން ނެތުނީތޯ ސުވާލު ކުރައްވާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެވެސް އަނބިކަނބަލުން ނަޒީ ދޫ ނުދެއްވާ ދުންޔާއަށް ރައްދު ދެއްވިއެވެ. ވިދާޅުވީ އެކަން ހަނދާން ނުނެތޭ ކަމަށެވެ. ނަމަވެސް ކޮމިޝަންތަކާއި ޖަލުތަކަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

މި ޒުވާބު ހޫނުވެ މީރާގެ ޓްވީޓުތައް ފެނި ބައްޕާފުޅު އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތެވެ. ރައީސް ނަޝީދު ވިދާޅުވީ އަނިޔާ އާއި ބޭއިންސާފުގެ ވާހަކަ ރައީސް މައުމޫންގެ އާއިލާއިން ދެއްކުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން ވަނީ މުޅި ޖީލަކަށް އެއްކޮށް އަނިޔާ ދީފައި ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެ ބޭފުޅުން އަނގަ މަޑުންލައިގެން ތިއްބެވުން ކަމަށެވެ. އަދި އެމަނިކުފާނުގެ [ރައީސް ނަޝީދުގެ] ދަރިން ރުޅި ނޭރުވުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދަކީ ރާއްޖޭގައި މީގެކުރިން އެންމެ ވަރުގަދަ އަދި އެންމެ ދެކޮޅުވެރި ސިޔާސީ ލީޑަރުންނެވެ. މި ދެބޭފުޅުން އެއްގަލަކަށް އެރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

114 ކޮމެންޓް

  1. ލަލަލަލަލަ

    ބަފާ ހުރި ގޮތެެެއް ދަރި ވެސް ހުންނާނީ

    831
    33
    • އިނގޭތަ

      މީމިހާތަނައް އަހައްނައްފެނުނު އެއްމެގިނަކޮމެންޓް.! މާނަޔަކީ ރައްޔިތުން މިމީހުންދެކެއަރާރުޅި...

      224
      9
    • ގަންޖާބޯ

      އައްޕައެކޭ އެއްގޮތް އޮތަ. މައުމޫނުގެ ދަރިއަކު ދުވަހަކުވެސް ހަޑިބަހަކުން ވާހަކަ ދައްކާފައެއް ނުހުންނާނެ. މީ ތަފާތަކީ.

      93
      8
  2. ވެރިން

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ވަރށްވާހަކަ މީ

    835
    20
  3. Anonymous

    އަޙްލާޤު ރަނގަޅު ދަރިން ލިބޭނީ އަޚްލާޤް ރަނގަޅު މީހުނަށް ވަކަރުގޭ ސޮރަށް ލިބޭނީ ވަކަރުގޭ ދަރިން. ހަޔާތެއް ލަދެއް ގޮތެއް ފޮތެއް ނުހުންނާނެ.

    727
    35
    • ނޮނީމމަސް

      ކިތަންމެ ރަނގަޅު އަޙްލާގެއްގެ މީހަކަށް ލިބިދާނެ ނުބައި ނުލަފާ ދަރިއެއް. ހަމަ އެގޮތަށް އެންމެ ނުބައި މީހާއަށް ވަރަށް އަޙްލާގް ރަނގަޅު ދަރިއަކު ލިބިދާނެ. އަންނިގެ ތިޔަ ދަރި ތިހުރީ ބްރެއިންވޮޝްކޮށް ލާދީނީކޮށްފަ. މުސްލިމުންނަކީ ބްރެއިންވޮޝްކުރާ ބައެކޭ ކިޔާ ބައިގަނޑުގެ ލީޑަރު އަންނި ހަގީގީ ބްރެއިންވޮޝް މާސްޓަރު. ބްރެއިންވޮޝް ވިޔަސް ނުވިޔަސް އެހެން މީހުންނަށް އޮތްގޮތަކީ އެކުއްޖާގެ ނުބައި އަޙްލާގްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުއްޖާ އެކުއްޖާގެ ބައްޕައަށް ބަދަލުވެގެން ނުދިޔުމަށް ދުޢާކުރުން.

      177
      14
  4. ބުރުގާ

    އެއީ ވަރައް ހަޔާތްކުޑަ އަންހެން ކުއްޖެއް. ދެން ވިސްނާލާ އޭނަ ކެނެރީގޭތެރޭ ކިޔާނެ އެއްޗެހި.

    725
    20
  5. Anonymous

    ބަފާގެވެސް ހާލަތު. ދަރިއަކީ ބަފައަށްވުރެވެސް ހަޔާތް ކުޑަ މަންޖެއަކަށް މިވީ.

    585
    22
  6. ޔާމިން

    ކަލޭގެ ދަރި ރުޅިއެރުވީމ މަ ކީއްކުރެވޭނީ އެއްކަ މެއްވެސް ނުވާނެ. އައުގުރާނަ ކީންކުރަން ހުރިހާއެއްޗެންވެސް ގޮވާނެ. ބަފަޔަކީވެސް އެކަހަލަ ގޮތެއް ފޮތެއްނެއް މީހެއްވިއްޔާ ދެންވާނީ އެހެންނު.

    457
    22
  7. މާމީ

    ގަދަ ވާ ބައެއްބަލަން މިތިބީ ފަހަރުގަ ކޭތަވެސް ހިފާފާނެ،،،،،،،،،

    271
    8
  8. Anonymous

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ބުނޭ ނޫންތަ

    368
    13
  9. މޯލްޑިވްސް ސަކްސް

    އެޕަލް ޑަޒްނޮޓް ފޯލް ފާ ފްރަމް ދަ ޓްރީ. މިކަމަނާ ވާނެ ރާއްޖޭގެ ދެވަނަ އެދިމަރިޔަނބަށް. މީނާގެ ބަފާ މީނަ އެނދި މަރިޔަނބަށް ހަދާނީ

    274
    5
  10. ކޮސްއެލެކްސް

    ބަފާގެ ހުރި ސއތނކަން އެބަހުރި. އަމިއްލަޔަށް ދަލުބޭރުން ޖެހިގެން ގޅގނެގެން ނޫޅުއްވުން ތާހިރުވާނެ.

    ހީވަނީވެސް ފރތައެއްހެން..

    264
    13
  11. ފިޒާމް

    އައްނި އެބުނީ ރަނގަޅަށް. ތިބުނާ މައުމޫނުގެ އާއިލާ ވެރިކަމުގަ ބަގުޑި ބައްދާގެންތިބެ އެތައްބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ.

