މާލެސިޓީގެ ތަރައްގީއަށް އޮތް ހަމައެކަނި "ޗޮއިސް"އަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާގައި ޑރ. މުއިއްޒަށް ވަރަށް ބޮޑަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވަނީ އެރޭގެ ޖަލްސާގައި މާލެސިޓީ ހަލާކު ކޮށްލުމުގެ އިސް މޭސްތިރިއަކީ ޑރ. މުއިއްޒު ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މާލެސިޓީގެ ރައްޔިތުން މުއިއްޒަށް ވޯޓު ނުދޭނެ ކަމަށާއި ހުދު މާލެސިޓޫގެ ރައްޔިތުތުންގެ ގާތަށް ވޯޓު ހޯދަން އަންނަން މުއިއްޒު ލަދުގަންނަން ވެސް ޖެހޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މާލެސިޓީއަށް އޮތް ހައްލަކީ ޑރ. މުއިއްޒު ކަމަށެވެ. މާލެސިޓީގެ ތަރައްގީ ކުރުމުގެ ތަސައްވަރު އެންމެ ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ބޭފުޅަކީވެސް ޑރ. މުއިއްޒުކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެމްޑީޕީން އެންމެ ކަންބޮޑުވަނީ އެކަމާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ސައީދު ވަނީ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރި ޖަލްސާއަށް އެޕާޓީގެ އާއްމު މެންބަރުން ނުދިއުމުން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

"އިސްލާމް ދީނުގެ އަގީދާ މުގުރާލަނީކަން އިނގުނީމަ ދެން ޖަލްސާ އަކަށް ނުދާނެ، ބިލާލް ޕްލިޕްސް އަންނަން ފެށުމުން ހުއްޓުވީމަ ދެން ޖަލްސާއަކަށް މީހުންއެއް ނުދާނެ، އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބަހެއް ބުނަން ނުކެރުނީމަ ދެން ޖަލްސާއަކަށް މީހުން ނުދާނެ، ދިވެހި ރާއްޖޭގެ ރިޒާވް ދަށަށް ދިޔައިމަ މީހުން ޖަލްސާއަކަށް ނުދާނެ،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް އެމްޑީޕީގެ ޖަލްސާތަކަށް މީހުން ނުދާނެ އެތަކެއް ސަބަބުތައް ސައީދު ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

"ރާއްޖޭގެ މާލިއްޔަތު ހުސްވުމާއި، ޒުވާނުންނަށް ވަޒީފާ އުފައްދާ ނުދެވުމާއި، ހޮސްޕިޓަލްތަކުގައި ނަރުހުންއާއި ޑޮކްޓަރުން މަދުވުމާއި، ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމާއި، މިނިމަން ވޭޖް އާއި ބެހޭ ގޮތުން ދޮދުހަދާ އޮޅުވާލައިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންއަށް ދޮގު ހަދާ އެމީހުންގެ މަގު އެހެން އަތަކަށް ބަދަލުކުރަން މަސައްކަތް ކުރުމާއި ރާއްޖޭގައި ބަނގުރާ އާންމު ކުރުމުން ޖަލްސާއަށް މީހުން ނުދާނެ،" ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔާމިން

    ސައީދު ތިހެއް ނުބުއްޔަސް މާލެ މީހު ންމިފަހަރު ބޮޑު ތަ ނުއްހޮވާ ނީ ޑރ މުއިއްޒް މީ މެ ންދުރުގެ އިރުފަދައި ން ވަރަށް ސާފުކޮށް ފެ ންނ ނައްއޮތްހަގީގަތަކީ ރައްވެހި ފަތިސް ޖަލްސާޔަށް ބަލާލުމު ންވެސް އިގެޔެ ންނނ ނު. މާލެ މީހު ންވެސް އަބަދަކު ނަޝީދު އަކަށް ސަޖިދައެއް ނުޖަހާ ނެ.

    25
    5
  2. އަރީފު

    ސައީދު ދައްކާވާހަކަ މިއުޑުދަށުގައި އަހާކަށް ނުވާނެ

    7
    32
  3. ފާތުމަ

    އެެއީ ޗޮއިސް އެއް ތަ؟ ވަގެއް އެއީ ކޮންތާކުން ނެރުނުލާރި އަކުން ގެ އެހަދަނީ..

