ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްދު ނަޝީދުގެ ކުރި ދަތުރެއްގައި ޓެކެޓު ގަތުމަށް ހޭދަކުރި 444 ރުފިޔާގެ ކޮރަޕްޝަން އަމަލަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ފަދަ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ރޭ ކުރެއްވި ޓްވީޓެއްގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސިއިން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ. އަދި ވިދާޅުވީ އެކަމުން އެނގިގެން ދިައީ އަމިއްލަފުޅު ދަތުރުފުޅަކަށް ބައިވެރިންގެ ގޮތުގައި ގެންދެވި ބޭފުޅުންނަށް ދައުލަތުގެ ފައިސާ ހަރަދު ކުރެއްވިކަން ތަހުގީގަށް ސާބިތުވުން ކަމަށެވެ.

ހައިލަމް ވިދާޅުވީ އެކަމުގެ ފުރިހަމަ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ހުދު އޭސީސީގެ ބަޔާނުންވެސް އެކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެކަން ސާބިތުވެފައިވާ ކަމަށެވެ. ހައިލަމް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަމުން އެނގެނީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީއިން ތަހުގީގުކޮށް ސާބިތުވެފައިވާ ކަމަށް ހައިލަކް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ އަމަލެއް ސާބިތުވެއްޖެ ނަމަ މަދަނީ ގެއްލުން ފޫ ބެއްދުމަށް ކުރަންޖެހޭ ކަންކަން ނުވަތަ އަމުރުތައް އޭސީސީން ކުރަންޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޭސީސީގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަންޖެހޭނެކަން ހައިލަމް ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމަށް އޭސީސިގެ ތަހުގީގަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ނުފޮނުވައިފި ނަމަ، އޭސީސީގެ މެންބަރުން އެ ކުރަނީ ގާނޫނުލްއުގޫބަތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ތަހުގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝަރީއަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް ކަމަށާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލިގެންދާނެ ކަމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުވައްމުލަކާއި އައްޑުއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ސަބަބުން، އެ މަނިކުފާނުގެ އަރިހުގައި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ޓިކެޓަށް 444 ރުފިޔާ އިތުރުވި ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން އެންގީ 444 ރުފިޔާ އަނބުރާ ހޯދުމަށް ފަހު މަޖިލީހުގެ އިދާރާއިން އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ވަރަށްބޮޑު ތެދެއް. އިންޓަރނޭޝަނަލް ޕާލިއަމެންޓްރީ ޔޫނިއަންއަށާއި، ޔޫއެންއަށް ހުށަހަޅަންވީ. ޔޫއެންއަށް މައްސަލަ ހުށަހަޅާނީ، ޑިމޮކްރެޓިކް ގައުމެއްގެ ސިފަތަކާ ހިލާފުވެފައިވާތީ.

    88
  2. ޢިއްސެ

    ދައުވާ ކުރޭ. މިކަލޭގެ އުމުރަށް ގޮޅީގަ ބާއްވަން ޖެހޭނީ

  3. ކަޅުމަންޖެ

    ސާބަހޭ ހައިލަމް، ޢައީ ސެލިޔުޓް ޔޫ ސަރ. ތިވަރު އެއްޗެއްވެސް ބުނެލަން ކެރުނު މީހަކު ވެސް މި ޤައުމުގަނެތް. ހައްޤު ބަސް ވިދާޅު ވެ މި ޤައުމު ހަމަ މަޤަށް ގެނައުމަށް އަތުކުރި އޮޅާލަދެއްވާ. ތިޔަ ލދނ މީހާގެ ފުށުން މި ޤައުމު ސަލާމަތުގެ އައްސޭރި އަކަށް ގެންގޮސް ދެއްވާ އަޅުގަނޑު މެންގެ މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ނިކުމެދެއްވާ...

    13
  4. ބޮޑުވަޒީރު

    ގާނޫނުގައި އޮތަސް އޭސީސީން ނިންމާފައިވަނީ އެއީ ކޮރަޕްޝަން ނޫންކަމަށް. އެހެންކަމުން އެދައުވާ ނުކުރެވޭނެ.

