ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ރިޕޯޓުގެ ފައިދާ ނަގަން ސަރުކާރުން ނޫޅުމަށާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ އީޔޫގެ ރިޕޯޓްއާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސްއާއި ރައީސްގެ ފަހަތްޕުޅުގައި ތިއްބެވި ފަރާތްތަކުން އިދިކޮޅު ލީޑަރުންނާއި ދީނީ އިލްމިވެރިންގެ ބޮލުގައި ޓެގް އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އީޔޫއިން ނެރުނު ރިޕޯޓްގައި ކުރިން ނުދައްކާ ވާހަކައެއް ނެތް ކަމަށެވެ.

އަމީންގެ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަހުގެ ތާރީޚެއްގައި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލީ ކާކުތޯ ސުވާލު އުފައްދަވާ، ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބަދަލުކޮށް، ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތް ހަދައި، އެ މީހުން ރާއްޖޭގައި ވަޒަން ވެރިވުމުގެ ދޮރު ހުޅުވައިދިނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.

ދިވެހި ދައުލަތުގެ ދައުވަތަކަށް “އިލެކްޓޯރަލް ފޮލޯއަޕް މިޝަން” (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ފުށުއަރާ ގިނަ ކަންތައްތަކެއް ވެއެވެ. އީޔޫގެ ރިޕޯޓުގެ މައިގަނޑު ކަންބޮޑުވުމަކީ މިނިވަން އިންތިޚާބެއް ބާއްވަން ހުރި ގޮންޖެހުންތައް ކަމުގައިވީނަމަވެސް، އިސްލާމީ އުސޫލުތައް ދޫކޮށް ދީނީ މިނިވަންކަން ދިނުމަށް އެރިޕޯޓްގައިވަނީ ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ އީޔޫއިން ނެރުނު މިބަަޔާނާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައި ނުވާތީއާއި، އެގޮވާލުމުގައިވާ ބައެއް ކަންތައް ކުރުމަށް އިދިކޮޅުން ތަކުރާރުކޮށް ގޮވަމުން ގެންދާތީ، އިދިކޮޅު ފަރާތްތަކުގެ މަޤްސަދާމެދު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފާތިމާ

    މި އަޖޭތަ މާ މޮޑެލް ވެގެން ފޮޓޯނަގަނިމި. ކޮންމެ ވާހަކަ އެއް ދެއްކިޔަސް އަހެމެން ބަލައެއް ނުގަންނަން ކަލޭމެންނެއް????

  2. Anonymous

    1400 އަހަރު ކުރިން މި އޮތީ މިމީހުންގެ ވާހަކަ ޤުރުއާނުގައި ސާފުކޮށް ބަޔާންކޮށްދެއްވާފަ. މިފަދަ މީހުންނަކީ ހަމަ ލާދީނީ މީހުން. ކާކުތޯ އެހެން ޤުރުއާނެއް އެހެންގޮތެއް އޮލްޓަނޭޓިވެއް ހޯދަން ގޮވާލީ؟

    އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން قرآن އެއް ގެނެސްދެއްވާށެވެ! ނުވަތަ އެ قرآن އަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށް މެނުވީ، ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ.

  3. ބަތޮލް

    1400 އަހަރު ކުރިން މި އޮތީ މިމީހުންގެ ވާހަކަ ޤުރުއާނުގައި ސާފުކޮށް ބަޔާންކޮށްދެއްވާފަ. މިފަދަ މީހުންނަކީ ހަމަ ލާދީނީ މީހުން. ކާކުތޯ އެހެން ޤުރުއާނެއް އެހެންގޮތެއް އޮލްޓަނޭޓިވެއް ހޯދަން ގޮވާލީ؟

    އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން قرآن އެއް ގެނެސްދެއްވާށެވެ! ނުވަތަ އެ قرآن އަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ وحى އަށް މެނުވީ، ތިމަންކަލޭގެފާނު تبع ވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ.

