މިއަހަރުގެ ކުރީކޮޅު ލ. އަތޮޅު ގަމަށް ނިސްބަތްވާ ޔުސްރާ އަހުމަދު 26، ނަމަކަށް ކިޔާ ޒުވާނެއް ނިޔާވެފައި ވަނީ ވިހެއުމުގެ ތެރޭގައި ނޫން ކަމަށާއި، އެކަމުގައި އައިޖީއެމްއެޗްގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ޔުސްރާގެ އާއިލާ އިން ބުނެފިއެވެ.
ޔުސްރާގެ ބޮޑުދައިތަ ނާހިދާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޔުސްރާ އޭރު ދިރިއުޅެމުން ދިޔަ އޭނާގެ ފިރިމީހާގެ ރަށް އދ. މަހިބަދޫ ހޮސްޕިޓަލަށް ވިހަން ދިއުމުން ޔުސްރާ އެމަޖެންސީކޮށް މާލެ ފޮނުވާލީ ގަދަކަމުން ވިއްސުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައި އޮތް ބޮޑު ލިއުމަކާ އެކުގައި ކަމަށެވެ. އެ ލިއުމުގައި ޔުސްރާ ގަދަކަމުން ވިއްސުމަށް މަސައްކަތްކޮށްފި ނަމަ، ރަހިމު ހަލާކުވުމުގެ ފުރުސަތު ބޮޑު ކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ނާހިދާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މަހިބަދޫ ހޮސްޕިޓަލުން ޔުސްރާ އެމެޖެންސީކޮށް މާލެ ފޮނުވާލީ ވަނީ އޭނާ ވިއްސުމުގެ ކަންކަން މާލެއިން މާ ފުރިހަމައަށް ކުރެވޭނެކަން ގަބޫލުކުރާތީ އާއި، ޔުސްރާ ފަދަ ފުރާނައަށް ނުރައްކާވެދާނެފަދަ މީހަކު ވިއްސުމުގެ ރިސްކު ނުނެގުމަށް ކަމަށް ވަނީ ނާހިދާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް މާލޭގައި ޔުސްރާ ނުވިއްސާ އެންމެ ދެ ދުވަސް ވަންދެއް ބޭއްވި އިރު، އެ ދެ ދުވަހުގެ ތެރޭގައި ވެސް އޭނާ ގަޔަށް އިންޖެކްޝަން އާއި ބޭސް ކާންދީފައިވާކަމަށް ނާހިދާ ބުންޏެވެ. އަދި އެއަށްފަހު އައިޖީއެމްއެޗްގެ ޑޮކްޓަރުން "އަތް ކޮށްޕައިގެން" ޔުސްރާގެ ދަރިފުޅު ނަގާފައިވާ ކަމަށާއި، ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް ޔުސްރާގެ ހާލު ދިޔައީ ލޭ މަނާ ނުވުމުގެ ސަބަބުން ދަށްވަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެރޭ އައިސީޔޫއަށްލި. ދެން ބުނީ ކޮއްކޮގެ ފުރާނަ ސަލާމަތްކުރާ ކަމުގައިވާނަމަ އޭނާގެ ރަހިމު ނަގާށޭ ޖެހޭނީ." ނާހިދާ ފޭސްބުކުގައި ބުންޏެވެ.
ތިން ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު، ޑޮކްޓަރުން އެދިފައި ވަނީ ރަހިމު ނަގައި ހުސް ރީތި ފުޅިއެއް ގެނެސްދިނުމަށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެކަމަށް ޔުސްރާގެ އާއިލާގެ ފަރާތުން އެއްބާރުލުން ދީފައި ނުވާނޭ ކަމަށް ނާހިދާ ބުންޏެވެ. އެކަމަކު، އާއިލާ އިން އެކަމާ ދެކޮޅު ހެދި ނަމަވެސް، ޔުސްރާގެ ފިރިމީހާ އެ ފުޅި ގެނެސް ޑޮކްޓަރަށް ދިން ކަމަށް ވެސް ނާހިދާ ބުންޏެވެ.
ނާހިދާ ބުނީ އޮޕަރޭޝަން ކުރިފަހުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ލޭ މަނާ ނުވެ އުޅުމަށް ފަހު ޔުސްރާ ނިޔާވެފައިވާ ކަމަށެވެ. ޔުސްރާ މި ދުނިޔެއާ ވަކިވީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
ޔުސްރާ ނިޔާވި އިރު އޭނާގެ ގަޔަށް އެއް ފަހަރު ލޭ އެޅުމަށްފަހު ދެވަނަ ފަހަރަށް ލޭ އެޅުމަށް މަސައްކަތް ކުރި ކަމަށްވެއެވެ.