    23
    20
    • މަހުދީ

      ޤިޔާމަތް ދުވެސް އެބަކައިރިވޭ؟ ސަލާމަތް ވާނެބާ؟

  5. ސަލާމްބެ

    އެމްޑީޕީ ނުވަތަ ނަޝީދު ގެ މައްޗައް ދައުވާ އެއް ކުރެވޭވަރު ހިތްވަރުހުރި ވެރިއެއް ތަހުގީގެއް ހި ންގާ ނެ މުއައްސަސާއެއް މިގައުމަކު ނެތް. ކުށެއްކިތަންމެބޮޑަސް ކުޑަޔަސް އެއީކުށެއް.
    އި ންސާފު އޮތީ ވަރުބަލިވެގެ ން ނިދިފަ.

    60
  6. ޔާމިން

    ކެ ނަރީގެ ލާދީ ނީ މުހައްމަދު ނަޝީދު ކޮރަޕުޝަ ންގެ އެއްވެސް އަމަލެއް އެއްވެސް އިރެއްގަ ނުހި ންގާ ނެ. ނަޝީދުއަކީ ހު ނދު ފޮތިކޮޅެއްހާ ސާފު ބޭފުޅެއް. ހައިލަމް ކަލެޔެއްކަމަކު ފާޑު ފާޑު ގެ ވާހަކަ ނުދައްކާ. ނަޝީދު ހަ ނދާ ގޮތަކީ ދައުލަތުގެ ބަޖެޓު ން އެކުވެރި ރަހުމެ ންތެރިއް ނަށް ބަދަލް ދެ ނީ ދެ ންއެބޭ ފުޅު ން ލާދީ ނީ ނަޝީދު އާއި އޮ ން ނަ ރަހުމެ ންތެރި ކަމު ން ބަދަލްގެ ގޮތުގަ ލިބޭ ބައި ން ލާދީ ނީ ނަޝީދުއައް ބައެއްދެ ނީ. އެވޭތޯ ކޮރަޕުޝަ ނައް ކިބޫ ސޯލިހު ބު ނީ ނުވާ ނެޔޯ ކޮރަޕުޝަ ންއަކަށް އެވާ ނީ 0 ޓޮލަރެ ންސް އަށޯ.

    45
    1
  7. ޔަގީން

    ކެނެރީގޭ ނަސީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށްވެސް އަދި މެމްބަރަކަށްވެސް ޝަރުތުހަމަވާ މީހެއްނޫނެވެ.

    63
    4
  8. ބޭއެސްސީ

    ޖޭއެއެސްސީގެ ހެޔޮއެދުންތަކާއެކު މިހާރު ހައިލަމް ވެފައިވަނީ ނުރަސްމީ ފަނޑިޔާރަކަށް. އާއްމު މީހާއަށް ގާނޫނީ ކަންކަން ތިޔަ ގޮތަށް އޮޅުންފިލުވައިދިނުމަށް އެންމެ ރަގަޅުވާނީ ތިޔަ ކަހަލަ އެކްސް ގާޒީން.

  9. ސަޒަން

    ހައިލަމް ކަހަލަ ކޮރަޕްޓް ވަގުން ތިކަހަލަވާހަކަދެއްކީމާ އަންނަނީ ހިނި.....
    ކިހާދުވަހެއްވެއްޖެ ގޮތްގޮތައްކަންކަންކޮށް ނާޖާއިޒް ފައިދާނަގާ ޖީބައް އަޅަމުންދާތާ؟ ދިވެދހިރާއްޖޭގައީ ގިނައީ ކޮރަޕްޓް ޖަޖުން މީނާއަކީވެސް ހަމަ އޭގެ އެއްޗެއް!

    1
    8
  10. ދިވެހިން

    ޑިމޮކްރަސީގެ ރިވެތި އުސޫލުބުނަނީ ނުގެއްލޭނެކަމަށް

    1
    5
  11. ާސުރެން ސުރެން

    އެންޓި ކޮރަޕްޝަންގެ ރައީސް ދެންއަންން ވެރިކަމެއް ބަދަލުވާއިރު ވިސްނަންޖެހޭ މައްސަލައެއް ޙައިލަމް ފާހަގަ ކުރައްވައިފި. ދައުރު ބަދަލުވުމަކީ ބިރުހުރި ކަމެއް. ޓިބޭފުޅުންނަށް. އަޅުގަނޑުމެންނަށް ޕާަޓީ ނުވާތީ ތިބޭފުޅުން ތިބޭނީ އަބަދުވެސް ފުރުޞަތަކަށް ބަލަބަލާ. ވިމާ ހަނދާންކޮއްލަދިނީ.

