ހދ. ވައިކަރަދޫ އިން މަރުވެފައި އޮތް ކިނބުލެއް ފެނިއްޖެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލް ނައިބް ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ، މިއަދު ހަވީރު 6:00 ޖެހިހާއިރު، އެރަށު ބަނދަރު ކައިރިން މަރުވެފައި އޮތް ކިނބުލެއް އެރަށު ޒުވާނަކަށް ފެނިގެން އެ މައުލޫމާތު ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކިނބޫ ނިގުލާއެކު ހަތަރު ފޫޓު ހުރި ކަމަށާއި، އޭތި އޮތީ ކުނިވެސް ވެފައި ކަމަށެވެ.

ވައިކަރަދޫއިން ފެނުނު ކިނބޫ - ފޮޓޯ: ވައިކަރަދޫ ޕިކްޗާސް

އޭނާ ވިދާޅުވިގޮތުގައި، އެ ކިނބޫ ފެނިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

"އަދި ނޭނގޭކަން ކުރާނީ ކިހިނެއް ކަމެއް، ވަޅުލުމުގެ ކަންކަން". އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.

ރާއްޖޭގެ ބައެއް ރަށްތަަކުގެ މޫދު ކައިރިން މީގެ ކުރިންވެސް ކިނބޫ ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ތިއީ ގައު މަށް ލިބުނު ބޮޑު މެސެޖެއް ކަ މަށްވެސް ވެދާނެ.

    70
    4
  2. ޔާމިން

    ރޭގަ ކާނިވާ ސަރަހައްދުގަވެސް ކިބުލެއް އުޅުނު. އެ ކިބޫ ވާހަކަވެސް ދައްކާ ވަރަށް ދޮގުހަދާ އޮޅިވާލާ ކިބުލެންއެއީ.

    68
    9
  3. ބޭބެ

    ކިނބޫ ފެނއްނާނެ. ޢަހަރެމެން ހައިރާނެއްނުވޭ. ބޮޑު ކިނބޫ އެހެރީ ހުރިހާ އެއްޗެއް ދިރުވާލައިގެން އެއްވެސް ކަމެއްނުކޮށް. އެންމެ ފަހުން ސީޕްލޭން ޓާމިނަލްވެސް ކާލައިފި. މިދިޔަ އަހަރުގެ ބަޖެޓްވެސް ކާލައިފި. މިދޭތެރެއިން ކިނބޫ މުހިންމު ތަގްރީރެއްކުރަންވެގެން އެމެރިކާގެ ބައްރަގުގައި އޮތް ފެންގަޑަކަށްދާން ވެގެން ކުރި ދަތުރަށްވެސް 4.3 މިލިއަން ރުފިޔާ މި ކިނބޫ ހޭދަކުރި. މިއޮތީވާ ކިނބުލެއް ލައްގާފަ މިރާއްޖެއަށް.

    53
    7
  4. Anonymous

    ފިނޭގައި އެބަ އުޅޭތޯ 18 އަހަވީ 7 ފޫޓްގެ ހަރުފައެއް

    23
    1
  5. ޢަންސާރު

    ކިނބުލުގެ ނަހަލާލު ވެރިކަން...ހިންނަވަރު ބުއްޅަބޭ އިސްތިއުފާ

    38
    4
  6. ޣަނީ

    ޢަވަހަށް މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ

    21
    4
  7. ސީނު

    ކިނބުލާކީ ނުރައްކާތެރި ޖަނަވާރެއްކަން އެންމެނަށްވެސް އިނގޭ

    34
    3
  8. ނޯޑައުޓް

    ކިނބޫ ސީޒަން އޯޕްނަ..

    29
  9. ހިދުކޮޅު

    ކިބޫ އަސްލުވެސް މަރުވެފަތަ

    4
    1
  10. ދަވާލި19

    ތީގެ ކިނބުލެއް އެބައުޅޭ ގައުމު ދަވާލައިގެން ވެރިކަމުގަ ހުރީވެސް ކިނބުލެއް

    10
    1
  11. ކޮސްއެލެކްސް

    އިބޫ ޞޯލިޙު އަށް އަޅުގަނޑު ގޮވާލަން "ރިޔާސީ ކިނބޫ ކޮމިޝަނެއް" އަވަހައް އުފައްދަވައި މިމަރު ތަޙުޤީޤުކޮށްދެއްވުމަށް..

    12
  12. ހައިޝާ

    ކިނބުލަކީވެސް ހަމަ މާތް ﷲ ގެ މިލްކެއް ކީއްވޭ ކޮމެންޓު ކުރާ މީހުން އެކަން ނުދަނެ ޖޯކު ޖެހުމުގަ ތިއުޅެނީ