    94
    267
  12. ހަމިއްޓޭ

    ބައްޕަގެ ވާހަކަ ދެއްކުމުގެ އަދަބެއް އަހުލާގެއް ނެތް ގޮތްގަނޑު މީރާގެ ވެސް ހުރީމަ ހިތާ ހިތުގެ ގުޅުމަކައްވާނީ

    313
    11
  13. މޫސަ

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ

    267
    9
  14. ނަހަލާލު

    ބަފައިގެ ގޮތްހުންނާނެތާ

    281
    6
  15. މިއަދު

    ކޮނަރައީސެއްތޯ ކުރީގެ ރައީސުން ޖަލަށްނުލަނީ ؟ ނުވަތަ އަރުވާނުލަނީ؟ ރައިސް މައޫނު: އިބުރާހިންނާސިރު ރާއްޖެނާދެވޭގޮތަށް ސިންގަޕޫރަށް ފޮނުވާލެއްވި ދަނގަނޑުތޭރިނުޖަހާޖަލެއް

    151
    16
  16. ޙަސަން

    ބަފާގެ ގޮތް ތިހުރީ ދަސްވެފަ......

    255
    12
  17. ކަންބަލާ މީހާ

    އެމަންޖެގެ ބައްޕަޔަކީވެސް އެފަދަ މޭރުމަކުން މީހުންނާ މުޚާޠަބު ކުރާ ލަދުޙަޔާތްކުޑަ މީހެއް! އެހެންވީމާ އެމަންޖެ އެފަދައިން ގޮވުމަކީ މާބޮޑު މައްސަލަޔެއް ނޫންހެން ހީވަނީ!

    259
    9
  18. މާ

    ތަންކޮޅެއް އަނގަ ހަޑީދޯ ބާޒާރު މަތީ ބަހުރުވައިން ތިޔަ ދިނީ މިހާރު ކާފަ ގެ މީހުން ސައިޒުވެއްޖެ ހަހަހަހަހަހަ.

    199
    7
    • ލައިލާ ލާލާ

      ބާޒާރު މަތީ އޭ މީރާ ބޮޑުވީ..

      53
      4
  19. ފުއްޕި

    އައްދެ އައްދޭ .. ރަންކަނި ޖަހައިގެންދޯ މިއުޅެނީ.

    156
    6
  20. ފާތުމަ.

    އަމަޔާބަފަޔާ އުޅޭގޮތަށް ދަރިންވެސްއުޅޭނީ.

    228
    7
  21. ގަންޖާބޯ

    ހާދަ ވަރެއް ވެފަ އެހެންތާވާނީ ލާދީނީ އަންނި އާ ދިމާލައް އެއްޗެކޭ ބުނީމަަ ރުޅިއައީ ލާދީނީ އަންނި އައް ސަޖިދަ ޖަހާ ލާދީނީ ބައިގަނޑު

    218
    11
  22. ނަބާ

    ބައްޕާފުޅު ގޮތަށް މި މަންޖެގެ ވެސް އެއްވެސް އަޚްލާގެއް ނެތްދޯ ؟؟ އަސްލު ސިފަ މިހާރު ރައްޔިތުންނަށް ތިފެންނަނީ ، ރުޅިއަންނަ އިރަށް ތިހާ ދަށުދަރަޖައަށް މީހާ ވެއްޓޭކަށް ނުޖެހޭ !! އެންމެ މުހިންމީ ރިވެތި “ އަޚްލާޤް”??

    265
    8
  23. މުގޮށި

    އަލަގަހަކުން ކެޔޮނިރެއްނުފަޅާނެ ތިހެންވެދާނެތީ ބުނީ ރުޅިނާރުވާށޭ ރަނގަޅުވެއްޖެއެއްނު

    160
    10
  24. ހާވަކަރު އޮޑި

    މިދާކަށް ދުވަހު އެމްޑީއެން ގެ އެދުމަށް ޑރ.ބިލާލް ފިލިޕްސް އާއި އަންނި ދެކޮޅު ހެދުމުން ޑރ. އިޔާޒް ޓުވިޓަރ ގައި ރައްދު ދިނުމުން ރޭރުވުގެން އެލެކްސް އައުގުރާނަ ގޮވާ ފުރައްސާރަ ކުރީމައި އެކަމުގައި ވެސް ތިޔަ މަންޖެ އާއި އެލެކްސް ގެ އެއްބަނޑޭ މެނާއި ހޮނޑާފުށީ ހާމިދުމެން ބަގަ އުޅުނު ތަން ފެނިފައި ސަހަރޯ ހީވި. އަދި މިއަދު އަނެއްކާ ވެސް ތިޔަ މަންޖެ ތިޔަ ޖަހަނީ ތިޔަ ސަކަރާތް.

    ދެން ގުނބޯލި ތަކުގެ މުސްތަޤްބަލުގެ ރަސްމީ ސިޔާސީ އަންހެން ލީޑަރަކީ ތިޔައީ ކަމަށް ބަލައިގެން އުޅޭނެ.
    އިއްޔެ މައުމޫނުގެ އެއްދަރި އެބުނީ ދިވެހި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުންނޭ. އޭގެ ދިރިހުރި މިސާލެއް ތިޔަ މީރާ އަކީ އޭނަ ދިރިއުޅޭ ތަނުގެ ގޮތުން އެތަނުގެ ކާފަރުންގެ އާދަ ކާދަ ތިމަންޖެ ގެ ތިޔަ ހުންނަނީ. ޤައުމެއްވާ ނެތް.