މި މައްސަލާގައި ނާހިދާ ވަނީ ވަރަށް ބޮޑަށް ޔުސްރާގެ ފިރިމީހާ އާއި އޭނާގެ އާއިލާ ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ޑޮކްޓަރުންގެ އިހުމާލު ފޮރުވަން މަސައްކަތް ކުރުމާއި، އެކަން ހިނގާކަން ހުދު ޔުސްރާގެ އާއިލާއަށް ސިއްރުކުރަން އުޅުން ހިމެނެއެވެ.
"ކޮއްކޮ އައިސީޔޫގައި އޮތް އިރު އެއް ދުވަހު ކަންދިމާ ކުރި ގޮތުން އަހަރެން އައިސީޔޫ ވެއިޓިން އޭރިއާގައި އިނީ ކޮއްކޮ ފިރިމީހާގެ ކައިރީގައި. އެވަގުތު އޭނާއަށް ފޯނެއް އައި. ތަކުރާރުކޮށް ހަތަރު ފަހަރު ގުޅުމުން ނުހުރެވިގެން އަހަރެން އެހިން އެއީ ކާކު ކީއްކުރަންހޭ. އަދި ކޮންވާހަކައެއް ނުދައްކަންހޭ އޭނާ އެދުނީ" ނާހިދާ ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޔުސްރާގެ ފިރިމީހާގެ އާއިލާއިންނާއި އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް "ވަގުތު" ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޔުސްރާގެ ދަރިފުޅުގެ ހާލު ރަނގަޅެވެ. އެކުއްޖާ ބަލަމުން ދަނީ މަހިބަދޫގައި ކުއްޖާގެ ބައްޕަގެ އާއިލާއިން ކަމަށް ވެއެވެ.
ދަރިން ބެލުމަކީ މަންމަ ކުރަންޖެހޭ ކަމެއް. މަންމަ ނެތް ނަމަ މަންމަގެ މަންމަ. ނެތްނަމަ މަންމައާ އެއްބަޑު އަންހެނެއް. ނެތްނަަމަ ބައްޕަގެ މަންމަ. ނެތްނަމަ ބައްޕަޔާ އެއްބަޑު އަންހެނެއް. މި ހައިރާކީ ފޮލޯކުރަން އިންސާނާ ހެއްދެވި ފަރާތުން އަންގަވާފައި ވަނީ.
އޮޅުވާނުލައްވާ، ދަރިން ބެލުމުގައި އިސްކަން އޮތީ މަންމައަށެވެ. ނަމަވެސް މަންމައަށް ނުބެލޭނެ ފަދަ ހާލަތެއްގައި އެކަން އެންމެ ފުރަތަމަވެސް އޮތީ ބައްޕަ ފަރާތު މާމައަށެވެ.
ކުއްޖާގެ މަންމަ ނެތީއްޔާ ދެން ބަލަން ޖެހެނީ ކުއްޖާ ގެ ބައްޕަގެ މަންމަ، ނުވަތަ ކުއްޖާގެ ބައްޕަ ފަރާތުން ބޮޑު ދައިތަ، "ނޫން" ގެ ކޮންމެންޓަށް ކިތަންމެ އަންލައިކް ކުރިއަސް ޝަރީއަތެއް ބަދަލެއް ނުކުރެވޭނެ ދެއްތޮ. އެއީ އިލާހީ ގާނޫނު ވީމަ..
އިހްމާލުން ކަމަށްވިޔަސް އެހެންގޮތަކަށް ވިޔަސް މީހަކު މަރުވާނީ އެމީހެއްގެ އަޖަލު ޖެހުނީމާ. މި ޙަޤީޤަތް، މިހާރު ދިވެހިން ގަބޫލު ނުކުރަނީ ކީއްވެބާވައޭ ހީވެ ހައިރާންވޭ.
އެކަން ނޭނގިގެން ނޫން މިއުޅެނީކީއެއް. ބަޔަކުގެ އިހުމާލުން ނޫނީ ގަސްތުގަ އެ އަންހެން މީހާ މަރާލާފައިވާތީ. ކޮންމެ މީހަކަށް ވެސް އިވޭ މަރު އައިސް ޖެހުނީމަ މަދުވާނެ ކަން.
ސޯލިހުކުރެން ތިވާހަކަ އަހާބަލަ. ކީއްވެތޯ މަރުތައްބަލާ ކޮމިޝަނެއްހެދީ.
ވިއްސުމުގައި އައިޖީއެމްއެޗަށް ނުކައިތައިގެން އުޅޭތަން ފެނޭ. ޑަކްޓަރުން މަދުކަމުން ފަރުވާ ތެރިވާންޖެހޭ މިންވަރަށް އަޅާވެސް ނުލާ.
