އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރަކު ބޭސްދެނީ "ގޫގްލް" ކޮށްގެން ކަމަށް ބުނެ އެޑޮކްޓަރަށް މީސް މީޑިއާގައި ފާޑުކިޔަމުން ދާތީ އެ ޑޮކްޓަރުގެ ދިފާއުގައި އައިޖީއެމްއެޗް ހޮސްޕިޓަލުން ނޫސް ބަޔާނެއް ނެރެފިއެވެ.

އެ ޑޮކްޓަރުގެ ދިފާއުގައި އައިޖީއެމްއެޗުން ބަޔާނެއް ނެރުނުއިރު، ރާއްޖޭގެ މަޝްހޫރު ގިނަ ޑޮކްޓަރުންވެސް ވަނީ، އެ ޑޮކްޓަރަށް ފާޑުކީ މީހާއަށް ރައްދު ދީފައެވެ.

މިދިޔަ ބުދަ ބުދަ ދުވަހު މައުމޫން އަލީ ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ޑޮކްޓަރުގެ ފޮޓޯއެއް ވެސް ހިމެނުމަށް ފަހު ބުނެފައި ވަނީ އެޑޮކްޓަރު ބޭސް ދެނީ ގޫގްލް ކޮށްގެން ކަމަށެވެ. ލަދު ކޮބައިތޯ ސުވާލު ކުރުމަށް ފަހު އޭނާ ވަނީ ހެލްތު މިނިސްޓްރީ އާއި ރައީސް ޞާލިހް ވެސް ޓްވީޓްގައި ޓެގް ކޮށްފައެވެ.

އެ ޓްވީޓާއި ގުޅިގެން މިއަދު އައިޖީއެމްޗް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބޭހެއް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކަށަވަރު ކުރުމުގެގޮތުން ސިއްހީ ހިދުމަތްތެރިން ރިއާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަތ/އެޕްތަކާއި މެޑިކަލް ކަލްކިއުލޭޓަރ ފަދަ ވަސީލަތްތައް ހުންނައިރު، މިއިން ވަސީލަތެއްގެ ބޭނުން މުވައްޒަފުން ހިފުމަކީ އެއްގޮތަަކަށްވެސް އެ މުވައްޒަފުގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ނޫން ކަމަށެެވެ.

"ނަމަވެސް މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާ ކަމުގެ ހެއްކެކެވެ. އަދި މިއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުހީބު ދޭކަމެކެވެ". އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.

އަދި އައިޖީއެމްއެޗް ހޮސްޕިޓަލުގެ މުވައްޒަަފަކާއި ގުޅޭ ޝަކުވާއެއް އޮތް ނަމަ އެ ހޮސްޕިޓަލަށް އަދި ރާއްޖޭގެ ކަމާއި ބެހޭ މުވައްސަސަތަކަށް ހުށަހަޅައިގެން ކުރިއަށްގެންދެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެއްވެސް ކަހަލަ އަސާސެއް ނެތި ސިއްހީ ހިދުމަތްތެރިންގެ ގާބިލްކަމާއި މެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުރުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ އަދި މުވައްޒަފުންނަށް މަލާމާރާއު ފުރައްސާރަ ކުރުމަކީ ހޮސްޕިޓަލްގެ މެނޭޖްމެންޓުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"އަދި މިފަދަ ހާލަތްތަކުގައި ކަމާއި ބެހޭ ގޭނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި، މުވައްޒަފުންނަށް ލިބިދެވޭ އިހްރިޔާރުތަކުގެ ދަށުން އަޅަން ޖެހެ ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ". އައިޖީއެމްއެޗް ހޮސްޕިޓަލްގެ ބަޔާނުގައި ވެއެވެ.

އަދި ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމް ފަދަ ތަންތަނުގައި ފޮޓޯ ނެގުން ފަދަ ކަންކަމަކީ މަނާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކުން ގަބޫލު ކުރާ ތައުލީމާއި ތަމްރިންތައް ފުރިހަމަކޮށް، ރާއްޖޭގެ ކަމާއިބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާންތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، އެ ކައުންސިލްތަކުގައި ރަޖިސްޓަރވެފައިވާ ގާބިލް ފަންނީ މުވައްޒަފުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސޮބީހާ މޫސާ

    ފުރަތަމަ ވެއްޖެނުން ހެލްތް މިނިސްޓަރަކަށް ހުރިމީހަކުގެ ގާބިލުކަން ޔަގީން ކުރަން.ކޮން ތަޖުރިބާއެއްތޯ އޭނަގެ ހުރީ ހެލްތް ދާއިރާގެ.ކަމުގެ އުޑެއްބުޑެއްނުދަންނަމީހަކު މިނިސްޓަރަކަށް ގެނެސްގެން މުޅި ހެލްތު ސެކްޓަރ ފުނޑޭއިރު އަތްޖަހަޖަހާ ތިބެންވީތޯ؟މިއަށްވުރެން ރަނގަޅުމީހަކު ނެތީތޯ؟ހަމަ ތިކިޔަނީ ކައުސިލް އިންތިހާބުގަވެސް ވޯޓް ދޭށޭ.ނުވާނެ ތިަކަމެއް.ނުދޭނަން ވޯޓެއް.ސަލާމް.