    191
    10
  25. ނ

    ނަޝީދުގެ ވެރި ކަމުގައި. ގާނޫނީ އިމުން .ބޭރުން.
    ޢަބްދުﷲގާޒީ
    ޙައްޔަރު
    ކުރި
    ހަދާން
    ނެތުނީތޯ
    ޓޭންކަރު
    ފޮނުވަިގެން
    ޔާމިން
    ހައްޔަރު
    ކުރި

    227
    12
  26. އައްޑޫ މީހާ

    އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނެ ކެނެރީގޭ އަދި ކެރަފާ މި އާއިލާ ތަކުން އުފެދޭނީ މުޅިންވެސް އަޙްލާޤާއި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ އޮންނަ އެއްޗެއްކަން ނޭގޭ މީހުން މިއީ ހަގީގަތަކީ އަންނި ޖަލަށް ލީމަ ލައިލާއަށް ދަރިން ތަރުބިއްޔަތު ނުވިކަން އޭނަގެ ދަރީގެ ވާހަކައިން އެގެނީ އެހެންވީމަ ލައިލާ ވަރަށްބޮޑަށް ފެއިލްވެއްޖެކަން މި އެގެނީ 24 ގަޑިއިރު ހަމައިގަ ނުތިބޭ ބަޔަކަށް ނޭގޭނެ އަވަގުރާނަ ކީއްކުރަން އެހެން ކަންތައްޔައް ވާއިރުވެސް އަންނި ކިތަންމެ ރުޅި އަޔަސް ކަލޭގެ ދަރީގެ އަހްލާގުގެ ކަންތައް ހުރި ގޮތުން އެބަ ޖެހޭ އެވާހަކަ ދައްކަން ހަޖަމް ކުރަން ދަސްކުރޭ

    197
    8
  27. ހުސެން

    ތަޅައި ގަނޭ ގަދަވާ ބަޔަކު ގަދަވީ .ދުންޔާ ބުނީ ތެދެއް.ރުޅިއަންނާކަށް ނުޖެހޭ

    211
    8
  28. ލީން

    ސުރުހިީ އެހެން ލިޔުއްވި އިރު ގޮވި އަވަގުރާނަވެސް ލިޔެލިނަމަ ދޯ... ތަފްސީލްކޮށް ހަވަރު ލިޔަން ނުކެރެންޔާމް ހަބަރު ނުލިޔަން ފެނޭ. މީހުން ދެކެ ރުޅިއަޔަސް ތިދެން ބޮޑުވަރު

    114
    84
  29. ބިކަ

    ކެނެރީ ނަސީދާ އޭނަގެ ދަރިން ނަކީ އަވަގުރާނަނޫން އެއްޗެއް ގޮވޭ ވަރައްވުރެ އަޚުލާގު ފެންވަރު ދައް ބައެއް އޭގެން ނިކުން ނާނީ ހަމައެ .

    180
    10
  30. މެކް

    އެއްޗަ ކުން އުފަންވާނީ ހަމއެވަތަރުގެ އެއްޗެހި

    172
    5
  31. މާރިޔާ

    މި އެއްވެސް އަޚުލާގެއްހުރި އަންހެނުން ތަކެއްނޫން
    އަދި ބުއްޅަބެ އަގައަރުވަ އެއްނު

    169
    6
  32. މޮޔަގެރި

    މިއޮތީ. ކޯލިޝަން ހެދީމަ ވާގޮތް ފެންނަން. ކުރީކޮޅުގަ ހީވީ ދެން ދުވަހަކުވެސް އަލިފަކުން ނުނެއްޓޭނެހެން.

    162
    6
  33. އިބްރާހިމް

    އައުގޮރާނަ ގޮވިވަރަކަށް މަގްބޫލުކަން މަތިވާނެ އެމްޑީޕީ ފިކުރުގައި.

    195
    8
  34. ކުޑަކާށި

    މިކޮއްކޮއަށް އަވަގުރާނަ ގޮވަންދަސްކޮށްދިނީ މިކޮއްކޮގެ ބައްޕަ ، މައެއް ދަރިއެއް ނުބަލާ ހިތުހުރިހާއެއްޗެއް ގޮވަމުންދުވަނީ އެސޮރު ، ދަރިންނަށް އަވަގުރާނަ ދަސްކޮށްދިން މައްސަލާގަ އޭނާ ހައްޔަރުކުރަން ގޮވާލަން ....، ސަލާމް

    183
    7
  35. ޒާ

    ދަރިންގެ ހުންނާނެތޯ މައިން ބަފައިންގެ ނެތް އެއްޗެއް؟

    129
    6
    • ޝޭހު

      ނުބައިކޮށް އިންގޭތޯ ތިވިދާޅުވީ. *ދަރިންގެ ނުހުންނާނެތޯ މައިންބަފައިންގެ ހުރި އެއްޗެއް؟*

      2
      6
  36. ދަލޭކާ ދިޔެ

    މީރާ..! މީރާ އަށް އެނގޭތަ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނައޭ ބުނާ ބަހުގެ މާނަ ،، ތީހަމަ އޭގެ މިސަލެއް.

    145
    6
  37. ބަނޑޭރި

    އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ އެވާނީ އެ އައް

    121
    7
  38. ސައިމާ

    މުސްކުޅިން ބުނެއުޅޭ ބަހެއް ހަނދާނަށް އަންނަނީ. "އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ" މިބަހުގެ މާނަ ދިވެހިން ވަރަށް ރަނގަޅަށް ދަންނާނެ. އެވާނީ ހަމަ އެއަށް.

    119
    9
  39. ާަާމަ

    އެކަންވާރަކުން ތިއްޖަހާނީ އެކަންވާރެއްގައި ހުރިއެއްޗަކުންނެވެ.

    108
    6
  40. ކަޅުމަންޖެ

    ޢައްދެ މި މަންޖެވެސް އުދުޅި ބާނަން ފެށީތަ؟

    125
    6
  41. ސަޢީދު

    އެއެއްޗެއްގައި ހުރި އެއްޗެއް އެއްޗަކުން ނުކުންނާނީ... ތިމާ ޙަޔާތްކަނޑާލާފާ އަވަގުރާނަ ގޮވަމުން ދުވެ ހެއްދެވިހާ ދޮގު ހަދާތީ ދަރިންވެސް އެގޮތަށް އެ އަވަގުރާނަ ގޮވަނީ. އަދި ދެކެންތިބެ ލާދީނީ ކަންކަންވެސް އެންމެ ބޮޑަށް ފެނިގެންދާނީ ތި ދަރީގެ.. މަންމައަކީ ހެޔޮލަފާ މީހަކަސް ބައްޕަ އެއީ އިންތިހާއަށް ގޯސް އިންސާނެއް. މިޤައުމު ދުށް އެންމެ ނުލަފާ އިންސާނާ.. އިންސާނެއް..

    131
    5
  42. ވީޕީއެން

    މީ މުޅިން އެހެން ލެވެލްއެއްގެ ބައެއް... އާއިލާ ތެރޭގަވެސް ވެރިކަމުގެ މައްސަލަތައް.. "ފޭމަސް އެންޑް ރިޗް ޕީޕްލް ޕްރޮބްލަމްސް"

    104
    5
  43. ހުސޭނުބޭ

    އަރަބި ހަރުބަހެއްގައި އޮވޭ ކޮންމެ ކަންވާރަކުންވެސް ބޭރަށް ތިކިތަޅާނީ އޭގެ އެތެރޭގައިވާ އެއްޗަކުންނޭ! ވީމާ އެފަދަ އެއްޗެއް އެފަދަ އެއްޗެއް ގޮވުމަކީ ހައިރާންވާންވީވަރުގެ ކަމެއްނޫން! މޫނުމަތި ބަލާލައިފައިވެސް އެނގޭ ސަހަލުނޫންކަން!