ޙަޤީގަތެއް ނުބަލާ ތިކަހަަލަ ވާހަކަ ފަތުރަން ހެޔޮނުވާނެ. ބައެއްގެ އަބުރުކަތިލެވިދާނެ މިއަދު، ތިކަމާ ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަން ޔަޤީން
މި ހަމަ މިސަރުކާރުގެ ނާގާބިލުކަން.. އަމީން އިސްތިއުފާ
ޔާމީން ސަރުކާރުގެ ވެކްސިން ޖަހައިގެން ވީގޮތް ގިނަ މީހުން ހަނދާން އެބަހުރި
އަޅުގަނޑަކީ ވެސް ޑޮކްޓަރެއް .. ކޮންމެ ކަމެއްގާ އިލްޒާމް ހޮސްޕިޓަލް ބޮލުގަ ނޭޅުވުން އެދެން
ތި ތަނަކީ ވަރަށް ފަރުވާކުޑަތަނެއް ...މިދިޔަ އަހަރުގައި މަގޭ ކޮއްކޮ އެއް ވިހައިގެން އެތެރެއަށް މަސްދޫވެއްޖެ..އޭ ކިޔާފަ އެ މް އާރް އައި ޓެސްޓް ހަަދާފަ ބުނީ މަސް އެބައިއިނޭ.. މިހެން ބުނެފަ އިންޖެކްޝަން ޖެހީ.. އަދި އިންޖެކްޝަނާއި އެކުގައި އިތުރަށް ޖަހަން ޖެހޭ އިންޖެންޝަނެއް މާލެއިން ނުލިބިގެން 2 ދުވަސްވަންދެން އެތަނުގައި ބޭއްވީ އެތާނގައި ޑިއުޓީ އަށް ހުރި އަންހެން ނަރުހެއް ބުނީ އިނގޭހޭ މި އިނޖެންޝަނަކިީ ކީ މޯ އާއި އެއްވަރު އެއްޗެކޭ ޑރ.އިތުރަށް ޖަހަން ބުނިކަ މުގައި ވިޔަސް ނުކެރޭނޭ ޖަހަން ...ދެން ޕޭޝަންޓް ދޫކޮށްލަން ބުނީ އަ މިއްލަ ގޮތުން ބޭ ރަށް ގެންދަން.. ބުނީ މި ކޮޅުން ޒިން މާ ނުނެގޭނޭ ދެން މިކަ މުގައި އެ މީހުންނަށް އިތުރު ޗޮއިސް އެއް ނެތިގެން އާސަންދަ ދީފައި ބޭރަށް ދާން އެންގީ ލަންކާ ހޮސްޕިޓަލް އިން ލަންކާ އިން ޓެސްޓް ހަދާފަ ބުނީ ފައިބްރޮއިޑްސް ކަ މަށް... މި މައްސަލަ ނުޖައްސާ އޮތީ މަ އައިޖީއެޗް އިސްވެރިންނަށް ނޭނގި އޮވެދާނެ އެކަ މު މި ކޮ މެންޓް މި ޖަހަނީ ހޭލުންތެރިވު މަށް......ޟ
ޔުސްރާއަށް ސުވަރުގޭޣެ ދާއިމީ ނިއުމަތް މިންވަރު ކޮށްދޭންވާނދޭވެ!
އެމީހުން އުޅެނީ މާމައައް ވެސް ދަރިފުޅު ނުދައްކަންށޯ
ތިޔަ ބުނާ މާމަ ތީ އަމިއްލަ ދަރިވެސް ނުބަލައި އެއްލާލި މީހެއް. ދެން ކާކު ގަބޫލު ކުރާނީ މާމަ ދަރި ބަލާނެ ކަމަށް. ނޭނގޭ ވާހަކަ ނުދައްކާ
އެކަން ނޭނގިގެން ނޫން މިއުޅެނީކީއެއް. ބަޔަކުގެ އިހުމާލުން ނޫނީ ގަސްތުގަ އެ އަންހެން މީހާ މަރާލާފައިވާތީ. ކޮންމެ މީހަކަށް ވެސް އިވޭ މަރު އައިސް ޖެހުނީމަ މަދުވާނެ ކަން.
މޮޔަ ދިވެހިން....ބައެއްމާ ބަނޑު މީހުން ފުރާނަ އައް ނުރައްކާ ކަންކަން ދިމާވެގެން ދުނިޔޭގެ މޮޅު ހޮސްޕިޓަލް ތަކުގައި ވެސް ދުނިޔެ ދޫކޮއްފައި ވޭ.