    31
    5
  2. ބުތު

    ތިޔަތަނަކީ ދެވުޅިއެއްވާތަނެއްނޫން އެޕޮއިންޓްމެންޓު ނަގާށޭ 24 ގަޑިއިރުކުރީގަ މިއީޑަކުޓަރު ބަލާގަޑިއާއި ހަމައައޮކަމެއް މިީހުންންއުދަގޫކުރަން އޭރުން ދައްކަން ކުލިނިކަދާނެތާ.......

    24
    13
    • އ. ޖ. އ

      ޝުކުރިއްޔާ ރައީސް ޔާމީން

      2
      3
  3. އަދާލަތު

    ގޫގުލް އިން ބަލައިގެން ބޭސްލިއެދިނު މަކީ ބޭރު ޤައު މު ތަކުގެ ބޮޑެތި ޑޮކްޓަރުންވެސް މިހާރު ކުރާކަ މެއް. އަޅުގަނޑު ޤަބޫލްކުރާގޮތުގައި، ބޮޑަށް ބައްޔާއި ގުޅޭ ބޭސް ދިނު މަށް އެއީ ވަރަށް އިތުބާރު އޮތްކަ މެއް. މައްސަލައެއްނޫން އެއީ.

    21
    1
    • އ. ޖ. އ

      އާނ ކަލޭ ވެސް ހުރިހާ އެއްޗެއް ގޫގްލް ދޯ... މި ބުނީ ޓްރީޓްމަންޓް ތަކާ ބޭހާ ޕޯނާ ހަނާކުރި ބިހުގެ ރެސިޕީ އާ

      2
      1
  4. ހަލީދު

    މިހާރު ނޯންނާނެ ގޯސް ކަމެއް. ބޯ ބުރިވިޔަސް ފައި ބުރިވިޔަސް އެވާހަކަ ދެއްކި މީހެއް ގޯސް ވާނީ. މައުމޫނު ސަރުކާރު ނޫނީ ޔާމީނު ސަރުކާރު ނަމަ ތި ޑޮކްޓަރަ ނުގޮވާ އެއްޗެއް ނޯންނާނެ.

    10
    4
  5. މުގައްދަރު

    "އަދި މިފަދަ ހާލަތްތަކުގައި ކަމާއި ބެހޭ ގޭނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި، މުވައްޒަފުންނަށް ލިބިދެވޭ އިހްރިޔާރުތަކުގެ ދަށުން އަޅަން ޖެހެ ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ". ތިޔަވިދާޅުވާ ފިޔަވަޅުއަޅާ ގާނޫނު ތަންފީޒު ކުރާ ކަމުގެ ހެއްކެއް މިހާރުވެސް މުޅިގައުމުން ފެންނަމުން މިދަނީ ކޮންގާނޫނެއްގަދޮށުންތޯ ބަންގާޅީ މުޅިގައުމުގައި ހިތުހުރި ގޮތަކައް ތެޅިބާލަމުން އެދަނީ ނޫހެއް ކިޔާލިޔަސް ލަދުން ބޯހަލާކް

    6
    3
  6. علي وحيد

    މިއޮތީ ދުނިޔެއެއް އެކަކަށްވެރެ އަކަކުމޮޅު ކިޔަވައިގެން ހުންނަ މީހާއަށްވުރެ ނުކިޔަވާ ހުންނަ މީހާ މޮޅުޒަމާން އަދި ކިޔަވައިގެން އަދި އޭނާ އަށް އެނގޭ މިންވަރަށްވުރެ މޮޅުކަމަށް ދަޢުވާ ކުރާ ޒަމާން ދެން އެއްޗެއް މީހާގެ ޙާލަތާއިމެދުވިސްނާލާ
    މިއަދުގެ ޙާލަތު