    112
    4
  44. ގިނި

    ހިތުގައި އޮންނަ ގިލަންވެރިކަން ބޭރުވެ ބޭޗާރާވަމުން ތިޔަހަރަ ދަނީ. ބަފަޔެކޭ ދަރިއެކޭ ތަފާތެއް ނެތް. ދަސްވެފައި އަށަގެންފައި މިއޮތީ އަވަގުރާނު ގޮވުމާއި މީހުންގެ އަބުރާ ބެހުމާ ދޮގުހެދުން. އަލަގަހަކުން ކެޔޮނިރެން ނުފަޅާނެއޭ ބުނަނީ މިހެންވެ. މައުމޫން ދިން ހުރިހާ އަނިޔާއަކަށްވުރެ ބަފާ މިގައުމަށް ދިން ގެއްލުމާއި ހަލާކު މާބޮޑު. ހުޅުޖަހައި އަންދާލި ތަންތަން މާގިނަ. ދިވެހިންގެ ދީނަށް ކުރި މަލާމާތާއި ގެއްލުމާއި ފުރައްސާރަ މާބޮޑު. ނަގާލީ އަދަބު އަޚުލާގާއި ސުލޫކުގެ މަތިވެރިކަން. ގެއްލުވައިލީ މީސްތަކުންގެ އަބުރާއި އިއްޒަތް. މައުމޫން ދިން ހުރިހާ އަނިޔާއަކަށްވުރެ މިހިރަ ކަންކަމުން މިގައުމަށާއި މިގައުމުގެ ރައްޔިތުންނަށް ލިބުނު އަނިޔާ މާބޮޑު.

    114
    8
  45. ޢަޒީމް

    ހުރިހާ ރައްޔިތުން ނުކުމެ ނަޖިސް އަނގަ ދޮވެދެމާ!

    107
    4
  46. އަލިފް

    ވީ ޑޯންޓް ކެއަރ އަބައުޓް އަވަގުރޯނު ޕީޕަލްސް...ދޭއާރ ފިޑިން އޯލްވޭސް..ހަ ހަ ހަ ހާ.....

    81
    3
  47. ކުނބު

    އެއީ ފޭކް އެކައުންޓެއްނޫންތަ؟؟

    41
    20
  48. ރަމަލު

    އަންނި މައުމޫނާ ދިމާކޮށްލާ ފުލުސް އޮފީހަށް ދަމަށް ދިމާކުރީ ވެރިކަން ވެއްޓުނީ. ޔާމީނު މައުމޫން ހައްޔަރުކުރީ ވެރިކަން ވެއްޓުނީ. މައުމޫނާ ދިމާކޮށްފިތަ. ވެރިކަން ވެއްޓޭނެ. މިހާތަނަށް ވެފައި އޮތީ އެހެން.

    87
    13
  49. ސަމިި

    އެއެއްޗަކުން ފައިބާނީ އެއެއްޗެއްގައި ހުރި އެއްޗެއް

    91
    3
  50. ފެންވަރު

    އެނދުރު ބޭގެ ދަރި

    82
    2
  51. ހެޔޮބަސް

    ނަސީދު ހަރުކަށިވީ ތޯއެވެ. ލޭކެކޭ ވާހަކަ އޮތީމަ އަހާލީއެވެ. އެހެނީ މާތްނަބިއްޔާ ފުރައްސާރަ ކުރީމަ ލޭކެކުން އެއީ ހަރުކަށިވުން ކަމަށް މޭރުންވާގޮތަށް ވާހަކަ ދައްކާފަ ހުރީމައެވެ. ނަސީދުއަށް އަނިޔާ ލިބުނީ ވެރިކަމުގެ ނިޒާމް ފުނޑާލުމަށްފަހު ތިމާބޭނުންވާ ކަންތަށް ތަކެއް ހާސިލްކުރަން އުޅުމުންކަމުގައި ދެކެމެވެ.

    100
    2
  52. މާޑު

    ކެނެރީގެ ބުއްޅަބޭ އަކީ މަގުމަތީ ހުރުމަތް ކަޑައި ލަދުހަޔާތްކެޑި ވަކަރުގޭ ކުދިން އުޅޭ އުސޫލުން މަގުމަތީ މުޒާހަރާ ކޮށް އާގުރާނަ ގޮވަމުން ދުވާ މީހެއް. އެހެންވީމާ ޑީ އެން އޭ ދިމާވާނެ

    108
    3
  53. މާޖިދު

    ޓްވިޓަރުގައި ތިމީރާޔަކު ނުބެހޭކަށް ކަމެއްނެތް. ވަރަށް އަގަލުކުޑަމަންޖެއެއް ތިޔައީ. އެ ބަސް ބޭނުންކުރަން މާވަރެއް ހުންނަނީ. ބަފާއުޅުނުގޮތަށްނުން އުޅެވޭނީވެސް.

    93
    1
  54. އެލެކްސް ޖޫނިޔަރ

    ކެޔޮގަހަކުން އަލަނިރެއް ނުފަޅާނެ، ލަނޑަޔާ ވާނީ ލަނޑަޔާ، މިހުރީ ހައްތަހާވެސް މިބައިގަޑަށް ރައްދުކޮށް ބޭނުން ކުރެވިދާނެ ރީތި ދިވެހި ބަސްތައް. މީސް މީހުންގެ އަނގައިން އައުގުރާނަ ގޮވުން އެއީ މުސްލި މުން ހައިރާންވާން ޖެހޭ ކަ މެއްނޫން، އެ މީހުން އެ މީހުންގެ ލާދީނީ ކަން މަތީ ޣާފިލުވެތިިބެން ދޫކޮށްލާ.

    84
    3
  55. މާޖިދު

    ޓްވިޓަރުގައި ތިމީރާޔަކު ނުބެހޭކަށް ކަމެއްނެތް. ވަރަށް އަގަލުކުޑަމަންޖެއެއް ތިޔައީ. އެ ބަސް ބޭނުންކުރަން މާވަރެއް ހުންނަނީ. ބަފާއުޅުނުގޮތަށްނުން އުޅެވޭނީވެސް.

