ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމަށް އެމްޑީޕީން ރޭ މުޅި ރާއްޖޭގައި ބޭއްވި ޖަލްސާއަށް އެހެން ގިނަ ރަށްރަށުން ވެސް ނިކުތީ މަދު ބައެއްކަން ފާހަގަ ކުރެވޭ ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދެގޮނޑި ދިން ކުޅުދުއްފުށިން ވެސް ޖަލްސާއަށް ނިކުތީ މަދު އަދަދެއްގެ ބައެކެވެ.

"ކުޅުދުއްފުށީ އޮންލައިން" ގައި ބުނެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބައިވެރިވެޑައިގެންނެވި އެ ޖަލްސާ އޮންނަ ވާހަކަ އަޑުގަދަ ކުރާއިން މުޅި ރަށުގައި ގޮވި ކަމަށެވެ. ނަމަވެސް މީގެ ކުރިން އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާތަކާ ތަފާތުކޮށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދެވެ.

ޖަލްސާގައި 260 ވަރަކަށް ގޮނޑި ޖަހާފައި ހުރިއިރު ޖަލްސާގައި ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ ގޮނޑި ހުރީ ހުސްކޮށެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އިސްވެ ހުންނަވައިގެން ފުވައްމުލަކުގައި ބޭއްވި ޖަލްސާއަށް 100 ވަރަކަށް މީހުން ވެސް ހާޒިރެއް ނުވެއެވެ. ފުވައްމުލަކަކީ ވެސް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދި ސިޓީއެކެވެ.

މީގެ އިތުރުން ތ.އަތޮޅުގައި ބޭއްވި ޖަލްސާއަކަށް ވެސް ވަރަށް މަދު އަދަދެއްގެ މީހުން ހާޒިރުވެ ތިބި މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މާލޭގައި ރޭ ރައީސް ޞާލިހާއި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއަށް ވެސް ހާޒިރުވީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ނަޝީދު ވަނީ ޖަލްސާއަށް މަދުން މީހުން ހާޒިރުވުމުން ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް ވިދާޅުވެފައެވެ. ޖަލްސާއަށް މަދުން މީހުން ނިކުތް ނަމަވެސް މާލޭގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކއުންސިލަރު

    އެމްޑީޕީ ކައުންސިލަރުން ހޮވަން އމޑޕ ކައުން ސިލަރުންނަށް ދެވޭވޯޓާކި ސެކިއުލާ ލާދީނީ ގައުމުފަނާ ކުރުމަށް ދެބޭ ވޯޓެއް ދިވެހިންނަކީ އިސްލާމްދީނާ އަޙުވަންތަކަމާ އުޙުއްވަންތަ އެއްބަޑު އެއްބަފާ ބައެއްގެ ގޮތުގާ ދިރި އުޅެމުންއާބައެއް އެހެންވީމަ މިކަން ކަން ނެތިކޮށްލާ ބޭރުގެ ސެކުއުލާ ފަނާކރަނިވި އިސްލާމދީނާ ބީރައްޓެހި ފިކުރު އމޑޕ ގެ މިހާޜުގަތިބި ލީޑަސިޕުން ފެންނަން ފެށީމަ ދިވެހިން ބުނަުން މިދަނީ ދެންހެވޭ ދެންހެވޭ ވަވަރު ވެއްޖޭ މަކަރާހީލަތުން އަހރެމެން މަގުފުރަށްދަން ދެންފުރުސަތެއް ނެތޭ ނުވިޔެއްނޫންހޭ