  12. ސައިމާ

    ޒީރޯ ޓޮލެރެންސް. މީ ވަރަށްވާހަކަ.

  13. ގުންޑާސަރުކާރު

    ނަޝީދުއެކަނިތަ ޝަރުތުހަމަވާ އެއްވެސް ޖައްބާރެއް ވަގުސަރުކަރުގެ އެވެސް މަޤާމެއްގައެއް ނެތެއްނު ހިތުން ބޮޑުވަޒީރުވެފަ ހުރެވޭނީ ކިހާހާދުވަ ހަކުބާ ކުއްވެރިޔެއް ނޫން ޖައްބާރަކު މިލާދީނީ ރީނދޫ ސަރުކާރުގައި ތެތެއްނު

  14. ވައިސަރީ

    މީ އަނެއްކާ ކުޑަކަމެއްނޫންތާ! މިވެރިކަމުގައި މިކަން ނުބަލައިފިނަމަ ދެންނަންނަ ވެރިކަމެއްގައި މިކަން ބަލާފަ ޖަލަށްލާން ނިންމާފަ، މެމްބަރުކަން ގެއްލުނުކަމަށް ކަނޑައަޅާފަ، ދިން ހުރިހާ މުސާރައާ ޢިނާޔަތްތައް އަނބުރާ ދައްކަން އަންގާފަ ޙުކުމެއް ކޮށްލާނެތާދޯ.

  15. ޢަދީލް

    ނުވާނެ ތިކަމެއް... ހައިލަމް ގެއަށްފޮނުވާލީވެސް ތިކަހަލަ ވާހަކަ ދައްކާތީޔޭ!

  16. މޮޔަ

    އަދުރެ މެޓިކްސް އިލްމު ލިބިވަޑައިގެ ން ހު ން ނެވި ބޭފުޅެއްވީމް ތިޔަހާ ދެކޮޅު ނުޖެހޭ ވާހަކަ ތިދައްކަ ނީ. ޙީހީ ހަލާކު.

    2
    5
  17. Anonymous

    ދިވެހިރާއްޖެ އަށް ނިސްބަތްވީތީވެސް ލަދުގަނެ.
    މިކަލޭގެ އުފަންވަންވީ ކޮންމެސް އެހެން ޤައުމަކަށް.
    މުޅި ޤައުމު ހަލާކު އަރުވައިފި. ޔާﷲ މިބަލާ ވެރިކަމުން މިޤައުމުގެ ސަލާމަތް ކުރައްވާށި. އާމީން

    4
    1
  18. ހޮޅި މުއީޒު

    ކަލޭ ހާދަވަރެއް ތިޔަދައްކަނީ ރައީސު ނަޝީދު ކުއްވެރި ނުކުރެވިގެން....!! ޕީޕީއެމުން ކަލެއައް ލިބުނު ބޮނޑިވަރު މަތިން މާބޮޑައް ހަނދާންވާތީޔޯލަ...!!

    1
    8
  19. ހޮޅި މުއީޒު

    ނިމިދިޔަ ފަސް އަހަރު ވެރިކަން ކުރީ ވެރިކަމައް ކުފޫހަމަނުވާ މީހެއް.. ކުރި ވައްްކަމުގެ ބޮޑުކަމުން މިހާރު އެއޮތީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި..

  20. ގުންޑާ

    ރައީސު ނަޝީދު ކުރެއްވި ކުޝެއްނޫން ކަމައް އޭސީސީ އިން ވަނީނިންމާފަ.. ހަހަހަހަ..

    2
    4
  21. ސޯދިގު

    މި ކަލޭގެ މަގުމަތިކުރެވޭ ދުވަހު ނުހައްގުން ގަދަކަމުން މަގާމަށް ވެރިވެގަނެގެން ހުރި ހުރުމުން ބައްކުރި ހުރިހާ ފައިސާއެއް 5 ގުނަ ޖޫރިމަބާއެކު އަތުލައި ނުވިތާކަށް މީނަ ކުރި ދަތުރުތަކާ ރައްޔިތުންނަށް ޖެއްސި އުދަގޫލާ ދުއްތުރާތައް އަގުމަގުކޮށް އޭގެ 5 ގުނަ މީނަ އަތުން އަތުލައި ޖަލަށް ހުކުމް ކުރަންޖެހޭ.

