މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ދުނިޔެ އާއި ރާއްޖެ އިން ފާހަގަ ކުރެވޭ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:26

23:05

ދެކުނު ކޮރެއާއިން ކޮވިޑް-19 ޖެހިގެން ހަވަނަ މީހަކު މަރުވެއްޖެ.

22:42

ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން ތިން ވަނަ މީހަކު މަރުވެއްޖެ. އިޓަލީ ސަރުކާރުން ދެންމެ ބުނީ މިއަދު މަރުވެފައި ވަނީ އުމުރުން ދޮށީ އަންހެނެއް ކަމަށް. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޓަލީން އިތުރު ދެމީހަކު މަރުވިއިރު އެއީ ވެސް އުމުރުން ދޮށީ މީހުން.

22:39

21:31

19:13

ކޮވިޑް 19 އަށް ޝައްކު ކުރެވިގެން އަފްޣާނިސްތާނުން ތިން މީހެއްގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ފަށައިފި. އެ ތިންމީހުންނަކީ ހެރާތް ސިޓީގައި އުޅުމުން އަންނަ މީހުން، އެ މީހުންނަކީ ދާދި ފަހުން އީރާނުން އައި ބައެއް.

އެ މީހުން ތިބީ މޮނިޓަރު ކުރުމަށް ގެނެވިފައި. އަދި އެ މީހުންގެ ލޭގެ ސާމްޕަލްތައް ނެގުމަށްފަހު މިހާރު ވަނީ ކާބުލްއަށް ޓެސްޓު ހަދަން ފޮނުވާފައި.

މިއަދާއި ހަމައަށް އަފްޣާނިސްތާނުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައެއް ނުވޭ.

17:16

އީރަންގެ ވެރިރަށް ޓެހްރާންގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފި، އަދި އިތުރު ޕްރޮވިންސެއްގައި ވެސް ވަނީ ބަންދުކޮށްފައި.

17:13

އިޓަލީން އަނެއްކާވެސް 32 މީހުން ކޮޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިއަދު މިހާތަނަށް 63 މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައި. މިހާތަނަށް އެ ގައުމުން 132 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި.

17:11

ޖަޕާނުގެ ޑައިމަންޑް ޕްރިންސަސް ކްރޫސް ލައިނާއިން ކޮވިޑް19 ޖެހުނު އިތުރު މީހަކު މަރުވެއްޖެ. އެންމެ ފަހުން މަރުވެފައި ވަނީ އެ ކްރޫސް ލައިނާގައި ހުރި އުމުރުން 80 އަަހަރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެނެއް. އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް.

17:02

ހޮންގކޮންގ އިން އިތުރު ފަސް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށް އެ ގައުމުން 74 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި.

16:40

16:34

16:09

15:39

15:13

އިޓަލީގެ ލޮމްބާޑީ ރީޖަންއިން 89 މީހަކު ކޮވިޑް19 އަށް ޕޮޒިޓީވްވެފައިވާކަމަށް އެ ރީޖަންގެ ގަވަރުނަރު ވިދާޅުވެއްޖެ. އަދި އެ ގައުމުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައި.

15:00

އީރާނުން ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. މިހާތާނަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 7 އަށް ވަނީ އަރާފައި.

ކޮވިޑް19 ޖެހިގެން އެންމެ ފަހުން މަރުވެފައި ވަނީ ޓެހްރާން އިން ޓޮނެކަބޮން އަށް ދަތުރު ކުރި މީހެއްް.

13:56

13:48

12:23

ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާ އިން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެ. ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައި.

11:03

ކޮވިޑް-19 އަށް ބޭހެއް އުފެއްދުމަށާއި ވެކްސިއެއް އުފައްދަން، އަދި ބަލީގެ ހާލަތު ދެނެގަންނަން ކުރަމުން އަންނަ މަސައްކަތައް 100 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރަން ބިލިއަނަރު ބިލް ގޭޓްސް ނިންމަވާފައި ވާތީ ޗައިނާގެ ރައީސް ޒީ ޖިންޕިން، ބިލް ގޭޓްސް އަށް ޝުކުރު އަދާކުރައްވައިފި.

ޒީ ވަނީ ގޭޓްސް އަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހާއްސަ ސިޓީއެއް ގޭޓްސްގެ ދެކަނބަލުންނަށް ފޮނުވާފައި.

10:47

10:32

10:30

ކޮވިޑް-19 އާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ފެއިލް ވެއްޖެ ކަމަށާއި، މިހާތަނަށް އެޅި ފިޔަވަޅުތަކުން ދަސްވި ކަންކަން ބޭނުން ކޮށްގެން ދެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ވާނެ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި.

09:53

09:40

ޖަޕާނަށް ދަތުރު ކުރުމާއި ސަމާލުވުމަށް އަންގައި އެމެރިކާ އިން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި.

08:42

08:11

08:11

ކޮވިޑް-19 އާއި ގުޅޭ ގޮތުން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު އީރާނާއި ދެކުނު ކޮރެއާ އަދި އިޓަލީވިލާތުންް ގިނަ ބަޔަކު އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ވައިރަސްގެ އަލާމާތެއް ނުފެނުނު ނަމަވެސް 14 ދުވަސް ވަންދެން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރެމުން ހިނގައިދާނެ ކަމަށް ކުރިން ބުނެފައި ވީނަމަވެސް މިއަދު ޗައިނާގެ ސައިންސްވެރިން ބުނީ ބަލީގެ އަލާމާތްތައް ނުފެނި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް 27 ދުވަސް ވަންދެން ބަލި ފެތުރެމުން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން މިއީ ކުރިން ލަފާކުރެވިފައި އޮތްގޮތާއި ހިލާފަށް، މާހަލުވިކަމާއި އެކު ބަލި ފެތުރިގެން ހިނގައިދާނެ ސަބަބެކެވެ.

މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މެދުއިރުމަތީގައި ހަލުވިކަމާއި އެކު ބަލި ފެތުރިގެން ދިއުމެވެ.

ރާއްޖެ އިން މިއަދު ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވުނީ އެމްޑީޕީން ރޭ ބޭއްވި ޖަލްސާ އާއި ގުޅޭ ޚަބަރުތަކެވެ.

އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރު ކުރި ޚަބަރުވެސް ފާހަގަ ކުރެވެއެވެ.

އިތުރު ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.