    25
  2. ޒެކް

    ޢަލްހަމްދުލިﷲ

    22
  3. Anonymous

    މިފަހަރު އިންޝާﷲ ލާދީނީ އެމްޑީޕީ ބަލިވާނެ

    34
  4. ކަލޯ

    އެމް.ޑީ.ޕީ ދެން ދުވަހެއް ދުވަހަކަށް ދާނީ ފަނޑުވަމުން ހުލިވަމުން. އެމް.ޑީ.ޕީގެ ތަރި އޮއްސިއްޖެ. 8 އަހަރުވަންދެން މަގުމަތީ ތިބި ރަންރީނދޫ ލަޝްކަރެއް މިހާރު ފެންނަނީ އަޅާނުލާ ދޫކޮށްލާފައިވާ ސަވާރީތަކެއްގެ ސިފައިގަ. ވެރިކަން ލިބުމުން ވީ އުފަލުގައި ބޯވައެއް ކައްޓަށްފުޅެއް ވަކިނުވެ ފެންވަރުނެތް ކަންނެތް ބަޔަކަށް ވަޒީފާތައް ދީ ހުސްކޮށްފަ. ނާޤާބިލްކަމާއި އުފެއްދުންތެރިކަން ނެތުމުގެ ސަބަބުން ސަރުކާރަށްވަނީ ހިޔަނިއެޅިފަ.
    2023 ވަނަ އަހަރު އައު ކޯލިޝަނަކާއެކު އެހެން ބައެއް ވެރިކަން ކުރާނެ މަންޒަރު މިހާރުވެސް ސިފަވަމުންދޭ.

    22
  5. ކަލޯ

    ފާއިތުވި 12 އަހަރުގެ ތަޖުރިބާއިން ދިވެހިންނަށް ސިޔާސީ ޕާޓީތަކުގެ ބޮޑުންގެ މަކަރު ވެރި ރޭވުންތައް ދަސްވެ ވަޅު ކައްޓަށްފުޅުތަކަށް ބަދަލުވެއްޖެ. ދެން އެއްވެސް ބަޔަކު މުޒާހަރާކުރާކަށް މަގުތަކަށް ނުނިކުންނާނެ. އަދި ޕާޓީތަކުގެ ޖަލްސާތައް ފަޅުވިލުވަންވެސް ނުދާނެ. މިޖީލުގެ ޒުވާނުންނަށް ރާއްޖޭގެ ޕޮލިޓިކްސް ދަސްވެއްޖެ. އިޚްލާޞްތެރި ކަމާއެކު ހަރުދަނާ ސިޔާސަތެއް އަދިވެސް ވިއްކަން އެނގޭ ބަޔަކަށް ވިއްކައި ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރެވިދާނެ. ނަމަވެސް އެމް.ޑީ.ޕީ ޕީޕީއެމް، ޖޭޕީ ގެ ލީޑަރޝިޕަށް ބޮޑުންނަށް ދެނެއް އިތުބާރެއް ނުކުރާނެ. ދިވެހިން މިވަނީ ބުހުތާން ދޮގު ވަޢުދުތަށް އަޑުއަހައި ފޫހިވެފައި. ރާއްޖެތެރޭގެ ރައްޔިތުންނަށް ޙައްޤުމިންވަރު ނުލިބުމުން އަދި މާބޮޑަށް ސަރުކާރުތަކަށް އިތުބާރު ގެއްލިފައިވޭ.

    12
    1
  6. ސިކަންދަރު

    މިހާރު ރައްޔަތުންނައް އެބަ އެނގޭ ތިޔަ ޕާޓީތައް ހަދައިގެން ރައްޔަތުންނައް އޮޅުވާލައިގެން ރައްޔަތުން އަޅުންނައް ހަދައިގެން ޖިޒީނަގައިގެން މިޕާޓީތަކައް ބޮލަކައް ވަކިވަރެއް ނަގައިގެން ޙަރަދުކުރަނީކަން އަދި މިބައިމީހުންނައް ވަޒީފާތަކައްލާ ހިތުހުރި ގޮތަކައް ހިތުހުރި ބަޔަކައް ނުައަގުގައި ބޭރުމިހުންނައް ބައި އަޅާގޮތައްދީ ޓިއެމްއޭއައް ޓަމިނަލް ދޭންވެސް ނިންމީ ރައްޔަތުންނައް ސަރުކަރުން ކުއްޔައދީފައި ހުރި ފުލެޓް ތަކައްވުރެވެސް އަގުހެޔޮކޮއް ވީމާ ރައްޔަތުންނެއް ބޭނުމެެއް ނޫން ޕާޓީއެއް މިހާރު ކުލަބުތަކުގެ ވެސް އަގެއްނެތް ތިޔަޕާޓީ ތަކެކޭ ކުލަބް ތަކެކޭ ތަފަތެއް ނެތް

