ދީން ޙިމާޔަތްކުރުމުގެ ނަމުގައި އުފެއްދި އަދާލަތު ޕާޓީ ކޮބާތޯ އާއި އީޔޫގެ ހުށަހެޅުމާއި މެދު އެ ޕާޓީން ދެކެނީ ކޮން ގޮތަކަށްތޯ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ސުވާލުކުރައްވައިފިއެވެ.

މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި އީޔޫއިން ނެރުނު ބަޔާން އިދިކޮޅުންނާއި އަދާލަތު ޕާޓީން ކުއްވެރި ނުކުރުމާއި ގުޅިގެންވަނީ އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އެވެރިންގެ ކެންޑިޑޭޓް މިކަމާ ދޭތެރޭ ވިދާޅުވަނީ ކީކޭބާ؟ ދީން ޙިމާޔަތްކުރުމުގެ ނަމުގައި އުފެއްދި އަދާލަތު ޕާޓީ އިން މިކަމާއި ދޭތެރޭ ބުނަނީ ކީކޭބާ؟" މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ވަނީ ގޮވާލާފައެވެ.

މިހާރު ޤާނޫނު އަސާސީގައި ވާގޮތުން ސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ. އަދި ހަމައެހެންމެ، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް އީޔޫގެ ބަޔާނުގައި ހުށައަޅާފައިވެއެވެ.

އިދިކޮޅު ފަރާތްތަކާއި ޚާއްސަ ގުޅުމެއް އޮންނަ އީޔޫގެ މިހުށަހެޅުންތަކާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިންތަކެއްވެސްވަނީ މިމަކާމެދު ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދް

    އަދާލަތު ކިޔައިގެން ދީން ހިމާޔަތް ކުރުމުގެ ނަމުގައި ދީން އޮޅުވާ ލަބައިގަނޑެއް ތީ.

  2. ހަސަން

    އައިޑްލް ބާއްވަނީ ދީނަށްޓަކައިތޯ

  3. ބުއްޅަބޭ

    ޖަލުގަ އޮތީ!

  4. ފާތިމާ

    ހަމަ ތެދެއްތި !

  5. ނުރަބޯ

    މިހާރު ދީން ހަލާކުކުރާ ރީނދޫ ޕާޓީގެ ފަހަތަށްގޮސް ލާދީނިއްޔަތަށް ނަޞްރުދެނީ. އެހެންކަމުން މިހާރު ޕާޓީއަށް ކިޔަން އެންމެ އެކަށީގެންވާ ނަމަކީ ޖަހާލަތު ޕާޓީ.

  6. ޢަފްލާ

    ޢަލީ ޒާހިރު މެން މަޖީދުމެން އެމީހުންގެ ލަކުނޭ ކިޔާ ބަލަ ލާދީނީ އަދާލަތު

  7. ސައްޕު

    އަދާލަތު ޕާޓީއެއް މިހާރަކު ނެތް؟ މިހާރު އޮތީ އަލީ ޒާހިރު އެންޑް ސިދާތާ ޕާޓީ. މިމީހުން ބުނާގޮތަކަށް ފަތުވާ ލިޔެދެއްވާ އިޔާޒް ދެން ހުންނެވީ. ހުރިހާ ދީނީ އިލްމުވެރުން ތިބީ މިމީހުން ދަށުވެފަ.

  8. ކަނބުލޮ

    މިހާރު އަދާލަތު ޕާޓީގެ ކަމަކީ ސިދާތާ ދޮން މީހުން ކައިރިޔަށް ފޮނުވާފަ ދޮންމީހުންނާ އެކު ފޮޓޯ ނެންގުން. އިސްލާމް ދީންނާ ދިވެހިން ދުރުވާ އެއްސަބަބު އަކީ ދީނީ އިލްމުވެރިން ދީނުގައި އަންގަވާފައިވާ ރީތި އަޚްލާގަށް ނޫޅޭތީ. މިހާރު މިމީހުން ޕޯޑިއަމްތަކަށް ޓީވީތަކަށް އަރާ ވާހަކަ ދައްކާއިރު ބަހުރުވަ ހުންގޮތުން ލަދުން ބޯހަލާކު. ހާއްސަކޮށް އަލީ ޒާހިރު އާ ސިދާތާ. ދެން އަހަރުން ދަރިންނަށް ދައްކަންވީ އެއީ އިސްލާމް ދީނުގެ އިލްމު ލިބިގެން ތިބި މީހުން އުޅޭގޮތޭ؟ ދީރައްކާތެރި ކުރުމަކީ އެއީޔޭ؟

  9. ެއަމިން

    މިރާއްޖޭގަި ދިނީ އިލްމުވެރީންގެ އަގު ވެއްޓުނީ ތިޔަބުނާ ސިޔާސީ ދީނީ އިލްމުވެރިން އުފެދުމުން ސިޔާާސީގޮތުން އިލްމުވެރީން ވަކި ޕާޓީއެއް އުފެއްދުމަކީ ނުރައްކާތެރި ކަމެއް އެހެނީ ހުޅަގުގެ ޑިމޮކރަސީ އަކީ ކަނު އަދި ހޭވެރިކަން ނެތް އެއްޗެއް ޕާތިސިސް ތަމުގެ ތެރެއިން ކިތައްމެ ގާބިލު އިލްމުވެރިޔާވެސް ގަބޫލުނުކުރާ މީހުން ތިބޭނެ