    73
    3
  56. ސައީދު

    ތިމާގެ ގަޓުކަން ދައްކަނީ އަޚްލާގު ދަސްވެފައި ނެތް މީހަކަށް ނޭގޭނެ އެހެން މީހުންނަށް އިހްތިރާމް ކުރަންވެސް..މައުމޫނުގެ ފަރިންނަށް އެގޭގެ އެހެން މީހުންނަށް އިހްތިރާމް ކުރަން.....މީހަގީގަތަކީ.

    61
    1
  57. ޞޮނިބެ

    މިީރަާވެސް އުޅެނިީފެންނުވަރަާތަ

    70
    3
  58. ބަކުރުއަލި

    މިދުނިޔޭގަ ބޭނުން އެއްޗެއްގޮވޭނެ. މެކުހައްޖަހާފަ ބަހައްޓާ.

    49
    1
  59. ހުތް ހަސަނު

    ކިތައްމެ އަޚްލާގު ނެތަސް ހެޔޮތާ . ދެންވެސް ގޮނޑިއެއް އޮތިއްޔާ ވޯޓްދީގެން ތިމީހުންނަށް ދެވޭތޯބަލާ.

    61
    3
  60. ޅޮސްމާލު

    ކީއްކުރާނީ ބަފަޔަކީ އަދަބެއް އަޚުލާގެއް ދީނެއް މިއްލަތެއް މަޒްހަބެއް ދަންނަ މީހެއް ނޫން އާރާއި ބާޜު ހުރީ މަ ތެޅިއަވާ މީހެއް ދެން ދަރިން ވަކި ސަހަލު ވާނެތަ އޫރުގެ ބަނޑަކުން ނުވިހާނެ ޖަ މަލެއް އަދި އަލަ ގަހަކުން އަނބު ގަހެއްވެސް ނުފަޅާނެ

    55
    1
  61. ހުސެން

    ރުޅިއައީމާ ކިޔަން ޖެހޭ ދުޢާ ބުނެ ނުދެނީތަ ނަޟީދު؟

    53
    2
  62. ބޮކުރީ

    މައުމޫނުގެ ދަރިން ނަސީދުގެ ދަރިއަކު ރުޅިނޭރުވުމަށް ނަޝީދު އެވަނީ ވިދައަޅުވައިފަ. އެހެންވީމާ މައުމޫނުގެ ދަރިފުޅުންވެސް ނަޝީދުގެ ދަރިކަބަލު ހިތުޖެހޭވަރުގެ ކަމެއްނުކުރައްވައްޗޭ. މިއީ އެމީހުންގެ ޢާއިލީވެރިކަމެއް.

    42
    3
  63. ބަކުރުއަލާ

    ދަރިންތަރުބިއްޔަތު ކުރާނީ މައން،ބަފައިން އެދަރިި އެދަރިފުޅު ތަރުބިއްޔަތު ކޮއްފަވާގޮތް ފެނިއްޖެއްނު

    54
    3
  64. މުހައްމަދު

    އެއީ އައުގުރާނަތޯ. ޢެއީ ރައީސް މީހާގެ ގޮވާލުމަށް އިޖާބަދިނު މުގެގޮތުން ތަފާތު ބަހެއް ވޭނުންކުރީނޫންތޯ.

    42
    4
  65. ހޫދު

    ކުބުރު ވަލުން އައިމަ ވާނީއެހެންތާ..

    41
    1
  66. ޚަރީމާ

    ޚިޔާ ކިޔާ ތީގެއިން ތިބުނާ އައުގުރާނައެއް ނުފެނުނު.

    10
    26
  67. ބުއްޅަބޭ

    ކެޔޮގަހަކުން އަލަގަހެއް ނުފަޅާނެ އަދި އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގެ އެތެރޭގަ ހުރި ދިޔައެއް މީ މަގޭބަހެއްނޫން މީޙަޤީގަތަކީ އެހެންވީމާ ލާދީނީ މީހުންނާ ލާދީނީ މީހުންގެ ދަރިން ގެ އަނގައ ނުލުންނާނީ ލާދީ ބަސް އީމާންތެރިކަމެއްނެތް މީހަކު ކިޔާކަށް ވަކިއެއްޗެއް ކުރާކަށް ވަކިކަމެއް ނޯންނާނެ ކެނެރީގޭ ނަޝީދަކީއެސް އެފަދަ މީހެއް ދަރިންވެސް ވާނީހަމަ އެހެންތާ

    42
    1
  68. ދިވެހިވަތަން

    މިމީހުންގެ އާއިލީ ވާދަވެރިކަމާހެދި ގައުމު ސުންނާފަތިވެ ނިމިއްޖެ. ދިވެހިން ގަމާރުކަމުން މިއާއިލާތަކަށް ސަނާކިޔައިގެން އެމީހުން އަރާމުގައި އެގެންގުޅެނީ ރައްޔިތުންގެ ފައިސާއިންނެވެ.

    52
    2
  69. އަނިޔާ

    އަނިޔާ އަކީ ކޮންއެއްޗެއްކަން އެގޭ ވަރު މީހުން އަނިޔާގެ ވާހަކަދައްކަންވާނީ. ވެލާނާގޭއިން ނީލަންކީ، މީހަކު ގަނެފަހުރި ދޮރުތަކެއްގެ ތަޅުދަނޑި ވަގަންނެގުންވެސް އެއީ އަނިޔާ. މިހާރު މި ހިގާ ސާލިހުގެ ސަރުކާރުވަރު ދިވެހިންނަށް އަނިޔާވެރިސަރުކާރެއް ނުދެކެން. އަމިއްލަ އެދުމުގަ ޤައުމު އިންޑިޔާއަށް އަޅުވެތިކޮށް ޤައުމަށް ލިބޭހުރިހާފައިސާއެއް ތަފާތުގޮތްގޮތުން އިންޑިޔާ ކޮމްޕެނީ ތަކަށް ބަހާ ހުސްކޮށް ދިވެހިން އަޅުވެތިކުރުމަށްވުރެ ބޮޑު އަނިޔާއެއް ޤައުމެއްގެ ރައްޔަތުންނަކަށް ނުކުރެވޭނެ. ދިވެހިރާއްޖެ އަޅުވެތިކަމަށް ގޮއްސަވާކޮންމެފަހަރަކު އޭގެތެރޭގައި ނަޝީދު ކަހަލަ ޤައުމަށް ޚިޔާނާތްތެރި އަނިޔާވެރި މީހުން އެކަމުގައި ހިމެނިފައިވޭ. ޢަދި އެ ކޮޮއްމެފަހަރަކު އެކަމުގައި އިންޑިޔާ ބާވެރިވޭ. އިބްރާހީމް ނާސިރުގެ ދުވަސްވަރު ގދ. ތިނަދޫ މީހުންނަށް ވަރަށް ލާއިންސާނީ އަނިޔާތަކެއްލިބުނު. ޢެކަންވެސް ނާސިރުކުރެއްވީ ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމަށް ވިސްނިވަޑާގެންކަމަށް ލިޔުންތަކުން ފެނިފަވޭ. ނަޝީދުވެސް މައުމޫންވެސް ޖަލަށް ނުވަތަ އަރުވާލުންފަދަ އަދަބުތައް ދެވިގަވަނީ ޤާނޫނާޚިލާފު ކަންތައްތައްކޮށްގެން. އެއީ އަނިޔާއެއްނޫން.