    10
  7. ޙަސަންކޮ1

    ނަޝީދުޕާޓީކުދިންކޮޅުގަބޫލުކުރާނީއަހަންނެނޫޅެންފަރަންޖީންގެވާހަކަގަބޫލުކުރާކަށް

    10
  8. ދޮން ހަސަނު

    މުޅި ދުނިޔޭގ އެއްފަހަރާވެސް ޖަލްސާ ބޭއްވިދާނެ ތިޔަ ގޮތަށް މީހުން ޖަލްސާއަށް ދިޔަގިނަކަމުން ލަދުން ބޯހަލާކު ނުފޯރާ ފޮތިން ފޫގަޅެމުން ފެންނާނީ ދެން އަންނި ބުނި އެތި ތިޔަ އޮތީ އެމްޑިޕީއަށް އަންނި ބުނާ ނުފޯރާ ފޮތިން ފޫގެޅިމަ ފެންނަ އެތި ފެނިފަ ދެން ލަލަލާ އަދިވެސް ލަދެއް ނުގަންނާނެ

    13
  9. ސިކަންދަރު

    ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަކީ ޤައުމީ މައްސަލައެއް ކަމަށެވެ ގައުމީ މަސް އަލަޔަކައް ހަދައިގެން ތިޔަ އުޅުން ވަނީ ހަމަ ސަރުކާރު ތަކުން ގެންގުޅޭ ނަސްލީ އިމްތިޔާޒެއްގެ ސަބަބުނަ މާލެ ފިޔަވާ ހުރިހާ މީހުން އުޅޭ ރައްތަކުން ގޯތި ހިލޭ ދޫކުރާއިރު މިމާލޭގެ ރައްޔިތަކަށް ޒުވާނަކައް ބިންކޮޅެއް ނުދީ ބިން ތައް ހިސޯރުކޮއް ބާއް ވައިގެން މުސްސަދި ވިޔަފާރިވެރިން ނައް ބިންތައްދީގެން ބޯހިޔާވެހިކަމުގެ ނަމުގައި ފުލެޓް ގެސްޓް ހައުސް އަޅައިގެން ވިޔަފާރި މިކުރަނީ ސީދާ ސަރުކާރުން އެއީ ފަސޭހަކަމާއެކު ސީދާ ވޯޓައް ނުފޫޒް ފޯރުވަން ކުރާކަމެއް ދެން މިކިޔަނީ އެއްރައް ތަރައްގީ ކުރަނީއޭ އަދި އެއްނެތް ސަރުކާރަކުން ގެދޮރުއަޅާފައި ކުއްޔައްދީފައެއް މުޅިންވެސް ބޭރުގައުމުތަކުން ނާއި ވިޔަފާރި ވެރިން ލައްވާ އަޅުވާފައި ރައްޔަތުން ނައް ބޮޑު އަގުގައި ދެން ތަރައްގީ މާލެޔައް އެކަންޏޭ ބުނާ އިރު ކާކައް ތޯ މިއޮޅުވާލަނީ ކޮންމެ ގައުމެއްގަވެސް ވެރިރައްް ތަފާތުވާނެ ކިޔަވައިގެން ތިބޭ ބަޔަކު ދައްކާކަހަލަ ވާހަކަތަ މިދައްކަވަނީ ޖަޕާނުގައި ކިތައް ޓޯކިޔޯ އޮވޭތޯ ސުރީ ލަންކާގައި ކިތައް ކަލަންބޯ އޮވޭތޯ އެމެރިކާގައި ކިތައް ވޮޝިންޓަން ޑީސީ އޮވޭތޯ ކީއްވެގެންތޯ އެމެރިކާސަރުކާރުން ރައްފުއްތައް އުވާލާފަ ހުރިހާ ރަށެއް ވޮޝިންޓަން ޑީސީޔައް ނުހަދަނީ

    12
  10. ބޯހަލާކު

    ކަލޭމެންނައް އިންތިހާބު ކާމިޔާބުވާނީ ވޯޓްއޮޅުވައިލައިގެން..ކުރޭގެ 2 އިންތިހާބްބެސް ކަންކުރީއެހެން...