  4. ށަމާސާ

    ބިން ވިއްކަބިލަށް ތަައީދު އިނިކޮޅުމީހުނވެސް ކުރި. ތި އެންމެން ރާވައިގެން ކުރިކަމެއް އެވެސް. ޢަންނި އިހަށްދުވަހު ބުނީ ދިވެހި ޒުވަަނުން ތިބީ ޑިސްކޯއަށް ދިއުމުން މަހްރޫމް ކޮށްފައޭ. ޥެރިކަން ނުލިބިގެން ދެއިރު ދެދަޅައަށް އީޔޫ ފައިބުޑަށް ވެއްޓި ނެރުނު ގަރަާރު ކަަކު ބޮލުގަ ދެން އަޅުވާނީ. ތީ ހަމަ ލާދީނީ ބައިގަޑަނކީ. ޢަންނި ފޫބުޑުގަ އެލިގެން ނޫޅޭނެ އެނޫނަ މީހެއް.

  5. މޫސާ

    ކިތަންމެހާވެސް ރަނގަޅަކަށް ޓެގް ތިއޮތީ އަމިއްލައަށް އެޅިފާ! ކަލޭމެން އިނގިރޭސި ވިލާތުގައި ތިބެގެން ކުރާކަމަކީ ތިއީދޯ؟ ދުވަހަކުވެސް މިްަވްމުގެ ވެރިކަމަކަށް ކެނެރީގޭ އަނދިރި އަނދިރީންނަކަށް ނާދެވޭނެ. ސަލާމް!

  6. ނުރަބޯ

    ލާދީނީ ވީމާ ލީޑަރަކަސް ޑީލަރަކަސް އެހެން ބުނެވޭނެނު؟ ފޮނިއަމީނު ހީ ނުކުރައްޗޭ ކަލެއަށް ކާންދެނީ ބުރުމާ ގާސިމޭ ނުވަތަ ކެރަފާ މުގާބޭއޭ. ކަލެއަށް ކާންދެއްވާ ބަލަހައްޓަވަނީ އަދި ކަލޭ ދިރި ލަހައްޓަވަނީ މާތްﷲ ތަބާރަކަ ވަތަޢާލާ.

  7. ކަމަނަ

    އައްދޭ ހާދަ ސަޅިފޮޓޮއެކޭދޯ އެކަމަކު ވަރަށް ރަނޑުގޮތެއް ދައްކާ....!!!

  8. ޖޮއްބެ

    އެބުނާހެން. ހީވަނީ ދޭވާނަންދު ހެން. ކެކެކެކެކެ.....!!! ކަލޯ!ބުރުމާ ގާސިމު ދައުލަތަށް ދައްކަން ހުރި ލާރިކޮޅު އަވަހަށް ދައްކާށޭ ބުނެގަ؟

  9. ޓެގް

    އަޅުވާކަށް ނުޖެހޭ

    އަމިއްލަޔަށް އަޅައިގެން އުޅެންޏާ

  10. ޢަފްލާ

    ރަނޑާލި ދައިތައެއް ހެން ހީވަނީ ފިރިހެން ވަނތަ ކަމެއްވެސް ނެތް

  11. އެއްމެން

    ބަލަ ތިޔަޓެގް އަމިއްލަ ބޮލުގަ އަޅުވައިގެން ހުރިމީހެއްގެ ބޮލުގާ އަލުން ބަޔަކު އަޅުވާނެ ޓެގެއް ނެތް. އަމީނު އޭނަ އަކީ ތިބޭފުޅާގެ ލީޑަރު ކަމަށް ވެދާނެ. އެއީ އަޅުގަނޑު މެންގެ ލީޑަރެއް ނޫން. އަޅުގަނޑު މެންގެ ލީޑަރު ކަށް ބަލައިގަންނާނެ މީހެއްގާ ހުންނަންވާ އެއްމެ މުހިންމު ސިފަތައް އައްނި ގަޔަކު ނެތް. މިތަނަށް ލީޑަރުންތަކޭ ވިދާޅުވެ އެހެން މީހުން މިތަނަށް ވައްދަވަން ނުއުޅުއްވާ. އަޅުގަނޑުމެން މިދައްކަނީ ހަމައެކަނި އައްނިގެވާހަކަ.އޭނައަކީ މިގައުމުގާ އިސްލާމް ދީންނޫން އެހެން ދީންތަކަށް އަޅުކަން ކުރުމަކީ ދީނީގޮތުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ ޝޭޚުން ކާރީން އަހަން ބޭނުން ކަން އޭނަގެ ރޭޑިއޯ ޚިތާބެއްގާ އިއުލާން ކުރި ގަޅިމީހާ. މީގެ މޮޅު ތަންކޮޅަކީ އައްނި ޝޭޚެއްގެ ކާރީން އެވާހަކަނުވެސް އަހައޭ.