    31
    4
  70. ޖަބީނާ

    ދުންޔާ ހީކުރީ ފާއިތުވީ ތަން ހަނދާން ނައްތާލާށޭ ކިޔައިގެން އައްނި ގެ ބޮލަށް ޗިޕު ޖަހައިގެން ފޮރިން މިނިސްޓަރު ކަން ހޯދާ ނަމޭ. ދުންޔާ ގެ މޫނު މަތި ބަލާލީމަ އިނގެޔޭ ހިޔަޅަށް ވުރެ ހީލަތް ތެރިވާނެ ކަށް. މާ ފާޅުކަން ބޮޑު ގޮތުގަ އެކަން ހާމަ ކޮން މޫނު މަތިން ފެންނާތީ މައްސަލަ އަކީ.

    7
    39
    • ބޮކުރީ

      ތީދޭން ތައްޔާރު ކުރާ ސަނަދެއް ލީކުވީތަ؟

      2
      4
  71. ގަލޮޅު މީހާ

    ކަލޯ ލަނޑަޔާ ވަނީ ހަމަ ލަނޑަޔާ

    29
    1
  72. ނާސިރު

    މައު މޫން އުޅުނު ފާޑުން އަންނަނީ ހިނި. މިހާރު ހުންނާނެ ކޭތަ ހިފާފަ އަނގަދިލުވައިގެން. ހުރިހާދަރިންނަށް މަތީ ވަޒީފާދިނީ މަވެސް ބޮނޑި ބޮޑުކުރަން ނަޝީދު ކައިރިއަށް ދިޔައީ މަ ތާހިރުވެއްޖެ އެއްނު. މިފަހަރު ލޯކަލް ކައުންސިލް ކާ މިޔާބުކޮށްފަ ކާފަ އުލުބައިންދާތަން ފެންނާނެ.

    25
    4
  73. ފޮޑި

    އަދި އެބަބުނޭ ދޯ ތިމަންނަގެ ދަރިން ރުޅިނާރުވާށޭ...ބަލަ....އެ އަންހެން ދަރި އަމިއްލަޔަކަށް ނުން ރުޅިގަދަ ވ....ވެރިކަން ވެއްޓޭކައް ދެް މާގިންދުވަހެއް ނެތްކަމުގެ އަލާމާތްތައް ތި ފެންނަނީ...ކާންދޭ އަތުގަ ދަތް އަޅަން އެގޭ ބަޔެއް މީ...އަދި އެބަބުނޭދޯ ނަޝީދުގެ ވެރިކަމުގަ ކާކުހޭ ޖަލައްލީ....މީނަ ހަދާން ނެތުނީތަ ޖަލައްލީ ކޮން ގާޒީއެއްކަން...ރައީސް މައުމޫނު ޖަލައްލާން ނަޝީދު ކުރިހާ މަސައްކަތް މީނަ ހަދާން ނެތުނީތަ....ކަބުލޯ...އަލަގަހަކުން ކެޔޮނިރެއް ނުފަޅާނޭ....!!! އަދިވެސް އަވަގުރާނަ ގޮވަން ވީ...މަރައަތައްޔާރު ވާގޮތަކީ އެއީޔޯ މިވެރިން...ދަ މޮޔަ މީހުން...ހަހަހަހަހާ...!!

    32
    1
  74. އަރީސް

    މި ދެ ރައީސުންގެ ދުއްޕާން އަދި މި ދެމީހުން ގެ ކިބައިން ސަލާމަތް ވިޔަށް ނުނިމޭނެކަން އެގިއްޖެ. ދެ މީހިންގެ ދަރިންގެވެސް ހަމަ ބަފައިން ފަދައިން ގޮތެއް ހަޔާތެއް ނެއްކަން ޓުވީޓު ތަކުން ހިނގޭ

    19
    3
  75. މަމީ

    ރައީސްނަށީދު އާއި ރައީސްމައުމޫން އެއްގަލަކަށް އެރީ އަދި ކިރިޔާ.އެހެން ވީމަ ދެ އާއިލާ ކުދިން ވެސް އަރާރުން ނުވެބަލަ

    22
  76. މީމަގޭ ރާއްޖެ

    އަނެއްކަމެއް. ޕިސްޕިސްޕިސް. ދުންޔާ ޓްވީޓެއްކޮށްގެން އެމަންޖޭފުޅު ކޯފާވުމަކީ އެކަމުގެ ޒިންމާ ދުންޔާނަގަންޖެހޭ ކަމެއްނޫންކަންނޭގެ ސޮނިބެޔާ..! އަމިއްލަ އަމިއްލަޔަށް ސޮނިބެގެ ދަރިފުޅު ކޯފާވީމާ ދުންޔާއަށް އިންޒާރުދޭން ސޮނިބެއަކަށް އެއްވެސް ޙައްގެއް ނޯންނާނެ..! އެހެންވީމާ ބުނެވޭނީ ސޮނިބެ ހަމަޖައްސަލައިގެން މަޑުމަޑުން މިހާރުވެސް ތިއުޅުއްވާފާޑަށް ބާރުނުކެނޑެނީސް ޤައުމު ހަލާކު ކުރެވޭތޯ މަސައްކަތް ކުރައްވާ..! ބާރުވަކިކުރާ ސޮނިކަލޭގެއަށް ނޭގެޔޭ ތިމާމެނަށް މިއުޅެވެނީ ހުރިހާ ބާރެއް މުށައްލާ އަމިއްލަ ތައްޕާސް ބޮޑު ކުރަންކަމެއް.
    ޤައުމު ހަލާކުކޮއްފިއޭ މިހިރަ ސޮނިބޮކި
    ޤައުމު އިނދަވެއްޖެޔޭ ތިޔަ ބީހުމުން

    ވަރަށް ސަލާމް. މަޑުންހުރެލަންވީ ކަލޭ. ބު.