    8
    1
  7. ކިޔަވަން ބޭނުންނުވާމީހާ

    މެޑިސިން ހަދަން ކުދިން ބޭރައްފޮނުވުމަކީ ބޭކާރުކަމެއް ޑރ ގޫގުލްއިން ފުދޭނޭ

    1
    4
  8. އެކްޓަރ

    ދުނިޔޭގެ ތަހުޒީބުވެފައިވާ ވަރަށްބަލާއިރު، ބައި ހާޓްކޮށްގެން މިއަދު ސައިންސްވެރިން ބޭނުންކުރަނީ ފޮމިއުލާ...އެހެން ހުރިހާކަމެއްގައި ބޭނުންކޔރަނީ ޓެކޮނޮލޮޖީ... ބަންގާޅު މީހުންނާއި އިންޑިއާގެ ޑޮކްޓަރުން އައޓީއަށް ބީރައްޓެހި ނަމަވެސް ދިވެހި ޑޮކްޓަރުން ވަރަށް ފަރިތަވާނެ...އިލްމީ ގޮތުން ބަލާއިރު އެންމެ ރަގަޅަށް ފަރުވާކުރެވޭނީ ގޫގަލް ނުވަތަ އެފަދަ ސޮފްޓް ވެއަރގެ ބޭނުން ހިފައިގެން....

  9. ހަންނާނު

    އެންމެ ގިނަ މަރުގެ ކޭސްތައް ހުރީ އައިޖީއެމްއެޗުން އޮޕަރޭޝަނެއް ނުވަތަ ދޭން ނުވާ ވަރުގެ ބޭހެން ދީގެން، ދެން ކޮން ވާހަަކަ އެއް ދައްކާކަށް، ކޮބާ ލަދު

    3
    3
  10. ޤާބިލް ކަމާމެދު

    ޢައި.ޖީ.އެމް ގަ މަސައްކަތް ކުރަ ނީ ހަމަ ޤާބިލް ބޭފުޅު ންތޯ؟

  11. ބޭސް

    ޑޮކްޓަރުން ކިތައްމެ ރުޅިއަޔަސް ކިޔަވާފަ ހުރި އެއްޗެއްގެ ބޭނުންކުރާ ޑޮކްޓަރުން ވަރަށް މަދު. ދެން ދޭ ޚިދުމަތަކީ އެންމެ އެކަށޭނަ ޚިދުމަތެއް ނޫން..

  12. ފެއިލް

    ޗީޗީ ގާބިލް ފަންނީ މީހުނޭ ބުނަން ލަދުކޮބާ ތިކަމެއްއެނގޭ ނީމިނާގާބިލް ސަރުކާރު ބަދަލުވި ދުވަހަކު އެނގޭ ތިހޮސްޕިޓަލްގައި އުޅޭ މީހުންގެ ގާބިލްކަން އެވެސްއެއްޗެއް ނޭނގޭ މީހީހުން ތިތަނަށް ވަދެބާރުވެގެން ހަމައެއް ލަމައެއް އުޑެއްބުޑޭއް ނުދަންނަ މީހުން މިލާދީނީ ސަރުކާރުން ތިތަނަށް ލާފަތިބީމަ ވާގޮތްތިއީ ކޮންމެހެން މާމޮޅުބަޔަކަށް ވެގެން ނޫސްބަޔާތައް ނެރުނަ ކަސް މިނާގާބިލު ސަރުކާރުން ސީޔާސީ ވެގެން ތިތަނަށް ވެއްދީ ގިނަމީހުން ނަކީއުޑެއް ބުޑެއް ނުތަނަމީހުން ހަޖަމު ވިޔަސް ނުވިޔަމިއީ ހަގީގަތް މިކަން އޮޅުވާލަން ނޫޅޭ މިވަގުސަރުކާރު އައިފަހުން ކިތައްމައި ންގެކިތައްދަރިން ކަލޭމެންގެ ނާގާބިލް ކަމުންކިތައްމައިންކަން އެގޭތަ މިއަދުހިތާމަޔާ ހިތްދަތިކަމުގައި އުޅެ މުންއެދަނީ އަދިވެސް ތިމާނެންނާގާބިލު ވާހަކަދައްކާ މީހުނަށް ތަތިބިރުދައްކާ އިންޒާ ރުތިދެނީ ތިމާމެއް އަމިއްލައަށް އެކަން ތައްފޮރުވަން ނޫޅެ ރަގަޅުކުރެވޭތޯ އެއްނު އުޅޭންވީ ގޮތެއް ފޮތެއް ނޭގޭމީހުންތަކެއް ތިފަދަތަންތަނަށް ވަދެ ތަނެއްދޮރެއް ނޭގޭއިރު ވެސްއެގޭކަމަށް ހެދި ގެންއުޅުމުގެ ނަތީޖާ މިލާދީނީ ވަގުވެރިކަމު ގައިފެންނަމުން މިއަދު ފެންނަމުންމިދަނީ ތިބައިގަޑު މުީމިރާއްޖެ ފަނާކޮށްފި ތިމާމެންގެ ނާގާބިލުކަން ރައްޔަތު ނަށްއެގި ބަރަހަނާވީމަ އެހެންމީހުނަށް ކޮން އިންޒާރެއް ދެވޭނީ ތިމާމެން އަމިއްލައަށް ތިތިބީހޫނުފެނަށް އެރެވިފަ