  12. އަބްދުއްލާ

    އިދިކޮޅުގަ ލާދީނީ ލީޑަރު ހުރުމުންނާ އެ ލީޑަރުގެ ފަހަތުގާ އުޅޭލީޑަރުންވެސް ބޮޑުލާދީނީގެ އިލްޒާމުން ބައެއް އޮންނާނެ. އެއީ މީހަކު ނުބައިކަމެއް ކުރާއިރު އެކަމަށް ސަޕޯޓްދީ އެމީހާގެ ފަހަތުގަ އުޅޭމީހުނަށްވެސް އެކަމުގެ އަޒާބު ލިބޭނެ. އެހެންވުމުން

  13. ނަފުރަތު

    ލީޑަރުން ކީއްކުރަން ކަލޭގެ ބޮލުގަވެސް ލާދީނި

    ޓެގްއަޅުވާނަން ...ހަމަލާޑީނީ ވީމަ އެހެންބުނަން

    ޖެހެނީ.

  14. ނަފުރަތު

    ލާދީނީ އިގެރޭސިބިލާތު މޮޑެލް އެއްތަމީ ހާދަ

    ރިހައޭދޯ.....

  15. ރީތި މޫސަ

    ކީއްވެ ނުއަޅުވަންވީ ތިބައިމީހުން ބޭރަށްގޮސްތިބެގެން ލާދީނީ މީހުންގާތުން އެދެނީ އެމީހުންބޭނުންވާ ކަންކަން ފުއްދައިދީގެންނަމަވެސް ވެރިންކަންހޯދުމަށް މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމަތިމީހުން

  16. ހުމާމު

    ފިލްމުސްޓާރަކާ ވ. ވައްތަރު ވީމާ ފިލްމުކުޅެއް ތިކޮޅުގައި މަޑުކުރޭ! މިކޮޅުގެ ކަންތައް އަހަރެމެން ކުރިޔައް ގެންދާނު!

  17. ކެރީ

    ހޫނ މަ ހީކުރީ ޝަންމީ ކަޕޫރުކަމަށް

  18. ފުއްގުޑި

    ޓެގު އަޅުވާކަށް ނުޖެހޭ، ކަލޭމެންގެ އަމަލުތަކުން ސާބިތު ވެއްޖެ. ވެރިކަމުގެ ދަހިވެތިކަމުގަ އިސްލާމް ދީން ގުރުބާން ކުރެވޭއިރުވެސް ނޭންގެ. މިނޫން ދުނިޔެއެއްވެސް އެބޮތްކަން ހަނދާނެތުނީތަ؟ ތިމާމެންގެ އަމަލުތަކަށް ޖަވާބު ދާރީވާ ދުވަހު އަޅާނީ ކޮން ޓެގެއް؟

  19. ޭއިހުގެ ބޭބެ

    ކަލޯ ތިކަމަކީި ހަމަ ކެނެރީގޭ އަދިރި އަދިރިން ޔަހޫދީ ކަލޭގެ އާއި އަމިއްލަ އަރުވާލެވިގެން ތިއުޅޭ ބައިގަޑުގެ މިންނެއް ބުރަ މަސައްކަތް ތިކުރާ ހިތްވަރައް ފައްފަށުން ޝުކުރު ދައްންވަން ކަލޯމެން ތިކަމާގެން އުޅޭ. ޑިމޮކްރަސީ ހަރުދަނާ ކުރެވޭތޯ ކަލޯމެން ޙިކޮއްގެން ތި ތިބީ ދޮންމީހުން ކައިރީގާ ބުނެގެން ސީޓީ ފޮނުވީމާ މިކަންވަަނެކަމަށްތާ
    ކަލޯމެންނަށް އޮތީ މިކޮޅުން ކުޑަ ގޮޅިކަން ހަދާން ބަހައްޓާތި
    ވ ވެދުން....

  20. އެދުވަސް

    އަމީންއަށް ވަަރަށް ސަލާމް

    https://vaguthu.mv/news/30951 މި ލިންކު ކިޔާބަލަ މީ ދީނީ އިލްމުވެރިން ގެ ބަސް

  21. ޜަނޑު

    ކަލޭމެން ތި ތިބީ އަމިްއލަ އަށް ޓެގު އަޅުވައިގެން. އެހެންވެ ޔޫރަޕުން ކަލޭމެން ދެކެ ލޯބި ވަނީ..