    13
  11. ނޮޅިފިސް

    މިހުރިހާ މަންޒަރުތަކުން ދޭހަވާ ކަމަކީ ދިވެހިންތިބީ މިވެރިން މިކުޅޭ ކުޅިގަނޑަށް އިންތިހާއަށް ރުޅިއައިސްފަކަން.
    1. އާއިލީ ގަބީލާވެރިކަން ކުރުން.
    2. މާތްﷲއާއި ކީރިތިރަސޫލާއަށް އަދި އިސްލާމްދީނަށް ފުރައްސާރަކުރި ބަޔަކު ދޫކުރެވިފައި ތިބުން.
    3. ރާއްޖެތެރެ އާއި މާލެ ޝިއާރު އާކޮށް އަތޮޅުތަކުގެ ރައްޔިތުންނަކީ އިޒުރޭލު މީހުންކަމުގަ އަނދުންސޭޓުގޮވުން.
    4. ދިވެހި އާއިލާތަކަށް ލިބިފައިވާ 7000 ފުލެޓް ގަދަކަމުން އަތުލާނެ ކަމަށް ތަކުރާރުކޮށް ބުނެ ބޭގަރާރުކުރުން.
    5. ދިވެހި މަސައްކަތްތެރިންގެ މިނިމަމްވޭޖް ޗުކުންދިޔުން އަދި އެއްމެ 6500 ރުފިޔާއަށް ހުށަހެޅުން.
    6. ސިވިލްސަރވިސް މުވައްޒަފުންނަށް ގޯނާކޮށް އިހާނެތި ބަސްތަށް ތަކުރާރުކޮށް ގޮވާ ބުލީކުރުން.
    7. ރިސޯޓް މުވައްޒަފުންގެ ސަރވިސްޗާރޖް ކަށަވަރުނުވުން.
    8. ދިވެހިރާއްޖޭގެ ޒުވާނުން މަސްތުވުމަށް އިމެއްނެތި ދޫވެފައޮތުން، އެމީހުން މަގުމަތީގަ ފޭރި، މީހުންމަރަން ފަހިވެފާއޮތުން.
    9. މަސްވެރިންނާއި ދަނޑުވެރިން ބިކަހާލުގަޖެހުން.
    10. ކުދިވިޔަފާރިތަށް ބިދޭސީންގެ ބާރުގެދަށަށް ދިޔުމަށް މަގުފަހިކުރުން އަދި ވޯކްވިސާނެތި ބިދޭސީން މާލޭގެ މަގުތަކުގައި އުޅޭނެގޮތަކަށް އުޅެން ދޫކުރުން.

    22
  12. މޯދީ

    ލާދީނީ ކަންކަމުން ރައްޔިތުން ފޫހިވާނެ.

  13. ޔާމިން

    ލޯކަލް ކައުންސިލް އިންތިހާބު މޑޕ އަށް ކާމިޔާބު ވާނެއޮތީ އެއްމެ ގޮތެއް އީސީ ޝަރީފް އާއި ގުޅިގެން ވޯޓު އޮޅުވާލައިގެއް އިތުރު ގޮތަކަށް ކައުންސިލް އިންތިހާބު ކާމިޔާބެއްނުވާނެ. އިންޝާﷲ. ރާއްޖޭގަ މިއޮއް އިސްލާމް ދީން އާއި އިސްތިގުލާލް ހިމާޔައްކުރަންބޭ ނުންނަމަ މޑޕ އައް ވޯޓު ނުދޭތި. ދިވެހި ރައްޔިތުންކައިރި ދެފައި ބުޑަށްވެއްޓި އާދެސްކޮށްފަ މިބުނަނީ. ވިސްނާ އަދި ވަގުތު ފާއިތުއެއްނުވޭ.