    15
    2
  77. ލައިލާ ލާލާ

    މަންމަ އަށް އެއް ކަމެއްވެސް ނުކޮށްދެވުނުތާ ކަނބުލޮޔައް...

    15
    3
  78. ލައިލާ ލާލާ

    މަންމަ އަށް ކޮށްދެވުނު ކަމެއް ނެތް..

    18
    3
  79. ޢަބްދުއްލާ

    ނަޝީދުގެ ދަރިކަނބަލުން ރުޅިގަދަވެ، އަވަގުރާނަ ގޮވައިފި

    7 ގަޑިއިރު ކުރިން ( ފެބުރުއަރީ 22, 2020 )

    އަނެއްކާ އެގޮއްޔެހުރީ ބަފާބުނި ހިނދުކޮޅުގަތަ؟

    މީތަ މިގޮއްޔެ ބަފާއެބުނާ دروس الخلاق ގެ ކަންފުޅަކީ!

    18
    3
  80. Anonymous

    ބޮޑު ސޯބު އެނބުރޭހެން ކުޑަ ސޯބު އެނބުރޭނީ. ލާދީނީ މުރުތައްދުން

    17
    2
  81. ދަވާލި19

    މިގޮލާ ކިތަންމެ ރުޅި ގަދަވިއްޔާ އަހަރެމެންނާ ކީއް ރަލުން ތެމިފަވާ ފޮތިގަނޑެއް ފެލާލީމާ ރާނޫން އެއްޗެއް ފެލިގެން ދާނެތޯ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނޭ މުސްކުޅިން ކިޔާތީ އަޑު އަހަން

    16
    2
  82. މުގައްދަރު

    ފަޒީގެ އެ ވާހަކައަށް ރައްދު ދެއްވާ ދުންޔާ ވިދާޅުވީ ރައީސް ނަޝީދު، ރައީސް މައުމޫނަށް ޓޯޗާކުރެއްވި ކަމަށެވެ. ފުލުހަށް ވެސް ގެންދެވި ކަމަށެވެ. އަދި ދުންޔާ ވަނީ އެކަން ހަނދާން ނެތުނީތޯ ކަމަނާވިސްނާ ފިކުރުކޮއްލަބަލަ އެމްއެސްއެލް ކިޔާ ކުންފުންޏެއްގައި އޮއްކަމައް ގިނަބަޔަކު ކިޔާ އެތައްސަތޭކަ ދިވެހިން ވަޒީފާ އަދާކޮއް އެޒަމާނުގައި މިގައުމައް ޑޮލަރޭ މިކިޔާ ފައިސާ އެންމެ ގިނައިން ވެއްދި ކުންފުނީގައޮއް ބޯޓްތައް ކޮބާތޯ އެއީ ރައްޔަދުންގެ ދާއޮހޮރުވާލްއިގެން ހޯދާފައިވާ ރައްޔަތުންގެ ތަރިކަ އެއަރމޯލްޑިވްސް ކިޔާކުންފުންޏެއްގައި އޮއް މަތިންދާ ބޯޓްތައް ކޮބާތޯ މީގރނއ މައްސަލައެއްގައި މަސައްކަތު މިހަކު ކީއްކުރަންތޯ ޕިޔޯނަކުވެސް ނެއް ކުއްވެރިވެ އަދަބުލިބިފައެއް ދެން އައި ވެރިމީހާ މިމައްސަލަތައް ނުބެލީ ހަމަ މިގޮތައް ކަން ކަން ކުރަން ކަން މިހާރު މިއިނގެނީ ވެދުން

    12
    2
  83. Anonymous

    ހީވަނީ ފޫޅުދިގު ހަންޑިހެން؟

    11
    5
  84. ޙަސަންކޮ1

    ނަޝީދުޕާޓީކުދިންކޮޅުގަބޫލުކުރާނީއަހަންނެނޫޅެންފަރަންޖީންގެވާހަކަގަބޫލުކުރާކަށް

    8
    3
  85. ޙަސަންކޮ1

    VagobeLelAkobAkalE. ނަޝީދުޕާޓީކުދިންކޮޅުގަބޫލުކުރާނީއަހަންނެނޫޅެންފަރަންޖީންގެވާހަކަގަބޫލުކުރާކަށް

    8
    1
  86. ޏަމީ

    ޢިސްލާމް ދީނުގައި ނަންކިޔާ އުސޫލާ ޚިލާފަށް އެ ހުރީ ނަން ކިޔާފާ. ދީނެއް މަޒުހަބެއް ނެތް ބަޔަކު ކިޔާކަށް ވަކި އެއްޗެއް ނޯންނާނެ.

    14
    4
  87. އަލީރާޖާ

    ދަރި އުފަންވީ އިރު ނޫހެއްގައި ލިޔުނު ލިޔުމަކާ ގުޅިގެންނޭ ބުނެ ޖަލުގައި. އުފަން ދުވަހު ޖަލުގައި. ހަޔާތުގެ ބޮޑުބައި ހައްގަކާ ނުލާ ސިޔާސީ ސަބަބަށް ޖަލުގައި. ދެން ރުޅިގަދަވީމާ ރުޅިގަދަވި ކުއްޖާދޯ ގޯސްވީ؟

    5
    23
  88. ކަހަނބު

    ތީ ކޮން އާއިލާއެއް؟؟ ނުވާނެ ރަނގަޅެއް

    14
    2
    • Anonymous

      ތެދެއް. ދިވެހިގައުމު ދުއް އެންމެ ގައްދާރު ހާއިނުންގެ އާއިލާ

      16
      3
  89. ގދ

    ގޭގެ އޮޅިގަނޑަކީ މައިމީހާ ކަމަށްވީއިރު މީގަ މައިމީހާ ކުއްޖާ ތަރުބިއްޔަތު ކޮއްފަހުރި ގޮތާމެދު ސުވާލު އުފެދޭ.

    14
    2
  90. ޑޮކުޓަރު

    ގައުމުގެ އިސް ސަފުގަ ހުރި މީހަކު ގެ ދަރިޔަކުވިއްޔާ ހުންނަން ވާނީ އޮރިޔާމުން.