    5
    1
  22. ބޮޑުކުޑަ

    ގާނޫނުގައި އޮތަސް އޭސީސީން ނިންމާފައިވަނީ އެއީ ކޮރަޕްޝަން ނޫންކަމަށް. އެހެންކަމުން އެދައުވާ ނުކުރެވޭނެ. ޤާނޫނުލް ޢުގޫބާތުގަ އެއީޖިނާއީކުށެއްކަމައް ކަނޑައަޅާފައޮއްވާ އެއައްވުރެ މައްޗައް އޭސީސީ ދިޔައީ ކޮންއިރަކު ފުރަތަމަތި އޭސީއަކަސް އޭސީސީއަކަސް ޤާނޫނައްވުރެ މައްޗަކައްނޭރޭނެ ކުޑަވިޔަސް ބޮޑުވިޔަސް ކުށއެއްވިއްޔާ ވާނީ ކުށަކައް ދެރަމީހާކުރީމަ ކުށަކައްވެފަ މޮޅުމީހާ ކުރީމަ ކުށަކައްނުވެފަ އެއީ ޤާނޫނުއަސާސީ ދަންނަކަމެއްނޫން

  23. ފޮޑި

    ދެނޯ...މި ސަރުކާރުގަ ތިބީ ވަކި ވެރިކަމަށް ކުފޫ ހަމަވާބަޔެެއްތަ؟؟؟ ޤުރްއާނުގަ އޮވޭ ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ތަންދޮރު ނުދަންނަ ވެރިކަމަށް ނާގާބިލް ނުކިޔަވާތިބި ބަޔަކަށް ވެރިކަންލިބޭނެކަމަށް، އަދި ގިޔާމަތް ދުވަސް ގާތްވާ ކަމުގެ ހެއްކެއްކަމުގަ ވެސް އޮވޭ....އަޅެ ފަހެ އެޒަމާނެއްނޫންތަ މިހާރު މިއޮތީ....އަހަރުމެންގެ ލޮލައް މި ހެކިތައް މިހާ ސާފުކޮށް ފެންނަން އޮތް އިރު ތިޔަހެން އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކުން ތަޅާފޮޅުމުގެ ބޭނުމެއްނެތް...ކޮންމެ މީހަކުވެސް އެމީހެއްގެ އަމަލުތައް އިސްލާހުކޮށް މަރަށް ތައްޔާރުވާންވީ...!!!! ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  24. ލާދީނީ

    އެމޑީޕީގެ ވަގުންނަށް ހީވާނެ ފުޅަށްބުޑުން ދަޏާކެޔޮގަނޑު ކަނޑަނެޔޭ އެހެން ހީވެގެންދޯ ރީނދޫ ގުންޑާތައް މިއުޅެނީ އިކޮޅުން ފުޅައްބުޑު ގައިތިބޭކަށް ނުޖެހޭ ރީނދޫ ބައިގަނޑު ތިތިބީ ރައްޔަތުން ކުރިމަތީގައި ބަރަހަނާ ވެފަ ވައްކަކޮށްކޮށް ފުލަށް ބަރުވެ ފޫހިއްލާ ނުލެވިފަތިތިބީ ތިލާދީނީ ވަގުންތައް އެވަރުންވެސް ހަރާމް އެޗެހިކަމުން ނިކަމެތި މަންމައިންގެ ތެދުވެރި މަޑުމައިތިރި ދަރީން ނަށްވަގަށް މިގޮވަނީ ކިހާތާހިރު އަނގަ އޮތީޔަކާ ކާޅެއްނުކާނެ،

  25. އަޒުމް

    ދިވެހިގައުމާ ދީނަށް ހެޔޮއެދޭ ހައިލަމް ފަދަ ދަރީންތަކެއް އިންޝަﷲ މިބިމުން ނެރުއްވާށި ﷲ ހައިލަމް ގެއާއިލާއަށް ތާއަބަބުމެ ހެޔޮރަޚުމަތް ލައްވާށި އާމީން