ޑޮކްޓަރުން ގެ އަތުގައި އޮތް ބާރެއް ނޫން ކޮންމެ ބަލި މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ.
ކަމެއްގެ ތެދު ދޮގު އޮޅުން ނުފިލިޔަސް ވާހަކަ ދައްކާ ފިތުނަ އުފައްދާނީ މުނާފިގުން
ހޮސްޕިތަލުން ވެސް ކަންތައްތައް ކުރަނީ ރަގަޅަކަށްނޫން އަނަނަށްވެސް ދިމާވި ތިކަހަލަ ކަމެއް އަހަރެންގެ ދަރިފުޅު ނިޔާވީ ހޮސއޕިތަލުގެ އިހުމާލުން
ޑޮކްޓަރުން ބުނާގޮތެއް ހަދަން ބޭނުންވާނެ ފިރިމީހާ. ދެމީހުންނަށް ލިބިފަވާ ދަރިފުޅަށްޓަކައިވެސް. އަންހެނުން ދުނިޔޭގަ ބަހައްޓަން ކުރަން ޖެހުނު ކޮންމެކަމެއް ކުރާނެ ފިރިން. ދުޢާއަކީ ތި ކުޑަ ދަރިފުޅު ހެޔޮގޮތުގަ ތަރުބިއްޔަރު ކުރުމުގެ ތައުފީގު ދެއްވުން އެދެން. އާމީން
މަންމަ ފަރާތުގެ އާއިލާ މިހާރުތަ އޮތީ މިހާދުވަސް ވީރުވެސް ޔުސްރާގެ ހާލް ބަލާލި މީހުވެސް ނެތް ދެން މިޔަދު ކީކުރަން ތަ ތިޔައުޅެނީ މިޔަދު ޔުސްރާ ކިޔަމުން ތިދުވަނީ
ޙޮސްޕިޓަލުގަ އެދެވިގެންވާ ފަރުވާއެއް ނުދެވޭ.. އަތެއް ފައެއް ބިންދައިގެން ގޮސްގެން ދިޔައިމަ ބޭރުފުށުން ބަލާލާފަ ތީ ކަމެއްނޫނޭ ގިނައިން ކިރުބޮއެ ހަދާލީމަ ރަގަޅު ވާނެޔޭ ބުނީ. ޢެބުނިގޮތަށް ހަދައިގެން މިހާރު އެއަތުގެ ބޭނުންކުރަން ޖެހެނީ އަނެއް އަތުގެ އެހީގަ. ބޭރަށްގޮސް ދެއްކީމަ ބުނީ މާ ލަސްވިއްޔޭ.. އައި ޖީ އެމް އެޗް (އިންސާނުން ގަތުލުކޮށް މަރާ ހޮސްޕިޓަލް)
އައިޖީ އެމް އެޗް އަކީ ވަރައް ފަރުވާ ކުޑަ ތަނެއް..
ހުދު އަަހަރެން ނަށްވެސް ތިތަނުން ދިމާވި ކަމަކީ ވެލްޑިން ކޮއްގެން ލޮލަށް ނުފެންނާތީ ތިތަނަށް ދިޔުމުން ޕެނަޑޯލް ދީފަ ގެއަށް ފުނުވާ ލުމުން ..ހަމަ އެވަގުތު އޭޑީ ކޭ އަށް ދިޔުމުން ލޮލަށް އައިވީ ފެންޖަހާ ސާފްކޮއްފަ މާގިނަ އިރު ތަކެއްނުވެ ރަނގަޅުވީމަ ގެއަށް ފުނުވާޅީ........ މީ އަދި ވަރައް އާދައިގެ ކަމެއް ޑރ ޒަންޖަބީލް ތިހެން ކޮމެންޓް ކޮއްފަ އިނީމަ މިހެން ލިޔަން މިޖެހުނީ
ވިއްސާ ކޮޓަރީގެ މީހުން ތިބެނީ ފޭސްބުކަށް ވަދެ. ަބަދު ޗެޓްކުރަނީ. އެހެން ކަމަކަށް ސަމާލުކަމެއް ނުދޭ
ތީ ތެދެއް، އަޅުގަނޑަށް ވެސް ދިމާވި ތިހެން... ރިހުން އާދެއޭ ވިހެނީއޭ ބުނީމަވެސް ތީ އަދި އެ ރިހުމެއް ނޫނޯ ކިޔާފަ އިނީ ފޭސްބުކަށް ވަދެ، ވަގުތު ޖެހުނު އިރު ރެޑީ ނުވެވި ތިބީ...
ﷲ އިންސާަފް ދެއްވަވާނެ. ކެތްތެރިވޭ މިނޫން ދުވަހެއް ވެސް އެބޯތް