ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ހުރިހާ ކެނޑިޑެންސީ ފޯމެއްވެސް ބަލައިގެންފައިވާކަމަށް އެޕާޓީއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސް ޕާސަން އަފްޝާން ލަތީފް ވިދާޅުވެފައި ވަނީ މިހާތަނަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓު ހޯދައިފައިާ ކެނޑިޑޭޓުންގެ ތެރެއިން 877 ފަރާތަކުން ވަނީ ވާދކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅައިފައި ކަމަށެވެ. އަދި ފޯމު ހުށަހެޅި އެންމެންގެ ފޯމުވެސް ބަލައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ވަނީ ބޮޑު ޕްރައިމަރީއެއް ބާއްވާފައެވެ. އަދި ދާއިރާތަކަށް ކެންޑިޑޭޓުންވެސް ކަނޑައަޅާފައިވާއިރު، އިންތިހާބު ނުބާއްވަނީށް ބައެއް ދާއިރާތަަކަށް ކެންޑީޑޭޓުން ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީއާ ވާދަވެރި ޕީޕީއެމުން ވެސް ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާމިން

    އިގޭ ބަލައި ގައް ނާ ނެ ކައްވެސް. ބަލައި ނުގަ ނެފި ނަމަ އީ ސީ ގެ ބޭފުޅު ންނނ ނައް އުޅުމާ ނުކުޅަ ދާ ނަ ކުރާ ނެ.

    57
    • ކަނީރު

      އުޅެން އުދަގުކުރުމާއި ޖެއްސުންކުރި ބައެއް ނުވިސްނުނު

      2
      3
  2. ޕޯމު

    އެމްޑީޕީ ހުރިހާ ކެނޑިޑޭޓުންގެ ޕޯމުވެސް ބަލައިގެންފި

    5
    4
  3. ޙާލަތު

    އެންޑީޕީ އޮފީހަށްހުށަހެޅުމެކޭ ތަފާތެއްނެތް ވިއްޔަ... ދެން ބަލައިގަންނާނު

  4. ބްރޯ

    އެމްޑީޕީ ގެފޯމް ބަލައިގަތުމަށް މުއްދަތު އިތުރު ކުރުމަކީ ބައެއްގެ ހައްގުތައް ނިގުޅައިގަތުމެއް ނޫންބާ؟