    8
    32
    • އޮރެންޖު

      އަޖައިބެއް....މާލޭގަ އެތައްްްް އެތައްް ގެއެއް އެތައް މީހުންނެއް އެތައް ބުރިބުރި އަށް އެހަދަނީ ކޮންތާކުން ނެރޭ ލާރި އަކަށް.. ވަކި ބަޔަކު ގެހަދާތީ ހަޖަމް ނުވެގެން ތިއުޅެނީ އަޅެފަހެ ކީއްވެ؟؟؟؟؟؟

      11
      4
  4. Anonymous

    ފާތުމާ،ބަލަ މުއިއްޒުއަށް ތިވަގަށް ގޮވަނި ބަލަ މުއިއްޒު ބައްޕަ ހަމައެކަނި ހުރި ދަރިޔަކީ މުއިއްޒުއޭ އެނާ ބައްޕަޔަކީ ފެށުނީންސުރެ ވިޔަފާރިކުރިމީހެކޭ އެ ފައިސާއިންނޭ ދިމްޔާތު ގެސްޓު ހައުސް ހަދާފަހުރީ ފާތުމައަށް ހީވަނި ތި ވަގުން ކާރީ އުޅެވޭތީ ދެންތިބީވެސް ވަގުންނޭދޯ ފާތުމާ

    14
    3
  5. ބުއްޅޭ

    ނޫނޭ، ކެނެރީ ބުއްޅަވެސް ބޭނުންވޭ މޭޔަރުކަން. މެމްބަރުކަމަށް ނުހޮވުނުނަމަ އެކަލޭގެ މޭޔަރުކަމަށް ކުރިމަތިލީސް.

    9
    4
  6. ލައި

    ޢޭނާގެގެހަދަނީލޯންނަގާގެންކަމަށްެއެނގޭވަރުމީހެއްބުނި. ކިތަންމެރުޅިއަޔަސްައަބުރުކަތިލާވަގަށްގޮވާއިރު ރަގަޅަށްސާފުކުރުންރަގަޅު.

    11
    4
  7. އަލްޖިބްރާ

    ކަލޭ ކިތަންމެވަރަކަށް " ހޮޅިމުއިއްޒު " " ޕްރޮމޯޓް " ކުރަން އުޅުނަސް އެކަމެއް ނުވާނެ ! އެއީ ކޮންބައެއްކަން ނުދަންނަ ކުޑަކުއްޖަކުވެސް މިރާއްޖޭގައި މިހާރު ނެތް ! ކަލޭވެސް މޮޔަވީ އުތަ ؟

    3
    15
  8. ހަވަރުބެރު

    މީ މުޢިއްޒު ގެ ފަހަރު.
    އަހަރެމެންނަށް މުޢިއްޒު ގެ ތަރައްޤީ ފެނިފައިވަނީ.
    ރިވެތި އަޚްލާޤްވެސް ފެނިފައިވަނީ. ހިތްހެޔޮ އޯގާތެރި ޚުލްގު ރަނގަޅު ބޭފުޅެއް މުޢިއްޒަކީ.
    އަހަރެމެން ހޮވަނީ މުޢިއްޒު.

    17
    4
  9. ?ޖާބިރު.

    ކުރުކޮއް ފޮނިކޮއް. ޖޯއި ބޯއި ފަސް އަހަރުތެރޭ ގައުމު ދަވާލި ވަގުން.

    4
    15
  10. އެމްޑީޕީ ބުރޯ

    އަހަރެން މާލޭމީހެއްގެ ހައިސިއްޔަތުން ބުނާނީ ހޮޅިމުއިއްޒުއަށް ދޭނެވޯޓެއް ނޯންނާނެޔޭ! އޭނާވަނީ އޭނާގެ ހައުސިން މިނިސްޓަރ ކަމުގަ މާލޭގެ ނިކަމެތިރައްޔަތުންނަށް ހުޅުމާލޭގަ އެޅި ފުލެޓްތައް ރާއްޖެތެރޭ ގުންޑާއިންނަށް ބަހާގުސްކޮށްފަ!

    4
    15
  11. ނިރު

    ވަގުންނައްހީވާނެ ދެންވެސް ތިބޭނީވަގުންނޭ

    13
    4
  12. ކާފަބޭ2020

    ވަގުންނާފޭރޭ މީހުނާލޫޓުވާ މީހުނާ މިހާރުއޮޅިއްޖެ އެވެދާނެ މުސްކުޅިވީ މަކަ މަށްވެސް ނަ މަވެސްފެނުނު ހަގީގަތަކީ މެޑެލިޖަހާނެކުޑަތަންކޮޅެއްލިބުނަސް އެކަންކުރާކަން އެކަންހާސިލުނުވާކޮން މެފަހަރަކު އަނެކުންގެބޮލަށްކަނޑާލާކަން ވީ މާ ވަގުންނަކީ ކޮބައިބާ؟؟؟؟؟؟