    11
    2
  91. ކަމަނާ

    ކޮންމެ ގޮތެއްވިޔަސް ބައްޕަ ވާނީ ބައްޕައަށް، ދުންޔާ އަދީ މީރާގެ ބައްޕައަށްވެސް ވަނީ އަނިޔާ ލިބިފަ، މީރާ ޕްލީޒް ބައްޕިއަށް ވިސްނައިދީ އެގޮތަށް ނޫޅެން އޭރުން ދެންވެސް ކަމެއް ވާނީ

    14
    1
  92. ސަންތި

    މީރާ މަޝްހޫރު ކޮަށްދެނީތަ މިއަދު ނިއުސް؟ އެނީވޭއި ޝީ ބިކޭމް ސޯ ފޭމަސް ނައު....??

    3
    9
  93. ޙ

    ބަފާ ޔާ ދަރި އާ އެއްވައްތަރު

    10
    2
  94. އެމްއެމްއައި

    ޖޭސާ ބާޕް، ޖޭސާ އައުލާދު

    9
    3
  95. ކަލީމު

    އަނގަ ހުތުރު އާއިލާއެއް. ކާކު އައުގުރާނަ ނު ގޮވަނީ. މަގުމަތީގެ ރާގުތައް ދޯ

    9
    3
  96. ދިރާސާ

    މައިންބަފައިންގެކަންތައްތައް ކޮޕީކުރުމަކީ ވެދާނެކަމެއް ވީމާ،

  97. ދިރާސާ

    ދަރިންނަށް ރަގަޅުގޮތްދެއްކުމަށާ ، ރަގަޅުގޮތްބުނެދެންވީ މިހެންވެ އެއީ ދަރިން މައިންބަފައިން
    ކޮޕީކުރާނެތީވެ މިބާވަތުގެކަމެއް އަހަރެންގެ ދަރިއަކުކޮށްފިނަމަ ވަރަށްދެރަވާނެ މިކަހަލަގެއަޚުލާގީ
    ގޮތުން ދަށުފެންވަރުގެކަމެއް އަހަރެންގެދަރިން ނުކުރާނެކަމުގެ ވަރަށްބޮޑުޔަގީންކަމެއްދެވިފައިވޭ އެއީ

  98. ހާލާ

    ޢަންނިގެ ޓިސްދަތހި މާމަ އެ އީ. ސްކޫލްގަ އުޅުނު އިރު ފުތަތަމަ ދެ ޕީރިއެޑް ގަ އޭނަ އުޅޭނީ ބޮލުގަ ފެން އުނގުޅާފަ ޓިސްދަތިޖަހަން

    9
    3
  99. ދިރާސާ

    އެކޮއިގެ ބަފާ އެކޮއި ގާތުހުރިނަމަ ކޮންރީތި އަޚްލާޤެއްތަ ތިބުނާ ބަފައި ދަސްކޮށްދޭނީ ތިޔަ ބުނާ ބަފަޔަކީ އަދަބެއް އަޚްލާޤެއް އެނގިހުރިމީހެއްނޫން ނުބައިނުލަފާ ވަލުޖަނަވާރު އުސޫލް އެކޮއި ބަފާގެ ގައިގަހުރީ އެހެންވީމާ އެކޮޔަށް ދަސްވެފަ ތިޔަހުރީ ހަމަ ބަފަޔަށް ދަސްވެފަ ހުރި އަދަބު އަޚްލާޤް ރިވެތި އަޚްލާޤް ދަސްކުރަން ޖެހޭނީ އެހެން ފަރާތަކުން މިހާރު ތިޔަހުރީ ބަފައިކައިރިން ދަސްވެފަ

  100. މަޖާ

    ކާމަސްތު ރާގައިބުނާގޮތުން އަނގަފުޅާވީމާ.........

  101. علي

    ނަޝީދުއށް ދަރިޔަކަ ރަގަޅު ތަރުނިއްހަތު ދޭން އެނގެނީ އޭނަގެ އަދަބު އަޚްލާޤް ހުރެގެންނު

    3
    2
  102. ރޭންޖާ

    ޢަ ގުޑް ރީޑް ފޯރ ޓައިމް ޕާސް

  103. އައްޔު

    ތަރުބިއްޔަތުގެ މައްސަލަ މިފެންނަނީ

  104. ޔާމިން

    ނަޝީދުގެ ދަރިކަނބަލުން ރުޅިގަދަވެ، އަވަގުރާނަ ގޮވައިފި ހަމަހިނިއަންނަނީ ސާބަހޭ ދުންޔާ

  105. ޔާމިން

    މައުމޫންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށް ނުލި ނަމަ އެ ދުވަހު މީރާ ގާތުގައި އޭނާގެ ބައްޕަ ހުންނަވާ ރަނގަޅު އަހުލާގު އޭނާއަށް ދަސްކޮށް ދެއްވީސް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޖަލަށް ދާން ޖެހުނީ ކޮއްފާވާބޮޑެތިޖަރީމާތަކުންކަންމީއްޗައްނޭގުނު

    4
    1
  106. ބަލޯސޫ

    މމމމއޭ ޗަބުނިހެންާވާނީ އޭތީގެ ދިޔައެއިން ނުކުންނާނި

  107. އާދަނު

    މުޅި އާއިލާ އާއި ބަފާގެ ހުރު ލަދިހަޔާތް ކުޑަކަން ދަރީގެ ވެސް ހުންނާނެ.ޔަގީނާ ގާތަށް އެގޭ ކަމަކީ ތިޔަ ބައިގަޑަށް (އެމްދީޕީ) ލާދީނީ ފިކުރުގެ ބައިގަޑަށް ކުރިން ވެރިކަން ލިބުނު އިރު މަޖްލިސް މެޖޯރިޓީ އޮތްނަމަ އޭރު ވެސް ރައީސް މައުމޫނު ވެސް ޖަލަށް ކޮއްޕާލީސް. މެޖޯރިޓީ އިތީމަ ހާޥާ ހަޑި އެބަ ފެނެއެއްނު..ޖުޑިޝަރީ އަށް ރައީސް ޔާމީން އަތްބާނަނީ ޔޭ ކިޔާފަ، ޖޭއެސް.ސީ ކޔާ ގޮތްޕެއްހަދަިގެން މުޅީ ސުޕްރީމް ކޯޓް ފުޑާލާ، މުށުތެރެއަށް ތިންބާރު ލައިގެން، ގަންނަ ގނޑު މިއޮތީ ފެންނަން..